Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-7

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 24, 2025 2 Mins Read
9 Comments

މާހީ ކޮޓަރިއަށް ވަދެ ދޮރުފަތުގައި ލެގިލިއެވެ. ލޯމަރާލުމަށްފަހު ފުންނޭވާ އެއް ބޭރު ކޮށްލިއެވެ. މާހީ އަށް ސިފަވީ އަރަންގެ މުށިދެލޮލެވެ. ވަގުތުން މޫނަށް ވައްތަރެއް ޖައްސާލެވުނެވެ.

“އައްޗީޑި.. ވަރަށް ފޫހިވޭ..” މާހީ ކުދިކިޔަމުން އައިސް އެދުގައި އޮށޯވެލިއެވެ.

*ޕާރޓް-7*

ދުވަސްތަށް އޭގެ އެއްމެހަލުވިމިނުގައިި ގޮސް މާހީމެންގެ ޖީސީ ނިމި ނަތީޖާ ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެވެން ފެށުނެވެ. އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާހީ އިނީ ސޯފާގައި ފުންހިޔާލަކަށް ގެއްލިފައެވެ. އެހެން އިންދައި ޒަހާން އާއި ޒަހީނާ އައެވެ.

“ފްލާވާރް މީނީ ކޮން ޑިޕްރެށެނަކަށް ގޮސްއަތަ..؟” ޒަހާން އަހާލި އެވެ. މާހީ ސިހިފައި ހިޔާލުތަކުން ބޭރުވިއެވެ.

“ރިޒަލްޓްސާ މެދު ކަންބޮޑު ވަނީ ދޯ..؟” ޒަހީނާ ބޯޖަހާލިއެވެ. މާހީ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ހާސް ނުވޭ.. ކުޑޫ އަށް އެނގެއޭ މާހީ ވަރަށް މަސައްކަތް ކުރިކަން.. އެހެންވީމަ ނަތީޖާވެސް ރަގަނޅުވާނެއްނު.. އިންޝާﷲ..” ޒަހީނާ މާހީއަށް ހިއްވަރު ލައިދިނެވެ. މާހީ ގަދަކަމުން ހިނިތުންްވެލިއެވެ.

ތިންއެކުވެރިންވެސް ހިގައިލަން އައިސް އުޅުނީ ފޫހިވާވަރުންނެވެ. އެކުދިން ދިޔައީ ފުއްޓަރު ފަރާތަށް ބަލާލާށެވެ. ހަދުގެ އަލިން މޫދު އޮތީ އެއްކޮށް ދިއްލާލައިފައެވެ. މޫދުގެ ލޮނުގަޑަށް ދަޅަ އެޅިފައިވުމުން ނުލާހިކު ހިއްގައިމެވެ. އެތަށް ހާސް ތަރިތަކެއް ބަބުޅަމުން ދިޔައިރު ބަލާ ބަލާ ފޫހިނުވާހާއެވެ.

“އަސްލުކޮށްތަ މާހީ ތިއުޅެނީ މެލޭޝިއާ އަށް ދާންތަށް..؟” ރާޔާ އަހާލިއެވެ.

“އާން.. މިހާރު ޓިކެޓް ވެސް ނަގައިފި.. އަހަރެން އެކަނި ދާގޮތަށް..” މާހީ ހުރީ އުފަލުންނެވެ.

“ވެލް ކޮންގްރެޓްސް.. އަހަރެން ކިޔަވަނީ ސައިކޮލޮޖީ.. ހާދަ އިންޓްރެސްޓީންގް އޭދޯ އެ..” ލަވްޔާ ވެސް ބުނެލިއެވެ.

*ހަފްތާ އެއް ފަހުން*

މިއަދަކީ ޖީސި ރިޒަތްސް ލިބޭ ދުވަހެވެ. މާހީ ބިރުން ގޮސް މީހާ ދާހިއްލަނީ އެވެ. ޒަހީނާ އާއި އެކު މާޙި ގޮސް ޕްރިންސިޕަލް އޮފީހަށް ވަނެވެ.

“މަރިޔަމް މާހީ ހުސެއިން ދެއްތޯ..؟” ޕްރިންސިޕަލް މިޒްނާ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. ޒަހީނާ ބޯޖަހާލިއެވެ.

“މަރުހަބާ.. މާހީ، ޓޮޕްޓެންގެ 3 ވަނައަށް އައިސް ފައިވަނީ.. މާޝާﷲ ވަރަށް މޮޅު.. ވަރަށް ހިއްވަރާ އެކު ކުރިމަސައްކަތް މިއަދު މިއޮއްތީ ފެންނަން..” މިޒްނާ މާހީ އަށް ސަލާމް ކޮށްފައި މަރްހަބާ ކިޔެވެ. މާހީގެ މޫނުމަތީ ވަނީ ފުޅާހިނިތުންވުމެކެވެ.

މާހީ ޓޮޕްޓެން އަށް ދިޔަކަމުން އެކަމުގެ އުފަލުގައި ޒަހީނާ އެއާއިލާ މީހުންނަށް ސަޔެއް ދިނެވެެ. ހުރިހާ އެންމެން މާހީ އަށް މަރުހަބާކިޔެވެ. މާހީ ހުރީ އުފަލުން ފޮޅިފައެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވުމުންނެވެ.

*އެއްހަފްތާ ފަހުން*

ޒަހީނާ އާއި އޭނާގެ ފިރިމީހާ އަހުމަދު މާހީ ގޮވައިގެން މާލެއައެވެ. ބޭރަށް ފުރުމުގެ ކުރިން ގަންނަން ޖެހޭ ބަޔެއް އެއްޗިހި ހުރުމުން ބާޒާރުކުރުމުގައި އެރޭ ހޭދަވިއެވެ. އަނެއްދުވަހު ހަވީރު މާހީ އިނީ ފުރަންދާން ތައްޔާރުވެގެން އައިސް އެއާރްޕޯޓް ގައެވެ. ޒަހީނާ މާހީއަށް، ކިޔަވާ މޮޅު މީހަކަށް ވުމަށް އެތަކެއް ނަސޭހަތެއް ދިނެވެ.

ފްލައިޓަށް އަރަންދާން ބުނުމުން މާހީ އަވަހަށް ޒަހީނާގެ ގައިގައި ބައްދާލައިފައި ދިޔައެވެ. ފްލައިޓަށް އަރައިފައި ސީޓުގައި ހަމަޖެހިލިއެވެ. ޒަހީނާ މާހީ މެލޭޝީއާ އަށް ފޮނުވައިދިނީ އޭނާގެ ހުވަފެންތަށް ހަގީގަތަކަށް ހަދައިދިނުމަށް އެހީވުމުގެ ގޮތުންނެވެ. އެހެންކަމުން އޭނާ ބޮޑުދައިތަ އެދޭ ގޮތަށް ރަގަނޅު ނަތީޖާއެށް ހިފައިގެން އެބުރި އަންނާނީއެވެ. ފްލައިޓް ހަވަޔަށް އެރުމުން މާހީ ދެލޯ މަރާލިއެވެ.

އެއާރްޕޯޓް ތެރޭއިން ކަޅު ހުޑީ އަކާއި ކަޅުޖިންސެއް ލައިގެން މޫނު ނިވާކޮށްގެން ހުރި ޒުވާން އުމުރު ފުރައިގެ މީހަކަު ފޯނުނަގައި ނަންބަރަކަށް ގުޅާލިއެވެ.

“ފްލައިޓްް ނައްޓާލައިފި..” އެމީހާ ބުނެލިއެވެ.

“އެއްމެ ރަގަނޅު..” އެކޮޅުން ވާހަކަ ދެއްކިމީހާގެ މޫނުމަތީވަނީ މަކަރު ވެރިކަމެވެ.

އެމީހާ ފޯނުބާއްވައިފައި ހަވަޔަށް އަރައިގެން ދިޔަ ފްލައިޓްއަށް އިރުކޮޅަކު ބަލަން ހުރެފައި ދިޔައެވެ. އަޅައިގެން އިން ކަޅުމާސްކް ގެ ސަބަބުން އޭނާގެ މޫނު ވަނީ ފޮރުވިފައެވެ. އޭނާގެ ތުނު ދެލޮލާއި އިސްތަށިގަޑު ނޫން އެހެން އެއްޗެއް ނުފެނެއެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ކުޑަކުޑަ ދަރިފުޅު 5

އަހަރެންގެ މަންމަ އަވަހާރަވެއްޖެކަން އަޑުއިވުނު ހިނދު
Next

އަހަރެންގެ މަންމަ އަވަހާރަވެއްޖެކަން އަޑުއިވުނު ހިނދު

Next
އަހަރެންގެ މަންމަ އަވަހާރަވެއްޖެކަން އަޑުއިވުނު ހިނދު
April 24, 2025

އަހަރެންގެ މަންމަ އަވަހާރަވެއްޖެކަން އަޑުއިވުނު ހިނދު

Previews
April 23, 2025

ކުޑަކުޑަ ދަރިފުޅު 5

9 Comments!

  1. NONNI says:
    April 24, 2025 at 9:31 am

    Mi part vx vrh reethi Masha Allah 💗
    was. it aran 💀
    take care girl
    luv you dhoonee 😘

    1. _MuXo_ _devil_ says:
      April 24, 2025 at 1:21 pm

      Thank you! And lets see dhw who that is! love you more!

  2. Your fav bab Your fav bab says:
    April 24, 2025 at 1:59 pm

    Varah reethi mi part vx MA
    I also think it’s aran🤣😅
    Why is keeping an eye on maahi bro??
    When next?

    1. _MuXo_ _devil_ says:
      April 25, 2025 at 1:12 pm

      Thank you! 😊 To keep her safe! And faharehgaa maadhan!

  3. Nyb says:
    April 24, 2025 at 2:02 pm

    Alheyy devil ganda mi part varah ves furihama Maashaa Allah 👏👏👏
    It’s aran for sure 💯
    Rangalhah kiyavacheyy magey devil gandu
    Lysssssm❤️❤️❤️
    Tc bro 😉

    1. _MuXo_ _devil_ says:
      April 25, 2025 at 1:13 pm

      Thank you!
      And also you ves bahsahaigen kiyavahchey!
      Tc! 😘

  4. aanaa says:
    April 24, 2025 at 2:27 pm

    masha allah vr reethi mi partvsss
    eii kaakutha???
    Aran tha or dhaain tha???
    soo curious
    maahy ah dhera gothheh nahadhahcheyy😭😭
    whenss nextt???
    ❤

    1. _MuXo_ _devil_ says:
      April 25, 2025 at 1:14 pm

      Thank you so much! 😊
      insha’Allah maadhan!

  5. leeshaa says:
    April 25, 2025 at 4:30 pm

    Mi part vx vrh reethi Masha Allah ❤️
    yageeney aran kan e ee
    such a protective typo person
    gud luck with your studies sis 💗
    take care
    lysssm devil 😘

    btw it’s me baby girl 🙈 ingey

Comments are closed.

Next Episodeއަބަދަށް-8←


All Right Reserved!