Skip to content
އެސްފިޔަ

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..10

ރަންކިޔުމުގެ ކަންކަމާ ބޮޑަށް އުޅުނީ ރާކިންއާ އެ އާއިލާއެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް އެމީހުން ވަމުން ގެންދިޔައީ އަންނަ ހުކުރު ވިލޭރޭގައި ރަންކިޔުމަށެވެ.

ދިވެހި ހެދުމުގައި ސަޤާފީ ތީމެއްގައި ރަންކިޔަން ނީލަމްވެސް އެއްބަސް ވިއެވެ. އެއީ ރާކިންގެ މަންމަ ވެސް އުފާކޮށްލަ ދިނުމަށް ނީލަމް ނިންމި ގޮތެވެ.

ނީލަމްގެ މަންމަ ބަލިކޮށް އުޅޭތީއާ ދައްތައަށް ޗުއްޓީ ނުލިބޭނެތީ އެމީހުންނަށް ރަންކިޔުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އެކަމާ ނީލަމް ކޮންމެވެސް ވަރަކަށް މާޔޫސް ވެއެވެ.

ހުކުރު ވިލޭ ރެއެވެ. ހުދުކުލާގެ ދިވެހި ލިބާހުގައި ނީލަމް ވަރަށް ޗާލެވެ. ތައްޔާރުވެ ނިމިގެން ނީލަމް ހުރީ ރާކިންގެ އިންތިޒާރުގައެވެ. އިސާހިތަކު ރާކިން ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ނީލަމްގެ ރީތި ސޫރައަށް ބަލާލަމުން ހިނިތުން ވެލިއެވެ.

“މާޝާﷲ. މިރޭ އަހަންނަށް ނުގެއްލޭނެބާ” ރާކިންއަށް ތަޢުރީފުނުކޮށެއް ނުހުރެވުނެވެ. ނީލަމް ސައިކަލަށް އަރާ ހަމަޖެހިލުމުން ރާކިން ދާން ހަމަޖެހިފައިވާ ތަނަށް ދިއުމަށްޓަކައި އަވަސްވެލިއެވެ.

“މީ ކޮންތަނެއް؟” ރާކިން ސައިކަލު ޕާކުކޮށްލީ ގެއެއްގެ ކާރިއަށެވެ.

” މީ ވީގޮތަކީ.. އަހަރެން އެ ރެސްޓުއަރެންޓުގަ ބާއްވަން ބުނީމަ މަންމަ ބުނީ މިގޭގަ އޭ ބާއްވާނީ. މިގޭގަ އުޅޭނެ އާއިލާ ބަޔަކު. ދައްތައެއްގެ ގެ މިއީ.. ކުލި ދައްކާކަށް ނުޖެހޭނެއްނު އެހެންވެ” ރާކިން މަޑުމަޑުން ޖަވާބުދިން އިރު ނީލަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. އެންމެ ފަހަރަކުވެސް އެވާހަކަ ނީލަމް ގާތުގައި ބުނެފައެއް ނެތެވެ. އެވަގުތު ނީލަމްގެ އާއިލާއިން އަންނަން ހަމަޖެހިފައިވާ ކުދިން ނީލަމްއަށް ގުޅަން ފެށިއެވެ. އެކުދިން ތިބީ ކުރިން ހަމަޖެހިފައިވާ ރެސްޓުއަރެންޓުގައެވެ.

“ލޮކޭޝަން ބަދަލުވީ..ސޮރީ މި މެސެޖު ކޮށްލަނީ” ލަދާއި ދެރަޔާއި އެކުގައި ނީލަމް ޖަވާބުދިނެވެ. ރާކިން ގާތުން އޮޅުން ފިލުވައިގެން ނީލަމް އެ އެޑްރެސް ފޮނުވާލިއެވެ.

“ސޮރީ..ހިތްހަމަ ނުޖެހުނީތަ.. އަސްލު ނީލަމް މާބޮޑަށް މިކަން އަހަންނަށް ދޫކޮށްލީމަ އަހަރެން ހީކުރީ އޯކޭ ވާނެކަމަށް” ރާކިން ދެރަވެލާފައި ބުންޏެވެ. ނީލަމް އެއްވެސް އެއްޗެއް ނުބުނެ ރާކިންގެ ފަހަތުން ގޮސް އެގެޔަށް އެރީ ވެފައި ހުރި ދެރައަކުންނެވެ.

ގޭގެ ތިންވަނަ ފުލޯއަށް އެރުނެވެ. އެއީ 3 ކޮޓަރީގެ ތަންކޮޅެއް ޖާގަބޮޑު އެޕާޓްމަންޓެކެވެ. ދޮރުން އެތެރެއަށް ވަދެވުމާއި އެކުގައި ނީލަމް ހާސްވާން ފެށިއެވެ. ފަސްދޮޅަހަކަށް މީހުން އެތާގައި އުޅޭކަހަލައެވެ. ނީލަމް ގަނޑުވެފައި ހުރީއެވެ. އެހެން ހުއްޓާ ރާކިންގެ މަންމަ އަތުވެއްޖެއެވެ.

“އާދޭ އާދޭ.. މިއޮށްފަދަ ރޭވެސް މޭކަޕްއެއްވެސް ނުކުރަންތަ އަޅެ” ނީލަމްގެ މޫނުގައި އަތް ޖައްސާލަމުން ރާކިންގެ މަންމަ ބުންޏެވެ.

ރާކިންގެ ފަހަތުން މަޑުމަޑުން ގޮސް ނީލަމް ހުއްޓިލީ ކޭކު ބަހައްޓާފައި ހުރި މޭޒު ކާރީގައެވެ. އެތާގައި ރަންކިޔަން ޚާއްސަ މޭޒެއް ނުވަތަ ނީލަމްމެން އިށީންދެލާނެ ގޮނޑިއެއް ނެތެވެ. ގޮނޑި އަތުރާފައި ހުރީ މެހެމާނުންނަށެވެ. އެހެނަސް ގޮނޑިޔަށް ވުރެ މީހުން މާ ގިނައެވެ. އެކަކުވެސް ނީލަމް އަކާ ވާހަކަ ދައްކާކަށް ނޫޅެއެވެ. ކުޑަމިނުން ހިނިތުންވެސް ނުވެއެވެ. ހީވަނީ މިއީ އެމީހުންގެ ރަންކިޔުމެއް ހެނެވެ. ފިސާރި ގަދަޔަށް މޭކަޕުކޮށްލައިގެން ކިރިޔާ ގަޔަށް ފެތޭވަރުވެ ރަތް ދިގުހެދުމުގައި ހުރި ރާކިންގެ މަންމަ އެންމެންގެ ސަމާލުކަން ހޯދަމުން ދިޔައެވެ. އެންމެން އޭނަޔާ ސަލާންކޮށް މަރުޙަބާ ކިޔައެވެ. ހީވީ މިރެޔަކީ ހަމަ ރާކިންގެ މަންމަގެ ރަންކިޔުން ހެނެވެ. ނީލަމްގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޮއްބުމަށް ގަދަ މަސައްކަތެއް ކުރަމުން ދިޔައެވެ. މީހާ ހާސްވެ މެޔަށް ތަދުވަމުން ދިޔައެވެ. ނީލަމްގެ ގާތް މީހަކު އެތާކު ނެތެވެ.

“މިއީ މަންމަގެ ރައްޓެހިންނާ އެކި ދުވަސްވަރު މަތިން ދިމާވެފަ ތިބި މީހުން” ރާކިންގެ ގާތުގައި ރާކިންގެ މަންމަ ބުންޏެވެ.

“ކޮބާ ފޯމު..އަވަހަށް ފަށަން އުޅޭ” ރާކިންގެ މަންމަ ނީލަމްއަށް ބަލާވެސްނުލައި ކުރިޔަށް ދިޔައެވެ. ފޯމު ގެނެސް ކޭކު ހުރި މޭޒުގައި ބޭއްވިއެވެ. އަދި ހެކިވެރިން ގެނެސް ނީލަމް ގާތުގައި ރަނުގެ އަދަދު އެއްސެވެ. އެވަގުތުވެސް ނީލަމްގެ އަޑެއް ބޭރެއް ނުވިއެވެ. އެންމެންގެ އަޑު އެހާ ގަދައެވެ. އެ ހަލަބޮލި މާހައުލުން ދުރަށްދާން ނީލަމް ބޭނުން ވިއެވެ. ނީލަމް ވަރަށް ހިތްވަރުން ރަނުގެ އަދަދު ބުންޏެވެ. އަދި އެންމެން ސޮއެ ކޮށް ކައިވެނީގެ ފޯމު ފުރިހަމަކޮށްލިއެވެ. އޭރުވެސް އިށީންނާނެ ގޮނޑިއެއްހާ ހިސާބުވެސް ނުލިބެއެވެ. އެންމެ ފަހުން ރާކިންގެ މަންމަ މީސްމީހުނާ އެކުގައި ފޮޓޯ ނަގަން ފެށިއެވެ.

ކަނުގައި ހުރި ގޮނޑިއެއް ހުސްވި ވަގުތު ބަލާފައި ނީލަމްގޮސް އިށީންދެލިއެވެ. ނަސީބަކުން އެވަގުތު ނީލަމްގެ ދެބެންގެ ދެދަރި ކުދިން އަތުވެއްޖެއެވެ.

” ސުއްބޫ..މީ ކޮންކަމެއް ކުޑާ” ނީލަމްގެ ކޮއްކޮ ޝާއިން ވަށައިގެން ބަލާލިއެވެ. ނީލަމްގެ ހިތާމަވެރި މޫނު ފެނިފައި އެކުދިން ދެރަވިއެވެ.

“ޕްލީޒް މިތަނުން ގެންދޭ..ދެން ނުހުރެވޭނެ” ނީލަމްގެ އަޑު ތުރުތުރު ލިއެވެ. އެވަގުތު ރާކިން ހިތާމަވެރިގޮތަކަށް އައިސް ނީލަމްގެ ގާތުގައި ހުއްޓިލީ ކުއްވެރިއަކު ފަދައިންނެވެ.

“ވަރަށް ބޮލުގަ ރިއްސާ އެބަ ދަނީ.. ޝާއިން ކުޑާ ގެންގޮސްދީބަލަ” ނީލަމް ރާކިންއަށް ބަލާވެސްނުލާ ބުންޏެވެ. ނީލަމް އިޙުތިރާމް ކުރުމުގެ ގޮތުން ރާކިންގެ މަންމަ ގާތުގައި ދާވާހަކަ ބުނެލިއެވެ. ނީލަމް މަގު މައްޗަށް ނިކުތް އިރު ކޯތާފަތުގައި ކަރުނަތައް ބޮސްދެމުން ދިޔައެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ޝާއިން އާއި އެކުގައި ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. އޭރު ރާކިން އެ ސައިކަލުގެ ފަހަތުން އާދެއެވެ.

“ނީލަމް ޕްލީޒް މަޑުކޮށްބަލަ” ނީލަމް ސައިކަލުން ފޭބުމުން ރާކިން ނީލަމް ހުއްޓުވިއެވެ.

“އަހަރެން ކައިރީގަ ބުނި ތާކު ނޫން އަހަރެންގެ ރަން ކިޔުން އޮތީ.. އެންމެ ފަސް މީހުންނޭ ބުނި އިރު އެތަން އޮތީ ތޮއްޖެހިފަ. އަހަރެމެން އިށީންދެލާނެ ގޮނޑިއެއް ނެތް. އަހަރެމެންނަށް ފޮޓޮއެއް ނެގުނީކީ ނޫން.. އަހަރެމެންގެ ރަންކިޔުމޯ..އެކަމަކު އަހަންނަށް ހީވަނީ އެހެން މީހެއްގެ ރަންކިޔުންހެން” ނީލަމް ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލިއިރު ރޮވިއްޖެއެވެ. ރާކިން ވަރަށް ދެރަވިއެވެ.

“ސޮރީ ނީލަމް ދެން މިކަހަލަ ކަމެއް ނުވާނެ އަހަންނަށް މާބޮޑަށް މިކަން މަންމައަށް ދޫކޮށްލެވުނީ..ސޮރީ ވަރަށް ބޮޑަށް ސޮރީ.. އައި ޕްރޮމިސް ވެޑިންގެ ހުރިހާ ކަމެއް ވާނީ ހަމައެކަނި ނީލަމް ބޭނުން ގޮތަކަށް..ޕްލީޒް މާފުކުރޭ” ރާކިން އާދޭސް ކުރަން ފެށިއެވެ. ނީލަމް އަތް ފޮޅުވާލުމަށްފަހު ގެއަށް ވަދެއްޖެއެވެ. ރާކިން ހުރީ ހުއްޓުން އަރާފައެވެ.

Comments (6)

  1. rosie

    poor neelam the disrespect she faced in her own engagement is unreal and the fact raakin didnt do anything to protect his fiancee when his family have been treating her like trash all this time such a sorry excuse of a man neelam should rightfully be angry

    1. Queenquill
      rosie

      Indeed. Sadly the story is based on true events. In our society we have many issues like this.

  2. Ghost girl 👻

    Masha Allah vrh reethi mi part ves ☺️ curiously waiting for the next part keep it up my loving sissy🥰🫶🏻 will always support you ❣️

    1. Queenquill
      Ghost girl 👻

      Thankooo love❤️

  3. Ghost girl 👻

    Vrh inthizaaru kurevey eba mi story ge aneh bayah?? Dhen mi story up kurun huttaalytha????? I’m waiting bitakah ves nukuran adhi mivarah inthizaareh hehe anyways curiously waiting for the next part keep it up

    1. Queenquill
      Ghost girl 👻

      In sha Allah soon. Thankooo for waiting 🥰

Comments are closed.