Skip to content
އެސްފިޔަ

މިރޭ…

ބޭނުން ވެގެން ބެލި ހުވަފެނެއް ވެއްޖޭ ހަގީގަތަކަށް މިރޭ

ވޭނުން ރޮމުންގެންދިޔަ  ހިތަށް އެދިހުރި ޝިފާ ލިބުނީ މިރޭ

ޝަކުވާ ޝިކާޔަތު އަޑުއަހައި ޖެހިފައިވި ކުނި މިލައެއްފިލައި

އެކުވާން އެދޭކަން ހާމަކޮށް ދައުވަތު ދިނީ ދެހިތުން މިރޭ

ހުރިގޮތް އަހާލަން ނުކެރިގެން، އިސްވާނެ މީހަކު ނެތްކަމުން

ދުރުގައިވި ދެހިތުގެ ތެޅުމަކީ އެއްރާގުކަން އެގުނީ މިރޭ

އެސްފިޔަތަކުގެ ނިވަލުން ނަގައި ބަނޑުން އެ ކުރި ޖަޒުބާތު ތައް

އިސްނެގި ދެތުންފަތް ގުޅުވަމުން މަސަލަސް ކުރަން ދަސްވީ މިރޭ

އަތަކާ އަތެއް ޖެހި ވައުދުވެވި އިހްސާސްތަކެއްގައި މަސްތު ވެވި

ހިތަކާހިތެއް ފައްތަރުވެލަން ވަގުތެއް ދިނީ ފުރިހަމަ މިރޭ