ކުށަކާ ނުލާ
ބަގީޗާ ތެރޭގައި ހައްދާފައި ހުރި މާގަސްތަކުގެ ވަށައިގެން ރާނާފައި ހުރި ފާރުބުޑު މަތީގައި އަހަރެން ގޮސް އިށީނީމެވެ. އެ ވަގުތު ޖަހާލި ބާރު ގުގުރިއާއި އެކު ވާރޭ އޮއްސާލައިފިއެވެ. އަހަރެންގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް ވާރެއާއި އެކުވެ ބިންމައްޗައް ފައިބަމުން ދިޔައެވެ. ހަނދުވަރު އޮއްސިފައިވާ ރެއެއްގެ އަނދިރިކަން އަހަރެންނަށް ހަމަ ރަނގަޅަށް ވެސް އިޙްސާސް ވަމުން ދިޔައެވެ. އަހަރެންގެ އެކަނިވެރި ދިރިއުޅުމާއި މެދު ވިސްނި ވަރަކަށް ސިކުނޑި ފަޅައިގެންދާ ވަރުވެއެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް އަހަރެން ކެތްތެރި ވާނަމެވެ.
އަހަރެންގެ އުމުރުން ނުވަ އަހަރު ވަންދެން މާލޭގައި ދިރިއުޅުމަށް ފަހު އުފަން ރަށަށް ބަދަލުވީ އިތުރަށް މާލޭގައި އުޅެން ބޭނުން ނުވުމުންނެވެ. ތެދަށް ބުނާނަމަ މާލޭގައި މާ ފެންވަރުގައި އުޅެވޭނޭ ވަރުގެ ތަނަވަސް ކަން ވެސް އަހަރެންގެ މައިންބަފައިންގެ އެބަ ހުއްޓެވެ. ނަމަވެސް މާލޭ ދިރިއުޅުމަށް ވުރެ ރަށްފުށު ދިރިއުޅުން އަހަރެމެން އެންމެންނަށް ވެސް މާ ރަނގަޅު ކަމުގައި ފެނުމުން ރަށަށް ބަދަލުވީއެވެ.
ރަށަށް ބަދަލުވުމަށް ފަހު ބައްޕަގެ ވަޒީފާއަކަށްވީ ރަށު ބޮޑު މިސްކިތުގައި އިމާމްވެ ނަމާދުކުރުމެވެ. މަންމަގެ މަސައްކަތަކަށްވީ ގޭގައި އިނދެގެން ކުދިންނަށް ޤުރުޢާން ކިޔަވާ ދިނުމެވެ. އެ މަސައްކަތުން ވެސް ހެޔޮވަރުގެ އާމްދަނީއެއް ލިބެއެވެ.
އަހަރެންނަކީ އެ ދެމީހުންގެ އެންމެ ދޮށީ ދަރިއެވެ. ދެން ހުންނަނީ އަހަރެންނަށް ވުރެ އުމުރުން ފަސް އަހަރު ހަގު ފިރިހެން ކުއްޖެކެވެ. އެހެންކަމުން އަހަރެންނަކީ ހަމަ އެކަނިން ހުރި އަންހެން ކުއްޖާގެ އިތުރުން އެންމެ ދޮށީ ކުއްޖާވެސް މެއެވެ.
ގްރޭޑް ހަތަރަކުން ފެށިގެން އަހަރެން ކިޔަވަން ދިޔައީ ރަށު ސްކޫލަށެވެ. ކުލާހުގައި ޖުމްލަ ސައްބިސް ކުދިން އުޅެއެވެ. ފަނަރަ އަންހެން ކުދިންނާއި އެގާރަ ފިރިހެން ކުދިންނެވެ. އެއީ މުޅި ސްކޫލުގައި ވެސް އެންމެ ކުދިން ގިނަ ކުލާހެވެ. ރަށަކީ މާ ބޮޑު އާބާދީއެއް އޮންނަ ރަށެއް ނޫން ކަމުން ސްކޫލުގައި ވެސް ކިޔަވަނީ ގާތްގަނކަށް ސަތޭކަ ފަންސާހެއްހާ ކުދިންނެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން ކިޔަވަން ދިޔައީ ވަރަށް ދާ ހިތުން ހުރެއެވެ. ކުލާހުގައި އުޅޭ ހުރިހާ ކުދިންވެސް އަހަރެން ބަލައިގަތީ އުފަލާއި އެކުގައެވެ. ބައެއް ފަހަރު ފަހަރު ކުދިންގެ ފަރާތުން އުނދަގޫ ވެލިޔަސް ފަހުން އެ ކުދިން އައިސް މާފަށް އެދެއެވެ.
ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ގޮސް ގްރޭޑް އަށަކާ ހަމައަށް އައީ ވަރަށް އެކުވެރި މާހައުލެއްގައި ކިޔަވަމުންނެވެ. ކުލާހުގެ ހުރިހާ ކުދިންވެސް ވަރަށް ވާހަކަ ދައްކާ ހަދައެވެ. ހާލަތު ބަދަލުވީ ގްރޭޑް އަށަކަށް ބަދަލުވީ ހިސާބުންނެވެ.
އެހިސާބުން ކުލާހުގެ ގިނަ ކުދިންތައް ކުދިންނާއި ހިތާ ވެގެން ރައްޓެހިވެގެން އުޅެން ފެށިއެވެ. އަމިއްލަ ފޯނެއް ލިބިގެން ނުގެންގުޅޭކަށް އެޕެއް ނެތެވެ. ފެޝަންވަމުން ގޮސް މީހަކަށް ބަލައިލަން ނުކެރޭ ވަރަށް ފެޝަންވާން ފެށިއެވެ. ފިރިހެން ކުދިންނަށް ވުރެ ކަންތައް ބޮޑީ އަންހެން ކުދިންނެވެ. ކުލާހަށް އަންނަ އިރު ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ކޮންމެވެސް މައްސަލައެއް ޖެހިގެން އެ އަންނަ ރުޅީގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުން އާންމު ކަމަކަށް ހަދައިފިއެވެ. ހަވީރު ދަޅައަށް ނަލަ ހެދިގެން ހިނގަން ދިޔުން އެއީ އެމީހުން އެންމެ ގަޔާވެގެން ކުރާ އެއްކަންތަކެވެ.
މައްސަލަ އުފެދެން ފެށީ އެހިސާބުންނެވެ. އަހަރެން އެމީހުންނާއި އެކު އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރި ނުވާތީއެވެ. އަހަރެންގެ ވައްޓަފާޅި އެމީހުންނަކަށް ކަމަކު ނުދިޔައެވެ. އެމީހުންނާއި އެއްބައި ވެގެން ފިރިހެންކުދިންނާއި ވާހަކަ ނުދައްކާތީއެވެ. އެމީހުން ހެދުން އަޅާ ގޮތަށް ހެދުން ނާޅާތީއެވެ. ދުވާލު ދެއިރަށް ހިނގަން ނުދާތިއެވެ. އަމިއްލަ ފޯނެއް ނޯންނާތީއެވެ.
އެންމެ ފަހުން ގޮސް ހެދުން އަޅާފައި ހުންނައިރު ހީވަނީ ބޮޑު މާއްޔެހެން ކަމަށް ބުނެ މަލާމާތް ކުރަން ފެށިއެވެ. މަގެއްގެ މަތިން ފެނުނަސް މުދިންބެގެ ބަސްއަހާ ދަރިއޭ ކިޔާ ގޮވައެވެ. ތިހެން އުޅެގެން އިންނާނޭ މީހަކު ނުވާނޭ ކަމުގައި ބުނެ މަލާމާތްކުރިއެވެ. ކުލާސްރޫމަށް ވަންނަ ހިސާބުން ވަރަށް ޞާލިޙު އިންސާނެކޭ ކިޔާ ހޭންފަށައެވެ. އަހަރެން އެންމެ ދެރަވީ އަހަރެންނާއި އެކު އުޅުން އެންމެ ގާތް ކުދިން ވެސް އެމީހުންނާ އެއް ބައި ވެގެން އަހަރެންނަށް މަލާމާތް ކުރަންފެށީމައެވެ. އަހަރެންގެ ކުލާސްކުދިން އަހަރެން ބާކީ ކުރީ އެއްވެސް ކުށަކާ ނުލައެވެ.
މިހުރިހާ ޝަކުވާތަކެއް ހިފައިގެން ގެއަށް އައިސް އަހަރެން މަންމަގާތުގައި އިނދެ ރޮމެވެ. ސްކޫލަށް ދެން ނުދާނަން ކަމުގައި ބުނަމެވެ. ނަމަވެސް މަންމަ އަހަރެންނަށް ނަސޭޙަތްދިނީ ކެތްތެރިވެގެން އުޅުމަށެވެ. އެމީހުން ކިޔާ އެއްޗިއްސަށް އަޅާނުލުމަށް ބުންޏެވެ. އެމީހަކު ކީ އެއްޗެއް އެމީހެއް ކަމަށާއި އެމީހުންނަށް ރައްދު ނުދީ ބަސްއަހައިގެން ކިޔެވުމަށް ބުނެ ގެއްލިފައިވާ އަހަރެންގެ ހިތްވަރު އަނބުރާ ގެނެސްދިނެވެ.
ބައްޕަ ވެސް އެފަދައިން އަހަރެންނަށް ނަޞޭހަތް ދިނެވެ. މިއީ ދުނިޔެ ކަމާއި ދުނިޔޭގައި އެކިމީހުނަށް ކުރިމަތިވާނީ އެކި އިމްތިހާނުތައް ކަމަށް ބުނެދިނެވެ. ދިމާވާ ދަތި އުނދަގޫ ކަންކަމަށް ކެތްތެރިވެގެން ދިރިއުޅެން ދަސްކުރަން ޖެހޭނޭ ކަމަށް ބުންޏެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރާއި އެކު ޖަހާލި ބާރު ގުގުރީގެ އަޑަށް އަހަރެންނަށް ހަމަބިމަށް އާދެވުނެވެ. މިހާރު އަހަރެން ކިޔަވަމުން މިދަނީ ގްރޭޑް ދިހައެއްގެ އެންމެ ފަހު ދުވަސްތަކެވެ. ސްކޫލަށް ކިތަންމެ ދާ ހިތް ނުވިޔަސް މަންމަމެން އަހަރެންނާއި މެދު ކުރާ އުންމީދުތައް ޙާސިލް ކޮށްދެވެން އޮތީ ސްކޫލަށް ގޮސް މޮޅަށް ކިޔަވައިގެން ކަމުން ހިތްވަރާއި އެކު ސްކޫލަށް ދަމެވެ.
އަހަރެންނަކީ ކުލާހުގައި ނަންވިދާލާ ފަދަ މޮޅު ދަރިވަރަކަށް ވުމުން އެކަމާ ހަސަދަވެރިވާ އެތައް ބަޔަކު އުޅެއެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ކަމަކާ މިހާރު އަޅައެއް ނުލަމެވެ. ސްކޫލަށް ކިޔަވަން ދަނީ މީހުންގެ ފަރާތުން އިވޭ ބަސްތައް އަޑުއަހާ އެ ކަންކަމާ މެދު ވިސްނާ ހިތާމަ ކުރާކަށް ނޫނެވެ. އެމީހަކު ކުރި ކަމާކާއި ބުނި ބަހެއް އެމީހަކަށެވެ. އަހަރެން ސްކޫލަށް ދަނީ ހުވަފެނެއް އޮވެގެން އެ ހުވަފެނުގައި ކުލަ ޖެއްސޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.
** ނިމުނީ **
4 Comments!
Comments are closed.



wowwwwwwww….aysherr
this story is also amazing
loved it
and yesh her parents gave her the right advice …. and her mindset is also great ..
i know how hurtful it is …. i have also been facing it since i started my 7th grade and up to today i am facing it ….now i am in my 10th
me and the character are very similar
one thing i learned in my small life is that the people who insults you and bully you actually make you stronger than you have never imagined if you take it in a positive way …….
anyway keep continuing
love your stories
and hope to see you shine more in the future
love you
Heyy shimmer thankyou lovvee!! ❤️
Story publish vee fahun dhe varakah faharu balailevun shimmer ge comment eh libifa intho 😅
Really i’m sorry to hear that 🥺
yess yess u r right dear
Thankyou thankyou darling..
Aww means a lot i appreciate your suppott!!🫶
Love you moreee lovee!! ❤️
Ma Sha Allah vrh reethi! 😊
Keep it up!
Thanyou dear ❤️
Happy to see a commet from you 🫶