އަބަދައް-1
އިރު އޭގެ ވާޖިބު އަދާކުރުމައް ފަހު ދުނިޔެއާ އަލްވަދާޢު ކިޔުމައް ތައްޔާރު ވަނީއެވެ. އުޑުމަތީ ރަތް ވިލާ ލާން ފަށާފިއެވެ. ދޫނިތައްވެސް އެއްޗިހީގެ ހާލިތަކަށް ވަންނަން ފަށާފިއެވެ. އަތިރިމަތިން ވެސް ކުޑަކުދިން ގޮވައިގެން މީހުންތައް ގެޔާދިމާއަށް މިސްރާބު ޖަހަނީ އެވެ. ފިނިކޮށްލަން ނިކުމެ އުޅޭ މުސްކުޅިން ވެސް ގެޔައް ދަނީ އެވެ. ރާޅު ޖަހާ ހިސާބުގައި ތިބި ތިން އަންހެން ކުދިން ފިޔަވައި އަތިރިމަތީ އެއްވެސް މީހެއްގެ ހިލަމެއް ހިލަމެއް ނުވެއެވެ.
އިރު އޮއްސޭ ހިތްގައިމު މަންޒަރު ބެލުމައްފަހު އެތިން އަންހެން ކުދިން ހިގައިގަތީ ރަށުތެރެ އަށެވެ. އެވަގުތު ގަސްތަކުން ނިވާއެޅިފައިވާ ޖޯލި ފައްޗަކުން ތެދުވެ އެކުދިން ދިޔަ ދިމާލައް ބަލަން ހުރީ ފިރިހެން ކުއްޖެކެވެ. ކަޅު ކުލައިގެ އަތްދިގު ގަމީސް އުޅަން ބޮއްޓާ ހަމައަށް އޮޅާލައިފަ އެވެ. އެއާ އެކު ނޫ ކުލައިގެ ޖިންސެއް ތިރިން ލައިގެންނެވެ. ޖިންސް ޖީބައް އަތް ޖަހައިލައިގެން ކައިރީގައި ހުރި ރުކުގައި ލެނގި ލިއެވެ. އިސް ކޮޅުން ދިގުވެފައި ބައިމަތީ ފުޅާ އެވެ. ހަމުގެ ކުލަ އައްޔެވެ. ބިސް ބުރު މޫނަކާއި، ފާޅު ވޭ ވޭ ހުރި ކަތުރު ކަށިގަނޑެކެވެ. އަދި ދިގު ކަރަށް ފުރިހަމަ ކަމެއް ގެނެސް ދެނީ އަޅައިފައި އޮތް ރިހި ފަށުންނެވެ. އޭނާގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. މުށި ކުލައިގެ ހިމަ ލޮލުގައި ވީ ހިތްހަމަ ޖެހުމެވެ. އޭނާގެ ހިމަތޮޅި އިގިލި ތައް ހިންގާލީ އޭނާގެ ރާޅު ބާނި ކަޅު އިސްތަށި ގަނޑު ތެރެއިންނެވެ.
“އަދިވެސް ބަލާ ނުނިމެނީތަ..؟” ހަމަ އެ ޖޯލިފަތި ތަކުން ތެދުވެގެން އައި ކުއްޖަކު ބުންޔެވެ. އޭނާގެ ބަރު އަޑުގައި ވަނީ ފިރިހެންވަންތަ ކަމެވެ. “މަމިބުނީ ކައޭ ދެން ކިހިނެއްހޭ ހަދާނީ؟ އޭނަ މިހާރު އެއްފަހަރު ރިޖެކްޓް ކޮއްފިއެއްނު..” އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. “ޖައިޝް ބުނަންތަ ރަގަނޅު ވާހަކައެއް؟ އޭނަ އަކީ އަހަރެންގެ މީހެއް.. އަހަރެންގެ މިލްކަކަށް އޭނަ ހަދާނަން..” އޭނާގެ އަޑުގައިވީ ޔަގީންކަމެވެ.
“ބާޔް ދެން ދަނީ..” ގެޔާ ހަމައައް ދެވުމުން ލަވްޔާ ބުނެލިއެވެ. ތިން އެކުވެރިން ވެސް ވަކިވީ އެހިސާބުންނެވެ. ރާޔާ އާއި ލަވްޔާގެ ގެ އިންނަނި އެއްމަގެއްގަ އެވެ. މާހީގެ ގެއިންނަނީ ތަންކޮޅެއް ދުރުގަ އެވެ. މާހީ ބާރު ހިގުމެއްގައި ގޮސް ގެޔައް ވަނެވެ. އޭރު ގޭތެރޭ މީހެއްގެ ހިލަމެއް ނުވެއެވެ. މާހީ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއައް ވަދެ ތަޅުލިއެވެ.
އެދުމަތީ އޮށޯވެލައިގެން އޮތް އަރަންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާގެ އަތުގައި އޮތް ފޮޓޯ އަށެވެ. އަރަންގެ ހިތުގެ ރާނީގެ ފޮޓޯ އެއް އަތުތެރޭ ގައި އޮތް އިރު ތުންފަތް މަތީގައި ވަނީ ލުއިހިނިތުން ވުމެކެވެ. އާއެކެވެ. އެއީ މާހީގެ ފޮޓޯ އެކެވެ. މާހީގެ ބޮޑު ކަޅު ދެލޯ ފެނުނު ފުރަތަމަ ދުވަހުން ވެސް އަރަން އައް މާހީ އާއި ގަޔާ ވެވުނެވެ. އޭނާގެ އިހްސާސް ތައް މާހީ އައް ހިއްސާ ކުރުމުން މާހީ، އަރަން އާއި ދޭތެރޭ އެގޮތައް ނުދެކޭ ކަމައް ބުންޔެވެ. ނަމަވެސް އަރަން ހުރީ އެހާ ފަސޭހައިން ދޫދޭކަށެއްނޫނެވެ. އޭނާ އެދުވަހު ވަޢުދުވީ ކޮންމެގޮތެއް ވިއަސް މާހީ އޭނާގެ މީހަކައް ހަދާނެ ކަަމަށެވެ. އަރަން މަޑުމަޑުން އެފޮޓޯ ތުންފަތުގައި ޖައްސާލިއެވެ.
ބެލްޖެހުމާ އެކު ކުދިންތައް ވަންނަން ފަށާފިއެވެ. މާހީ އާއި ރާޔާގެ އިތުރުން ލަވްޔާވެސް ގޭޓުން ވަދެގެން އައީ އެކުއެކީ އެވެ. ތިން ކުދިންވެސް އެކިވާހަކުގައި ތިބެ ކްލާހައް ވަންނަން ދަނިކޮށް އަރަން ކުރިމައްޗައް އެރި އެވެ. އޭރު އަރަން ބަލަން ހުރީ ސީދާ މާހީގެ މޫނަށެވެ. ރާޔާ އާއި ލަވްޔާ އެކަކު އަނެކަކައް ބަލާލައިފައި ކަރު ކެހިލިއެވެ. “އައި ވިލް ގިވް ޔޫޓޫ ސަމް ޕްރައިވެޓް ޓައިމް..” ރާޔާ ކެއްސައިލައިފައި ދަމުން މާހީގެ ކޮޑުގައި މަޑުމަޑުން ޖަހާލިއެވެ. އެ ކުދިން ދިޔުމުން މާހީ ވެސް އުޅޫނީ ދާށެވެ. ނަމަވެސް އޭނާ ހުއްޓޫނީ އަރަން އަނެއްކާ ވެސް އޭނާގެ ކުރިމައްޗައް އެރުމުންނެވެ. މާހީ ބަލައިލީ ކޮރިޑޯގައި މީހަކު އިންތޯ އެވެ.
“އަރަން.. ތި އުޅުން ދޫކޮށްލަން ވެއްޖެއްނު.. މިހާރު ބުނެފިންދޯ އަހަރެން އަރަން އާއި ގަޔާ އެއްނުވެ އޭ.. ދެން ކީއްވެތަ އަދިވެސް އަހަރެން ފަހަތުން ނުފިލައިގެން ތިއުޅެނީ.. އިނގޭ ދޯ އަހަރެންނެއް ނުލިބޭނެ ކަން..” މާހީ ވައިއަޑުން ބުނެލިއެވެ. ސަބަބަކީ ކުއްޖަކަށް އަޑުއިވިއްޖެއްޔާ ދެން ސުކޫލު ތެރޭ ދައްކާނީ އެވާހަކަ ކަމައްވާތީ އެވެ.
“މާހީ ހަމަ އަހަރެންގެ މީހަކައް ވެދާނު.. ކާކައް އެނގެނީ..” އަރަން ލުއިހިނިތުން ވުމެއް ރައްދު ކޮށްލިއެވެ. މާހީ އިތުރައް ފޫހި ވެގެން ތުން އަބުފައިލި އެވެ.
“ބުނަންތަ..؟ ނޯ މެޓާރ ވަޓް އައިމް ނޮޓް ގޮއިންގް ޓު ބީޔޯރސް.. އެންޑް ވަން މޯރް.. ސްޓޭ އަވޭ ފްރޮމް މީ..” މާހީ ޝަހާދަތް އިގިލި ދިއްކޮށްލައިފަ ބުނެލިއެވެ. އަރަން ބަހެއްވެސް ނުބުނެ ބަލަން ހުރީ އެވެ. މާހީ އައް އެ ތޫނު ބެލުން ތަކުން އުދަގޫވެގެން އަވަހައް އަރަންގެ ކަނާތް ފަރާތުން ދެމިގަނެގެން ބާރަށް ހިގައިގަތެވެ. މާހީ ދިޔަތަން ބަލަން ހުރެފަ އަރަން ހީލިއެވެ. އޭނާވެސް ކްލާހައް ވަންނަން ހިގައިގަތެވެ.
މާހީ އައިސް އޭނާގެ މޭޒުކައިރީ އިށީނުމުން ލަވްޔާ ފަސް އެބުރި ބަލައިލިއެވެ. “ކީކޭ އޭނަ ބުނީ..؟” ލަވްޔާ އެކޭވެސް އެއްފަދައިން ރާޔާ ވެސް އިނީ މާހީގެ ޖަވާބެއްގެ އިންތިޒާރުގައެވެ. “ނުބުނެ ވަކި އެއްޗެކޭ.. ހީ އިޒް ސޯ ވިއާރޑް..” މާހީ ގޮޑީގައި ހަމަ ޖެހިލިއެވެ. ބްރޭކް ގަޑިއެވެ. އެހެން ކުދިން ތިބީ ބެލްކަންޔައް ނިކުމެ ރައްޓެހި ކުދިންނާ ވާހަކަ ދައްކާލާ ށެވެ. މާހީ އިނީ ކްލާސް ތެރޭ އޭނާ ގެނަ އިގެރޭސި ވާހަކަ ކިޔާށެވެ. އޭނާ ސިހުނީ މީހަކަު ގޮވާލުމުންނެވެ. ބަލައިލިއިރު ކައިރި އިން ގޮޑީގައި ރީތި ހިނިތުން ވުމަކާއި އެކު ދާއިން ބަލަން ހުއްޓެވެ.
“ހޭޔ..” މާހީ ވާހަކަ ފޮތް ލައްޕާލިއެވެ. “ކީއްތިކުރަނީ އެކަނި..؟” ދާއިން އަހާލިއެވެ. “ވާހަކަ އެއް ކިޔާލަނީ..” މާހީ ރައްދުގައި ބުނެލިއެވެ. “އައްދޭ.. ކާކު މާރީތިކޮށް ހީނާ އަޅުވަދީފަ..؟” ދާއިން އައް މާހީގެ ވާ އަތުގައި ހީނާއިން ކުރަހައިފައި އިން މެންޑާލާ ފެނި އަހާލިއެވެ. “ހެހެ.. އެއީ އަމިއްލަ އައް..” މާހީ އޭނާގެ އަތް ދައްކާލިއެވެ. “ހަމަ ވަރަށް ރީތި.. މާހީ ތީ ހަމަ އަސްލު އާރޓިސްޓެއް..” ދާއިން މާހީގެ އަތުގައި ފިރުމަައިލިއެވެ. މާހީ އައް މަޖާވެގެން ހެވުނެެވެ. ދުރުގައި މި މަންޒަރު ބަލަން ހުރި އަރަންގެ ލޭ ކެކިގަތެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Aww! V cute mi part! I am so curious about what he will do to dhaan!
Anyways keep it up!
When next!
Hej?
Vv reethi mi story ves
Waiting for next part🤍😁☺️
Thank you!
Ikr never known! IDK! who commented it in my name its weird!
why is he being possessive of her her when shes not even his gf yet like why cant men cake no for an answer
It’s how this story will go like!
But I agree with you!
vrh reethi mi vhk
ekm eba huri sukun mistakes vrh ithuru mistakes eh nei
shaviyani sukun hunnan jehey hurihaa thanehga ehury ehkoh alif sukun
ekan rangalhu kohlaafa dhigukohlyma vrh reethi
vrh curious
haadha foohseh vehjey e aran dheke
maahy r dhaain r gulheny
when next??
curiously waitingg
V bodah thank you bunedhineema!
And please don’t hate aran!
man vrh salhi ingey mi part
when next part??
Thank you! V avahah insha’Allah!
It’s like a love triangle dhw?
Varah reethi ingey mi part ves!
You are a creative author just keep it up!!
Maahi n dhaain gulheny… hehe
N aran is the third wheel ig!!
When next?
Abadhah ga innanee shaviyani skun