ލިބިދޭތޯ އިންނާނަން ލޯބިން-(ފަހުބައި)
“ދެން ކީއްވެޔޯ އެފަހަރު އަހަރެން ދޫކޮށްލައިފައި ދިޔައީ..؟” މާޔާ ސީދާ ނާއިލްގެ ކަޅު ދެލޮލައް ބަލަން ހުރެ ބުނެލިއެވެ. “އެގެ އެއްނު..” މާޔާ އެގޮތައް ބަލަން އިނުމުން އެހެންދިމާއަކަށް ނަޒަރު ބަދަލު ކޮށްލަން ނާއިލް އައް އުދަގޫވިއެވެ. “ނޯ.. އަހަރެން ބޭނުމީ ނާއިލް ފަރާތުން އިގެން..” މާޔާ ކުޑަކުއްޖެއްހެން ބުނެލިއެވެ.
“އަހަރެންނަށް މާޔާ ފުރަތަމަ ފެނުނު ދުވަހުންވެސް މާޔާދެކެ ލައިކްވެވުނު.. ދެން ކޮންފެސް ކުރަން އުޅުނު ދުވަހު މާޔާ އައިސް ބުނީ ދާނިޝް އާ ރައްޓެހިވިވާހަކަ..”ނާއިލް ކިޔައިދިނެވެ. “އައި ރިގްރެޓް ދާނިޝް އާއި ރައްޓެހި ވެވުނީމަ..” މާޔާ އޭނާގެ މާޒީ ހަދާން ކޮށްލައިފައި ބުނެލިއެވެ. “އަހަރެން އެގޮތައް މާޔާ ދޫކޮށްލައިފައި ނުދާނަން..” ނާއިލް އަސަރުން ފުރިގެންވީ އަޑަކުން ބުނެލިއެވެ.
ޝާހާ އާއި މާއިޝް ހިގާލަން ގޮސް އައީ ހޮސްޕިޓަލު އިން މަގުންނެވެ. ދެމީހުންވެސް އައީ އޮލަވާހަކަ ތަކުގައި ތިބެ އެވެ. ކުއްލިއަކައް ޝާހާ މާއިޝްގެ އަތުގައި ހިފައި ދަމައިގަތެވެ. މާއިޝް ވީކީއްތޯޯ އަހާލިއެވެ. “ޝޫޝް.. ބަލާބަލަ އެއޮއްދާ ދެމީހުންނެއް..” ޝާހާ މާއިޝްގެ މޫނު އެދިމާއައް އަބުރާލިއެވެ. “އެއީ އެއީ..” “މާޔާ އާ ނާއިލް.. އަތުގަ ހިފާއްޓައިގެން..” ޝާހާ ހައިރާންވި ވަރުން އަގަހުޅުވުނެވެ. “އައްދޭ މަގޭ މޭން ގަދައޭ..” މާއިޝް ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
މާޔާ އާއި ނާއިލް ދިޔައީ ޕާރކަށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެ އެވެ. ދެނީހުންވެސް ގޮސް އިށީނީ ބެންޗެއްގައެވެެ. ނާއިލްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މާޔާ ނުލިބޭނެކަމަށް ހުއްޓާ ނަސީބު ހީނުކުރާ ގޮތައް އަތުގައި ހިފިއެވެ. މާޔާ ވެސް އިނީ ނުލާހިކު އުފަލުންނެވެ. އޭނާއައް ނާއިލް ލިބުނީތީ އެވެ. ނާއިލް ކަހަލަ ރަގަނޅު ޒުވާނަކު ލިބުނީތީވެ މާޔާ ހެއްދެވި ފަރާތައް ޝުކުރު ކުރިއެވެ. “މާޔާ.. މަ މީނީ ވަރަށް އުފަލުން، ހީވެސް ނުކުރަން މާޔާ ލިބޭނެ ކަމަކައް.. އުޅުނިން ބުނަންވެސް އެކަމު ހަމަ ފަސްޖެެހެވެނީ..” ނާއިލް ބުނެލިއެވެ. “އަހަރެންނަށްވެސް ނެއިންގުމެއްތެރޭގަ ނާއިލް ދެކެ ލައިކް ވެވުނީ..” މާޔާވެސް ކިޔައިދިނެވެ.
ދެލޯބިވެރިންގެ މޫނުމަތިން ފެންނަނީ ނިމުމެއްނުވާ އުފާވެރި ކަމެވެ. އުމުރައް އެކުގައި ވުމައް ދެމީހުންވެސް ވައުދުވިއެވެ. މާޔާ އާއި ނާއިލްގެ ހަޔާތުގެ އާ ބާބެއް ފެށުނީއެވެ.
*ނިމުނީ*
ހުރިހާ ކިޔުންތެރިންގެ ސަމާލު ކަމައް: އަޅުގަނޑުގެ ދެވަނަ ދިގުވާހަކަ އައް ފިރިހެން ނަމެއް ހުރިހާ ކުދިންވެސް ބުނެދިނުން އެދެން. ބޭޑް ބޯޔް ވައިބްސް އަންނަ ނަމެއް އަޅުގަނޑު ބޭނުމީ. ހުރިހާ ކިޔުންތެރިންވެސް ތިބޭފުޅުންގެ ހިޔާލު ފާޅޫ ކޮށްލައްޗޭ..!
12 Comments!
Comments are closed.







Boy names… Eidhen, Jaisham, Xaidh, Haisham,
Yaaniu, hayyan, jumaan
Shifaan,unaish, maahin
yohaan , Aahil , xavion , leon , xylan , shion
devil this is only the names i found out
Those names are okay but i want some bad boy vibes anna kahala nameh!
but thank you for you all!
Saamil, ishan, anas, aif, jaushaan, raaidh
bro what about devil it gives bad vibes…
hehe
zen , jazlyn , ulan , mulan , aaron
mee friends kolheh kairi ahaaleema dhin nan thakeh
devil beynun vaa kahala nan thakeh tha mee man??
Thank you for all of your support and help!
and hurihaa kudhinnah ves angaalan beenumi dhen okay nameh nubuyas mihaaru ehen namaeh fenihje!
Heyyy varah busy koh ulheythee comment nukurevenee ingey ekam komme part eh vess gavaidhun kiyan varah varah reethi mi vaahaka vess and nimmun vsss varah loabi Masha allah
Varah exited next story ah varah avahah kiyaalan libeyne kamah ummeedhu kuran!!!
Sooo proud of youu loabssss
Lysmmm
See youu soooooon
Boy names = Zeeyazan , iujaaz , Auraaf , kaishaan
Bad boy name: saif , zain , Daanish , Dhaanyal