Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…76

Anonymous Level 4100 Login10 Stories100 Comments
April 3, 2025 9 Mins Read
8 Comments

އަލީކާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލި އަލީކް އަށް އަނގައިން އަޑެއް ލައްވާލެވުނެވެ. “އަޅެ މި ދެމީހުން ވެސް” ފެނިގެން ދިޔަ މަންޒަރުން އަލީކް އަށް ހިތާ ހިތުން އެހެން ބުނެލެވުނު އިރު އަލީކް އަށް އޭނާގެ ފަހަތުގައި ހުރި މިޝްޔާ އަށްށާއި ޒީކާން އާއި ދިމާލަށް ބަލައިލެވުނެވެ.

***************

އެކަކު އަނެކަކު ގެ ލޮލަށް ގެއްލިފައި ތިބި ނުކްޝާން އަށްށާއި އަލީކާ އަށް ހަމަހޭވެރިަކަމެއް ވީ އަލީކް ކަރުކެހިލުމުން ނެވެ. ހަމަހޭވެރިކަމެއް ވުމުން އަލީކާ އިސްޖަހާލި އިރު ނުކްޝާން ބޯ ކަހާލީ އެވެ. ޒީކާން އާއި މިޝްޔާގެ މޫނުމަތިން ނުކްޝާން އަށް ފެނިގެން ދިޔައީ ސުވާލު މާކެކެވެ. މީ ކިހާ ހިސާބަކުން ފެށުނު ކަމެއްހެއްޔޭ އަހާލާ ފަދަ އެވެ.

 

މިޝްޔާ ނުކްޝާން އާއި ސުވާލު ކޮށްލުމަށް އަނގަ ހުޅުވާލުމާއި އެކު އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް ހެދެމުން އަލީކް ވާހަކަ ދައްކަން ފެށި އެވެ. އޭނަގެ ހިތުގައި ކިތަންމެ ބައިވަރު ސުވާލު ތަކެއް އުފެދުނު ނަމަވެސް އެ ސުވާލުތައް އަލީކާ އާއި ނުކްޝާން އާއި ކުރިމަތި ކުރުވަން އަލީކް ފަސް ޖެހުނީ އަދި އޭނާ ހީކުރި ފަދަ ގުޅުމެއް އެ ދެމެދުގައި ނޯވެ ދާނެތީ އެވެ. އެހެން ނޫނަސް ނުކްޝާން އާއި އަލީކާގެ ދެމެދުގައި ގުޅުމެއް އުފެދުނު ނަމަވެސް އެންމެ ފުރަތަމަ ފަޅާ އަރާނީ އޭނާ އަށް ތާ އެވެ. އަދި ދެމީހުން އެކަކު އަނެކަކުގެ ދެ ލޮލަށް ގެއްލިފައި ތިބުމުގެ މާނަ އަކީ ވަގުތުން ވަގުތަށް ކައިވެންޏާއި ހިސާބަށް ދިއުމެއް ނޫން ތާ އެވެ.

 

“ޔާނު އެބައުޅޭ މިކޮޅުގަ” އަލީކް ފެށީ އެންމެ ފަސޭހައިން އަލީކާގެ ސަމާލުކަން ހޯދާލެވޭނެ ކަހަލަ ވާހަކަ އެކެވެ. “ވަރަށް. އަންގާ ވެސް ނުލާ” އަލީކް ހީކުރި ފަދައިން އަލީކާގެ ސަމާލުކަން ފަސޭހައިން އެކަމަށް ދަމައިގަތެވެ. “ނާނު ގޮވައިގެން ތަ އައީ. ވެޑިންގަ ފެނުނު ގޮތަށް އެ މަންޖެ ދައްކާ ވެސް ނުލާ ވިއްޔާ. ދިމާ ވާ ފަހަރަކުން ޔާނު ގެ އަތުން އަތުލަން ވާނެ އިނގޭ ކެއުމެއް. ދެން ހަމަ އެހާ ދުވަސް ފަހުން ވަގަށް އައިއްސަ ކެއުން ނުދީ ހުރެވޭނެ ތަ؟” އަލީކާ ގެ އަޑުގައި ފޯރި އެއް ހުއްޓެވެ. “ހްމްމް ނާނު ގޮވައިގެންނޭ އައީ. ނާނުގެ ލިލް ސިސް މެރީ ކުރާތީ ޔޯ އަސްލު އައީ. ދެންމެޔޭ ދިމާވީ. ދެން މި ކަހަލަ ގަޑިއަކު ދިމާވީމަ އެއްޗެއް ކަޓުވައެއް ނުލެވޭނެ އެއްނުން” އަލީކް ބުނެލީ މޫނު ހަދާލަމުން ނެވެ. އަލީކްގެ ވާހަކައިން އަލީކާގެ މޫނުގެ ކުލަވަރު ހިނދުކޮޅަކަށް ނަމަވެސް ބަދަލުވި އެވެ. “ޔާނު ކައިރީގަ ބުނިން ތަ މަންމަ ގެ ވާހަކަ” އަލީކާގެ ސުވާލުން އަލީކް ގެ މޫނުގެ ކުލަވަރު އޮއްސުނެވެ. އަލީކާ ގެ ސިކުނޑި އެހެން ހުރިހާ ކަމަކާއި ދުުރު ކޮށްލުމަށް އަލީކް އަށް ބޭނުން މި ކުރެވުނީ ނުބައި މީހެކެވެ. ޔާއިންގެ ވާހަކައިގެ ތެރެއިން އަނެއްކާ ވެސް އޭނާގެ މަންމަގެ މަރުގެ ވާހަކަ ދައްކަން ޖެހޭނެ ކަން އަލީކްގެ ސިކުނޑިން ކައްސާލީ އެވެ.

 

“ބުނިން” އަލީކްގެ ޖަވާބު ކިތަންމެހާ ވެސް ކުރެވެ. އަލީކް އާއި އަލީކާގެ ވާހަކަ ތައް އަޑުއަހާން ތިބި ނުކްޝާން އަށްށާއި ޒީކާންގެ އިތުރުން މިޝްޔާ އަށް ވަމުން ދިޔަ ގޮތެއް ނޭނގުނެވެ. ކިރިޔާ ވެސް ކުޑަކޮށް ނަމަވެސް ވާނުވާ އިނގުނީ ނުކްޝާން އަށްށާއި ޒީކާން އަށް ށެވެ. އެވެސް އަލީނާ ނިޔާވި ވާހަކަ “އެކިޔާ ޔާނު”އެއްގެ ކައިރީގައި ބުނި ތޯ އަލީކާ ކުރި ސުވާލު އެކަންޏެވެ.

 

“ދެން ޔާނު ބުނީ ކީކޭ؟” އަލީކާ އޭނާގެ މޫނުމަތީގެ ކުލަވަރުތައް ހަލުވި ކަމާއި އެކު ފަރުދާ ކޮށްލީ ހިތުން ލޭ އޮހޮރުނު ނަމަވެސް ކޮއްކޮގެ މޫނުމަތި އޭނާ އަށް ވީ ގޮތް ފެނުމުން މޯޅިވި މަންޒަރު ފެނުމުން ނެވެ. “ފުރަތަމަ ނުކުރި ގަބޫލެއް. ހަމަ ހުވާ އޭ ބުނީމަ ވެސް. ދެން އިނގެ އެއްނުން އެސޮރުގެ ގޮތް” ޔާއިން އެކޭ އެއްފަދައިން ފުރަތަމަ އެ ޚަބަރު ލިބުމުން އަލީކާ އަކަށް ވެސް އެ ޚަބަރު ގަބޫލެއް ނުކުރެވުނެވެ. އެހެން ކަމުން އެ ސުވާލު އަލީކް އާއި ކުރި އިރު އަލީކާ އަށް ޔާއިންގެ ފަރާތުން ފެންނާނީ އެކަހަލަ އަސަރުތަކެއް ކަން މާ ކުރިން އިނގުނެވެ.

 

“ދެން ތުތީ އެބަ އުޅޭތަ މި ކޮޅުގަ” އަލީކާ މައުޟޫ ބަދަލުކޮށްލިއެވެ. “ހީވޭތަ ތުތީ އަންނާނެހެން” އަލީކާ މައުޟޫ ބަދަލު ކޮށްލުމާއި އެކު އަލީކް ވެސް އިތުރަށް އެ ވާހަކަ ފަށާކަށް ނޫޅެއެވެ. އެހެން ނޫނަސް އެއީކީ އަލީކް އަށް ދައްކަން މާ ފަސޭހަ ވާހަކަ އެއް ވެސް ނޫނެވެ. “ހިއެއް ނުވޭ. އެ ޔާނު އަންނަ އިރު ތުތީ ކައިރީގަ ބުނީ ކަމަށް ވާނީ ފަހަތުން ނާންނާއްޗޭ” ލުއި ގޮތަކަށް ހީލަމުން އަލީކާ ބުނެލި އެވެ.

 

އަލީކާ އާއި އަލީކްގެ ވާހަކަ އަޑުއަހަން ތިބި ނުކްޝާން އާއި ޒީކާން ގެ އިތުރުން މިޝްޔާ ތިބީ ވާނުވާގަ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ވާނުވާ ނޭނގުނު ނަމަވެސް އަލީކާ އެ “ޔާނު” އަކަށް ހުންނަ ފޯރިއެއްގެ ސަބަބުން އެ “ޔާނު” އަކަށް ނުކްޝާން ކުޑަ ކޮށް ހަސަދަ ވެރި ވެސް ވެވުނެވެ. ދެން ނުކްޝާން ނޫން އިތުރު މީހަކު އެ ސޮރަށް ހަސަދަ ވެރި ވާކަށް ނުވެސް ހުންނާނެ އެއް ނޫން ހެއްޔެވެ؟ ދެން ނުކްޝާން އެ “ޔާނު” އަކަށް ހަސަދަ ވެރިވުން ހައްގެވެ. އެހެން އެއްވެސް ވާހަކަ އެއް ދެއްކިޔަސް ޒީކާން ހެން މަޑު މަޑުން ހުންނަ ކުއްޖާ އެ ޔާނު އެއްގެ ވާހަކަ ދެއްކުމުން ގޮތް ނޭނގޭ ފޯރި އެއް އެބަ އަރާ ވިއްޔާ އެވެ. ދެން ނުކްޝާން އަކަށް ވެސް ކެތެއް ނުވާނެ އެއް ނޫން ހެއްޔެވެ؟

 

“ލޮލް. ދެން މިތަނުން ގޮއްސަ އެ ސޮރާ ދިމާކޮށްލާނީ” އަލީކް ބުނެލީ އަތަށް ގޮތެއް ހަދާލަމުން ނެވެ. “އިނގޭތަ އަދި އޭނަ ބުންޏޭ އަސްލު އައި އިރު ހަނދާން ނެތުނިއްޔޯ ބުނަން” އަލީކް އަނގަ ހަދާލި އެވެ. “ވަރަށް ވަރަށް ވަރަށް. ހަމަ ގަސްތުގަ ނުބުނީ. ހުރެބަލަ ދިމާ ވާ ފަހަރަކުން ބޮނޑި އެއް ބާލާނަން. އޭރުން ބުނާނެ ބުނަން ވަގުތު ނުވިއްޔޭ ހަނދާން ނެތުނީކީ ނޫނޭ” އަލީކްގެ ވާހަކައިގައި ބައިވެރިވަމުން އަލީކާ މޫނަށް ގޮތެއް ހަދާލި އެވެ.

 

“ހްމްމް. ދިމާކޮށްލަން ވާނެ. އަންނާނެ އިރުކޮޅަކުން. ބުނީމޭ ދޮންތަ ވެސް ބާއްވައިގެންނޭ މި އުޅެނީ. ބުނީމަ ބުނީ އިރުކޮޅަކުން އެބަ ދަމޯ. އަލީކް އަށް ހީވަނީ ދަގަނޑު ގަހަނާ އަޅާއިގެން ހެން އަންނާނީ. ކުރީބައިގަ އަންނާނެ ހަމަލާ އަކަށް ދެން އެސޮރު ވެސް ތައްޔާރު ވާނެ ތާ ދޯ” އަލީކް އަލީކާ އަށް ދޯ އެއްލީ ހީލަމުން ނެވެ.

 

“އާރގްގް. ވަރެއްގެ ޔާނު އެއް ނުން ދޯ” އިރުކޮޅެއް ވަންދެން އަލީކް އާއި އަލީކާގެ ވާހަކަތައް އަޑު އަހަން ހުރުމަށް ފަހު ނުކްޝާން ހިތާހިތުން ބުނެލި އެވެ. ދެން މި ޔާނު އަކާއި ހެދި އޭނާގެ މުޅި މޫޑު ވެސް ހަރާބެވެ. މި ޔާނު އެއް އޭނާގެ އަތު ޖެހިއްޖެއްޔާ ހަށިގަނޑާއި ދެ އަތާއި ދެ ފައި ވަކި ކޮށްލާނަމެވެ. އޭރުން ހުންނާނީ އަލީކާ އާއި ވާހަކަ ދެއްކިފައި އެއް ނޫން ހެއްޔެވެ؟

 

ހިތާ ހިތުން އެކިޔާ ޔާނު އަކާއި ދިމާލަށް އެއްޗިހި ކިޔަން ހުރި ނުކްޝާން އަށް ދޮރާއި ދިމާލަށް ބަލައިލެވުނީ ދޮރު ހުޅުވާލަމުން އެތެރެ އަށް ވަދެގެން އައި ޒުވާން އުމުރުފުރައިގެ ފިރިހެން ކުއްޖެއް އެތެރެ އަށް ވަނުމުން ނެވެ. ދޮން ހަންގަނޑެއް ލިބިފައި ވާ އެޒުވާނާގެ މޫނުމަތިން އަޅައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ. މިއީ އެ ކިޔާ ޔާނު އެއް ކަން ނުކްޝާން އަށް އެނގުނީ އެ ޒުވާނާ ވަނުމާއި އެކު ޔާނޫ އޭ ކިޔާފައި އަލީކާ ގޮވާލުމުން ނެވެ.

 

ޔާއިން ކޮޓަރީގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އަލީކާ އަށްށާއި އަލީކް އަށް ހީވީ ދެ ޢީދު އެއް ފަހަރާ ލައިގެން ހެންނެވެ. އަލީކާ ވަގުތުން އަޅޭ ޔާނޫ އޭ ކިޔާފައި ގޮވާލުމާއި އެކު ޔާއިން ހިނތުންވުމެއް ހަދިޔާ ކޮށްލި އެވެ. ޔާއިން ކޮޓަރީގެ ތެރެއަށް ވަނުމާއި އެކު އަލީކާ ގެ ދަތް މައްޗަށް ތުން ނާރަ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

 

“މިހާ ދުވަސް ފަހުން ފެނުނު އިރު ކީއްތަ ވާނީ ހަދިޔާ އެއް ގެނެސްދިނިއްޔާ” ތުން ކޮޅު އޫ ކޮށްލަމުން އަލީކާ ބުނެލީ ޝަކުވާ ކޮށްލާ ފަދަ ރާގެއްގައި އެވެ. “ހަދިޔާ އެކޭ. ހަދިޔާ އެއް ދޯ. ފަހުން ގެނެސް ދޭނަން” ބޯކަހާލަމުން ޔާއިން ބުނެލި އިރު އެއީ ދުވަހަކު ވެސް ނުވާނޭ ކަމެއްހެން ހީވެ އެވެ. “ތި ދުވަހެއް މަރުވުމުގެ ކުރިން ދެއްކެވިއްޔާ ހެއްދެވި ފަރާތަށް ހާސް ފަށުން ޝުކުރު” ކޯ ފުއްޕާލަމުން އަލީކާ ބުނެލި އިރު ހީވީ ކުޑަ ކުއްޖަކު މެޓާ ނުދީގެން ބޮޑާ ހާކާ ހެންނެވެ. “ދެން ތި އެއް ނޫނޭ. މީ ލީކާގެ ބީ އެފް ތަ؟” މިއޮށް ހުރިހާ އިރު ކޮޓަރީގައި ނެތް ބެއެއް ފަދަ އިން އަނގަ ހުޅުވާ ނުލާ ހުރި ޒީކާން އަށް އިޝާރާތް ކޮށްލަމުން ޔާއިން ބުނެލީ ދިމާ ކޮށްލާ ފަދަ ރާގެއްގައި އެވެ. “ނޯވޭ” ވަގުތުން އަލީކާ ޔާއިންގެ ކަންފަތުގައި ހިފާލި ގޮތުން އާހ އޭ ކިޔާފައި ޔާއިން ހަޅޭލަވައިގަތެވެ.

 

“ދިސް އިޒް މިޝްޔާ. ލީކާގެ ފްރެންޑް އެއް. ދެން މީ ޒީކާން. ދެން މީ ނުކްޝާން” ފަހަރަކު މީހަކު ތައާރަފު ކޮށްދެމުން ގޮސް އަލީކާ މަޑު ޖެހިލީ ނުކްޝާން އަށް އިނގިލި ދިއްކޮށްލާފައި އެވެ. އެތަނުގައި އެވަގުތު ތިބި އެންމެންނަށް އެކަން ފާހަގަވި ނަމަވެސް އެއްޗެކޭ ނުބުނެ ނުވާ ކަމަކަށް ހެދިގެން ތިބީ އެވެ. “ހަމަ ފްރެންޑް އެއް” އިރު ކޮޅެއްގެ ހިމޭން ކަމަށް ފަހު އަލީކާ އޭނާ ހުއްޓާލި ހިސާބުން އެ ޖުމުލަ ނިންމާލި އެވެ.

 

“އޯހ. ނައިސް ޓު މީޓް ޔޫ ގާއީޒް. އައިމް ޔާއިން ލީކާގެ ބީއެފް” ޔާއިން އޭނާ އާއި އެންމެ ކައިރީގައި ހުރި ނުކްޝާން އާއި ސަލާމް ކޮށްލަމުން ބުނެލީ އަލީކާ އަށް އެއްލޯ މަރާލަމުން ނެވެ. ދެންމެ ތީ އަލީކާގެ ބީ އެފް ހެއްޔޭ ޒީކާންގެ ކައިރީގައި އެހި ޒުވާނާ އެންމެ ފަހުން ވީ ނަމެއްގައި ވިޔަސް “އަލީކާގެ ބީ އެފް” އަށް ށެވެ. އެ މަންޒަރު ބަލަން ހުރެފައި ޔާއިން އާއި ސަލާމް ކޮށްލި ނުކްޝާން އޭނާގެ މޫނުމަތީގައި ޖަހާލި ފޭކު ހިނިތުންވުން ނަގައި ގަނެވުނީ ޒީކާން އާއި މިޝްޔާ ގެ އިތުރުން އަލީކާ އަށް ށެވެ. ޔާއިން އޭނާގެ ތައާރަފު ދިން ގޮތުން އަލީކާ އެންމެ ފުރަތަމަ އުޅުނީ ނޫނެކޭ ކިޔާފައި ހަޅޭލަވައިގަންނާށެވެ. އެހެން ނަމަވެސް ނުކްޝާން ގެ އެ ހިނިތުންވުން ފެނުމުން އެކަނި ވެސް އެ ވިސްނުން ބަދަލު ކޮށްލަމުން “ހްމްމް އެއީ ލީކާގެ ބީ އެފް” އޭ ނިއް އަރުވާލަމުން އަލީކާ ބުނެލި އެވެ.

 

މިއީ އަލީކާގެ ބީ އެފް އޭ ބުނުމުން އަލީކާ ނޫނެކޭ ކިޔާފައި އޭނާގެ ކަންފަތުގެ ހިނދުރި ފަޅައިގެން ދާހާ ބާރަށް ހަޅޭލަވައިގަންނާނެ ކަން އެނގުމުން ޔާއިން އިނީ އެކަމަށް ތައްޔާރު ވެގެން ނެވެ. އެހެން ނަމަވެސް ޔާއިން ވެސް ހައިރާން ކޮށްލަމުން އަލީކާ ވަރަށް ވެލާފައި އޭނާ އާއި އެއްބަސް ވުމުން ދެރަ ނުވާން ޔާއިން އަލީކާގެ ކޮނޑަށް އަތް ވައްޓާލި އެވެ.

 

މަންޒަރު ބަލަން ހުރި ނުކްޝާން ގެ ހިތުގައި ޔާއިން އަށް ޓަކައި އޮތް ހަސަދަވެރިކަން ދެ ގުނަ ވި ކަހަލަ އެވެ. މޫނު މައްޗަށް ހިނިތުންވުމެއް ވެރި ކޮށްލައިގެން ބަލަން އިނުން ނޫން ގޮތެއް ނެތުމުން ނުކްޝާން އެ އިން ގޮތަށް މަންޒަރު ބަލަން އިނެވެ.

 

“ޔޫ ގާއީޒް އަށް އިނގޭތަ ލީކާ އެންޑް ޔާނު ތްރީ އިޔާޒް އިން ފަށައިގެން ޑޭޓް ކުރަން ފެށީމޭ ދޯ” އަލީކާ އަށް ދޯ އެއްލަމުން ޔާއިން ބުނެލި ހަމަ ނުޖެހޭ ވާހަކައިން ނުކްޝާން ނޫން އެހެން ހުރިހާ އެންމެންނަށް އެވަގުތު ޔާއިން އެހަދަނީ ދޮގުކަން ޔަގީނާއި ގާތަށް ދިޔަ އެވެ. އެހެން ނަމަވެސް ނުކްޝާން ގެ ހިތް ދިޔައީ ޔާއިން ދައްކާ ހުރިހާ ވާހަކަ އަކަށް ހެއްލެމުން ނެވެ. ތެދަށް ބުނަންޏާ ވަގުތާއި ހާލަތުގެ ގޮތުން އޭނާގެ ސިކުނޑި އެ ހުރިހާ ވާހަކަ އެއް ގަބޫލު ކުރީ އެވެ. އެހެން ވަގުތު ތަކުގައި އެކަކު ދައްކާ ވާހަކަ އެއް ގަބޫލު ނުކުރެވުނު ނަމަވެސް މި ވަގުތު ނުވެސް ދަންނަ ޒުވާނެއްގެ ހުރިހާ ވާހަކަ އެއް ނުކްޝާން ދިޔައީ ގަބޫލު ކުރަމުން ނެވެ.

 

“އަސްލު އެ ދޮގެއް އިނގޭ. ވީއާރ ޖަސްޓް ކަޒިންސް” ޔާއިން ގެ އަތް އޭނާގެ ކޮނޑުން ނަގަމުން އަލީކާ ބުނެލީ ސީދާ ނުކްޝާން އާއި ހަތަރު ކަޅި ހަމަކޮށްލަމުން ނެވެ. ނުކްޝާން ގެ ދެލޮލުން ޔާއިން އަށް ޓަކައި އެ ހިތުގައި އޮތް ހަސަދަ ވެރިކަން ފެނުމުން އިތުރަށް އެ ކުޅިގަނޑު ކުރި އަށް ގެންދަން އަލީކާގެ ހިތް ދެކޮޅު ހެދީ އެވެ.

 

“އެ ދޮގެއް. އަހަރުން މި އުޅެނީ އިނދެގެން” ޔާއިން ބުނެލީ އަލީކާގެ ބޮލުގައި ފުށްޓައްކެއް ޖަހަމުން ނެވެ. “އައޫ. އެއްކަލަ ޔާނު. ބުނާނަން ނާނު ކައިރީގަ” ދެލޯ އަޅާލަމުން އަލީކާ ބުނެލީ ޔާއިން ފުށްޓަކި ޖެހި ހިސާބުގައި ފިރުމާލަމުން ނެވެ. “ނާނު އަށް ކޯޗެއް ހެދޭނީ. ނިކަން ބުނެބަލަ” ދެ ކޮނޑު އަރުވާލަމުން ޔާއިން ބުނެލި ގޮތުން ހީވީ އޭނާގެ މައްސަލަ އެއް ނެތޭ ބުނެލި ހެންނެވެ. “ގެއިން ނެރުނީމަ މާކާ ރީއްޗެއް ނުވާނެ ތިހެން ކިޔާ އިރުގަ” އަލީކާ ބުނެލީ ދެލޯ ބޮޑު ކޮށްލަމުން ނެވެ. “ގެއިން ނެރުނީމަ ލީކާ ތި ގެ އަށް ޔާނު ވައްދާނަމެއްނުން ދޯ” ޔާއިން ދޯ އެއްލީ އަލީކާ އަށް ށެވެ.

 

“އައްޗީ. ނުވައްދާނަން. ހަމަ ގޭ ބޭރުގަ ބަހައްޓާނީ” އަލީކާ ބުނެލި ވާހަކަ އިން ޔާއިން ދެން ތިބި ހަތަރު ޒުވާނުންނާއި ދިމާލަށް ބަލައިލީ އޭނާ އަށް އެހީ އެއް ވެދޭށޭ ބުނެލާ ފަދަ ގޮތަކަށް ށެވެ. “މިޝް ވައްދާނަމޭ ޔާނު” އެންމެން އެންމެ ހީނުކުރާ މީހާގެ އަޑު ޖެހުމާއި އެކު އެންމެން އެއް ފަހަރާ ކަހަލަ ގޮތަަކަށް ބަލާލި އެވެ.

 

“ދެން އިނދެގެން ވެއްދީމަ ވީނު” މިޝްޔާ ގެ ޖުމުލަ އާއި ވިއްދާފައި ޒީކާން ބުނެލުމާއި އެކު އަނގަ ތަން މިނަށް ހުޅުވާލަމުން ނުކްޝާން ބަލާލީ އަލީކް އާއި ދިމާލަށް ށެވެ. ޔާއިން އާއި އަލީކާގެ ކޯޅުމުގެ ފޯރިގަދަ ވީ އަދި ކިރިޔާ އެވެ. އޭގެ ތެރެއަށް ދެން ތިބި މީހުން ވެސް ވެއްދުމުން ދެން ފޯރި އެއް ނޫނެވެ. ހުރިހާ އެއްޗެއް ވެސް ގަދަ ވާނެ އެވެ.

 

ޒީކާން އަށް ބާރު ދެމުން ނުކްޝާން ވެސް ވަގުތުން ޒީކް ބުނީ ދޮގެއް ނޫނޭ ބުނެލީ އިތުރަށް ކެކި އަރުވާލާށެވެ. ދެން އެ ކަހަލަ ކަމަކަށް އެންމެން ވެސް އެންމެ ބޭނުންވާ ވަގުތު ނުކްޝާން ހުންނާނެ ތާ އެވެ. ތެދަށް ބުނަންޏާ އެވަގުތު ނުކްޝާން އަށް އަނގަ ހުޅުވާ ލެވުނީ ވެސް ޔާއިން އަކީ އަލީކާ އާއި އާއިލީ ގޮތުން ގުޅުން ހުރި ކުއްޖެއްކަން އެނގުމުން ނެވެ. އަދި އެވަރުން ވެސް އެހެން މީހުންނާއި ދިމާ ކުރަން އެބަ އުޅެ އެވެ.

 

ޒީކާން ގެ ޖުމުލަ އާއި އެކު މިޝްޔާ ޒީކާން އާއި ދިމާލަށް ނުގޮތަކަށް ބަލާލި އެވެ. އެވަގުތު ޒީކާން ވެސް ހުރީ މިޝްޔާ އާއި ދިމާލަށް ބަލަހައްޓައިލައިގެން ކަމުން ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. އެވަގުތު މިޝްޔާ ގެ އަނގަ އެއްކޮށް ހެން ބަންދު ވެގެން ދިޔައީ ޒީކާންގެ ދެލޮލުގައި ހުރި އަސަރެއްގެ ސަބަބުން ނެވެ.

 

“އިނދެގެން ވެސް ތި ގެ އަށް ވައްދަފާނަމޭ ދޯ މިޝް. ދެން އެކަމާ ޒީކް އާ ކޮން ބެހޭ ކަމެއް ތަ؟” ނުކްޝާން މީ ވަޔަށް ހެލޭ މީހަކީ އެވެ. ޒީކާން ބަލާލި ގޮތުން މިޝްޔާ އެއްޗެކޭ ނުބުނާނެ ކަން އެނގުމުން ނުކްޝާން އެހެން ބުނެލީ މިޝްޔާ އަށް ހިތްވަރު ދޭން ކަންނޭނގެ އެވެ. ނުކްޝާން ގެ ވާހަކަ އިން ޒީކާން ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ. ވަގުތު ގެ ބޭނުން ހިފާ ޒީކާން އަށް ނުފެންނާނޭ ފަދައިން މިޝްޔާ ބޯ ޖަހާލި އެވެ.

 

“މިޝް ބުނީ ޔާއިން އެގެ އަށް ވައްދާނަމޯ އިނދެގެން ވިޔަސް. ދެން އެއީ ޒީކް އާ ބެހޭ ކަމެއް ހެއްޔޯ” މިޝްޔާ ބޯ ޖަހާލުމާއި އެކު އިތުރު ކޮށްލަމުން ނުކްޝާން ބުނެލި އެވެ. ދެން ހުރިހާ ކަމަކަށް އިތުރު ވެފައި ހުންނަ މީހެއްގެ ވާހަކަ ވެސް އިތުރު ވާނެ ތާ އެވެ. ނުކްޝާން ގެ ވާހަކަ ދިޔަ ގޮތުން މިޝްޔާ ދެލޯ ބޮޑު ކޮށްލަމުން ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ. “ނޯ. އެ ދޮގެއް މިޝް ނުބުނަން އެހެނެއް” ވަގުތުން މިޝްޔާ އެކަމުން ރެކި ގަތެވެ.

 

“ނުބުނާނެ އޭ އެހެނެއް މިޝް އެއް. އެކަމު ހަމަ ޒީކް އެހެން ދިމާލަކަށް ބަލާލަން ވާ އިރަށް ބޯ ޖަހާލައިފި އޭ.” މިޝްޔާ އޭނާގެ ވާހަކަ ދޮގު ކުރުމުން ނުކްޝާން ބުނެލި އެވެ. “ޒީކް އެއްވެސް ނުބުނަން ދޯ ޒީކް އާ ބެހޭ ކަމެކޭ. މިޝްޔާ ދެން ޔާއިން އެގެ އަށް ވައްދަން އުޅޭތީ ބުނެލީ ދޯ މެރީ ކޮށްގެން ވެއްދާށޭ” އެއްވެސް އަސަރެއް ދައްކާލުމެއް ނެތި ޒީކާން ބުނެލި އެވެ. ނުކްޝާން އާއި ޒީކާންގެ އިތުރުން މިޝްޔާ ގެ ކުޅި ބަލަން ތިބި ޔާއިން އާއި އަލީކް ގެ އިތުރުން އަލީކާގެ މޫނުމަތިން ފެނިގެން ދަނީ ޝައުގުވެރިކަމެވެ. ފިލްމެއް ބަލަން ވެސް އެގޮތަށް ބަޔަކު ނުތިބޭނެ ކަންނޭނގެ އެވެ.

 

އޭނާގެ ވާހަކަ ނިންމާލަމުން ޒީކާން ޔާއިން އާއި ދިމާލަށް ބަލައިލި އެވެ. އެވަގުތު ވީ ޔާއިން ވެސް ޒީކާން އާއި ދިމާލަށް ބަލައިލި ވަގުތަށް ވުމުން ދެ ޒުވާނުން ގެ ހަތަރު ކަޅި ހިނދުކޮޅަކަށް ނަމަވެސް ބައްދަލު ވެގެން ދިޔަ އެވެ. ޒީކާންގެ ދެލޮލުން ޔާއިން ނަޒަރު ވަކި ކޮށްލީ ޒީކާންގެ ދެ ލޮލުން ފާޅުވަމުން ދިޔަ ސީރިއަސް ކަމެއްގެ ސަބަބުން ނެވެ. “ކަލޯ އެ ސޮރު އެ އުޅެނީ މަ ކާލަން ތަ؟” ކިރިޔަ ކިރިޔާ އަލީކް އަށް އަޑު އިވޭ ވަރަށް ޔާއިން ބުނެލި އެވެ.

 

“ޒީކް ތި އުޅެނީ ޔާނު ކާލަން ހޯ” ޔާއިން ގެ ސުވާލު ނިމުމާއި އެކު އަލީކް ބާރަށް ބުނެލި އެވެ. ވަގުތުން ޒީކާން އެއް ބުމަ އަރުވާލުމާއި އެކު ޔާއިން ދެ ލޯ ބޮޑު ކޮށްލި އެވެ. “ވެދާނެ ކާލަން ކަމަށް އެ އުޅެނީ” ޒީކާން އަށް އެއްޗެއް ބުނެވުމުގެ ކުރިން އަލީކާ ބުނެލީ ޔާއިންގެ ކޮނޑުގައި ޖަހާލަމުން ނެވެ.

 

އެ ގޮތަށް އެކި ކަހަލަ ސަކަރާތުގައި ވަގުތު ދިޔަ ގޮތް ހަ ޒުވާނުން ނަކަށް ނޭނގުނެވެ. އެކި ފަހަރު އެކި މީހުންނާއި ދިމާ ކުރަމުން ދިޔަ އެވެ. ހިތުގެ މަތީގައި ހިލަގަނޑެއް ބާއްވާލަމުން ނުކްޝާން އާއި ޔާއިން ގެ އިތުރުން މިޝްޔާ ގެ ސަކަރާތުގައި އަލީކާގެ އިތުރުން އަލީކް ވެސް ބައިވެރި ވަމުން ދިޔަ އެވެ. ހިތުން ލޭ ކަރުނަ ފައިބަމުން ދިޔަ ނަމަވެސް އެކަމުގެ މަތިން ހަނދާން ނައްތާލަމުން އެވަގުތު ދެ ޒުވާނުން މަޖާ ކުރަމުން ދިޔައީ އެ ކަމުގެ ސަބަބުން އަބަދު ހިތާމައިގެ ކަނޑުގައި ޣަރަގު ވާން ނޭދުމުން ނެވެ.

 

“އޭއި ތިން ގަޑި ފަނަރަ ހިނގާ ބޮޑު ވެއްޖެ” ޖަހަމުން ދިޔަ ސަކަރާތުގެ ތެރެއިން ޔާއިން ބުނެލީ ޖަހަމުން ދިޔަ ސަކަރާތާއި ނުވެސް ގުޅޭ ވާހަކަ އެކެވެ. ވަގުތުން ދެން ތިބި ފަސް ޒުވާނުންގެ ނަޒަރު އޭނާ އަށް ހުއްޓުމުން ޔާއިން ނިއް އަރުވާލި އެވެ. “މި ބުނީ ދެން ކުޑާގެ ޔާ ކުޑާބެ ގެ އެ ވާހަކަ އެހެން މީހަކަށް އަންގާކަށް ނުޖެހޭނެ ހެއްޔޭ” ބުމަ އަރުވާލަމުން ޔާއިން ބުނެލި އެވެ. ނާއިޝްމެން އެންމެންނަށް އެ ޚަބަރު ދޭން ނުކްޝާން މެން ހަނދާން ވީ ވެސް އެވަގުތު އެވެ. “ދެން ހަމަ އަދި އެބަ ތިބި ލައްކަ އެއްހާ މީހުން ތި ވާހަކަ ބުނަންޖެހޭ” ނުކްޝާން ބުނެލީ އަލީކް އާއި ދިމާލަށް ބަލައިލަމުން ނެވެ.”ދެންންން” ނޫނަށް ކުޑަކޮށް ދަމާލަމުން ޔާއިން ބުނެލީ ސުވާލު ކޮށްލާ ފަދަ ގޮތަކަށް ށެވެ. “ދެން ތިން ގަޑި ބައި ވީމަ ބުނާނީ. އަދި މާ އަވަސް” އަތަށް ގޮތެއް ހަދާލަމުން ނުކްޝާން ބުނެލި އެވެ. ނުކްޝާން ގެ ވާހަކަ އަށް އޯހ އޯކޭ އަކުން ޔާއިން ފުއްދާލީ އެވެ.

 

އެނދުގައި އޮށޯވެލައިގެން އޮތް ލައިނީގެ ނަޒަރު ހުއްޓިފައި ވަނީ ސީލިންގް އަށް ށެވެ. އެ ބޮޑު ދެލޮލުން ކަރުނައިގެ އަސަރުތައް ފާޅު ވަމުން ދިޔަ އެވެ. ހިތާއި ސިކުނޑި އެއްކޮށް ހެން ރަޔާން އާއި އެކު ހޭދަކުރެވެނު އުފާވެރި ދުވަސްތަކުން ހިސާރު ކޮށްލާފައި ވީ އިރު އެ އުފާވެރި ހަނދާން ތަކުން މިހާރު އެ ނާޒުކު ހިތަށް ލިބެމުން ދިޔައީ ވޭނާއި ހިތް ދަތި ކަމެވެ. ދެން ދުވަހަކު ވެސް އެކަހަލަ ފުރުޞަތެއް ރަޔާން އާއި އެކު އުޅުމަށް ނުލިބޭނެ ކަން އެނގޭ ކޮންމެ ފަހަރަކު އެ ހިތުގައި ވާ ވޭން އިތުރު ވެގެން ދާ ކަހަލަ އެވެ.

 

ހިޔާލީ ކަނޑަށް ޣަރަޤު ވަމުން ދިޔަ ލައިނީ އަށް ހަމަހޭވެރިަކަމެއް ވީ ސައިޑް ޓޭބަލް ގެ މަތީގައި އޮތް އޭނާގެ ފޯނު ރިންގު ވާން ފެށުމުން ނެވެ. ލޮލުގެ ހިމަ ކޮޅުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ފޯނު ނަގާ ލައިނީ ބަލައިލި އެވެ. ފޯނަށް ގުޅަމުން ދިޔައީ މިޝްޔާ ކަން އެނގުމާއި އެކު ލައިނީ ގެ ނިތަށް ރޫ ގިނަ ވެލި އެވެ. ވަގުތުން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިގެން ދިޔައީ މިޝްޔާ މިވަގުތު ގުޅާނީ މުހިއްމު ކަމެއް ވެގެން ކަން އެނގުމުން ނެވެ.

 

ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ލައިނީ ހަލޯ އޭ ބުނެލި އެވެ. “ލައީ ވަރަށް އަވަހަށް ލައިޝާ ދައްތަ ގޮވައިގެން އައި.ޖީ.އެމް.އެޗް އަށް އާދެބަ. މި އުޅެނީ އަލީނާ ދައްތަޔާ މިއުވާން ބެ ނިޔާވެގެން” މިޝްޔާގެ ވާހަކަ އެހާ ހިސާބަށް ދިއުމާއި އެކު އޭނާ އެބަ ދަން ކަމުގައި ލައިނީ ބުނެލި އެވެ. “އޭ އަދި މަޑު ކޮށްބަލަ. އައި.ޖީ.އެމް.އެޗް ގަ ލީކާ ވެސް އެޑްމިޓް ކޮށްގެންނޭ މި އުޅެނީ” މިޝްޔާ ބުނެލީ ލައިނީ ފޯނު ކަނޑާލަން އުޅުނު ވަގުތުގައި އެވެ. “އަޅެ ދެން ތި ވަރު ވީ އިރު ވެސް އަންގާނުލާ. ނޫނޭ ވާ ރަނގަޅު ތި މީހުން. ލައި މި ދަނީ” ލައިނީ އެހެން ބުނެލުމާއި އެކު މިޝްޔާ އަލީކާ އޮތް ރޫމް ނަމްބަރު ލައިނީ އަށް ކިޔާލަ ދިނެވެ.

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

އިންސާފު ލިބޭނެބާ – 33

Next

ސާފުތާހިރުކަން

Next
April 3, 2025

ސާފުތާހިރުކަން

Previews
April 3, 2025

އިންސާފު ލިބޭނެބާ – 33

8 Comments!

  1. Vampire girl says:
    April 3, 2025 at 1:08 pm

    Maashaa Allah mi part vx varah varah reethi…
    Kaloa nukshaan vefa in goii dhw yaain akee aleeka ge bf ey bunyma🤣🤣😅
    Zeekaan mishya thankolheii fahkaa scene gennahcheyy…..
    Whn next??

    1. Anonymous says:
      April 3, 2025 at 3:01 pm

      ވެމްޕަޔާ ގާލް ބުނި ހެން މިޝްޔާގެ ޔާ ޒީކާންގެ އޭގެ ސީން އެއް ބޭނުން 😊

  2. Anonymous says:
    April 3, 2025 at 3:01 pm

    ވަރަށް ރީތި މި ޕާރޓް ވެސް

  3. Dhooni says:
    April 3, 2025 at 4:25 pm

    Mi part ves varah Reethi Masha Allah
    Kon irakun next part kiyaalan libeynee?

  4. Xee sha says:
    April 3, 2025 at 4:28 pm

    Your writing has deeply resonated with me, and I genuinely consider you my favorite author. The way you weave stories and convey emotions is truly inspiring. I appreciate all the effort and dedication you put into your work, and I want you to know that it doesn’t go unnoticed. Please keep doing what you do. your words have such a profound impact on readers like me.
    Love you my fav author

  5. SHAAYAN says:
    April 4, 2025 at 5:02 am

    Hey Rifoo
    Mi part vec varah Reethi Masha Allah
    Alhe nuk haadha jealous veyey. I think e thanun aslu zeek vec jealous v. Mee shaayan ah heevaa goi inge 😄
    Kon irakun next part
    Curiously waiting for it
    Love you 💙

  6. Luv says:
    April 4, 2025 at 5:20 am

    Alhey Finallyyy next part ge inthizaaruga hama mi oh hurihaa iru mi hiry. Varah awesome mi part vex.nuk hadha jealous ekey dhw mi vany 😂. Zeek vex. Hama eivaru ge dhe meehun hehe 😂🤣. Next part koh irakun. Next part ge inthizaaruga vaguthu gunan fashaifin mihaaru.
    Love you 😘

  7. Queen 💘 says:
    April 4, 2025 at 6:45 am

    Hiii
    I think Nuk is really jealous of Yaanu and Zeek too.
    This episode turned out to be even better than I expected. This episode is awesome 💯
    I really felt bad for Aleek and Aleek. 😭😭 Please don’t do this.
    Please don’t do this to Lainy, though. They deserve happiness. And please, make Lainy and Rayaan get back together they’re truly made for each other. Please 🥺 🥺 🥺
    When is next part loabi kolhu.
    I can’t wait for it 😁
    Keep the gud work girloo

Comments are closed.



All Right Reserved!