އަރޭންޖް މެރިޖް [2 ވަނަ ބަޔާ 3 ވަނަ ބައި]
އަސުރުގެ ނަމާދަށް ބަންގިދޭ ވަގުތު ޖެހުނު އިރުވެސް މުޅި ފަޒާގެތެރެއަށް ވެރިވެފައި އޮތީ އަދިރި ކަމެވެ. އިރުގެ ދޯދި ތަކުގެ އެއްވެސް ހިލަމެއް ނުވާއިރު ލުއި ވާރޭ ތިިކިތަކެއް ދިޔައީ ޖަހަމުންނެވެ. މި ގުދުރަތީ ރީތިކަމުގެ ހިއްގައިމުކަމަށް އާޝޯޚުވެ ގެއްލި ހުސްވެފަ އިން އިރަމްގެ ސައިތަށި ދިޔައީ ލަސްލަހުން ހުސްވަމުންނެވެ. “އިރާ ދަރިފުޅާ އާދެބަލަ ވަރަށް މުހިންމު ވާހަކައެއް އެބައޮއް” އިރާޝާގެ އަޑު އިވުމުން އިިރަމް ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ވެގެން އުޅޭ ގޮތެއް ބަލަން ދެވުނެވެ. އާއިލާގެ އެންމެން އެއްވެ ސިޓިންގްރޫމްގެ ސޯފާތަކުގައި ޖައްސަައިލައިގެން ތިިބި ގޮތުން ހީވަނީ ވަރަށް މުހިންމު ވާހަކައެއް ދައްކަން އުޅޭހެެންނެވެ. އަކުމަލް ލޮލުގެ އިޝާރާތެއް ކޮއްލުމުން އިރަމް އެންމެ ކައިރީގެ ހުރި ސޯފާގައި ޖައްސައިލިއެވެ. “މަންމަމެން ބޭނުންވަނީ ދަރިފުޅުމެެން މަންމަމެން މި ދައްކާ ވާހަކަ އެއްވެސް ސުވާލެއް ނުކޮށްްް އަޑުއަހާލަަން.. ހާއްސަކޮށް ކަޔާން އާއަ އިރަމް”ޝަރީފާ ވާހަކަ ދައްކަން ފެށުމުން ކަޔާން އާއި އިރަމްގެ މޫނު މައްޗަށް ވެރިވީ ހާސްކަމާ ހައިރާން ކަމެވެ. “މިދިޔަ އަހަރު ދަރިފުޅުމެންގެ ކާފަ ނިޔާވެގެން ދިޔައިރު އަހަންނާއި ދޮންބެ އަށް ޓަކައި ދޫކުރި ވަސިއްޔަތަކީ ހަމައެކަނި މިކުންފުންޏާއަ ފައިސާއެއް ނޫން. އޭނގެ ތެރޭގަ ތިކުދިންގެ ކާފަގެ އެންމެ ފަހު އެދުންވެސް ހިމެނޭ. އެއީ … އިރަމް އާއި ކަޔާންގެ ކައިވެނި” ޝަރީފާ ދެންމެ ދެއްކި ވާހަކަ ނިމެގެން ދިޔައިރު ހީވީ އެތަނަށް ބޮމެއް އަަޅައިގެން ދިޔަހެނެވެ. އިރަމް އާއި ކަޔާން އަށް އެއްފަހަރަށް ކީކޭ ހޭ އަހާލެވުނެވެ. “އާން މިއީ ތިކުދިންގެ ކާފަގެ އެންމެ ފަހު އެދުން ތި ދެކުދިންގެ ކައިވެނި. ދަރިފުޅުމެންގެ ކާފަ ބޭނުންވަަނީ ތި ކައިވެނީގެ ޒަރީއާއިން އަހަންނާއި ދޮންބެގެ އެއްބަނޑު އެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިވާން ޝަރީފާ ވާހަކަ ނިންމާލިއިރު އެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާއަށް ވުުރެ ގިނަ އުންމީދު ތަކެކެވެ. “އިރާ! މަންމަ ބޭނުންވަނީ ދަރިފުޅު އެއްޗެއް ބުނުމުގެ ކުރިން ތިކަމާ ރަނގަޅަށް ވިސްނާލަން. މަންމަމެން ކޮންމެ ގޮތެއް ބޭނުންވިޔަސް އެންމެ ފަހުގެ ނިންމުން އޮންނާނީ ތި ދެކުދިންގެ އަތުގަ.. އެކަމަކު ހަނދާން ކުރާތި މިއީ ދަރިފުޅުމެންގެ ކާފަގެ އެންމެ ފަހުގެ އެދުން” އިރާޝާ ބުނެލީ ހިނިތުންވުމަކާއެކީގައެވެ.
“ވަޓް ދަ ހެލް މަންމާ… މަންމަ މޮޔަވީތަ.. ތާކުން މީހަކު ފެންނަ އިރަށް މަންމަ ޖެހޭތަ އަހަންނާއި ގުޅުވަން މަސައްކަތް ކުރަން” ނުރުހުމުުގެ ރާގަކުން ކަޔާން ޝަރީފާ އާއި ސުވާލު ކުރަން ފެށީ އެންމެން ދިޔަކަން ޔަގީންވުމުންނެވެ. “ޔާން ރީތިކޮށް ވާހަކަ ދަައްކާނީ އެއީ ދަރިފުޅުގެ މަންމަ އެންނުން”… ސަމީރު ބުނެލީ ރުޅިވރިކަމާއެކީގައެވެ. “ބައްޕަވެެސް މަންމަގެ މި މޮޔަވެރިކަމަށް ތާއިދުކުރަނީތަ” ކަޔާން ބުނެލީ އަޖައިބު ވާހާ ރާގަކުންނެވެ. “އާން އަހަރެން ޝަރީގެ ހުރިހައި ވާހަކައަކާއި ތާއިދު. ޔާން ނިކަން ވިސްނާލަބަލަ މިހާރު ޔާނަށް 26 އަހަރު ވެފަ ތިހިރީ… މިއީ މީހުން ދަރިން ހޯދާ އުމުރު އެކަމަކު ޔާން ތިއުޅެނީ މީހަކާ ވެސް ނީދެ ސަމީރު ބުނެލީ ސީރިއަސް ރާގަކުންނެވެ”. “ބަޓް ބައްޕާ އައި ޑޯންޓް ލަވް ހާ.”…. “ދަރިފުޅާ އަސްލު ހަގީގީ ލޯއްބަކީ އެއީ ކައިވެންޏަށް ފަހުގަ ވެވޭ އެއްޗެކޭ” ކަޔާން ދެއްކި ވާހަކައަށް ޝަރީފާ ރައްދު ދިނީ ދެ އަތުން ކަޔާންގެ ކޯތާފަތް މަތީ ބީހިިލަމުންނެވެ. މިފަހަރު ޝަރީފާ ދެެއްކި ވާހަކަ އަށް ދޭނޭ އެއްވެސް ރަައްދެއް ކަޔާންގެ އަތުގައި ނެތެވެ. ސިކުނޑި ކިތަންމެ ފަހަރަކަށް އިންކާރު ކުރިނަމަވެސް އެ ހިތަށް ޝަރީފާ ދެއްކި ހުރިހައ ވާހަކަ އެއް އެންމެ ފުންމިނުން ގަބޫލުކުރެވިގެންދިޔައެވެ.
އިރަމްގެ ދެލޯވީ ކަރުނަތަކުން ފުރިފައެވެ. ނަމަވެސް މީހަކު ދޮރަށް ޓަކިޖަހާލުމުން އެ ކަރުނަތައް ވައިރޯޅި އަށް ވެސް ސިިއްރު ކުރެވުނެވެ. އެ..އެތެރެއަށް ވަދޭ ބުނެވުނު އިރު އިރަމްގެ އަޑަށް ދިޔައީ ތުރުތުރު އަރަމުންނެވެ. ކުރިމަތިން އަންނަމުން ދިޔަ ކަޔާން ފެނުމުން އިރަމް އަށް ލިބުނީ ކުއްލި ޝޮކެކެވެ.” އިރަމް އައި އޭމް ވެރީ ސޮރީ ދެންމެ މަންމަ ދެއްކި ވާހަކަ ތަކަށް….. ލުކް ހިނގާ ދެމީހުން ގޮސް ކައިވެނި ނުގަބޫލު ވާހަކަދައްކަން ދޯ.. އެއިރުން ހުރިހައި ކަމެއް ރަނގަޅު ވާނެ” ކަޔާން ބުނެލީ ތަސަައްލީ ދޭ ރާގަކުންނެވެ. ” ކަޔާން… އަހަންނާ އިންނާނަންތަ؟” އެއްވެސް ޖެހިލުމަކާއި ނުލާ އިރަމް އެހުމުން ކަޔާންގެ މޫނު މައްޗަށް ވެރިވެގަތީ ހައިރާން ކަމެވެ. “އަހަންނަކަށް ޕާސަނަލީ ނޭނގެ ކަޔާން އާ ބެހޭގޮތުން އެއްވެސް އެއްޗެއް…ކަޒިން އެއްކަން އެކަނި އެނގެނީ އެކަމަކު އަހަންނަށް އެނގޭ ކާފަ އަހަންނަށް އެއްވެސް ދެރަ ގޮތެއް ނޭދޭނެކަން. ކަޔާން މިއޮއްހާ އަހަރަކަށް އެމެރިކާގެ އުޅުނަސް އަހަރެންގެ ދިރިއުޅުމުގެ 21 އަހަރު އަހަރެން ހޭދަކުރީ ކާފަ ގާތުގަ. އަހަރެން ބޭނުން ކާފަގެ އެންމެ ފަހުގެ އެދުން ފުރިހަމަކޮށްލަން.” އިރަމްގެ ވާހަކަތައް ނިންމާލިއިރު މުޅި ލޯ ހިުރީ ރަތްވެ ދުޅަަވެފައެވެ.ކަރުނަތައް ދިޔައީ ކޯތާފަތް މަތިން ހުއްޓުމެއް ނެތި އޮހޮރެމުންނެވެ. އެ ދިގުދިގު އިސްފިޔަތަކުގެ ހިޔާ ދެ ލޮލަށް ލިބިފައިވިއިރު ހީވަނީ ދުނިޔޭގެ ހުރިހައި ރީތިކަމެއް ވެސް އެ ރީތިކަމަށް ވުރެ ކުޑަވާނެހެނެވެ. އެހާމެ ލޯތްބެވެ.. އެހާމެ މައުސޫމެވެ. “ކަޔާން” އިރަމްގެ ރީތިކަމަށް ގެެއްލި ހުސްވެފަ އިން ކަޔާން ހަމައަކަށް އެޅުނީ އިރަމްގެ އަޑު އިވުމުންނެވެ. “ހަމަ ޔަގީންތަ އިރަމް އަހަންނާ އިންނަންތަ ބޭނުންވަނީ”…ހަގީގީ ދިރިއުޅުމާއި ހުވަފެނާއި ދެމެދުން ފަރަގު ކުރަން ނޭގުމުން ކަޔާން އަށް އަހާލެވުނީ ދެންމެ މިހިގައިދިޔަ އެއްވެސް އެއްޗެއްގެ ޔަގީންކަމެއް ނެއް ކަހަލަ ރާގަކުންނެވެ. ކަޔާންގެ ވާހަކަތައް ހުރިގޮތުން އިރަމް އަށް ހެވޭ ގޮތް ވިއެވެ. “އާން ހަމަ ތެދައް މި ބުނަނީ ދެންމެ ދެންމެހެން ފެނުނު ނުދަންނަ އަންހެން ކުއްޖަކާ އިންނަން ތައްޔާރުތަ ކަޔާން ސަމީރު”….އިރަމް ބުނެލި ގޮތަކުން ކަޔާން އަށް ވެސް އައީ ހިންޏެވެ. “ޔެސްްް އަހަރެން ތައްޔާރު ތި ނުދަންނަ ކުއްޖާ އާ އިންނަން” ކަަޔާން ބުނެލީ ހިނިތުންވުމަކާ އެކީގައެވެ. އެ ލޯބި ބޮޑު ދެ ލޯ, އެ މައުސޫމް މޫނު, އެ ފިޔާތޮށި ތުންފަތްކޮޅު އުުފްފްފްފް….އަދި އެހާމެ ލޯބިން ކަމަކަށް އެދުނިއްޔާ ނޫނެކޭ ބުނާނީ މޮޔައެއްތާއޭ ހިތާހިތާ ކަޔާންއަށް ބުނެވުނެވެ.މި މަންޒަރު ދޮރާށި ކައިރިން ބަލަންހުރި ރީނާގެ މޫނު ދިޔައީ އަލިވެގެންނެވެ. އުފަލުން ގޮސް ހެވޭ ވަރުވުމުން ދެ އަތުން އަނގަ ނިވާކުރިއެވެ. ދެން އަވަހަށް ގޭގެ އެންމެންނަށް އެ ވާހަކަ ކިޔައިދޭން މިސްރާބު ޖެހިއެވެ.
part 3
“މަންމާ އަހަރެމެން ވާހަކައެއް ދައްކަން ބޭނުން” ގޭގެ އެންމެން އެކޮށްގެން ކަޔާން ވާހަކަ ފަށަން އުޅުނެވެ. ރީނާ އެ ވާހަކަ މާކުރިން ވެސް ދައްކާފަ އޮތުމުން އެންމެންވެސް ތިބީ ހެވިފައެވެ. “މަންމަ އަށް އިނގޭ ޔާން ތި ދައްކަން އުޅޭ ވާހަކަ…ތި ދެކުދިން ކައިވެންޏަށް ނުގަބޫލުކަން މަންމަ އަށް އެނގޭ އެހެންވީމަ މި ކައިވެނި ނުބާއްވަން އެންމެންވެސް ނިންމީ” ޝަރީފާ ބުނެލީ ސަމާސާގެ ރާގަކުންނެވެ. ޝަރީފާގެ ވާހަކަ ނިމުމާއެކީ އިރަމް އާއި ކަޔާން އަށް ވެފަ ހުރި ވަރު ފެނުމުން އަކުމަލް އަށް ކެތްނުކުރެވިގެން ބާރުބާރަށް ހޭންފެށުނެވެ. “މިހިރަ ބޭބެ ވެސް ދޯ އެހާ މަޖާ ޑްރާމާއެއް ހިނގަހިނގާ ހުއްޓާ ސްކްރިޕްޓް ތި ހަލާކުކުރީ” ރީނާ ބުނެލީ މަޖާވެގެންނެވެ” އާން ދޯ ރީން އަކޫ އަށް ވާނީ ހަމައެވަރު” އިރާޝާ ބުނެލީ ފޫހިވެފަ އިން ރާގަކުންނެވެ. “ވަޓްސް ގޮއިންގް އޮން” ވެގެން އުޅޭ ގޮތެއް ނޭގުމުން ކަޔާން އަށް އެހުުނެވެ. ” މި ޔާންވެސް ދޯ.. މަންމަ މެންނަށް އިނގެެއޭ ދަރިފުޅުމެން ނިންމީ އިންނަންކަން .. މަންމަގެ މި ރީންގަނޑު ހުރީ ދަރިފުޅަށް ވުރެވެސް ކުރިން މަންމަމެން ކައިރީ އެ ވާހަކަ ކުޓުވާލާފަ.. ހަމަ އަސްލު މި ބުނަނީ މަންމަ މިހިރީ ވަރަށް އުފާވެފަ” ޝަރީފާގެ ވާހަަކަ އަޑުއިވުމުން އިރަމް އާއި ކަޔާންގެ ލަދުން ރަކިވެގެން ދިއަަޔެވެ. “މި ރީންގަނޑު ދޯ މީނައަށް ނޭގޭ ވާހަކައެއް ނޯންނާނެ” ކަޔާން ބުނެލީ ރީނާގެ ކަންފަތުގަ ހިފަމުންނެވެ. ދެމީހުނަށް ވެސް ހެވުނެވެ. “އިރާ ވެލްކަމް ޓޫ ދަ ފެމިލީ” ޝަރީފާ ބުނެލީ އިރަމްގެ އަތުގަ 26 ކެރެޓުގެ ބޮޑު ރަން ދެ ތަނޑި އަޅުވަމުންނެވެ. މަރުހަބާކިޔަމުން ސަމީރު އާއި އަކުމަލް ވެސް ދެ މީހުންގެ ގައިގައި ބައްދާލިއެވެ.
“އަހަރެންގެ ލޮލަށް ފެންނާނޭ ފުރަތަމަ އަރޭންޖް މެރިޖް ޔޭ ހާދަ މަޖާވާނެއޭ ދޯ” ބުނުމަށްފަހު ޝެލީން އިރަމްގެ ފަހަތުން އައިސް އިރަމްގެ ގައިގައި ބާރަށް ބައްދައިލިއެވެ. ޝެލީންގެ އެ ހަރަކާތުން އިރަމް އަށް ލިބުނީ ކުއްލި ޝޮކެކެވެ. “ޝެލީ އަށް ކިހިނެއްތަ އެނގުނީ.”…… އިރަމް އަށް ސުވާލުކުރެވުނީ ހައިރާންވި ވަރުންނެވެ.”މަންމަ އެންމެެފުރަތަމަ ވެސް އެ ވާހަކަ ދެއްކީ ޝެލީން ކައިރީގައޭ..އިރާއައް ޓަކައި ރަނަގަޅު ފިރިހެން ކުއްޖެއް އިޚްތިޔާރު ކުރަން އެނގޭނީ މަންމަ އަށް ވުރެ ބޮޑަށް އިރާގެ އެންމެ ގާތް ރަޚްމަތްތެރިޔާ އަށެއް ނޫން… އެހެންވީމަ މަންމަ ހުރިހައި ކަމެއް ވެސް ކުރީ ޝެލިީގެ ވެސް ހުއްދައާ އެކީގައޭ” އިރާޝާ ބުނެލީ ޝެލީންއަށް ތަމްބްސް އަޕް ދެމުންނެވެ. “ލާ މަންމާ ހާދަ ބޮޑު ރޭވުންގަނޑެކޭ ތި އެންމެން ރޭވީ ދޯ… އެކަމަކު އަހަންނަކަށް ކަޔާންގެ ގޮތެއް ނޭނގޭ އަދި”.. އިރަމް ބުނީ ހާސްވެފަހުރެއެވެ. “މަށަށް އެނގެނީ ނަހްޔަން އޭ ކިޔާ ރާމާމަކުނަށް ވުރެ ހަަމަ ޔަގީނުންވެސް ރަނގަޅު ކަން” ޝެލީން ބުނުމުން އަވަހަށް އިރާޝާ “ގުޑް ވަން” އޭ ބުނުލިގޮތުން ދެ މީހުނަށްވެސް ހެވުނެވެ.
“ދަރިފުޅާ މިހާ ހެނދުނު ހެނދުނަށް ކޮންތާކަތް.”… ހެނދުނުގެ ނާސްތާ ދޫކޮއްފަ އަވަސްއަވަހަށް އިރަމް ދާންފެށުމުން އިރާޝާ ސުވާލު ކުރީ ހައިރާން ކަމާ އެކީއެވެ. “އެއީ….. މި..މަންމާ ކަޔާން ބޭނުންވީ އެއްކޮށް ނާސްތާ ކުރަން . އަދި ކަޔާންގެ ރައްޓެހިިންވެސް އެތަނަށް އަންނާނެޔޯ..އެހެންވީމަ އަހަރެންވެސް މި ދަނީ ޝެލީ ގޮވައިގެން” އިރަމް އަށް ޖަވާބު ދެވުނު އިރު މުޅި މޫނަށް ހުރީ ޖަންބު ކުލަ ވެރިވެފައެވެ. “އޯވްވްވްވް….މި ދޯ މިވެގެން އުޅޭ ގޮތަކީ އާން ދޭ އަވަހަށް އިރާގެ ކަޔާން ހުންނާނެ އިންތިޒާރުގައި” އިރާޝާ ބުނެލީ އެއް ލޯ މަރަމުންނެވެ. “ދެން މަންމަވެސް ދޯ” އިރަމް އަށް ބުނެވުނު އިރު ލަދުގަތް ވަރުން ލޮލުން ހުރީ ކަރުނަތައް އަންނަން ކައިރިވެފައެވެ.
ކާމޭޒު މަތީ ކަޔާން, އިރަމް , ޝެލީންގެ އިތުރުން ކަޔާންގެ ކުންފުނީގެ ޕާސަނަލް އެސިސްޓެންޓް ޒިހާންވެސް ހުއްޓެވެ. “އެވްރީވަން މީޓް ޒިހާން އަހަރެންގެ ޕީ.އޭ. އޭނައަށް ހަމައެކަނި 18 އަހަރު އެކަމަކު ވެސް އޭނަގެ މަސައްކަތްތެރިކަމާއި ހިއްވަރުގެ ސަބަބަުން މި ޕޮޒިޝަންގަ އެހިރީ” ކަޔާން ބުނެލިއެވެ.”ޒިހާން ހާދަ ލޯބި އޭ ދޯ އަހަރެންގެ ކޮއްކޮޮއެއް ހުރިނަމަ ހަމަ ތިހެން ހުންނާނީ….. އަހަރެންގެ މަންްމަ ފަރާތު ކަޒިން އެއް އުޅޭ މިޝީ ހަމަ 18 އަހަރު އޭނައައްވެސް” އިރަމް ހިނިތުންވުމަކާ އެކީ ބުނެލިއެވެ. “ކޮއްކޮ އެއް ހުރިއްޔާއޭ….. އިރާޝާއްތަ އަދިވެސް ޔަންގް އެއް ނޫން އައި މީން.”… ޝެލީންގެ ވާހަކަ ނުނިމެނީސް އިރަމް އޭނަގެ ބަނޑަށް އުުޅަބޮށިން ހަމަލާއެއް ދިނެވެ. އެތަން ފެނުމުން ކަޔާން އައް ކުރެވުނީ ނުހޭން ވެގެން ނާކާމިޔާބު މަސައްކަތެވެ.
ރެސްޓޯރެންޓްގެ ތެރޭގައި ތިބި ހުރިހައި އަންހެނުންގެ ނަޒަރު ހުއްޓިފައި ހުރީ ދެންމެ ދޮރު ހުޅުވައިލި ޒުވާނާ އާ ދިމާލަށެވެ.އޭނާގެ ހުރީ ކަޅުކަން ގަދަ ދެ ލޮލާ , ކިަޅު ފަން އިސްތަށިގަނޑަކާއި ފިރިހެންވަންތަ ހަށިގަނޑެކެވެ.ލައިގެން ހުރި ހުދު ކުލައިގެ ހޫޑީ އާއި ކަޅު ޖީންސް ދިނީ އޭނާއަށް އިތުރު ފުރިހަމަކަމެކެވެ. އަންހެން ކުދިންގެ ހިތް ކަތިލެވޭނެ ހުރިހައިި ސިފައެއް ލިބިފައިވެއެވެ. ހީވަނީ ހަމަ މޮޑަލެއް ހެނެވެ. އެ ޒުވާނާ ފިިރިހެންވަންތަ ހިނގުމަކުން ކަޔާންމެންގެ މޭޒާ ހަމައަށް މިސްރާބު ދިނުމުން އިރަމް އާއި ޝެލީންގެ މޫނުގެ ކުލަވަރު ދިޔައީ ބަދަލުވެގެންނެވެ.ލިބުނީ ބޮޑު ޝޮކެކެވެ. މިއީ އަހަރެންގެ ބެސްޓްފްރައިންޑް އަދި ބިޒްނަސް ޕާޓްނާރ ނަހްޔަން އަބްދުލް އަޒީޒް ހިނިތުން ވުމަކާ އެކީ ކަޔާން ނަހްޔަން އިންޓްރޮޑިއުސް ކޮށްދިނެވެ.
ނުނިމޭ
