Skip to content
އެސްފިޔަ

ބަލި އެނދުގަ އޮންނަން ޖެހުމުން…

  • ބަލި އެނދުގަ އޮންނަން ޖެހުން މީ ބަލިވުމަށްވުރެ ބޮޑުކަމެއް
  •         އަލި މަގެއް އަދި ނުފެނުނަސް ކޮށްލަން ހުރަސް ނޭދޭ އިމެއް
  • ރޭގަނޑާއި ދުވާލު އޮޅި، ސިކުނޑިގެ އެނބުރުން ބަދަލުވެވި
  •           ނޭގި ވަގުތާ އިރުގެ ހިނގުމާ ބަނދެވިގެންދާ ގަދަ ހުމެއް
  • “އައިސޮލޭޝަން” ގައި ވުމުން، ނަރުހާއިޑޮކްޓަރު ނޫން އެހެން
  •              އައިސް ގޮވާލާ ހާލުދެކިލާނޭ އެކަކުނެތް! ދެރަކަމެއް
  • ބަލި ނުވާނަމަ ނިދުމަކީ އުފަލެއްކަމަށް ދެކުނަސް މިއަދު
  •            ބަލިވުމުން ނިދިވެސް ރުޅިން ދެލޮލާއި ވަކިވާ ވަކިވުމެއް
  • ހަމަހިމޭންކަން ދެކެ ވެވުނު ލޯތްބާއިމެދު ހައިރާންވެޔޭ
  •            ހަމަހިމޭނުން އޮވެވުނަސް އަމުދުން ހިތަށްނެތް ލުއިކަމެއް