ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…73
ރައިޝާގެ އާނ ބަހަށް ފަހު ފަހެއް މެއި ދެހާސް ވިހި ވެގެން ދިޔައީ ލޯބިވެރިންގެ ލިސްޓް އަށް ޒީކާން އާއި ރައިޝާގެ ނަން އަރައިގެން ދިޔަ ދުވަހަކަށް ށެވެ. އެ ދުވަސް ވެގެން ދިޔައީ ދެ ހިތަށް ދުވަހަކު ވެސް ނުލިބޭހާ އުފާ ލިބުނު ދުވަހަކަށް ށެވެ. އެހިތުގައި ދުވަހަކު ވެސް ފޮހެވިގެން ނުދާނޭ ފަދައިން ރަން އަކުރުން ދެ ހިތުގައި ފަހެއް މެއި ދެހާސް ވިހި ލިޔެވިގެން ދިޔަ އެވެ.
*****************
މާޒީގެ ފުން ކަނޑުގެ ތެރެއިން އެ ދުވަސްތައް ހަނދާނަށް އައުމާއި އެކު ކަރުނައިގެ ތެރެއިން ވެސް ޒީކާންގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. އެހެން ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ޒީކާންގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުން ގެއްލިގެން ދިޔައީ އޭގެ ދެ އަަހަރު ފަހުގެ ހަނދާނެއް ސިކުނޑީގައި ކޮއްޓާލުމާއި އެކުގައި އެވެ. އެ ދުވަސް ހަނދާނަށް އައުމާއި އެކު ޒީކާންގެ ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ހިތަށް ލިބުނު ވޭނާއި ތުރާލަށް ޒީކާން އަށް ކެތްނުވީ އެވެ.
އެވަގުތުވީ މުޅި ވިލިނގިލި ގުޑާލާ ހާ ބާރަށް ގުގުރި އެއް ޖެހި ވަގުތަށް ވުމުން ސިހިފައި ޒީކާން އޭނާ ހުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ލޮލުގައިވާ ކަރުނަތައް ފުހެލުމަށް ފަހު ޒީކާން އޭނާ އިން ތަނުން ތެދުވުމަށް ފަހު ފާހާނަ އާއި ދިމާލަށް ހިނގައިގަތީ އިތުރަށް މާޒީގެ ފުން ކަނޑުގެ ތެރެއަށް ގެނބެން އޭނާގެ ހިތް ނޭދުމުން ނެވެ. އެ ދުވަސްތައް ހަނދާން ކުރުމަށް ފަހު އިތުރަށް އޭނާގެ ހިތް ތަޅާލުމުގެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. މިހާރު ވެސް އޭނާގެ ހިތުގެ އެއްބައި ވަނީ ގެއްލިފައި އެވެ. ރައިޝާ އާއި އެކު ފަސްދާނުލެވިފައި އެވެ.
ޒީކާން ފާހާނަ އަށް ވަދުމާއި އެކު މި އޮށް ހުރިހާ އިރު ޒީކާންގެ ހަރަކާތްތަކަށް ބަލަމުން ދިޔަ މިޝްޔާ އަށް އެނދުން ތެދުވެ އެނދުގައި އިށީނދެލެވުނެވެ. ޒީކާން ގެ ދެ ލޮލުން ފެނުނު ވޭނުގެ ސަބަބުން މިޝްޔާ ގެ ހިތަށް އުނދަގޫ ވިއެވެ. ޒީކާން އަނގައިން ވާހަކަ ނުދައްކި ނަމަވެސް ޒީކާންގެ އެ ދެލޮލުން ވެއްޓުނު ކަރުނަ ތިކި އޭނާ ގެ ގާތުގައި އެތައް ވާހަކަ އެއް ބުނެލަ ދީފި އެވެ.
އިރުކޮޅެއް ފަހުން ޒީކާން ފާހާނަ އިން ނިކުމެގެން އައި އިރު ޒީކާންގެ މޫނުމަތިން ފެނިގެން ދިޔައީ އަަބަދުވެސް ހުންނަ ސީރިއަސް ކަމެވެ. ދެންމެ ރޮއެފައި ހުރިހެން ޒީކާންގެ މޫނުމަތިން ހީ ނުވި ނަމަވެސް އޭނާގެ ރަތްވެފައި ވާ ދެލޮލުން އޭނާ ރޮއެފައި ހުރި ކަމަށް ހެކި ދެ އެވެ.
ފާހާނަ އިން ނިކުމެގެން އައި ގޮތަށް ޒީކާން ސޯފާގައި އިށީންދެލިއެވެ. ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ނެގުމަށް ފަހު ދެން ކުރި ކަމެއް ޒީކާންގެ ކޮންމެ ހަރަކާތަކަށް ފާރަވެރި ވެގެން ހުރި މިޝްޔާ އަކަށް ނޭނގުނެވެ. އިރުކޮޅެއް ފަހުން ޒީކާން ކޮޓަރިން ނިކުތެވެ. ޒީކާން ކޮޓަރިން ނިކުންނާނެ އިރަކަށް ބަލަބަލާ ހުރި މިޝްޔާ އަވަސް ހަރަކާތަކާއި އެކު ސޯފާ އާއި ދިމާލަށް މިސްރާބު ޖެހި އެވެ. ދުވެފައި ކަހަލަ ގޮތަކަށް ސޯފާގެ ކައިރީގައި ބައިންދަލާފައި އިން ވަށް ބިއްލޫރި މޭޒުމަތީގައި ހުޅުވާފައި އިން ޒީކާންގެ ލެޕްޓޮޕް ކައިރީގައި މިޝްޔާ ކުޑަ ކަކޫ ޖަހާލި އެވެ.
ލެޕްޓޮޕް ހުޅުވާލާފައި އިނުމާއި އެކު އެއްވެސް އުނދަގުލަކާއި ނުލާ މިޝްޔާ އަށް އޭނާ ހާވަން ބޭނުންވި ހުރިހާ އެއްޗެއް ހޭވުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލެޕްޓޮޕް ގެ ހުރިހާ އެއްޗެއް ހޭވި އިރު ވެސް އޭނާ ބޭނުންވި ފަދަ އެއްވެސް އެއްޗެއް ނުފެނުމުން މިޝްޔާ ލެޕްޓޮޕް ނިވާލަން އުޅުނެވެ. ލެޕްޓޮޕް ގެ ވޯލްޕޭޕާރ އޭނާ އަށް ފެނުނީ އެވަގުތެވެ. ރަނގަޅަށް ވޯލްޕޭޕާރ އަށް ބަލާލުމުގެ ފުރުޞަތު މިޝްޔާ އަށް ބަންދުވީ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޒީކާން ކޮޓަރި އަށް ވަނުމުން ނެވެ.
އެއް އަތުން ފޯނު ހިފައިގެން އަނެއް އަތުން ފޮއްޓެން ހިފައިގެން ކޮޓަރި އަށް ވަން ޒީކާންގެ ނަޒަރު ކުޑަ ކަކޫ ޖަހާލައިގެން ބިއްލޫރި މޭޒުގެ ކައިރީގައި އިން މިޝްޔާ އަޅައިގަތެވެ. އޭރު މިޝްޔާގެ ނަޒަރު ވެސް ހުރީ ޒީކާން އަށް ހުއްޓިފައި ކަމުން ދެ ޒުވާނުން ގެ ހަތަރު ކަޅި ހަމަވި އެވެ.
ދޮރު ހުޅުވާލުމާއި އެކު ދޮރާއި ދިމާލަށް އާއި ދިމާލަށް މިޝްޔާ އަށް ބަލައިލެވުނު އިރު ކަސްރަތީ ހަށިގަނޑު ސޭލު އަޅުވާލައިގެން ހުރި ޒީކާން ފެނުމާއި އެކު އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލު ކޮށްލެވުނެވެ. އޭރު ޓޮމާޓޯ ކޮޅެއް ހާ ކުއްޖާ ރަތްވެއްޖެ އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ޒީކާން އަށް އޭނާ ފެނުނީ ވެސް ޒީކާންގެ ލެޕްޓޮޕް ކައިރީގައި އޭނާ އިންދާ ވިއްޔާ އެވެ. ދެން ޒީކާންގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ.
ޒީކާން އަށް ވެސް ވީ މިޝްޔާ އަށް ވީ ވަރެވެ. އޭނާ އަަށް ހުރެވުނީ ޓީޝާޓު ނުލާކަން އެނގުމުން ކުޑަ ކޮށް ރަކިވި ނަމަވެސް އެ އަށް ވުރެ ބޮޑަށް އޭނާ ލަދުގަތީ ބުރުގާ ވެސް ނާޅާ ޓީޝާޓެއް ލައިގެން އިން މިޝްޔާ ފެނުމުން ނެވެ. މިޝްޔާ ބުރުގާ ނާޅާ އިން ތަން ފެނުމާއި އެކު ޒީކާން އޭނާގެ މޫނު އެހެން ދިމާލަކަށް އަނބުރާލި އެވެ. ވަގުތުން ޒީކާން އޭނާ ކޮޓަރި އަށް ވަން ދޮރުން ނިކުތެވެ.
ޒީކާން ނިކުތުމާއި އެކު މިޝްޔާ އަށް އޭނާގެ މުޅި މޫނުގައި އަތް އަޅާލެވުނެވެ. ޒީކާން އަށް އޭނާ ފެނުނީ ޓީޝާޓެއް ލައިގެން އިންދާ ކަން މިޝްޔާ އަށް ރޭކާލީ ދެނެވެ. ކުރިން އޭނާ ލަދު ގަތީ ޒީކާން ހުރި ގޮތް ފެނުމުންނާއި އެކު އޭނާ ޒީކާންގެ ލެޕްޓޮޕް ކައިރީގައި އިންތަން ޒީކާން އަށް ފެނުމުން ނެވެ. ޒީކާން އަށް އޭނާ ފެނުމުގެ ކުރިން އޭނާ އަށް ބިން ފަޅާފައި އަޑި އަށް ދެވުނު ނަމަ އޭ މިޝްޔާ ގެ ހިތަށް އެރީ ގަތް ލަދުން ނެވެ.
ދެން ވެސް ޒީކާން ކޮޓަރި އަށް ވަނުމުގެ ކުރިން އަވަހަށް ޒީކާން އަށް ފިލޭތޯ މިޝްޔާ އެނދުގައި އިށީނދެލުމަށް ފަހު ކައިރީގައި އިން ސްވިޗް އަށް ފިތާލި އެވެ. އެ އާއި އެކު އައި ނައި ތަނެއް ނޭނގި ބިއްލޫރި ފަރުދާ އެއް ދެމުނެވެ. އޭރު ވެސް މިޝްޔާގެ ހިތަށް އެކި ކަހަލަ އެއްޗެހި އަރަމުން ދިޔަ އެވެ. ބިއްލުރި ގަނޑު ފުސް ކޮށްލުމަށްޓަކައި ފިތާލާ ފިތަށް ފިއްތާލުމަށް ލަދުން އިން ވަރުން މިޝްޔާގެ ހަނދާނުން އެވަގުތު ނެތެވެ. “އަޅޭ ޒީކް ގެ ހިތަށް އަރާނީ ކީކޭ ތަ؟” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް މިޝްޔާ އަށް ކިޔެމުން ދިޔަ އެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއި އެކު އަލީކާ އޭނާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ފުހެލަމުން އިސްޖަހާލި އެވެ. އޭނާގެ ރަތްކަން ފާއްދާލާފައިވާ މޫނާއި ރަތްވެފައި ވާ ދެލޯ އެމީހަކަށް އަލީކާ ދައްކަން ބޭނުން ނުވީ އެވެ. ނަރުސް ކުއްޖެއް ނޫނީ އަލީކް އަށް ވެދާނެ ކަމަށް ވިސްނައިގެން ހުރި އަލީކާ އިސް އުފުލާ ބަލާލީ ކޮޓަރި އަށް ވަން މީހާގެ ޚަބަރެއް ނުވުމުންނެވެ. ނަރުސް ކުއްޖެއް ނަމަ އޭނާގެ ކައިރި އަށް އައިސް ކޮންމެވެސް ވާހަކަތަކެއް ދައްކާނެކަން އަލީކާ އަށް އެނގޭ ވިއްޔާ އެވެ. އަލީކް ނަމަވެސް ދޮންތާ އޭ ކިޔާ ގޮވާލާނެ އެވެ.
އަލީކާ އިސް އުފުލާ ބަލާލި އިރު ތައްޓަކަށް އާފަލު ކޮށަން ނުކްޝާން އިނެވެ. ފަރިތަކަމާއި އެކު އާފަލު ކޮށަމުން ދިޔަ ނުކްޝާން އިސްއުފުލާ އެންމެ ފަހަރަކު ވެސް ބަލާ ނުލައެވެ. ހިތް އެދުނު ނަމަވެސް އަލީކާ އާއި ދިމާލަށް ބަލައިލުމުގެ ހިތްވަރު ނުކްޝާން ގެ ގައިގައި ނެތީ އެވެ. އަލީކާ އާއި ދިމާލަށް ބަލައިލައިފި ނަމަ އަމިއްލަ ނަފްސު ނުހުއްޓުވި ދާނެ ކަމުގެ ބިރު ނުކްޝާން ގެ ހިތުގައި އޮތުމުން ނެވެ.
އާފަލު ކޮށްލުމަށްފަހު ނުކްޝާން އިސްއުފުލާ އަލީކާ އާއި ދިމާލަށް ބަލައިލި އެވެ. އެވެސް މަޖުބޫރުވުމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އާފަލު ތަށި ނުކްޝާން އަލީކާގެ ކައިރީގައި އިން މޭޒު މަތީގައި ބަހައްޓާލަމުން އަލީކާ އާއި ދިމާލަށް ބަލައިލި އެވެ. އަލީކާގެ މޫނުމަތީގައި ވީ ހިތްދަތި ކަމުގެ އަސަރު ނުކްޝާން ގެ ލޮލުގައި އަޅައިގަތީ އެވަގުތު އެވެ. ނުކްޝާން ގެ ހިތުގައި އެކި އެކި ކަހަލަ ސުވާލުތައް އުފެދެން ފެށީ އެ ހިސާބުން ނެވެ. އެހެން ނަމަވެސް އޭގެން އެންމެ ސުވާލެއް ވެސް ނުކްޝާން ގެ ދުލުކުރި އަކަށް ނައެވެ. އެހެން ނޫނީ އެހެން އެންމެންނާއި ދިމާ ކުރުމަށް ފޯރި އަރާފައި ބަސް ބުނާ މީހާގެ އަނގައިން އެންމެ ޖުމުލަ އެއް ވެސް މި ވަގުތު ނުނިކުތެވެ.
“ކިހިނެތް ވީ؟” އާދައިގެ ރާގެއްގައި ނުކްޝާން އެ ސުވާލު ކުރި ނަމަވެސް އޭނާ އެ ސުވާލު ވެސް އަނގައިން ބޭރު ކޮށްލީ ކިހާ ހިތް ވަރަކުން ކަން ދެނެވޮޑިގެންނަވާނީ ހެއްދެވި ފަރާތެވެ. އެއީ އާދައިގެ ސުވާލަކަށް ނުކްޝާން އަށް ވިޔަސް އެ ސުވާލު ވެގެން ދިޔައީ ނުކްޝާން އައުމަށް ފަހު އަލީކާ ހިފަހައްޓައިލައިގެން އިން ކަރުނަތައް އަނެއްކާ ވެސް އޭގެ މަގާމު ދޫކޮށް ފައިބައިގެން ދިޔަ ސުވާލަކަށް ށެވެ. އެ ވަގުތު ވެހެމުން ދިޔަ ވާރޭ އެކޭ އެއް ފަދައިން އަލީކާގެ ދެލޮލުން ކަރުނަތައް އޮހެމުން ދިޔަ އެވެ.
އޭރު ހަދާނެ ގޮތެއް ނޭނގިފައި ނުކްޝާން އަލީކާ އޮތް އެނދުގެ އެއްފަޅީގައި ހުއްޓެވެ. “ވަޓް ހެޕެންޑް”އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ނުކްޝާން އަހާލީ އޯގާތެރި ރާގެއްގައި އެވެ. އޭރު ނުކްޝާން ގެ އަތް ވަނީ އާލީކާގެ އަތާއި ގުޅި ލާމެހިފައި އެވެ. “ނުކް..މަން.މަ.. ޝީ އިޒް” ރޮއެވޭ ވަރުން އަލީކާ އަށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށް ށެވެ. އެހާ ހިސާބަށް ބުނުމަށް ފަހު އަލީކާ ހުއްޓާލުމާއި އެކު ނުކްޝާން އަށް އަލީކާ އާއި ދިމާލަށް ބަލައިލެވުނެވެ. އެ ބަލާލުމުން އެކަނި ވެސް ނުކްޝާން އެ އަހާލީ އަލީނާ އަށް ކިހިނެތް ވީ ހެއްޔޭ ކަން އަލީކާ އަށް ދެނެގަނެވުނެވެ. ރުއިން ހަމަ އަކަށް އަކުވާލުމަށް ފަހު އަލީކާ އޭނާގެ ޖުމުލަ ފުރިހަމަ ކޮށްލި އެވެ. “ނޯ މޯރ.”
އަލީކާ އޭނާގެ ޖުމުލަ ފުރިހަމަ ކުރުމާއި އެކު ނުކްޝާން ގެ އަނގައިން ބަސް ހުސްވި އެވެ. އަލީކާ އަށް ހިތްވަރު ދޭނީ ކިހިނެތް ކަމެއް ނުކްޝާން އަކަށް ނޭނގުނެވެ. އަލީކާ ތަހައްމަލް ކުރަމުން ދާ ވޭނަކީ އަދި އޭނާ ތަޖުރިބާ ކުރި ވޭނެއް ނޫނެވެ. އެހެން ކަމުން އެއީ ކިހާ ވަރެއްގެ ކިހިނެތް ވާނޭ ކަމެއް ކަމެއް ނުކްޝާން އަކަށް ނޭނގެ އެވެ. ދެން ވަކި އޭނާ އަލީކާ އަށް ހިއްވަރު ދޭނީ ވެސް ކިހިނެތް ހެއްޔެވެ.
އަލީކާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި އިވުމުން ދިޔަ އިރު އެ އަޑުން ދިޔައީ ނުކްޝާން ހިތް ފޮތި ފޮތި ކުރުވަމުން ނެވެ. ހިތަށް ކިތަންމެ އުނދަގޫ އެ ވި ނަމަވެސް އަލީކާގެ އަތުގައި ހިފަހައްޓާލައިގެން އިނުން ނޫން ކަމެއް ނުކްޝާން އަކަށް ނުކުރެވުނެވެ. އިރުކޮޅެއް ވަންދެން އަލީކާ ރުއިމަށް ފަހު ވެސް ހަމަ އަކަށް ނޭޅުމުން ނުކްޝާން އަލީކާގެ ކޮނޑުގައި ހިފަހައްޓާލަމުން އަލީކާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. މި ވަގުތު އަލީކާ އަށް ހިތްވަރު ގެ ބަސްތަކެއް ބުނާނެ މީހަކަށް ހަމަ އެކަނި ހުރީ އޭނާ ކަން ނުކްޝާން ތާ އެވެ. “ލުކް އަލް. ކޮންމެ މީހަކު ވެސް މަރުވާނެ. ގާތް ތިމައިގެ މީހުން ދޫކޮށްފަ ދާން ވެސް ޖެހޭނެ. އެއީ އެއްވެސް އިންސާނަކަށް ހިފެހެއްޓޭނެ ކަމެއް ނޫން. އެހަންވީމަ އެމީހެއްގެ ގާތް މީހަކު އެމީހަކު ދޫކޮށްފަ ދިޔައީމަ އެމީހަކު ވީ ރޯކަށެއް ނޫން ދޯ. ހެޔޮ ދުޢާ ކޮށްދޭން ދޯ ވާނީ. އަދި ރޮއުނަކަަސް ވީ ކަމެއް ނުވާ ކަމަކަށް ނު ވެސް ހެދޭނެ އެއްނުން. ވާނެ ފައިދާ އެއް ވެސް ނޯންނާނެ. އަލްގެ މަންމަ ބޭނުމެއް ނުވާނެ ދޯ މަންމަ އަލް ދޫކޮށްފަ ދިޔައީމަ އަލް އަބަދު އަބަދު ރޯ ކަށެއް ވެސް. އެކަން އެނގިއްޖެއްޔާ އަލްގެ މަންމަ ދެރަ ވެސް ވާނެ ދޯ” އެންމެ ފަހު ޖުމުލަ ނުކްޝާން ބުނެލީ އަލީކާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަ ދެމުން ނެވެ.
“ނައު ސްމައިލް” އަލީކާ ވެސް އޭނާގެ ދެލޮލުގައި ހުރި ކަރުނަތައް ފުހެލުމާއި އެކު ނުކްޝާން ބުނެލި އެވެ. ނުކްޝާން ގެ ޖުމުލަ އާއި އެކު އަލީކާ ފަނޑު ހިނިތުންވުމެއް ނުކްޝާން އަށް ދައްކާލި އެވެ. “އޯކޭ ނައު ދެޓްސް މޯ ލައިކް މައި އަލް” އަލީކާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުމާއި އެކު ނުކްޝާން ބުނެލި އެވެ.
ނުނިމޭ
29 Comments!
Comments are closed.




heyy rifoo!
mi part vx vrh reethi Masha Allah ❤️❤️❤️
when next part manje??
inthizaaruge guitar hithu thereygaa 😭😂
lyssm ❤️❤️❤️
Hey leeshaa
Thanks leeshh
Next part rifoo vaany submit kohlaafa. Admin team in upload nukuraathy adhi kiyaalan nulibeny e.
Love you more ❤️
Awwn lwbi kan.nuk my al a bunyma dhw… And zeek n mish ge bai vex awesome.
When is next part?
Hama inthizaaru ga nu vex hureveyne kanneynge. Varah lwbi ingey e kudhin ulhey goi. Avahah e kudhin gulhuvaba rifoo
Love you ❤️
Aslu vex ey lwbi kannn dhw. Adhi kiriyaa ey nuk ah rangalhah ehchekey e bunevuny. “My al” ey.
Thanks yerr
Alhey Rifoo submit kohlaafa ey vaany. Admin team in upload nukuraathy adhi kiyaalan nulibeny e.
Hehe dhen hingaa dho vaagotheh balan
Love you more ❤️
@luv
Hehe eii dhen e soru ge anga olhifa
Rifoo ah ingey thr? Mi part ge minutes fenifa i ge hithah ery haadha kurey 😭. Hama dhigu koh kiyaalaa hithun huri varun. Ekm fahun adhi maa bodah ehn hithah eri mi lwbi couples ge bai thah kiyaalaa fa. Varah Reethi hama ingey masha allah ❤️
Lyyy ❤️
Hehe ehen tha? Eii dhen rifoo ah dhigu koh nuliyevifa
Thanks luv
Love you more ❣️
Hey rifoo
Mi part ves hama varah furihama 💯, last part also ( cmnt eh nukurevunas😔)
What exactly happened 2 years ago that made zeek apart from his love ??🤔🤔
I feel so bad for mish😭 she might be so heartbroken 💔
But that zeek room ah vaiy moment 😍🥰
And nuk ooommmmggggggg😱🤯 I mean nuk , #the great nukshaan ( body aga gadha mithuru) again bas hussee, 😂😂..I felt like I saw his expression live , lolah sifavi kiyaali iru
And “my al” 😲
Ham aslah mi bunee it should be busted to others especially to his sis… Shell for sure take revenge 🤣
But aleekaa men ah haadha sad kohshey mi dhimaavee🥺😭
Anyways maa dhigu vehjje kanneyge….libunu break ga kurukuru comment eh kohlaany ey hithaa feshi meehaa mee… sometimes hithah araa friends bunany hama thedhekey…I am mad after stories 😅
Curiously waiting for the next
Take care and prepare well for your IGCSE
Love you ❤️
Thanks you thank you shimmer
Hehe dhen huri part thah kiyaalyma ingidhaane.
Mee too girrrl .
Lol e dhen keehkuraany. E sorah vx ekahala kanthah thah vany viyya 😂
Lol aslu vx naayaa ah ingunyma dhimaa fasheh kohlaane dho
Dhen alhey aii vaan oi gothey
Hehe shimmer ge comment dhigas Rifoo ge reply varah kuru dho 😊
Hehe dhen ehen vedhaane ehnun dho
Tc and love you more ❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Aww nuk and aleeka 😍
Nuk and aleeka gulhuvachey
Aika and aleek ves
Mish and zeek ves
Lai and rayaan ves gulhuvachey
They all are made for each other
I think mish loves zeek
I appreciate your hard work
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Tc ❤️😘
Ly rifoo ❤️ 😚
Thanks cutie girl
Next part submitted
Hehe dhen hingaa dho couples thakah vx vaane gotheh balaalan
Tc and love you more ❤️
Hey Rifoo
Mi part vec hama best Masha Allah
Kon irakun next part kiyaalan libeynee
Curiously waiting for it
Love you 💙
Hey shaayan
Thanks shaayan
Next part submitted
Love you more ❤️
Maashaa Allah mi part vx varah varah reethi……
Nukshaan and aleeka gulhuvahcheyy avahah….
Ma beynun nukshaan ah loabi v ma vaa goii balailan 😉😉🤣
Rayaan and lainy ge baeii libeyny kn irakun thr????
Bye 👋
V.salaam.love you 😘😘
Care take kurahcheyy….
Thanks vampire girl
Ey lol thikan vey tho ma mi ulheny
Manjey hama kuri ah othy.
Ok bye bye
Love you more ❣️ dhen take care kurevey tho mi ulheny
ވަރަށް ރީތި މި ޕާރޓް ވެސް
Hey Rifoo
Varah Reethi ingey mi part ves.
Zeek ah v goi dhw. Nish mee mish nama ves vaany e varu ingey. Aslu ves. Nish kee iru ves ladhu gain ingey aslu ☺️
And the way nuk care about al was awesome. Naya ah fenijeyya hunnaane kanneynge foari eh hehe 😂
Dhen kiyaane ehcheh ves nei miadhu ge part ge inthizaaruga
Love you 😘
Thanks anonymous
@nishva
Hey nish
Hehe nish ah v nama thaa dho.
Aslu vx dhen naayaa nuk kathi laane ehnun hehe
Next part submitted
Love you more ❤️
Varah Reethi mi part ves
Thanks Laura ☺️
Rifoo and rau mi varu ok tha lau ge comm ge kuru minvaru..
Aslu varah Gina vaahaka dhahkan vefa eba oi dhen comment kuru kohly ey mi rau and Rifoo ehen bunaathee 🙄.
Comment vakin kuri as comment kuru nuvey dhw
kihaa dhera kameh dhw lau…
mi meehun dhimaa nukuraane gotheh nethehnu
Aslu ves ey. Rau mnnaa mihaaru nish ves ehbai v ey
Hehe ok ey thi varu. Mee vx enme fahun rifoo feshi kulhi varekey dho.
Hehe dhen thi vaahaka thah next part ga dhahkaalamaa dho.
Rifoo next part submit kohlin thr?
Labba kohlin