Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…75

Anonymous Level 4100 Login10 Stories100 Comments
March 31, 2025 10 Mins Read
13 Comments

ޒީކާން އާއި މިޝްޔާ ފެރީ ޓާމިނަލް އާއި އަރާ ހަމަކޮށްލި ވަގުތުވީ ވިދުވަރަކާއި އެކު ގުގުރި އެއް ޖަހާލި ވަގުތަށް ވުމުން އޮޅުމަކުން މިޝްޔާ އަށް ހިފުނީ ޒީކާން ގެ އަތުގައި އެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އެނގުމާއި އެކު މިޝްޔާ ޒީކާން އާއި ދުރުވެލި އެވެ. “ސޮރީ” ކިރިޔާ ޒީކާން އަށް އަޑު އިވޭހާ މަޑުން މިޝްޔާ ބުނެލި އެވެ. ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލުމަށް ފަހު އޭނާގެ އަތުގެ އިނގިލިތައް މިޝްޔާގެ އަތުގެ ތެރެ އަށް ލައްވާލި އެވެ. ޒީކާންގެ ފިނި އަތުގެ ބީހުން އިހުސާސް ކުރެވުމާއި އެކު މިޝްޔާ ހިތަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ.

***************

ކޮންމެ މާނަ އެއް އެތަނުގައި ތިބި އެހެން މީހުންން ނެގި ކަމުގައި ވީ ނަމަވެސް ޒީކާން މިޝްޔާގެ އަތުގައި ހިފާލީ މިޝްޔާ އަށް ރައްކާތެރިކަން ދޭން އޭނާ އެބަ ހުރީމޭ ބުނެލާށެވެ. ޚުދު މިޝްޔާ އަށް ވެސް ޒީކާންގެ އެ އަމަލުން ޒީކާން ބުނެލީ ކީކޭ ކަން ނަގައިގަނެވުނެވެ.

 

ބާރަ ގަޑި ފަނަރަ ހިނގާ އިރު މާލެ ދާ ފެރީ އިން މިޝްޔާ އާއި ޒީކާން މާލެ ދާން ވިލިނގިލިން ފުރި އެވެ. ވިލިނގިލީ ފެރީ ޓާމިނަލް އަށް ވަންނަމުން ޒީކާން މިޝްޔާގެ އަތުގައި ހިފި ގޮތަށް އެ އަތުން ޒީކާން ފެރީ އަށް އެރުމަށް ފަހު ވެސް ދޫނުކުރެ އެވެ. ފެރީ ކިތަންމެ ގޮތަކަށް ތެޅުނު ކަމުގައި ވީ ނަމަވެސް މިޝްޔާ ގެ ހިތުގައި އޮތް ބިރުވެރިކަން ފިލާ ދިޔައީ ކައިރީގައި ޒީކާން އިނުމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

 

އެއް ގަޑި ސާޅީސް ފަހެއް ހިނގުމާއި އެކު ދޭއް ޖަހަން ދެން ނުކްޝާން ގެ ގާތުގައި އިނުމަށް އެދުނު އަލީކް އައި.ޖީ.އެމް.އެޗް އާއި ދިމާލަށް މިސްރާބު ޖެހި އެވެ. ސައިކަލުގައި އިން އަލީކްގެ އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔަ އިރު ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ހަމަލާތައް ދިޔައީ އޭނާ އަށް ކުރަމުން ނެވެ. މޫނުމަތިން މާ ބޮޑު އަސަރުތަކެއް ފާޅު ނުވި ނަމަވެސް އެވަގުތު އެ ސިކުނޑީގައި އިނގަމުން ދިޔަ ހައިޖާނުގަނޑުގެ ސަބަބުން އަލީކްގެ ހިތް ވަނީ ނުތަނަވަސް ވެފައި އެވެ. ނޭނގޭ ސަބަބަކާއި ހުރެ އަލީކްގެ ހިތުގެ ކަނަކުން ކަމެއް ނުބައި ވާން އުޅޭ ކަމުގެ ރަނގަބީލެއް އަޅަމުން ދިޔަ އެވެ.

 

އައި.ޖީ.އެމް.އެޗް ގެ ކުރިމައްޗަށް ސައިކަލު ޕާކު ކޮށްލަމުން އަލީކް އައި.ޖީ.އެމް.އެޗް ގެ ތެރެ އަށް ވަދެގެން ދިޔައީ އަވަސް ވެފައިވާ ހިތަކާއި އެކުގައި އެވެ. މިއުވާން ވެއްދި އެމެޖެންސީ ރޫމް ގެ ދޮރު ކުރިމަތީގައި ބެހެއްޓިފައިވާ ގޮނޑި ބަރި ތަކުން ގޮނޑި އެއްގައި އަލީކް އިށީނދެލި އެވެ. ދެ ފަރާތަށް އަލީކް އޭނާގެ ފައި ހަލުވަމުން ދިޔަ އިރު އަލީކްގެ މޫނުމަތިން އޭނާގެ ހިތުގެ ހާލަތު ބުނެދެމުން ދިޔަ އެވެ.

 

މާ ގިނަ އިންތިޒާރުތަކެއް އަލީކް ކުރާކަށް ނުޖެހުނެވެ. އެމެޖެންސީ ރޫމް ގެ ދޮރު ހުޅުވާލުމަށް ފަހު ޑޮކްޓަރ ނިކުމެގެން އައެވެ. ޑޮކްޓަރ ގެ މޫނުމަތިން އަލީކް އަށް އެއްވެސް ކަހަލަ ކަމެއް ދޭހަ ވާ ގޮތެއް ނުވި އެވެ. ކިތަންމެ ވަރަަކަށް ބެލިއަސް ވެސްމެ އެވެ. “ޕޭޝަންޓް ގެ ހާލު މިކޮޅަށް ގެނެވުނު އިރު ވެސް ވަރަށް ސީރިއަސް. އެންޑް ނައު ހީ އިޒް ނޯ މޯ. ހީ ޕާސްޑް އަވޭ ޑިއު ޓު އަ ބްރެއިން އިންޖަރީ. ވީ ޓްރައިޑް ޓު ސޭވް ހިމް. އައިމް ސޮރީ” ޑޮކްޓަރ ގެ އަޑު އަލީކް އަށް އިވުނީ ހޮނު ގުގުރި އަކަށް ވުރެ ވެސް ބިރުވެރި ކޮށެވެ. އަލީކް އަށް ހީވީ ދުނިޔެ ވެސް ހުއްޓުނު ހެންނެވެ.

 

ގޭގައި އޮވެފައި އަލީކް އައީ އައި.ޖީ.އެމް.އެޗް އިން އޭނާ އަށް ގުޅާފައި މިއުވާން އޮސްޕިޓަލުގައި އޮތް ވާހަކަ އެންގުމުން ނެވެ. މިއުވާން ހޮސްޕިޓަލް އަށް ގެނެވުނު ހަނދާން އޭނާ ވެ އެވެ. އެހެން ނަމަވެސް މިއުވާން ހޮސްޕިޓަލް އަށް ވެއްދި މަންޒަރު ދެ ލޮލުން ދެކުމަށް ފަހު އޭގެ ފަހުން އަލީކާ ދިން ޚަބަރަކުން އޭނާގެ ސިކުނޑިން އެކަން ކައްސާލީ އެވެ. އޭގެ ފަހުން އަނެއްކާ ވެސް މިއުވާންގެ މަތިން ހަނދާންވީ ހޮސްޕިޓަލުން ގުޅުމުން ނެވެ. ހޮސްޕިޓަލުން އޭނާ އެ ވަރަކުން ގުޅާފައި ގެނައީ މި ޚަބަރު ދޭން ކަން އެނގުނު ނަމަ އޭނާ ނައީ ހެވެ.

 

 

ޑޮކްޓަރ އާއި ފަސް އެނބުރި އަލީކް ހިނގައިގަތް އިރު އޭނާގެ ހިތުގައި ވަނީ ދުވަހަކު ވެސް ނުލާހާ ބޮޑު ކޫރުމެއް ލާފައި އެވެ. އެއް ރެއެއްގެ ތިން ވަރަކަށް ގަޑި އިރުން އެ ވަނީ އޭނާގެ މުޅި ދިރިއުޅުމަށް ދުވަހަކު ވެސް މީހަކަށް ފޫނުބެއްދޭނެ ހާ ބޮޑު ހިތްދަތި ކަމެއް ލިބިފައިވެއެވެ. މުޅި ހަޔާތަށް ވެސް ފަޅުކަމެއް ގެނެސްދީފައި އެވެ. މުޅި ދުނިޔޭގެ އެންމެން ފޫބައްދަން އުޅުނު ނަމަވެސް އޭނާގެ އެ ދިރިއުޅުމަށް އައިސްފައިވާ ފަޅުކަން ދުވަހަކު ވެސް ނުފިލާނެ އެވެ. ހުސް ނުވާ ވަރަށް ލޯބި ދިން ކަމުގައި ވީ ނަމަވެސް މެ އެވެ.

 

ކުއްލި ކުއްލި އަށް ޖައްސަ ޖައްސައިގެން ލިބުނު ދެ ޚަބަރުގެ ސަބަބުން އަލީކްގެ ހިތުގެ ހިނގުމަށް ވަނީ ހުއްޓުމެއް އައިސްފައި އެވެ. ހިތާމަޔާއި އުފަލުގައި ދެ ގޮތެއް ނުވެ ބައިވެރިވާ ގިނަ ބައެއްގެ އެކުވެރި އެއް ކަމުގައިވާ ކަރުނަތައް ވަނީ އޭގެ މަގާމުގައި ހައްޔަރު ވެފައި އެވެ. ނުވަތަ ގަނޑު ވެފައި އެވެ.

 

މަރުވެފައިވާ މައްޔިތެއް ފަދައިން ހިނގާފައި ދިޔަ އަލީކް ގެ ޖީބުގައި އޮތް ފޯނަށް ނޮޓިފިކޭޝަން އެއް އައި އަޑު ވެގެން ދިޔައީ އޭނާގެ ހިތުގައި އޮޅާލެވިފައިވާ ހިތާމައިގެ ސާލު އޭނާގެ ކަރުގައި އޮޅައިގަތް ވަގުތަށް ށޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެ ވަގުތު ވެގެން ދިޔައީ އަލީކް ގެ ހިތުގެ ތެޅުން އަނބުރާ އިޔާދަ ވެ ދެލޮލުގައި ގަނޑުވެފައި ވާ ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ފައިބައި ގަތް ވަގުތަށް ށެވެ. ފޯނަށް އައި ނޮޓިފިކޭޝަން އަށް ބެލުމެއް ނެތި އަލީކް އަށް އެ ހުރި ތަނަށް ތިރިވެވުނެވެ. ވަށައިގެން ކިތަންމެ ބަޔަކު ތިބި ނަމަވެސް އޭނާ އަށް ކަން ކުރެވޭނީ އެ ވަގުތު އެހެން ނެވެ.

 

ހިތުގައި އުފެދިފައިވާ ހިތްދަތި ކަމާއި އެކު އަލީކް އަށް މޫނުގައި އަތް އަޅާލެވުނެވެ. އެ ޚަބަރު ލިބުމުގެ ކުރިން އޭނާ ގެ ފުރާނަ އެކަލާނގެ ޙަޟްރަތަށް ގެންދިޔަ ނަމަ އެވެ. މާ ހިތަށް ފަސޭހަ ވީ ހެވެ. މި ވަގުތު ހިތުގައި އަޅަމުން މި ގެންދާ ވޭނުން އޭނާ މިންޖު ވީ ހެވެ. ކަރުނަ އަކަށް ފަހު ކަރުނަ އެއް އަލީކްގެ ކޯތާފަތުގައި ބޮސްދީފައި ފައިބަމުން ގެންދިޔަ އެވެ. އަލީކްގެ ހިތުގައި އެވަގުތު ވީ އެންމެ ސުވާލެކެވެ. އެ ސުވާލު ގެ ޖަވާބަކީ މިއަދު މުޅި ދުނިޔޭގެ އެންމެންނާއި ކުރި ނަމަވެސް އެބަޔަކަށް އެ ސުވާލުގެ ޖަވާބު އަލީކް އަށް ދެވޭނޭ ފަދަ ސުވާލެއް ނޫނެވެ.

 

ތަގްދީރު އޭނާ އަށް މި ކުރަނީ ކޮން ކަހަލަ ސަމާސާ އެއް ހެއްޔެވެ؟ މި ގޮތަށް އެއް ރެ އަކު އެއް ވަގުތަކު އޭނާގެ މަންމަ އާއި ބައްޕަ އޭނާ އާއި އަލްވަދާޢު ކީ ކީއްވެ ހެއްޔެވެ؟ ހަމަ އޭނާ އަށް އަލީކް ކީތީ ހެއްޔެވެ؟

 

ހިތުގައި އުފެދިފައިވާ ސުވާލު ތަކާއި އެކު އަލީކް ގެ ހިތަށް އިތުރު ހިތްދަތި ކަމެއް ލިބުން ނޫން ކަމެއް ނުވި އެވެ. ހިތުގައި ލެވުފައި ވާ ރެނދު ބޮޑުވެގެން ގޮސް އޭނާގެ ހިތް އެއްކޮށް ތެޅިގެން ދިޔަ އެވެ. އެ ހިތުގެ ދެބައި ކުޅަ އެއްބައި މިވަގުތު ވީ އަލީނާ އާއި މިއުވާން އާއި އެކު ވަޅުލާން ތައްޔާރު ވެފައި އެވެ. އަބަދުގެ އަބަދަށް ފަސްދާނު ލާން ތައްޔާރުވެފައި އެވެ. ދުވަހަކު ވެސް އެނބުރި ނާންނާނޭ ފަދަ ގޮތަކަށް ށެވެ.

 

ދޭއް ޖެހުމާއި އެކު އަލީކް ގެ އިންތިޒާރުގައި ނުކްޝާން އަށް ވަގުތު ގުނެއް ފެށުނެވެ. އަލީކް އަށް ނުކްޝާން އިންތިޒާރު ކުރި ނަމަވެސް ނުކްޝާން ގެ ހިތް ދިޔައީ އަލީކް ލަސްވޭތޯ ދުޢާ ކުރަމުން ނެވެ. އަލީކް އައުމާއި އެކު އަލީކާ އާއި އެކު އޭނާ ހޭދަކުރެވެމުން ގެންދާ ވަގުތަށް ނިމުން އައީ އެވެ. ދެން ވާނީ ވެސް އެހެން ތާ އެވެ.

 

އަލީކާ އާއި ނުކްޝާން އަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާލަށް ބަލައިލެވުނީ ދޮރު ހުޅުވާލި އަޑު އިވުމުން ނެވެ. ދޮރު ހުޅުވާލުމަށް ފަހު އެތެރެ އަށް ވަން އަލީކް ފެނުމާއި އެކު ނުކްޝާން އަށް ބަލާލެވުނީ އަލީކާ އާއި ދިމާލަށް ށެވެ. އޭރު އަލީކާގެ މޫނުމަތިން ނުކްޝާން އަށް ފެނުނީ ބަޔާން ކުރަން ދަތި އަސަރު ތަކެކެވެ.

 

އަލީކާ ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ކުރިމަތީގައި ހުރި އަލީކްގެ ދެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އެ ދެލޯ ރަތްވެފައި ވާ އިރު އެ ދެ ލޮލުން ފެނިގެން ދަނީ ވޭނާއި ހިތް ދަތިކަމެވެ. ބުނާ ކަހަލައެވެ. ވާ ވަރަށް އަހަންނަށް އަހަރެންގެ ހިތުގެ ހާލަތު އެއްވެސް މީހަކަށް ނުދައްކާ ކުރެވިއްޖެ އެވެ. ދެނެއް ނުހުރެވޭނެ އެވެ.

 

“އަލީކް” އަލީކާގެ އަޑު މަޑެވެ. އަލީކް ހުރި ގޮތް ފެނުމުން އެކަނި ވެސް އަލީކާ އަށް އަސަރު ކުރި އެވެ. އަލީކް އަށް ގޮވާލި އިރު އެ އަޑު ވެސް ވަނީ ކުރަކި ވެފައި އެވެ. އަލީކާގެ ހިތް އެވަގުތު ބުނަމުން ދާ ކަހަލަ އެވެ. ކޮއްކޮ ގެ ހިތް ތިހާ ބަލި ކޮށްލި ޚަބަރު ދޮންތަ އަށް ނޭނގުނު ނަމަވެސް ތި ހިތުގެ ހާލަތު ދޮންތަ އަށް އެބަ އިހުސާސް ކުރެވެއެވެ.

 

އަލީކް އަށްށާއި އަލީކް އަށް ވަގުތު ދެމުން ނުކްޝާން ކޮޓަރިން ނިކުތެވެ. ނުކްޝާން ކޮޓަރިން ނުކުން ތަން ބަލާލުމަށް ފަހު އަލީކާ ދެވަނަ ފަހަރަށް އަލީކް އާއި ދިމާލަށް ބަލައިލި އެވެ. “އަލީކް” ދެވަނަ ފަހަރަށް އަލީކާ ގޮވާލި އެވެ. އަލީކް އަށް ކެތްކުރެވުނީ އެހާ ހިސާބަށް ށެވެ. ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ފައިބައި ގަތެވެ. “ދޮން.ތާ” ކެނޑި ކެނޑިގެން ނިކުން އަލީކް ގެ އަޑާއިއެކު އަލީކާގެ ހިތަށް ވާން ވެލި އެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު އަލީކް އަލީކާގެ ގައިގައި އޮޅުލައިގަތެވެ. ވީ ގޮތް ނޭނގުނު ނަމަވެސް އަލީކް ގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކުގެ ސަބަބުން އަލީކާގެ ދެލޯ ފެންކަޅި ކުރުވި އެވެ. އަލީކް އޭނާގެ ހަށިގަނޑާއި ދުރުކުރުމުގެ ބަދަލުގައި އެވަގުތު އަލީކާ ވެސް އަލީކް ގެ ގައިގައި ބައްދާލީ އެވެ. އަލީކް ގެ ރުއިމުގެ އަޑު އަލީކާގެ ކަންފަތަށް އިވި އިވި ހުއްޓެވެ. ގިސްލުމުގެ އަޑާއި އެކު އިވެމުން ދިޔަ އެ އަޑު ވެގެން ދިޔައީ އަލީކާގެ ހިތް ފޮތި ފޮތި ކުރަމުން ދިޔަ އަޑަކަށް ށެވެ.

 

އަލީކް ހަމައަކަށް އެޅިލަމުން އަލީކާ އާއި ދުރުވެލީ ފަސް ވަރަކަށް މިނެޓް ފަހުންނެވެ. އަލީކާ ދުރުވެލުމަށް އަލީކް އަލީކާގެ މޫނާއި ދިމާލަށް ބަލައިލި އިރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރުތައް ފާޅުވަމުން ދިޔަ އެވެ. އަލީކް އާއި ސުވާލު ކުރުމުގެ ބަދަލުގައި އަލީކް އާއި ދިމާލަށް ބަލަހައްޓައިލައިގެން އަލީކާ ހުރީ އެވެ. ކޮއްކޮ ހުރި ހާލަތުން އޭނާގެ ދުލުގައި ވަނީ ތަޅު އެޅުވި ފައި އެވެ.

 

އަލީކާ އާއި ދިމާލަށް ބަލައިލި އަލީކްގެ ހިތުގައި ވާ ޒަޚަމްތައް އިތުރުވީ އޭނާ އަލީކާ އަށް ދޭން އުޅޭ ޚަބަރު އޭނާގެ ސިކުނޑީގައި އެނބުރެން ފެށުމުން ނެވެ. އަލީކާ އަށް އެ ޚަބަރު ނުދީ ދާން ކިތަންމެ ފަހަރަކު އަލީކްގެ ހިތް އެދުނު ނަމަވެސް އެގޮތަށް ކަންތައް ކުރެވޭކަށް ނެތެވެ. މިއުވާން އަކީ އަލީކްގެ ބައްޕަ ފަދައިން ހަމަ އަލީކާގެ ވެސް ބައްޕަ ތާ އެވެ. ދެން އަލީކާ އަށް އެ ޚަބަރު ދޭން އަލީކް އަށް މަޖުބޫރުވާނެ އެއް ނޫން ހެއްޔެވެ؟

 

“ދޮން..ތާ” ކުރަކި ވެފައި ވާ އަޑަކުން އަލީކް އަލީކާ އަށް ގޮވާލި އެވެ. އަލީކް އަށް އަލީކާ އަށް ހަމައެކަނި ގޮވާލެވުނީ އެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އެހެން ނަމަވެސް ދެން ވެސް އަލީކް ބެލީ ކަރުނަތައް ހިންދާލަމުން އޭނާގެ ޖުމުލަ ފުރިހަމަ ކުރެވޭތޯ އެވެ.

 

އަލީކާގެ ދެލޮލަށް ބަލައިލަމުން އަލީކް އޭނާގެ ޖުމުލަ ފުރިހަމަ ކުރުމާއި އެކު ހީވީ މުޅި ދުނިޔެ އަށް ވެސް ހުއްޓުމެއް އައި ހެންނެވެ. އަލީކްގެ ކޯތާފަތުގައި ރޮނގަކަށް ފައިބަމުން ދިޔަ ކަރުނަތައް އަލީކް އޭނާގެ އަތުން ފުހެލި އެވެ. އޭރު ވެސް އަލީކާ ހުއްޓުން އަރާފައި އަލީކް އާއި ދިމާލަށް ބަލަހައްޓައިލައިގެން އިނީ އަލީކް އެޖުމުލަ ބުނެލި ވަގުތު އިން ގޮތަށް ށެވެ.

 

ލިބުނު ޚަބަރާއި އެކު އަލީކާ އަށް އޭނާގެ ހިތުގައި އެޅި ވޭން ބަޔާން ކޮށްލަ ދޭން ވެސްް ދަތިވި އެވެ. އެ ޚަބަރު އަޑު އިވުމާއި އެކު އެ ހިތް ވަގުތުން އެކަމަށް ދެކޮޅު ހެދި އެެވެ. އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ ހަގީގަތް ބަދަލު ނުކުރެވޭނެ ކަން އެނގި ހުރެމެ އެވަގުތު އެކަމަށް އެދެވުނެވެ. ދުވަހަކު ވެސް އެ ހިތް އަނބުރާ ނުރޭވޭނޭ ފަދަ ގޮތަކަށް ތަޅައިގެން ދިޔަ ކަހަލަ އިހުސާސް އެއް އަލީކާ އަށް ކުރެވުނެވެ.

 

އަލީކް ގެ ދެ ލޮލުން އޭނާގެ ނަޒަރު ވަކި ކޮށްލި އަލީކާގެ ދެލޮލުން ކަރުނައިގެ ކޯރެއް އޮހެން ފެށި އެވެ. އަލީކް ގެ ދެލޮލުން ފެނިގެން ދިޔަ ވޭނާއި ހިތްދަތިކަމުގެ ސަބަބުން އަލީކް އަށް އޭނާގެ ހިތުގެ ވޭން ދައްކަން އަލީކާ ފަސްޖެހުނު ނަމަވެސް އެ ހިތަށް ލިބިފައި ވާ ވޭނުގެ ސަބަބުން އިހުސާސް ތަކުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން އަލީކާ އަށް މަޖުބޫރުވި އެވެ.

 

އަލީކާ ބާއްވާފައި އޮތް ރޫމްގެ ކުރިމަތީގައި ދެ ފަރާތަށް ހިނގަމުން ދިޔަ ނުކްޝާން ގެ ހިތުގައި ވަނީ ހާސް ކަމުގެ ސާލެއް އޮޅާލާފައި އެވެ. އެތަނުގެ ތެރޭގައި ވަމުން ދިޔަ ގޮތް އޭނާ އަށް ނޭނގުނު ނަމަވެސް ނޭނގޭ ފަދަ ހާސްކަމެއް ވަނީ ނުކްޝާން ވަށާލާފައި އެވެ.

 

ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ނުކްޝާން ގެ އިންތިޒާރަށް ނިމުމެއް އައީ އަލީކާގެ ކޮޓަރިން އަލީކް ނިކުތުމާއި އެކުގައި އެވެ. ވަގުތުން ނުކްޝާން އަށް އޭނާ ހުރި ހިސާބަށް ހުއްޓިލަމުން އަލީކް އާއި ދިމާލަށް ބަލައިލެވުނެވެ. ނުކްޝާން ގެ ނަޒަރު އަލީކް އަށް ހުއްޓުމާއި އެކު އަލީކް ހިތި ހިނިތުންވުމެއް ނުކްޝާން އަށް ހަދިޔާ ކޮށްލި އެވެ. ވީ ގޮތް އަލީކްގެ ކިބައިން އެވަގުތުން އެވަގުތަށް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އެކަމަށް ނުކްޝާން އަށް ހުރަސް އެޅީ އަލީކް ނުކްޝާން އަށް ފަސްދީފައި ދިއުމުން ނެވެ.

 

އަލީކް ދިޔަ ދިމާލަށް ބަލައިލަމުން ނުކްޝާން އަލީކާ އޮތް ކޮޓަރީގެ ތެރެ އަށް ވަދުނެވެ. އެ ކޮޓަރި ތެރެ އަށް ނުކްޝާން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އަލީކާގެ ވޭނީ ރުއިމުގެ އަޑު ނުކްޝާން ގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު ވެގެން ދިޔައީ ނުކްޝާން އަށް އަހަން ފަސޭހަ ވެގެން ދިޔަ އަޑަކަށް ނޫނެވެ. އެހެން ނަމަވެސް ނުކްޝާން އަށް ކޮޓަރި އަށް ވަން ގޮތަށް އަލީކާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުން ނޫން ކަމެއް ނުކުރެވުނެވެ.

 

އިރުކޮޅެއް ވަންދެން އެއިން ގޮތަށް އިނުމަށް ފަހު އަލީކާ އިސް އުފުލާ ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ. އޭރު އަލީކާގެ މޫނުކޮޅު ވަނީ ޓޮމާޓޯ އެއް ހައި ބޮޮޑަށް ރަތް ވެފައި އެވެ. އަލީކާގެ ދެލޯ ރުއިމުގެ ސަބަބުން ދުޅަވެފައި ވާ އިރު ލޮލުން ކަރުނަ ނައެއް ކަމަކު އަލީކާގެ ގިސްލުމުގެ އަޑު ނުކެނޑެއެެވެ. އަލީކާ ގެ އާއި ދިމާލަށް ބަލައިލި ނުކްޝާން ގެ ހިތަށް ކިތަންމެ ތަދުވި ނަމަވެސް އެކަން ދައްކަން އޭނާ ޖެހިލުންވި އެވެ. އަލީކާ އޭނާ އާއި ދިމާލަށް ބަލައިލުމުން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ނުކްޝާން ހުރީ އެ ސަބަބާއި ހުރެ އެވެ.

 

އެހެން ނަމަވެސް ނުކްޝާން އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރެވުނީ ވަކި ވަރަކަށް ށެވެ. “އަލް” އަލީކާގެ ފުން ދެލޮލުގެ ތެރެއަށް ގެނބިގެން ދިއުމާއި އެކު ނުކްޝާން ގެ އިޚްތިޔާރުން ބޭރުގައި ނުކްޝާން ގެ ތުންފަތް ފޫ އަޅުވާލާފައި އަލީކާގެ ނަން ނުކުމެގެން ދިޔަ އެވެ. އަލީކާާ އާއި ދުރުގައި ހުންނަން އެ ވަގުތު އޭނާގެ ހަވަނަ ހިއްސު ގޮވާލި ނަމަވެސް ނުކްޝާން ގެ އިޚްތިޔާރުން ހުރިހާ ކަމެއް ބޭރުވެގެން ދިޔަ އެވެ. އަލީކާގެ ކައިރީގައި ހުއްޓިލަމުން އަލީކާގެ މޫނުގައި ހިފަހައްޓާލަމުން ނުކްޝާން ސީދާ އަލީކާގެ ލޮލާއި ހަތަރު ކަޅި ހަމަކޮށްލި އެވެ.

 

ނުކްޝާން ގެ އެ އަމަލުން ސިހުން ލިބުނު ނަމަވެސް ނުކްޝާން ގެ އެ އަމަލުން ނުރުހުމުގެ އެެއްވެސް ކަހަލަ އަސަރެއް އަލީކާގެ މޫނަކުން ނުފެނުނެވެ. ބަދަލުގައި ކުރިން ހުރި ވަރަށް ވުރެ ބޮޑަށް މުޅި ކުއްޖާ ރަތް ވެގެން ދިޔައީ އެވެ.

 

އަލީކާގެ މޫނުގައި ހިފަހައްޓާލަމުން ނުކްޝާން އޭނާގެ ނިއްކުރި އާއި އަލީކާގެ ނިއްކުރި ޖައްސާލި އެވެ. އެވަގުތު ދެ ޒުވާނުންނަށް ވެސް ކުރެވިގެން ދިޔައީ މުޅި ދުނިޔެ ވެސް ހުއްޓިގެން ދިޔަ ކަހަލަ އިހުސާސް އެކެވެ. ވަގުތުން ދުނިޔެ މަތީގައި އެވަގުތު ވަމުން ދިޔަ ހުރިހާ ކަމެއްގެ މަތިން ދެ ޒުވާނުން ހަނދާން ނެތިގެން ދިޔަ އެވެ. މިވަގުތު މިއީ ރޭގަނޑު ކަމެއް ނުވަތަ ދުވާލު ކަމެއް ވެސް ނޭނގޭހާ ބޮޑަށް ދެ ޒުވާނުންގެ ހަނދާނުން ހުރިހާ ކަމެއް ފިލައިގެން ދިޔަ އެވެ.

 

ނުކްޝާން ގެ ހޫނު ނޭވާތައް އަލީކާގެ މޫނަށް އެޅުމާއި އެކު އަލީކާ އަށް ދެލޯ މަރާލެވުނެވެ. އަލީކާ ގެ ފުން ދެލޮލުގެ ތެރެއަށް ގެނބެމުން ދިޔަ ނުކްޝާން ގެ ނަޒަރު ތުުރު ތުރު އަޅަމުން ދިޔަ އަލީކާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ހުއްޓިގެން ދިޔަ އެވެ. ވަގުތުން ނުކްޝާން ގެ ދެލޮލުގެ ވިދުވަރު ބަދަލު ވެގެން ދިޔަ އެވެ. އެވަގުތު އެ ހިތުގެ އެދުމަށް ދެކޮޅު ހަދަން ނުކްޝާން އަށް އުނދަގޫ ވެގެން ދިޔަ އެވެ.

 

ދެލޯ މަރާލައިގެން ހުރި އަލީކާ އަށް ދެލޯ ހުޅުވާލަން މަޖުބޫރުވެގެން ދިޔައީ ނުކްޝާން ތުންފަތުގެ ބީހުން އޭނާގެ ކޯތާފަތަށް އިހުސާސް ކުރެވުމުން ނެވެ. އޭރު ނުކްޝާން އަލީކާ އާއި ދުރުވެލަނީ އެވެ.

 

ދެންމެ ކަންތައް ހިނގައި ދިޔަ ގޮތް ސިފަ ކުރެވުމާއި އެކު އަލީކާ އަަށް އިސްޖަހާލެވުނީ ލަދު ގަތް ވަރުން ނެވެ. މުޅި ކުއްޖާ އެއްކޮށް ރަތްވެގެން ދިޔަ އިރު ދެވަނަ ފަހަރަށް ނުކްޝާން އާއި ހަތަރު ކަޅި ހަމަވެސް ކޮށްލަން އަލީކާ އަކަށް ނުކެރުނެވެ. ނުކްޝާން ހުރި ދިމާ ނޫން އެހެން ދިމާލަކަށް އަލީކާ އަށް އޭނާގެ ނަޒަރު ބަދަލު ކޮށްލެވުނެވެ. އެ އިން ގޮތަށް އިނދެފައި އަލީކާ ވަށް ކަޅިން ނުކްޝާން އާއި ދިމާލަށް ބަލައިލީ އެކަމަށް އެ ހިތް ގޮވާލުމުން ނެވެ. އަލީކާ ނުކްޝާން އާއި ދިމާލަށް ބަލައިލި ވަގުތު ނުކްޝާން ވެސް ހުރީ އަލީކާ އާއި ދިމާލަށް ބަލަހައްޓައިލައިގެން ނެވެ. ނުކްޝާން ގެ ކަތި ނަޒަރު އެވަގުތު ވެސް ހުރީ އޭނާ އަށް އަމާޒުވެފައި ކަން އެނގުމުން ވަކިން ބޮޑަށް އަލީކާ ރަކި ވި އެވެ.

އަލީކާގެ މޫނު މައްޗަށް ޖަންބު ކުލަ ވެރިވި ތަން ބަލަން ހުރި ނުކްޝާން ގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. އަލީކާ ގެ އެ ސިފަ ވެގެން ދިޔައީ ނުކްޝާން އަށް ކިތަންމެ ހާ ވެސް ބޮޑަށް ކަމުދިޔަ ސިފަ އަކަށް ށެވެ. އަލީކާގެ ކޮންމެ ހަރަކާތެއް ބަލަން ހުރި ނުކްޝާން އަލީކާގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ހަތަރު ކަޅި ހަމަކުރުވި އެވެ. އެވަގުތު ވެގެން ދިޔައީ ނުކްޝާން ގެ ހިތުގެ ތެޅުމަށް ބަދަލު އައިސްލި ވަގުތަކަށް ށެވެ. އަލީކާގެ ފުން ދެ ލޮލަށް ބަލައިލި ނުކްޝާން ގެ ދުލުން އޭނާގެ ހިތުގެ ހާލަތު ބޭއިޚްތިޔާރުގައި އަލީކާގެ ކުރިމަތީގައި ހުޅުވާލެވުނެވެ.

 

“އައި ލަވް ޔޫ އަލް” ސީދާ އަލީކާގެ ދެލޮލަށް ބަލަހައްޓައިލައިގެން ހުރި ނުކްޝާން ގެ ބަރު ފިރިހެންވަންތަ އަޑުން އެ ތިން ލަފްޒު ބުނެލުމާއި އެކު އަލީކާގެ ހިތުގެ ތެޅުން ހުއްޓުނު ފަދަ އެވެ. ބަނޑުގައި ކޮކާ އުދުހޭ ކަހަލަ އިހުސާސް އެއް ކުރެވިގެން ދިޔަ އިރު އަލީކާ ގެ ހިތުގައި އުފާވެރި ކަމުގެ ރާޅު ބާންޏެއް ދަތުރު ކޮށްލި އެވެ.

 

އައި.ޖީ.އެމް.އެޗް ގެ ތެރެއަށް ވަދެގެން އައި ޒީކާން އާއި މިޝްޔާގެ މިސްރާބަކަށް ވެގެން ދިޔައީ އަލީކާ ބޭއްވިފައި އޮތް ޕްރައިވެޓް ރޫމެވެ. އާދައިގެ ހިނގުމެއްގައި ދެ ޒުވާނުން ހިނގާފައި ދިޔަ އިރު ދެ ޒުވާނުންގެ އަތް ވަނީ ގުޅި ލާމެހިފައި އެވެ. ވިލިނގިލީ ފެރީ ޓާމިނަލް އަށް ދިޔުމަށް ފަހު މިޝްޔާގެ އަތުގައި ހިފާލި ޒީކާން އަދި ވެސް އެ އަތުން ދޫނުކުރެ އެވެ.

 

އެއްވެސް ކަހަލަ ހިޔާލެއް ފިކުރެއް ނެތި އަލީކާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލި މިޝްޔާ އާއި ޒީކާންގެ މޫނުމައްޗަށް ހައިރާން ކަމުގެ ކުލަވަރު ފެނިގެން ދިޔައީ ނުކްޝާން ގެ އަނގައިން އަލީކާ އަށް ޓަކައި އެ ހިތުގައި އޮތް ލޯބި ބޭރުކޮށްލުމުން ނެވެ. އަލީކާ އާއި ނުކްޝާން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި އިރު ތިބެވުނު ތަން ވެސް ދެ ޒުވާނުންނަށް ރޭކާނުލާ ކަން ޒީކާން އަށްށާއި މިޝްޔާ އަށް ޔަގީންވި އެވެ. ޒީކާން އަށްށާއި މިޝްޔާ އަށް އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ހުރެ ކަން ދެ ޒުވާނުން ގެ މޫނުމަތިން ހެކި ދެ އެވެ.

 

“ބަލް…” ނުކްޝާން އާއި ދިމާ ކޮށްލަން ހުޅުވާލި އަނގަ އާއި އެކު މިޝްޔާ ގެ ދެލޯ ބޮޑު ވެގެން ދިޔައީ އަވަސް ހަރަކާތަކާއި އެކު ޒީކާން އެ ކޮޓަރީގެ ދޮރު ލެއްޕުމަށް ފަހު އެންމެ ކައިރީގައި ހުރި ފާރުގައި މިޝްޔާ ޖައްސާލުމުން ނެވެ. ޒީކާންގެ އެއް އަތް މިޝްޔާ ގެ އަނގަ މަތީގައި އަޅާފައި އޮތް އިރު ޒީކާންގެ އަނެއް އަތުން އޮތީ މިޝްޔާގެ އުނަގަނޑުގައި ހިފަހައްޓާލާފައި އެވެ. ފަރާއި ޒީކާން އާއި ދެމެދު ހުރި މިޝްޔާ ގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ އޭނާ އަށް ހުރެވުނީ ޒީކާން އާއި ކިހާ ގާތުގައި ކަން އެނގުމުން ނެވެ. ޒީކާން ގެ ހޫނު ނޭވާތައް މިޝްޔާގެ މޫނަށް އެޅެމުން ދިޔަ އިރު ޒީކާންގެ ނިއްކުރި އޮތީ މިޝްޔާގެ ނިއްކުރީގައި ޖައްސާލާފައި އެވެ. ޒީކާން އަޅި ކޮޅެއްހައި ކަޅުކަން ގަދަ ދެ ލޮލުގެ ޖާދޫގައި ހިނދުކޮޅެއްގެ ތެރޭގައި މިޝްޔާ ޖެހިގެން ދިޔަ އެވެ. އެހެން ނަމަވެސް އެ ކަނޑެއްހައި ފުން ލޮލުގެ ތެރެ އަށް މިޝްޔާ އަށް މާ ގިނަ އިރަކު ފީނައި އެއް ނުގަނެވުނެވެ.

 

ޒީކާން މިޝްޔާ އާއި ދުުރުވެލުމަށް ފަހު މިޝްޔާގެ އަނގަ މަތީގައި އަޅާފައި އޮތް އަތް ނެގުމަށް ފަހު މިޝްޔާގެ ތުންފަތުގައި އޭނާގެ އެ އަތުގެ ޝަހާދަތް އިނގިލި ޖައްސާލި އެވެ. “ޝްޝްޝް. ޑޯންޓް ރުއިން ދެއާރ މޮމެންޓް” އާދޭހުގެ ރާގަކަށް ޒީކާން ބުނެލި އެވެ. ވަގުތުން މިޝްޔާގެ ހިތާއި ފުރާނައިގެ ރުހުމުގައި ޒީކާން ގެ އެދުމަށް ބޯ ޖަހާލެވުނެވެ.

 

މިޝްޔާ އާއި އެއްކޮށް ދުރަށް ޖެހިލަމުން ޒީކާން އަލީކާ އޮތް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލީ އެތަނުން މީހެއްގެ ހިލަން ވެލި ހެން ހީވުމުން ނެވެ. ޒީކާން އާއި އެކު އެ ދިމާލަށް ބަލައިލި މިޝްޔާގެ ލޮލުގައި އެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލައިގެން ހުރި އަލީކް ފެނުމުން މިޝްޔާ އަށް ޒީކާން އާއި ދިމާލަށް ބަލައިލެވުނެވެ. އޭރު ޒީކާން ގެ މޫނުމަތިން ފެނިގެން ދިޔައީ އަބަދު ވެސް އެ މޫނު މަތީގައި ވާ ސީރިއަސް ކަމެވެ.

 

އަލީކާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލި އަލީކް އަށް އަނގައިން އަޑެއް ލައްވާލެވުނެވެ. “އަޅެ މި ދެމީހުން ވެސް” ފެނިގެން ދިޔަ މަންޒަރުން އަލީކް އަށް ހިތާ ހިތުން އެހެން ބުނެލެވުނު އިރު އަލީކް އަށް އޭނާގެ ފަހަތުގައި ހުރި މިޝްޔާ އަށްށާއި ޒީކާން އާއި ދިމާލަށް ބަލައިލެވުނެވެ.

 

ނުނިމޭ

ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން!

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

އެކްޓަރ (ޕާޓް 5)

Next

ލިބިދޭތޯ އަންނާނަން ލޯބިން-8

Next
March 31, 2025

ލިބިދޭތޯ އަންނާނަން ލޯބިން-8

Previews
March 30, 2025

އެކްޓަރ (ޕާޓް 5)

13 Comments!

  1. leeshaa says:
    March 31, 2025 at 1:11 pm

    heyy rifooo
    haadha dhuvaheh kohllaafa ey anehkkaa ehn part eh kiyaa milevunee
    ingey rifoo vrh busy kan vx…
    mi part vx vrh reethi Masha Allah 💗
    ekam manje nukshaan and aleekaage bai kiyaalaafa mulhi meehaa vx ehkkoh blush vehjje..
    hehe 😅
    naseebehnu mishya ehchekey bunumuge kurin zeekaan step eh negikan…
    manje ah vx fitr eidhuge heyo edhumaa thahuniyaa ariskuran…
    Eid Mubarak 💖
    lysssm rifoooooo 😘

  2. Vampire girl says:
    March 31, 2025 at 1:21 pm

    Yayyyyyyyyyyyyy…
    Nukshaan buny dhw e al akairy……
    Wowwwwwwwwwww……
    Alhey neynge bunaane eii cheii vx….
    Dhn zeekaan ai mishya ge kanthah ninman ulhey…
    Aleek aa aika and rayaan and lainy ge vx….
    EID MUBARAK
    When next??

    1. Vampire girl says:
      March 31, 2025 at 1:31 pm

      Eyyyy ehkala ethin thi dhe meehunnah innaane mihaaru ok ey kiyaafa msg eii kohfa….. ekm mihaaru anehkaa ok eii noon… so, anehkaku kairy vx bunedhehchey….

  3. Dhooni says:
    March 31, 2025 at 2:28 pm

    Mi part ves varah Reethi Masha Allah
    Kon irakun next part kiyaalan libeynee?
    Al and nuk dho aslu hama waa vee ingey ekudhin ge bai kiyaalaafa and pic fenifa ves

  4. Dhooni says:
    March 31, 2025 at 2:29 pm

    Eid Mubarak Dhooni ge favourite author ah ves

  5. ❤️ says:
    March 31, 2025 at 2:49 pm

    Alhey Rifoo Aleek mennah haadha dhera gothekey e vany. Mi part kiyaafa varah bodah dhera vi. And varah happy vx vi.
    Finalllyyyy Al and nuk. Hama angain soni verifa mi hunnany nuk romantic kamun haha 😂 adhi aleek ge reaction vx dhw 😂
    Adhi zeek aa dhimaa kuraane
    Dhen kon irakun next hama kiyaalaa hithun kei nukureveyne kanneynge.
    Lyyyssmmm and eid Mubarak darling 💋

  6. Anonymous says:
    March 31, 2025 at 3:00 pm

    What Did nuk do that aleek saw?? 🤔🤔

  7. Naksu ✨ says:
    March 31, 2025 at 4:02 pm

    Varah salhi mi bai ves. Konme bayakah comment nukohlevunas gavaidhun kiyan ingey
    Vrh dheravey, dhen mi vhk dhuvaskolhakah medhu kendi dhaanethiii 😭😭😭
    Rifoo, did u finish writing the whole story???

  8. Ishu says:
    March 31, 2025 at 4:36 pm

    Mi part ves varah reethi
    When next???

  9. gurrrrl says:
    April 1, 2025 at 12:20 am

    mashallah mi part ves vrh reethi when next
    cant wait hama
    ly rifoo

  10. SHAAYAN says:
    April 1, 2025 at 6:06 am

    Hey Rifoo
    Varah Reethi Mi part vec
    Haadha curious kohlaafa ey thi nimmaalee. Hama kiyaalaa hithun keyy nuve next part
    Kon irakun next part. Dhen enme inthizaaru kurevenee next part ah.
    Love you 💙

  11. Luv says:
    April 1, 2025 at 11:42 am

    Finalllyyyy adhi kiriyaa enme inthizaaru kuraa kanthah mi v. Al and nuk alhey lwbi kan 🥰. Hama angain soni verifa mi hiry. You know luv vex blush vi nuk and al ge bai kiyaalaafa. 😊
    Can’t wait for the next part
    Ly ❤️

  12. Lau says:
    April 3, 2025 at 5:09 pm

    Mi story mihaaru maa dhigu kuran hadhaigen plot gellifa onnany
    Kamaku nudhey mihaaru thihadhaa gotheh

Comments are closed.



All Right Reserved!