Skip to content
އެސްފިޔަ

ބާކީ މިހިތް ވެއްޖޭ

“ލޯބިވީ  އެތަކެއް ހަނދާންތައް ބިންމަތިން ސިފަވެއްޖެއޭ

 

ބޭރުވީ ދެ ހިތުގެ ހަޒާނާ ވެލިތަކާ އެކުވެއްޖެއޭ

 

ޗާލު ފަރި ހިނގުމާއި ހީލުން މިތަނުގައިކަން ބުނެދެމުން

 

ލޮލުގެ ތެރެއިން ސަބުނަމުގެ ތިއްކެއް މަޑުމަޑުން ބީހިއްޖެއޭ

 

ހެލިލި އިރު ރުއްތަކުގެ ފަރި ހަރަކާތް ތަކެއް ފެނިލި ހިނދު

 

ދިރިއުޅުން މާޒީގެ ތެރެއިން އާބާދުވީހެން ހީވެއްޖެއޭ

 

ރޮއެ ރޮއެފަ ކުރިހާ  އެ ސަކުވާ އެކުއެކީގައި ވިީ ހަނދާން

 

ސާފު ނަލަ އެ އުޑާއި ތަރިތަކުގެ ތެރެއިން ގެއްލިއްޖެއޭ

 

ލިބުނު ފުރުސަތުތައް އޭކީ  ގޮސް  ގެއްލިގެން ދުނިޔެއިން

 

މަންޒަރު ބަލަން  ހިނިތުންވެގެން  ހުންނަށް  މިހާރު ދަތިވެއްޖެއޭ

 

ބޭނުމެއް ނުވިއޭ ހިތެއް ތިޔަ ހަނދާން ފުހެލާކަށެއް

 

މި ދުނިޔޭގައި ލޯބިވާ ނެތްކަމުން

ބާކީ މިހިތް ވެއްޖެއޭ”

“ބާކީ މިހިތް ވެއްޖޭ” މި ޅެމަކީ އަޅުގަނޑު އާއެކޭ ލޯބީވޭގެ ވާހަކަގައި އަޝްބާއަށް ހާއްސަކޮން ހެދި ޅެމެކެވެ. ވާހަކައިގެ ހަވަނަބައިންވެސް މިޅެން ފެންނާއެވެ. ހުރިހާ ކިޔުންތެރިންނަށް މިޅެން ރީތިވާނެ ކަމަށް އުންމީދުކުރަމެވެ. 💗💐

Comments (2)

  1. Gurrll

    Same mihiy baakee vejje hama 💔 😔

    1. Isnaa
      Gurrll

      IA adhi rangalhu vaane 🤗 Gurrll

Comments are closed.