ސަތާރަ އަހަރު ގެ ރީޝާ ގަސް ބުޑެއްގައި އިށީންދެލައިގެން އިނީ އޭނާގެ ކުރަހާ ފޮތުގަ ކުރަހާށެވެ. މީ އޭނާ އާދަވެގެން ކޮންމެ ދުވަހަކު ކުރާ ކަމެކެވެ. ކޮންމެ ދުވަހަކު ހަވީރު ފަހެއް ޖަހާކަށްހާއިރު ރީޝާ އަތިރިމަައްޗަށް އިރުއޮއްސޭ ރީތި މަންޒަރު ބަލަން ދަނީ އޭނާ ގެ ކުރަހާ ފޮތް ހިފައިގެންނެވެ. ކުރެހުމަކީ ރީޝާ އެންމެ ކުރާ ހިތްވާ ކަމެވެ. އޭނާ ކުޑައިރު ސްކޫލު ގާ އޮންނަ އެކި އެކި ކުރަހާ މުބާރާތްތަކުން ވަނީ ރަން ވަނަތައް ހާސިލުކޮއްފައެވެ. އަދި ވަކިން ޚާއްސަ ކޮށް އިރު އޮއްސޭ މަންޒަރު ފަދަ ޤުދުރަތީ ރީތި މަންޒަރު ބަލާއިގެން ކުރަހާލުމަކީ ރީޝާ ވަރަށް ކުރާހިތް ވާ ކަމެކެވެ. އެހެން ކަމުން މިއަދު ވެސް އޭނާ އެ ސަބަބަށްޓަކައި އެއިނީ އަތިރިމަތީ ގަސް ބުޑެއްގައި އިށީންދެލައިގެންނެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ނަމުން ބާރަކަށް ގޮވާލި އަޑަށެވެ. އޭނާ ފަހަތް ބަލައިލީ އެއީ ކާކު ތޯ ބަލާލާށެވެ. ފަހަތުުގައި ހުރި މީހާ ފެނުމުން އޭނާ ގެ ހިއްސުތަކަށް ނޭނގޭ ގޮތެށް ވާން ފެށިއެވެ. ފަހަތުގައި ހުރީ އޭނާ އެންމެ ދެކެން ބޭނުންވާ އަދި އޭނާގެ އެންމެ ހިތް އެދޭ މައިޝަންއެވެ. މައިޝަން އަކީ އޭނާގެ ސްކޫލުގަ އުޅޭ ކުއްޖެކެވެ. މައިޝަން އަކީ ވެސް ރީޝާ އާއި އެއް އުމުރުފުރައެއްގެ ކުއްޖެކެވެ. މައިޝަން ގެ އެ ފިރހެންވަންތަ ހަށިގަނޑާއި ބްރައުން ކުލައިގެ ރީތި ލޮލާއި އެ ކަޅުކަންގަދަ އިސްތަށިގަނޑު ފެނިފައި ރީޝާއަށް އަބަދުވެސް ގޮތް ނޭނގޭ އިހުސާސް ތަކެއް ވެއެވެ. އޭނާގެ ކަސްރަތީ ރީތި ހަށިގަނޑަށް ބަލާފައި މައިޝަން އަކީ އެންމެ ސަތާރަ އަހަރުގެ ކުއްޖެކޭ އެކަކު ވެސް ނުބުނާނެއެވެ. ރީޝާ އަކީ ވެސް ހަޑި ކުއްޖެއް ނޫނެވެ. އޭނާގެ ރީތި ދޮން މޫނާއި ބޮޑު ދެ ލޮލުން އެނާގެ ރީތިކަން ހާމަ ވެއެވެ. އަދި އޭނާގެ ލޫޅާފަތި ހަށިގަނޑާއި ރީތި ދިގު އިސްތަށިގަނޑުން އޭނާގެ ރީތި ކަން ފުރިހަމަ ކޮށްދެއެވެ.
“ހާއި މައިޝް، ހާދަ މައިޝް ނުފެންނަ ތާކުން މި ފެނުނީ…” ރީޝާ ބުނެލިއެވެ. “އާން.. މި ދެން މި ގަޑީގައި ކުރާނެ ކަމެއް ނެތިގެން ފޫހި ވެގެން ހިތައް އެރީ އަތިރިމައްޗަށް ޖައްސާލާނީއޭ… ދެން ރީޝް ކޮން ކަމަކު މި ތަނަށް އަައިސްގެން ތިއުޅެނީ؟؟؟” މަައިޝަން ރީޝާ ކުރި ސުވާލަށް ޖަވާބު ދެމުން އަހާލިއެވެ. “މަ އަބަދުވެސް މި ގަޑީގަ އަތިރިމައްޗަށް އަންނަން އިރުއޮއްސޭ މަންޒަރު ބަލާށާ ދެން ކުރަހާލަން. ހެހެހެ…” ރީޝާ ބުންޏެވެ. “އެހެންތަ، ތީ އަދި ނޭނގޭ ކަމެއް… ދެން އެހެންވިއްޔާ މަ ކޮންމެ ދުވަހަކު މިގަޑީގަ މިތަނަށް އަންނާނަން ރީޝާ އާއި ވާހަކަ ދައްކާލާ ހަދާލަން..” މައިޝަން އަގައިން މި ޖުމްލަ ނިކުތުމާއެކު ރީޝާ ހިތް އުފަލުން ފޮޅުނެވެ. ރީޝާ މަޑު މަޑު ހްމްމް އެއް އަޅުވާލީ އޭނައިގެ އިހުސާސް ތައް ފޮރުވުމައްޓަކައެވެ. މައިޝަން އޭނާއައި ބައިވަރު ވާހަކަ ދެއްކިއެވެ. ނަމަވެސް ރީޝާ އިސްވެ އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ކުރިހައިވެސް ކަމަކީ މައިޝަން ދެއްކި ވާހަކަތަކަށް ޖަވާބު ދިނުމެވެ. ގިނަ ފަހަރަށް އޭނާ މައިޝަން ކިޔާ އެއްޗެއްސަށް ފުއްދާލީ ހްމްމް އަޅުވާލައިގެންނެވެ. ރީޝާ އަކީ އެހެންޏާ މިހާ މަޑުން އިންނަ ކުއްޖެއް ނޫން ކަން އެންމެނަށްވެސް އިނގެއެވެ. ނަމަވެސް ދެންމެ މައިޝަން އައުމުން އޭނާއަށް އޭހާ މަޑުމަޑުން އެއްޗެކޭ ނުބުނެ އެއިންނަ ސަބަބު ޚުދު ރީޝާ އަށް ވެސް ނޭނގުނެވެ. އިރުއޮއްސުނުއިރު އޭނާ ކުރަހަން ގެންގުޅުނު ކުރަހާ ފޮތުގައި ވަރަށް ރީތިކޮށް އިރުއޮއްސޭ މަންޒަރު ކުރަހާލެވުނެވެ. ހީވަނީ ހަމަ އިރުއޮއްސޭ މަންޒަރުން ނަގާފަ އިން ފޮޓޯއެއް ހެންނެވެ. ރީޝާ ގެއަށް ދާން ތެދުވިތަނާ މައިޝަން ގޮވާލާފައި ރީޝާ ކުރެހި ކުރެހުން މައިޝަން އަށް ދައްކާލަ ދިނުމަށް އެދުނެވެ. ރީޝާ ވަރަށް ލަދުން ހުރެވެސް މައިޝަން އަށް އޭނާ ކުރެހި ކުރެހުން ދައްކާލިއެވެ. މައިޝަން ރީޝާ އަށް ތަޢުރީފު ގެ ބަސްތަކެއް އޮއްސާލިއެވެ. އޭނާ ރީޝާ އަށް އިތުރަށް ކުރެހުމަށް ހިތްވަރު ދިނެވެ. ރީޝާ ގެ ހިތުން ޚާއްްސަ މަޤާމެއް ދެވިފައި ވާ ފަރާތެއް ރީޝާ އަށް އެހާ ތަޢުރީފު ކޮށް ހެދުމުން އޭނާ ވަރަށް އުފާވިއެވެ. ރީޝާ މައިޝަން ކައިރީ ދެން ދަނީ އޭ ބުނެލުމަށްފަހު ދިޔައެވެ. ގެއަށް ދާން ދިޔަ މަގު މަތީގައި ރީޝާ އަށް ދެވުނީ ފާޑަކަށް ނަށަމުން ނަށަމުންނެވެ. އޭނާ ހުރީ އެހާ ވެސް އުފާ ވެފައެވެ.
އަނެއް ދުވަހު ހެދުނު އިރު އެރީ ރީޝާ ހޭލާ ހުއްޓައެވެ. އޭނާ ހުރީ އެދުވަހު ހެނދުނު ސްކޫލުން މައިޝަން އާ ބައްދަލު ކޮއްލާ ހިތުންނެވެ. އޭނާ އެކަމާ ކެތްމަދު ވެފަ ހުރުމުގެ ސަބަބުން ނިދުނީ އެރޭ ދަންވަރު އެއް ގަޑި ބައިވެ ބޮޑު ވިފަހުންނެވެ. ނަމަވެސް އޭނާ އިރު ނާރަނީސް އެހޭލީ ކިހާވަރަކަށް އެކަމަށް ކެތްމަދު ވެފަ ހުރީމަ ބާވައެވެ؟؟؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.



woww immuuu…. vrhhh salhi ingey.. dhn in prt dhigu khlnchey ingey.. vrh vrh salhi… 😉 waitin fr nxt prt.. n gud lck.. n readrs ge faadu kiyunthah rangalhah balaigahnaathi plus imprve vx kuraathi ingey.. 😉
thnx ryn.. luv u.. kiyuntheringe faadu kiynthah balaaigannaanan like u said ryn
Vvvvvvvvvvvv hadi??
konthanaeh thw hadee… eyrun nxt prt liyaairu rangalhu kohlaanan
Aawwnn. salhi. waiting for next part. best of luck and u can improve. and this part is really short so pls nxt part dhigu kohllahchey inge. all the very best.
thnx luvna alt… m so happy u lyk it… nxt prt dhgu kollaaanan 😀
guyz… aslu immy belee mi stry ge furthama prt ah supprt libey varshey…
so ehenve aslu shrt kollee…. nxt prt dhigu kollaanan.. insha allah….
hope u lyk it everyone……….
wow! very nice! waiting fo the next part! n next part dhigu kolachea! plx…
thnx mice…… varah avahah nxt prt vx up kollaanan… n everyone is sayin its shrt…… 4 sure nxt prt dhigu kllaanan 😀
varah reethi… nxt part uvaha up kohdhechey mi stry varah kiyaa hiyvey
thnx reader… m glad u lyk it… hope u will lyk nxt prt 😀
Nice..story ge feshun….immy haadha kurey :-p hehe…waiting for the next part…heekuran mi vaahaka aky v reethi vegen dhaane vaahaka eykamah…so best of luck.. 🙂 🙂
thnx naxoo… ya i konw the stry is very shrt…. dh nxt prt dhigu kollaanan
:3
Wow Immy mi part varah salhi. waiting for the next part. 🙂 and please dhigu koh up kuranchey. and i have a question.. i saw few comments of you and ryn which makes me think that you both know each other well. do you know each? just asking bc i like her stories too and now yours. 🙂 good luck
thnx… ys iknow her very well… she is my fav cux.. do u really like me n her stories.. thts a very excitin news i luv u….. 😀 😀 😀 😀
ya kind of copied her tyoin cx its very nyc 2 me… i copy her v well…. hehehehe thnx fr being immy n ryn ge fan ah…. luv alt…. cni plx tell me ur real name.. i really wnt to know my 1st fans nam… hehehe ;D ;D 😀 😀
Awesome
thnx sanmu
Hey Immy.. this story seems very interesting and nice.. waiting for next part just make it little long. and i have a question. i have seen few comments of you and ryn and it seems like you both know well.. just want to know that do you both know each other.? and i am a big fan of ryn and now yours too. and you write just like her. kekeke. and as she said try to improve. and konme meehaku konme ehcheh kiyas accept it. 🙂 good luck.. and please make it long overall the story is nice
thnx n can u tell me one thing.. r u a frnd of ryn. cz ryn just suspected lyk tht… n thnx again fr being our fan… thnx alt…….. luv u alt
“haadha maishan nuffenathanakun” mithan kolhu ga v alhaiganna gothei hurey…i feel it has to be like “maishan haadha nufennathanakun”….hope next time u ll improve de vocabulary…wish u good luck with ur work….. ???
thnx… ya iknow,,, i luv the way she types thats y i type like her.. i kind of copied her typin… hhehe 😀 😀 😀 😀 luv u so much… varah ufaavejje ryn n immy e fan eh hurikan ingunyma… cnt believe even.. we both hav fans???? espeially me.. i only rote summery n one prt… oh m so excited…..its unbelievable…. thnxxx 😀 😀 😀 😀 😀 😀 😀 😀 :
nyc story.. avahah up kurahcheyyy 🙂
thnx aleem.. maadhama faharehga up kuraanan nxt prt
thnx ken 4 tellin me my mmistake.. i will improve the mistakes that u ha told 4 sure ken.. thnx again 4 tllin me my mistake
When next part …I love this story ???
Awwwwnnn thnx alt saadhaa m so hppy cx everyone loves my stry….
insha allah maadhamaa nxt prt up kuraanan insha allah… 😀 😀 😀 😀 😀 😀 😀 🙂 😀 😉 😉 😉
Its good. But Im sure you can do better than this. I dont have a single doubt about you won’t being able to do it. You can do it. Ill always support you. Cx i knw that this is your first story.. Plx do check out the third paragraph. There are some sentences with mistakes. Like “hi maish. Haadha nufenna thaakun mi fenuny”. I feel it should be something like “hi maish. Haadha nufenna THANAKUN mi fenuny”.. hope you would do better next time. Good luck 🙂
*about you not being able to do it*
thnx kiyuntheriyaa. m so happy 2 konw tht u ll support me n tht u dnt hve a sngle doubt bout me nt being ble 2 do it… thnx alt… i hope u lyk my nxt prt… n i will take ur advice v well… i wil try 2 imprv my mistkes insha allah.. thnx again fr findin ut my mistks
nice story…v v v nice..good luck
thnx malak…. hpe u lyk nxt prt 2
Vrh vrh vrh habeys..kyp it uppppp
thnx nuhnuu…… 🙂 🙂
varra vess salghi ingey 🙂 …….. vara habeys waiting for the next par 🙂
v v v v reethi waiting 4 the next part
Vaahaka varah reethi.. immy ge aslu nan bunelaaba..