Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އޮކްޓޫބަރ 27

Saamy24 Level 110 Stories100 Login
April 3, 2025 2 Mins Read
2 Comments

އޮކްޓޫބަރ 27

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މިއީ ލޯތްބަކީ ހަށިގަނޑަށް ފިނިކަމެއް ނުލިބުނަސް ހިތް ލޯބިވާ މީހާއަށް އެނބުރި ދެވޭނެކަން ސާބިތުކޮށްދިން ހާދިސާއެކެވެ.

 

ކުޑަ ކުޑަ އަވަށެއްގެ މެދުގައިވާ އާދަޔާ ހިލާފު ގެއެކެވެ. މިގެ ވަށައިގެން ރީތި ކުޑަކުޑަ ބަގީޗާއެއް އޮވެއެވެ. އެބަގީޗާގެ ރީތިކަމަކީ ރަތްފިނިފެންމަލެވެ. މި ބަގީޗާއަކީ ކުރިން ދެ ފުރާނައެއް ކަމަށްވާ ދާނިޔަލް އާއި އެވްލީން ވަރަށް ލޯބިން ބަލަހައްޓަމުން އައި ބަގީޗާއެކެވެ. އެދެމީހުންގެ ލޯބީގެ ވާހަކައަކީ އެދެމީހުން ދަންނަ އެންމެން ދަންނަ ހަޤީޤަތެކެވެ.  މިއީ ދެލޯބިވެވިއެއްގެ ލޯބި ރަމްޒުކޮށްދޭ ނިޝާނެއް ކަމަށް އެރަށުމީހުން ދެކެއެވެ.މިހާރުވެސް އެރަށުމީހުން ކޮންމެ އޮކްޓޫބަރ މަހެއްގެ 27ވަނަ ދުވަހު ރަތްފިނިފެންމާ އެމީހުންގެ މަހާނަމަތީ ބަހައްޓާ ކަމަށްވެއެވެ.

ދާނިޔަލް އެވްލީންއާ ބައްދަލުވީ އޮކްޓޯބަރު މަހުގެ މެންދުރުގެ ވަގުތެއްގައި ކުޑަ ޕާކަކުންނެވެ.އެދުވަހު އެވްލީން އެތަނަށް ދިޔައީ އޭނާގެ 17ވަނަ އުފަންދުވަސް ކަމަށްވާތީއެވެ. އެދުވަހު ދާނިޔަލް ރަތްފިނިފެންމަލެއް ދިން ހިސާބުން އެމީހުންގެ ލޯބީގެ ހުޅުކޮޅު ދިއްލިގެން ދިޔައެވެ. މިހުޅުކޮޅު ބޮޑުވެ އޮކްޓޫބަރމަހެއްގެ 27ވަނަ ދުވަހު އެދެމީހުންގެ ޒަވާޖީ ހަޔާތް ފެށުނެވެ.އެއީ އެވްލީންގެ އުފަންދުވަސްވެސް މެއެވެ.

އެތައް އަހަރެއް ވަންދެން އެމީހުން އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަސް ފާހަގަކުރީ އުފާވެރިކަމާއި އާދައިގެ އާދަކާދަތަކާއެކުގައެވެ.އެމީހުން ކޭކުފަޅައި އެކަކު އަނެކަކަށް ކޭކު ކާންދީ އުޅުނެވެ. ބަގީޗާގައި އެމީހުން ލޯބީގެ މާތައްފޮޅުވަމުންދާއިރު، އެމީހުންގެ ލޯބި ކޮންމެ އަހަރަކު ވެސް އިތުރަށް ގަދަވަމުން ދިޔައެވެ.

އެދެމީހުންގެ ލޯބީގެ ނިޝާން މިދުނިޔެއަށް އުފަންކުރުވަން އެވްލީން އަޅަންޖެހުނު ވޭންތަކައިއެކު އޭނަ މިދުނިޔެއާ އަލްވަދާޢު ކިޔަން ޖެހުނެވެ.އެވަގުތު ދާނިޔަލްގެ ހިތް ފުނޑުފުނޑުވެ، އޭނާގެ ދުނިޔެ އޭނާއާ ނުލައި ބަނަވެއްޖެއެވެ. އެހެންނަމަވެސް، އޭނާ ވަޢުދުވީ: ކޮންމެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު، އެވްލީންގެ އުފަންދުވަސް އޭނާ ފާހަގަކުރާނީ، އެވްލީން އަދިވެސް އެތަނުގައި ހުރި ފަދައިންނެވެ. އެދެމީހުންގެ ލޯބި މާނަކުރި ތާރީޚް ދޫކޮށްލަން އޭނާއަށް ކެތްނުކުރެވުނެވެ.

އެހެންކަމުން އަހަރުން އަހަރަށް ދާނިޔަލް އޭނާގެ ވައުދު ފުއްދަމުން ދިޔައެވެ. ކޭކް ތައްޔާރުކޮށް، އެންމެ އުއްބައްތިއެއް އަލިކޮށް، އެމީހުންގެ ރަތްފިނިފެންމާ ބަގީޗާގައި އިށީންނަނީއެވެ. އެވްލީން އަޑުއަހަމުން ދިޔަ ފަދައިން ވައިރޯޅިއާ ވާހަކަ ދައްކައި، އޭނާގެ ދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ދާނިޔަލް މުސްކުޅިވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑު ބަލިކަށިވި ނަމަވެސް އޭނާގެ ހިތް ދެމިއޮތެވެ. އެވްލީންއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާ ނިންމީ އެކަން ހާއްސަ ކުރުމަށެވެ. ތެޅިފޮޅެމުން ދިޔަ ދެއަތްތިލައިގައި އޭނާ އެމީހުންގެ ބަގީޗާއިން އެންމެ ރީތި ފިނިފެންމާ ބިނެވެ. އެއީ އެވްލީން އެންމެ ލޯބިވި ރަތް ފިނިފެންމަލެވެ.

އެދުވަހުގެ ހަވީރު ދާނިޔަލް ހިނގައިގަތީ ގަބުރުސްތާނާ ދިމާއަށެވެ. އޭނާގެ ފިޔަވަޅުތައް މަޑުމަޑުން ނަމަވެސް ސާބިތުކަމާއެކު ހުއްޓެވެ. އުޑުމަތި ހުދުވެފައިވާއިރު ވައިރޯޅިން ފިނިފިނިކަމެއް އުފުލިގެން ދިޔައެވެ. އޭނާ އެވްލީންގެ މަހާނަ ކައިރީގައި ކަކޫ ޖަހާލީ ހިލަގަނޑުގައި މަޑުމަޑުން ފިނިފެންމާ ބާއްވަމުންނެވެ. “ހެޕީ ބާތުޑޭ، މައި ލަވް” ދާނިޔަލްގެ އަޑު ބަލިކަށިވެފައިވީ ނަމަވެސް އަޅުވެތިކަމުން ފުރިގެން ދިޔައެވެ.

ހެނދުނު އިރުއެރި ވަގުތު އެރަށުމިހުންނަށް ފެނުނީ ދާނިޔަލްގެ ފުރާނަ ނެތް ހަށިގަޑު އެވްލީންގެ މަހާނަމަތީ އޮއްވައެވެ.އެމީހުން ދާނިޔަލް ހިނެވުމަށްފަހު، އެވްލީންގެ މަހާނަ ކައިރީގައިވަޅުލިއެވެ.

މިއަދު އެ ކުޑަ ކުޑަ ރަށުގައި ދާނިޔަލް އާއި އެވްލީންގެ ވާހަކަ ދެމިއޮތެވެ. އަދިވެސް އެމީހުންގެ ބަގީޗާގައި ފިނިފެންމާތައް އުފެދިފައި ހުއްޓެވެ. އަވަށްޓެރިން އެމީހުންގެ ވާހަކަ ތައް ހަނދާންކުރާ މީހުން ބަލަހައްޓައެވެ. އަދި ކޮންމެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު، ރަށުގެ މީހުން، އެމީހުންގެ ހަނދާނުގައި ބައްތިއެއް އަލިކޮށްލައެވެ. އެއީ، ޒަމާނުއްސުރެ ފަހަނަޅައިދިޔަ ލޯތްބެއްގެ އަގުވަޒަންކުރުމެވެ.

އެމީހުންގެ ލޯތްބަކީ ހަށިގަނޑަށް ފިނިކަމެއް ނުލިބުނަސް ހިތް ލޯބިވާ މީހާއަށް އެނބުރި ދެވޭނެކަން ސާބިތުކޮށްދީ އަބަދަށް ޓަކައި ތިބާ އަށް ގަބޫލުކޮށްދިން ބާވަތެކެވެ.

 

 

 

Share Article

Follow Me Written By

Saamy24

Level 110 Stories100 Login

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 28

Next

ލިބިދޭތޯ އިންނާނަން ލޯބިން-(ފަހުބައި)

Next
April 3, 2025

ލިބިދޭތޯ އިންނާނަން ލޯބިން-(ފަހުބައި)

Previews
April 2, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 28

2 Comments!

  1. lamyer says:
    April 3, 2025 at 7:33 pm

    vrh reethi vaahaka eh Masha Allah 💗
    vrh bodah hiyaalee dhuniye akah vehttigen dhiya vaahaka eh…
    will keep supporting you 💗
    tc
    ly<3

    1. Saamy24 says:
      April 4, 2025 at 2:06 pm

      thanks

Comments are closed.



All Right Reserved!