Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަދީނީ

ވިސްނާލުމަށް އެދެމޭ

Aysherr Level 1100 Login10 Stories
March 28, 2025 6 Mins Read
7 Comments

ކެމްޕަގޯވޑާ އިންޓާނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮއްލެވޭ އެއާޕޯޓެކޭ ކިޔާއަޑު އަހަރެން އަބަދުވެސް އަހަމެވެ.އެއާޕޯޓު ތެރެއަށް ވަދެގެން އައި އިރު އެކި އުމުރުފުރައިގެ އެކި ގައުމުތަކުގެ މީހުން ފުރުމަށް ޓަކައި އެތެރޭގައި ހޭލަމޭލާވުމުން ދިޔައެވެ. ފުދޭ ވަރަކަށް ދިވެހިން ވެސް ރާއްޖެ ދިއުމަށްޓަކައި އެއާޕޯޓަށް އައިސް ތިއްބެވެ.

އަހަރެން ފެނުމާއި އެކު ގިނަ ބައެއްގެ ލޯތައް އަހަރެންނަށް އަމާޒުވަމުން ދިޔައެވެ.އަހަރެން ވަކި ހައިރާނެއް ނުވަމެވެ. އަހަރެންނަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވަ ކިޔުންތެރިއަކަށް ވީ ހިނދު އެ ފަދަ ބެލުން ތައް އަހަރެންނަށް އަމާޒުވާ މީ ފުރަތަމަ ފަހަރެއް ނޫންވިއްޔާއެވެ.

ބޯޑިން ޕާސް ލިބުމުން، ދެކަންފަތަށް ދެ އިއާޕޮޑް ޖަހާލަމުން ފޯނުން ރީތި ލަވައެއް އަޅުވާލުމަށް ފަހު އަހަރެން ގޮސް މީހުން އިށީނުމަށް ހަމަޖެހިފައި ހުރި ގޮނޑިބަރީގައި އިށީނީމެވެ.

ޝަޢުގުވެރިކަމާއި އެކު އެއާޕޯޓު ތެރެއަށް ބަލަމުން ދިޔަ އަހަރެންގެ ލޮލުގައި ހަރު އުމުރުފުރައިގެ މުސްކުޅި ދައްތައެއް ލޮލުގައި އަޅައިގަތެވެ. އެ ދައްތަގެ ލޯ ހަމައެކަނި ފެންނަން ހުރި އިރު ދެ އަތް ނިވާވެފައި ވަނީ ލައްވާފައި ހުރި އަންގީގެ ސަބަބުންނެވެ. ގަޔަށް ދޫ ހެދުމެއް ލާފައި ހުރި އިރު އަޅާފައި ހުރި ނިޤާބުގެ ސަބަބުން އަހަރެންގެ ހުރިހާ ޝަޢުޤުވެރިކަމެއް އެ ދައްތައަށް ހުއްޓިއްޖެއެވެ. ހަމައެކަނި ލޯ ފެންނަން ހުރި ނަމަވެސް އެ ދެލޯ ހުރީ ރަތް ވެގެން ގޮސް ދުޅަވެފައެވެ. އޭރުވެސް އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އަހަރެންގެ ސަމާލުކަން ހަމަ ރަނގަޅަށް ވެސް އެ ދައްތައަށް ހުއްޓިއްޖެއެވެ.

މީގެ ކުރިން އަހަރެންނަށް މޫނުބުރުގާ އަޅާފައި ހުންނަ މީހަކު ފެނުމުން އެމީހަކަށް ކުރެވޭނީ މަލާމާތެވެ. ބޮޑު ގޯންޏެއް ލާފައި ހުންނަ އިރު އުނދަގުލެއް ނުވޭބާއޭ އަހަރެން އަބަދުވެސް ހިތައް އަރައެވެ. ވައްތަރީ ބޮޑު މާއްޔަކާއޭ ކިޔާ ދިމާ ވެސް ކުރަމެވެ. މޫނުބުރުގަލަށް ކިތަންމެ ޖޯކު ޖެހިނަމަ ވެސް އަހަރެންގެ ހިތުގެ އެއްކަނަކުން އަބަދުވެސް އެ ކަމަށް ޝަޢުގު ވެރިކަން ހުރެއެވެ. ނަމަވެސް ރަޙުމަތްތެރިންގެ ކުރިމަތީގައި ކަޓު މީހަކަށް ވެދާނެތީ އެކަހަލަ އެއްވެސް  ކަމަކަށް ޝަޢުޤުވެރިކަން ފާޅުކުރަން ހިތުވެސް ނުލަމެވެ.

އެހާވަރަށް އެ ދައްތަ ރޮމުން ދިޔަ މަންޒަރު ބަލަން އަހަރެންނަކަށް ކެތެއް ނުވިއެވެ. ކިތަންމެ ގޮތް ކުޑަކޮން އަހަރެންގެ އުޅުން ހުރި ނަމަވެސް އަހަރެންގެ ކުރިމަތީ ހުރެގެން މީހަކު ރޯ މަންޒަރު ބަލާކަށް އަހަރެންނަކަށް ކެތެއް ނުވެއެވެ.

ފޯނުން ޖަހާފައި ހުރި ލަވަ އޮފް ކޮއްލަމުން އަހަރެން އެ ދައްތަ ކައިރިއަށް ދިއުމަށް ޓަކައި ކޮޅަށް ތެދުވީމެވެ.ނަމަވެސް އަހަރެންނަކަށް ދާކަށް ނުކެރުނެވެ. ދުވަހަކު ވެސް ތާކަށް ދާން ލަދު ނުގަންނަ އަހަރެން ފުރަތަމަ ފަހަރަށް މީހަކު ކައިރިއަށް ދާން ލަދު ގަތެވެ. އަހަރެންނަށް ހެދުން އެޅިފައި ހުރި ގޮތާއި މެދު ވިސްނާލެވުނެވެ. ނަމަވެސް ހިތްވަރު ކޮއްލުމަށް ފަހު އަހަރެން އަނެއްކާ ވެސް އެ ދައްތަ ކައިރި އަށް ދާން ހިނގައިގަތީމެވެ. އެ ދައްތަ އާއި ކައިރިވީ ވަރަކަށް ދައްތަގެ ރުއިމުގެ އަޑު އަހަރެންނަށް އިވުނެވެ.

އަހަރެން ގޮސް އެ ދައްތަ ކައިރިއަށް ހުއްޓުމާއި އެކު އެ ދައްތަ އިސްއުފުލާލާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.ރުއިން ހުއްޓާލުމަށް ފަހު ކަރުނަތައް ފުހެލާ އަހަރެންނަށް ހިނިތުންވުމެއް ރައްދު ކޮއްލިއެވެ. އެ ދައްތަގެ އަތުގައި ކުޑަކުޑަ ޚަތިމެއް އޮތް އިރު ޤުރުޢާން ކިޔަވަނީ ކަން އަހަރެންނަށް އެނގުނެވެ.

“ކީއްކުރާ ކުއްޖެއް..” ޚަތިމް ލައްޕާލަމުން އެ ދައްތަ އަހަރެންނާއި ސުވާލު ކުރިއެވެ. ނަމަވެސް އަހަރެންނަކަށް އެ ދައްތައަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ.އެންމެ ކުޑަ މިނުން ހިނިތުން ވެލަން ވެސް އަހަރެންނަކަށް ނޭނގުނެވެ. ތެދެކެވެ. އަހަރެން އެ ދައްތަ ގާތަށް މިއައީ ކީއް ކުރަން ހެއްޔެވެ.؟

” ކޮޅައް ނުހުރެ މިތާ އިށީންނަން ވީ ނުން..” އަނެއްކާ ވެސް ވާހަކަ ދެއްކީ އެ ދައްތައެވެ. ބަސް އަހާ ކުޑަ ކުއްޖަކު ފަދައިން އަހަރެން ގޮސް އެ ދައްތަގެ ގާތުގައި އިށީނީމެވެ.

” ކޮންނަމެއް ކިޔާ ކުއަޖެއްތަ ތީ..” ކުލަ ޖައްސާ ރަތް ކުލައިން ހައިލައިޓު ކޮއްފައި އޮތް އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލަމުން އެ ދައްތަ ސުވާލުކުރިއެވެ. އަހަރެން ހައިރާން ވީ އެންމެންގެ ތެރޭގައި އަހަރެންނަކީ މަޝްހޫރުމީހެއް ނަމަވެސް އެ ދައްތަ އަށް އެންމެ ކުޑަމިނުން އަހަރެންގެ ނަން ވެސް ނޭނގުނީމައެވެ.

“ނީރާ..” ހިނިތުންވާން މަސައްކަތް ކުރަމުން އަހަރެން އެ ދައްތަ އަށް ޖަވާބު ދިނީމެވެ.

” މާޝާﷲ ވަރަށް ރީތި ނަމެއް.. ދައްތަ އަށް ކިޔަނީ ޢާލިޔާ..” އެ ދައްތަގެ އަޑުގައި ތަފާތު ކަމެއް ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. ރޮއެ ރޮއެ މީހާގެ އަޑު ކުރަކިވެފައި ވާއިރުވެސް އެ ދައްތަގެ އަޑުން ވާހަކަ ދައްކަން އުނދަގޫ ވެގެން އުޅޭ ހެނެއް ހިއެއް ނުވެއެވެ.

ދައްތަ އިތުރަށް އަހަރެން ގާތް ކޮއްލުމާއި އެކު އަހަރެންނަށް ރޮވުނެވެ. އެފަދަ އޯގާތެރިކަމަކާއި ހިތް ހެޔޮ ކަމެއް އިޙްސާސް ވުމުން ތޯއްޗެކެވެ. އަހަރެންގެ މިއޮއް ވަރުގަދަ ހިތް މަޑު ކަފަކޮޅަކަށް ވީ އިރު އަހަރެންނަށް ޤަބޫލު ވެސް ނުކުރެވުނެވެ.

” އަނހަ އެ ކޮއެ ރޮނީތަ..؟ ” އަހަރެންގެ ކަރުނަތަށް ފުހެދެމުން އެ ދައްތަ އަހަރެން ގައިގާ ބައްދާލިއެވެ. އޭރުވެސް އަހަރެންނަށް ދިޔައީ ރޮވެމުންނެވެ. ބަދަލުގައި އަހަރެން ވެސް އެ ދައްތަގެ ގައިގައި ވަރަށް ބާރަށް ބައްދާލީމެވެ.

” އަހަރެން ބޭނުން އުޅުން އިސްލާޙު ކުރަން..” އަހަރެންނަށް އެހެން ބުނެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ނަމަވެސް ހިތް އެދޭ ކަމެއް ވިއްޔާ ނުބުނަން ހުއްޓަސް ބުނެވޭނެތާއެވެ.

” އަހަރެންނަކީ ބައެއްގެ މެދުގައި މަޝްހޫރު ލަވަ ކިޔުންތެރިއެއް.. އެންމެންގެ ތަޢުރީފުވެސް ލިބޭ އެހާ ރީއްޗައް ލަވަ ކިޔާތީ ވެގެން.. އެންމެ ކުޑައިރުން ފެށިގެން ވެސް އަހަރެންނަށް ފެންނަމުން ދިޔައީ ގޭތެރޭގައި ލަވަ ކިޔާ މިއުޒިކު ކުޅޭ މަންޒަރު..އުޅެ ބޮޑުވީ ކުއްޔަށް އުޅޭ އެޕާޓްމެންޓެއްގަ..ނުދަންނަ ބައެއްގެ ގާތުގައި އުޅުނަސް ފަހުން އެއީ ގާތް މިތުރުންނަށް ވި..އެހާ ހިސާބުން ލަވަޔާއި މިޔުޒިކަށް ޝަޢުޤުވެރިވި..އޭރު ގޭތެރޭގައި އުޅޭ މީހުންގެ ފަރާތުން އެކަމުގެ ތެރަށް ވަންނަން އަހަރެންނަށް ވަރަށް ހިތްވަރު ލިބުން.. އެކަމަކު މަންމަ ފިޔަވާ.. މަންމައަކީ ވަރަށް ދީނީ ކަންކަމަށް ލޯބިކުރާ މީހެއް.. އަހަރެންގެ ބައްޕަ ވީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފަ.. އެއްބަނޑު އެއްބަފާ ހުންނަނީ ވެސް އެންމެ ކުއްޖެއް.. އެއީ އަހަރެންގެ ކޮއްކޮ.. މަންމަ ފަދައިން ކޮއްކޮ އަކީ ވެސް ދީނަށް ލޯބިކުރާ ވަރަށް މާތް ރަނގަޅު ކުއްޖެއް.. އެހެން ނަމަވެސް…”  ރޮއެވެމުން ގޮސް އަހަރެންގެ އަޑު ކުރަކިވާން ފެށިއެވެ.

” އެހެން ނަމަވެސް އަހަރެން ލަވަކިޔާ މިޔުޒިކު ކުޅޭތަން ބަލާކަށް އެ މަންމަ އަކަށް ކެތެއް ނުވި.. އެތައް ފަހަރަކު އަހަރެން ގާތު އެކަން ހުއްޓާލަން ބުނި.. އެކަމަކުވެސް އެ ދުވަހު އަހަރެން އެ މަންމައަށް ދިނީ ބީރު ކަންފަތެއް.. ދުވަސްކޮޅެއް ނުވެ އަހަރެންގެ ނަން މިޔުޒިކުގެ ރޮނގުން ފާހަގަ ކޮއްލެވޭ ތަރިންގެ ލިސްޓަށް އެރި.. އެ ޚަބަރު ލިބުމާއި އެކު އެ ދުވަހުވެސް މަންމަ އަހަރެން ގާތު އެކަން ހުއްޓާލާ ތަޢުބާ ވާން އެތައް އާދޭހެއް ކުރި.. އެންމެ ފަހުން އެ މަންމަ ދުނިޔެ ދޫކޮށް ދާން ޖެހުނީ އަހަރެންގެ ސަބަބުން ރޮއި ހިތާމަ ކުރާ ހާލު.. މަންމަ މަރުވުމުން ވެސް އެންމެ ކުޑަ މިނުން މޫނު ދެކިލަން ވެސް އަހަރެން ނުދަން.. އޭރު އަހަރެން އުޅޭނީ އެކުވެރިންތަކަކާއި އެކު ރިސޯޓަކަށް ގޮސް.. ކޮއްކޮ ގުޅާފައި މަންމަ ނިޔާވީ ޚަބަރު ދިނުމުން ވެސް އަޅާއެއް ނުލަން.. އެންމެފަހުން ގޮސް މިޔުޒިކަކީ އަހަރެންގެ ހިތުގެ ހަމަޖެހުމަށް ވި. ބައްޔެއް ވިޔަސް ކަމަކާއި ހިތްހަމަ ނުޖެހުނަސް އަހަރެން އަޑު އަހާ އުޅެނީ ލަވަޔާއި މިޔުޒިކު ..އެއީ އަހަރެންގެ ހިތުގެ ޝިފާކަމުގައި ހެދިން.” ރޮމުން ގިސްލަމުން އަހަރެންގެ ވާހަކަ އެ ދައްތަ އަށް ކިޔާދެމުން ދިޔައީމެވެ.

” ދެން ހުރީ ކޮއްކޮ.. މަންމަ މަރުވުމަށް ފަހު، ކޮއްކޮ ވެސް އެތައް އާދޭހެއްކުރި މި އުޅުން ދޫކޮއްލާ އިސްލާހުވާން.. ނަމަވެސް އަހަރެން އޭނާ ކީއެއްޗަކާއި މެދު މާ ބޮޑަކަށް ނުވިސްނަން..މިއަދު އޭނާ ވެސް އުޅެނީ ދިރިއުޅުމެއް ފަށާއިގެން ވަރަށް އުފަލުގަ.. ކޮއްކޮއާއި މެދު އަހަރެން މިއަދު ވަރަށް އުފާކުރަން. އެ ދުވަހު މަންމައާއި ކޮއްކޮ ދިން ނަސޭހަތް އަޑުއެހުނު ނަމައޭ މިއަދު އަހަރެން ހިތައް އަރާ…” އަހަރެންގެ ދިރިއުޅުމުގެ ބޮޑުބައި އެ ދައްތައާއި ހިއްސާކުރީމެވެ.

” ހަޤީޤަތުގައި ދައްތަ ބޭނުމެއް ނޫން ތިހުރިހާ ވާހަކަ ތަކެއް އަޑު އަހާކަށް.. އެއީ މިހާރު މާޒީއާއި އެކު ނިމި ގޮސްފައި ވާކަންކަން.. މާޒީގައި ހިނގި އެއްވެސް ކަމެއް ބަދަލު ކުރުމުގެ ހައްގެއް އަހަރުމެން އިންސާނުންނަކަށް ލިބިގެންނެއް ނުވޭ… އިސްވެ ގޮސްފައިވާ ކަންކަމަށް ވިސްނާ މީހާގެ ކުރިމަގަށް އެކަމުގެ ހިޔަނި އަޅުވައިގެން ހުރުމަކީ ރަނގަޅު ކަމެއް ނޫން.. އެންމެ ރަނގަޅު މީހާއަކީ ކުށެއް ކުރެވުމުން އެ ކުށަކާއި މެދު ވިސްނާ ތަޢުބާވާ މީހާ..” އެ ދައްތަ އަހަރެންގެ ކަރުނަތަށް ފުހެދެމުން ކިޔާދިނެވެ.

” ދީނީ ކަންކަމަށް ފަރުވާތެރިވެގެން އުޅޭ މީހެއް ނަމަ މީހުންގެ ފުރައްސާރައާއި ކުރިމަތިލާން ވެސް ޖެހޭނެ..އެކަމަކު އެކަލާނގެ ހަޟްރަތުގައި އެމީހާގެ ދަރަޖަ ވާނީ އުފުލިފަ.. ފަރުޟު ފަސް ނަމާދު އަދާކޮށް ޢައުރަ ނިވާކޮއްގެން އުޅުމަކީ އެންމެ ރައްކާތެރި ގޮތްވެސްމެ.. އަބަދު ތި އަޑުއަހާ މިޔުޒިކުގެ ބަދަލުގައި ޤުރުޢާން އަޑުއެހުމުން ހިތަށް މާ ހަމަޖެހުން ލިބޭނެ އިންޝާﷲ.. ވަގުތު އަދި އެބައޮތް.. ތި އުޅުން ދޫކޮއްލާ ތަޢުބާ ވޭ..” އެ ދައްތަގެ ފަރާތުން އަހަރެންނަށް އެ އުޅުން ދޫކޮއްލުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

“އަހަރެންނަކަށް ނަމާދު ކުރާކަށް ނޭނގޭ” ލަދުގަތް ނަމަވެސް އަހަރެން އެހެން ބުނީ ހަޤީގަތުގައި ވެސް ދަސްކުރަން ބޭނުންވީތީއެވެ. މިއިން ދުވަހަކު ނަމާދެެެއް ކުރި ހަނދާނެއް ނުވެއެވެ.

އެ ދައްތަ އަހަރެންނަށް ނަމާދު ކުރާނެ ގޮތް ކިޔާދީ، ކިޔަވަން ޚަތިމެއްގެ އިތުރުން ޛިކުރު ފޮތެއްވެސް ދިނެވެ.އެތައް ވާހަކަތަކެއް ކިޔާދިނުމަށް ފަހު ވާހަކަތައް މެދު ކަނޑާލަން ޖެހުނީ ޖެހުނީ ފްލައިޓަށް އަރަން ގޮވައިލުމުންނެވެ.އެ ދައްތަ އާއި އަހަރެން ވަކިވީ އިރު އެ ދައްތަގެ ނަމްބަރުވެސް އެ ދައްތަ އަހަރެންނަށް ދިނެވެ.

*** ** ***

ރާއްޖެ އައުމަށް ފަހު އަހަރެންގެ އުޅުން އިޞްލާޙު ކުރީމެވެ.ކުރިން ލާ އުޅުނު ޓޮޕްތަކާއި ބާރު ޖީންސްތައް އުކާލުމަށް ފަހު ދޫ އަބާޔާ އާއި ބޮޑެތި ބުރުގާ އަޅަން ފެށީމެވެ. އިސްތަށިގަނޑު ނިވާކޮށް ދީނީ ކަންކަމަށް ސަމާލުކަން ދޭން ފެށީމެވެ. ފަރުޟު ފަސް ނަމާދު އަދާކޮށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކިޔަން އާދަކުރީމެވެ. މަންމަގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާ އެއް އެ މަންމައަށް މިންވަރު ކުރައްވާތޯ އަބަދުވެސް ދުޢާކުރަމުން ދިޔައީމެވެ. އެ ދައްތަގެ އެހީ އަބަދުވެސް އަހަރެންނަށް ލިބެމުން ދިޔައެވެ.

ކުރިން ގެންގުޅުނު ރަޙުމަތްތެރިންތަށް ވެސް އަހަރެންގެ އިޞްލާޙު ކުރެވިފައިވީ ދިރިއުޅުމަށް ޖޯކުޖަހާ މަލާމަތްކޮށް އަހަރެން ދޫކޮށް ދިޔައެވެ. އެހެން ނަމަވެސް އަހަރެންގެ ކޮއްކޮ އަހަރެންގެ ދިރިއުޅުމަށް އައި ބަދަލާއި މެދު އުފާކޮށް ހެޔޮހިތުން އަހަރެން ބަލައިގަތެވެ.

މިއަދު އަހަރެންނަކީ ހެޔޮލަފާ ކިޔަމަންތެރި އަނތްބެކެވެ. ލޯބިލޯބި ދެކުދިންގެ މަންމައެކެވެ.ހުރިހާ ޝުކުރެއް އެ ދުވަހު އަހަރެންނާއި އެއާޕޯޓުން ދިމާވީ ދައްތައަށެވެ.

އަހަރެންގެ ހަގު ދަރިފުޅަށް ކާން ގޮވަން ދިޔައިރު އެ ދަރިފުޅުގެ ކޮޓަރިން އިވެމުން ދިޔަ މަދަޙަ އަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ.

އަސްތާ މަށަށް އުޅެވުނު ގޮތެއް، ސަހަރޯ މަށަށް ބުނެވުނު ބަހެއް

އަސްތާ މަށަށް ބުނެވުނު ބަހެއް، އަޅެ ދެން މަށަށް އެހެވުނު އަޑެއް

އަސްތާ ވަރަށް ދެރައޭ، ބަސް ނޭހުނީތީ އޭ،

ޖިސްމާ މަ ވަކި ވީއޭ، ތަޢުބާ ނުވެވުނީއޭ…

ވިސްނާލުމަށް އެދެމޭ، ގިސްލާ ރޮމުން ބުނަމޭ…

ފަރުވާ މަށަށް ކުޑަކުރެވުނީ، ފާފައިގެ ތެރެއަށް ވަދެވުނީ،

ފުރުޞަތުގެ ބޭނުން ނުހިފުނީ، ވަގުތީ އަރާމަށް ބެލެވުނީ،

އަތްފައި ބަނދެލެވިއްޖޭ، ހިނަވާ އަވަދި ވެއްޖޭ،

މޫނޭ ފަހުން އެޅީ، ސަންދޯކަށޭ މަލީ،

ވިސްނާލުމަށް އެދެމޭ،  ގިސްލާ ރޮމުން ބުނަމޭ….

އެކުވެރިއަކަށް ވެސް ބެލެވުނީ، ކެހިވެރިއެކޭ ހަމަ މީ ތެދެއް،

އެކުގާ އަބަދު ތާ އުޅެ ހެދީ، ފިކުރެއް ކުރާނެ ވަގުތު ނުދީ،

ވަކިކޮށްފިތާ ތީނާ، ކަތިކޮށް ތިހެން ހާނާ،

ވަކިކޮށް މަގޭ ދީނާ، ކެހިދީ ތި ޝައިޠާނާ،

ވިސްނާލުމަށް އެދެމޭ، ގިސްލާ ރޮމުން ބުނަމޭ..

އަހަރެންގެ ލޮލުން އައި ކަރުނަތައް އަތުގެ ނުފުށުން ފުހެލީމެވެ. ހަޤީޤަތުގައި ވެސް އެ ބައިތުތަކުން އަހަރެންނަށް ފުން އަސަރު ތަކެއް ކުރުވައިފިއެވެ.ވަގުތު ފާއިތުވުމުގެ ކުރިން އަހަރެންނަށް ހެޔޮ ވިސްނުން ދެއްވީތީ މިއަދު އަހަރެން ﷲ އަށް ޝުކުރުވެރިވީމެވެ. ނުބައި އެކުވެރިންނާއި ދުރުވެ ރަނގަޅު ޞާލިޙް އެކުވެރިން ތަކެއް ދެއްވީތީ އަހަރެން އުފާ ކުރަމެވެ.

ކޮޓަރި ދޮރު ހުޅުވާ ބަލައިލި އިރު ދަރިފުޅަށް ނިދިފައި އޮތުމުން ގައިގައި ރަޖާ އަޅާ ދިނުމަށް ފަހު ލޯބިން އެ ދަރިފުޅު ގައިގައި ފިރުމާލުމަށް ފަހު ކޮޓަރީން ނުކުތީ އަހަރެންގެ ދިރިއުޅުމާއި މެދު ޝުކުރުވެރިވާ ޙާލުގައެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވެސް ތަފާތު ވާހަކައެކެވެ. ބައެއް ބާބު ތަކުގައި ހިތާމައާއި ވޭނުން ހިތް ރޮއްވާލައެވެ. އަނެއް ބާބުތަކުގައި އުފަލުން ހެއްވާލައެވެ. ދިރިއުޅުން ފުރިހަމަވާނީ އުފަލާއި ހިތާމަ އެކުލެވިގެންނެވެ.ހިތާމައިގެ ވަގުތުގައި ކެތްތެރިވާށެވެ. އުފާވެރި ވަގުތު ތަކުގައި ޝުކުރުވެރިވާށެވެ. ކުށް ކުރެވޭނީ އިންސާނުންނަށެވެ. އެކުށަށް ތަޢުބާ ވާނީވެސް ހަމަ އެ އިންސާނުންނެވެ.

 

( ނިމުނީ )

 

 

 

 

Share Article

Follow Me Written By

Aysherr

Level 1100 Login10 Stories

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 19

Next

ވާ ލޯބި އެގޭނަމަ(6)

Next
March 29, 2025

ވާ ލޯބި އެގޭނަމަ(6)

Previews
March 28, 2025

ފުރާނައިގެ ދިރުމޭތިއީ 19

7 Comments!

  1. Shimmer says:
    March 29, 2025 at 12:22 pm

    Vv reethi
    And varah iburaitheri
    Keep continuing 😁

    1. Aysherr says:
      March 29, 2025 at 1:45 pm

      Thankyou lovvve 🤍
      Yes Insha’Allah
      Varah happy vehjje shimmer ge comment eh libunyma 💗🔥

  2. Nayaa Nayaa says:
    March 29, 2025 at 1:38 pm

    Masha Allah this is soooo

  3. Nayaa Nayaa says:
    March 29, 2025 at 1:40 pm

    Masha Allah this is sooo good dearr!! ❤️
    Loved every bit of it, asluves varah rangalhu naseyhatheh mi vaahakain libigen hingajje
    Keep going love!! Hoping for more such stories from you!! 🥹❤️

    1. Aysherr says:
      March 29, 2025 at 8:53 pm

      Aww thankyou nayoo!!😊❤️
      I’m really really happy nayaa sis ge comment eh libunyma.🥹
      Alhey means a lot to me..❤️
      Yess insha Allah.
      I hope dhn liyaa vaahaka thah ves kiyaalaane kamah!!
      Lovee youu nayoo <33

  4. Your fav bab says:
    March 29, 2025 at 8:53 pm

    Varah iburaththeri
    That madhaha means a lot
    When I think about the meaning of each n every line makes me cry
    Hope I’ll be able to read more stories from ya

  5. Aysherr says:
    March 29, 2025 at 9:03 pm

    Aww thankyou darlss ❤️
    Hehe yess aysherr ah ves varah reethi asaru gadha madhaha eh eii 🥺
    iburaih theri vaane hn ey aysherr mi vaahaka liyuni.. hehe
    Yes insha Allah adhi ves ithuru vaahaka thah kiyaalan libeyne hama iraadha kurehviyya <<33
    Tysmm darling.💗

Comments are closed.



All Right Reserved!