މަންމައާއެކު ހޭދަކުރި އެންމެފަހު ވަގުތު:
މަންމައަކީ ދުނިޔޭގައި އަޅުގަނޑުމެންނަށް އެންމެ ލޯބިވާ އެއްފަރާތެވެ. މަންމަގެ ހިތްހެޔޮކަމާއި، އޯގާތެރިކަމާއި، ލޯބި އަޅުގަނޑުމެންނަށް ދެއްވާ މިންވަރު ބަޔާންކުރާނެ ބަހެއް ނެތްހާ ގިނައެވެ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންވެސް ދުނިޔެ ދޫކޮށް ދާންޖެހޭނެކަން ޔަގީނެވެ.
މަންމައާއެކު ހޭދަކުރެވުނު އެންމެފަހު ވަގުތަކީ އަޅުގަނޑުގެ ހިތުގައި އަބަދުވެސް ރައްކާވެފައި އޮންނާނެ ހަނދާނެކެވެ. އެދުވަހު މަންމަގެ އެނދުކައިރީގައި އިށީނދެ، މަންމަގެ އަތުގައި ހިފަހައްޓައިގެން އިން ވަގުތުކޮޅު އަދިވެސް ހަނދާން އާވެއެވެ. މަންމަގެ ލޮލުން އަޅުގަނޑަށް ބަލާލި ބެލުމުގައި ހުރި ލޯބި، އަޅުގަނޑަށް ދެއްވި ފަހު ނަސޭހަތްތައް، އަދި އެންމެފަހުން ވިދާޅުވި ބަސްކޮޅުތައް އަދިވެސް ސާފުކޮށް ހަނދާންވެއެވެ.
މަންމައާ ވަކިވުމަކީ ދުނިޔޭގެ އެންމެ ހިތްދަތި އެއް ތަޖުރިބާއެވެ. ނަމަވެސް، މަންމަ ދެއްވި ތަރުބިއްޔަތާއި، ލޯބި، އަދި އުގަންނައިދެއްވި ފިލާވަޅުތައް އަބަދުވެސް އަޅުގަނޑުގެ ހިތުގައި ދިރިހުންނާނެއެވެ. މަންމައަށްޓަކައި ހެޔޮދުޢާކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.
رَبِّ ارْحَمْهُمَا كَمَارَبَّيَانِيْ صَغِيْراً
ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހު! އިބައިލާހީ މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަޅުތަކުންނަށް އަމުރު ކުރެއްވި އިލާހެވެ! މިއަޅާއަކީ މިއަޅާގެ މައިންބަފައިންނަށް ކިޔަ މަންތެރި އިޙްސާންތެރި ދަރިއެއް ކަމުގައި ލައްވާށިއެވެ! އަދި އެދެ މީހުންގެ ލޮލުގެ ފިނިކަން ކަމުގައި މިއަޅާ ލައްވާށިއެވެ! އާމީން 🤲

