Skip to content
އެސްފިޔަ

އެއް ގޯހުގެ އަގު

އައުޅެން

އެއް ގޯހުގެ ​​އަގު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެން ހިނގައިގަތީ ކަށިގަސްތަކުގެ މަގަކުންނެވެ.

ޒުވާންކަން އެދިގޮވީ އެމަގުން ކުރިއަށް ދިއުމަށެވެ.

އެމަގުންގޮސް ހަމަ އެންމެކުށެއް ކުރީމެވެ.

އެކުށް އަހަރެންގެ މުޅިޙަޔާތް އަނދިރި ކުރިއެވެ.

އެއަނދިރިކަން އަހަރެންގެ އަބުރު ނަގައިލިއެވެ.

އަހަރެންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.

އެކުށުގައި ބައިވެރިވި ބައެއްމީހުން ހެނީއެވެ.

އެމީހުން ކުށެއް ނުކުރާ ކަހަލައެވެ.

އަހަރެން އުފުލި ފުރައްސާރަ ބަރުދަން ބޮޑެވެ.

އަހަރެންގެ ނަފްސުގެ އަގު ހިރަފުހާ އެކުވިއެވެ.

އަހަރެން އުފުލީ ހިމޭން ފުރައްސާރަގެ ބަރުދަނެވެ.

އަހަރެންގެ ނަފްސު ދެން އުފަންނުވާ ފަދައިންނެވެ.

އެއްދުވަހަކު މަތިވެރިކޮށް ހިފަހައްޓާފައި ހުރި ކަރާމާތެވެ.

އެމީހުންގެ ކުށް ދޮގުގެ ފުން ދަށުގައި ވަޅުލެވިފައި އޮތެވެ.

އަހަރެން ހަނގުރާމަކުރީ، އަލިފާނާއި ވޭނުގެ ތެރެއިންނެވެ.

އަހަރެންގެ ލޮބުވެތި ކަމަނާ ސާބިތުވެ އިނެވެ.

އަހަރެންގެ ހިތާމަތައް ދުރުކުރުމަށް އެހީވިއެވެ.

އަހަރެން ގަބޫލުކުރީ އެއްވެސް މީހަކު ނެތް އިރުއެވެ.

އޭނާ ވަރިވުމަށް އެގޭމީހުން އެދުނުމެއެވެ.

ހަމައެކަނި މަރުގެ އަރިމަތިން ސަލާމަތްވެވުނެވެ.

އެއް ކުށަކުން، އަހަރެންގެ ނަސީބު ކަނޑައެޅުނެވެ.

އޯގާތެރިކަން ގިނަ ފަހަރަށް އަންނަނީ މާ ލަހުންނެވެ.

އިއްޒަތާއި ޝަރަފަކީ  ހިލޭ ލިބޭ އެއްޗެއްނޫނެވެ.

ގެއްލިއްޖެ އަބުރެއް ހޯދުމަކީ ބޮޑުކަމެކެވެ.