Skip to content
އެސްފިޔަ

އެ ދުވަސް

އައުޅެން

އެ ދުވަސް

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ދިރިދެމިވާނަމަ ހަތާވީސް އޮކްޓޫބަރ ފާހަގަ ކުރާނަމެވެ.

އެއީ މަގޭ ލޯބިވެރިޔާގެ އުފަން ދުވަހެވެ.

މިއަހަރު މިއީ ރަންޔޫބިލް އަހަރެވެ.

މަސައްކަތްކޮށްގެން ލާރިހޯދަނީ މިކަމަށްޓަކައެވެ.

ކޭކުމަތީ އުއްބައްތިތައް  އަތުރާލަމެވެ.

އުއްބައްތީގެ ހުޅުކޮޅުން އެ ތަސްވީރު ފެނެއެވެ.

އެ ފުރާނަ ވަކިވެ ދިޔައީ ހަނދާންތަކެއް ދީފައެވެ.

ޒަމާން ފާއިތުވުމަކުން އެ ހަނދާންތައް ފިލައި ނުދެއެވެ.

މީހާ މުސްކުޅި ވީއިރުވެސް ލޯބި ދެމިއޮތެވެ.

އެ ހޫނުކަމުގެ އިހްސާސް ކުރުވައެވެ.

އެ ބީހިލުމުގެ އަސަރު ދިރުން ގެނުވައެވެ.

އެ ލޯބިވެތި ބަސްތަކުގެ އަޑު އިވެއެވެ.

މަގޭ ހުވަފެންތަކުގެ ރަނީއަކީ އެއީއެވެ.