Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ އެނބުރި އައުމަށް… 2 ވަނަ ބައި

Aminath Rifqa Level 1
March 10, 2025 2 Mins Read
1 Comment

ނާހީ ވަދެގެން އައިސް އީތަން އާއި ޖެހިގެން ހުރި ގޮނޑީގައި އިށީން އިރުވެސް އީތަން އަށް ހަމަ ކޮސްވެފައި ހުރެގެން ނާހީ އާއި ދިމާލަށް ބެލެނީއެވެ. އީތަން ހީކުރީ ނާހީ އަންނާނީ މޮޑަން ހެދުމެއް ލައިގެން ވަރަށް ފެޝަން ވެޑިން ޑްރެސް އެއް ލައިގެން ކަމަށެވެ. އެކަމަކު މުޅިން ދިމާ އިދިކޮޅެވެ. ނާހީ ހުރީ ބުރުގާ އަޅައިގެންނެވެ. އަދި ހެދުން ވެސް ހުރީ ވަރަށް ދީންވެރި ގޮތަކަށް ދޫކޮށެވެ. އީތަންގެ ހިތަށް އަރައި ފައިބަމުން ދިޔައީ ނާހީ ބުރުގާ އެޅިޔަސް ހާދަ ރީއްޗެވެ. އީތަންގެ ޢާއިލާ މީހުންނާއި އަދި ނާހީ ދަންނަ ބައެއް މީހުންނަށްވެސް ލިބުނީ ސިހުމެކެވެ.

ނާހީ އައުމުން ކައިވެނީގެ ކަން ކަން ކުރިއަށް ގެންދިޔައެވެ. އީތަން “އަނބި ޤަބޫލު” އޭ ބުނި ވަގުތު ނާހީ މޫނަށް ބަލައިލިއެވެ. އަދި ނާހީ ލަދަުރަކި ގޮތަކަށް ހީލާފައި އިސް ޖަހާލިއެވެ. ކައިވެނި ކުރެވުމުން، ވަލީމާގެ ޙަފްލާ ކުރިއަށް ގެންދިޔައެވެ. އަދި ވލީމާ ނިންމާ ގެއަށް ދެވުން އިރު އަށެއް ޖަހަނީއެވެ. އީތަންގެ ކޮޓަރި ހުރީ ވަރަށް ރީއްޗަށް ތައްޔާރު ކޮށްފައެވެ. މިއީ އީތަން އަށް ވެސް ނޭނގި އީތަންގެ ރަޙްމަތްތެރިން ކޮށްފައި އޮތް ކަމެކެވެ. އަދިވެސް އީތަން އާއި ނާހީ ދެމީހުން ދެމީހުންނަކާއިި މާ ރަނަގޅަކަށް ވާހަކަ އެއް ނުދައްކައެވެ. އީތަން ވެސް ހުންނަނީ ލަދުންނެވެ. އަދި ނާހީ ހަމަ ހުންނަނީ ރަކި ވެފައެވެ. ނާހީ ފެންވަރަން ދާން ވެގެން ބުރުގާ ނަގާތަން ފެނުމުން އީތަން ނާހީ އާއި ސުވާލު ކުރިއެވެ. އަސްލު ކީއްވެ ބުރުގާ އެޅީ؟ އެވެސް މިއަދާއި ދިމާކޮށްފައި؟ ނާހީ ލަދުރަކި ގޮތަކަށް ހީލާފައި ބުންޏެވެ. ކައިވެންޏެއް ކުރާ އިރު ނާހީ ބޭނުންވަނީ ވަރަށް މާތް ކޮށް ފަށަންށެވެ. އަނެއްކާ އީތަން ހިތްހަމަ ނުޖެހެނީތަ؟ ރައްދުގައި އީތަން ބުންޏެވެ. ނޫން އަސްލު އަހަރެން ވަރަށް އުފާވި. އެއީ ނާހީ މިހާރު ބުރުގާ ނާޅާ ހުއްޓާ މީހުންނަށް ނުފެންނާނެތީ ކަމަށްވެސް ބުނި، އަދި ހަމައެކަނި ފެންނާނީ އީތަން އަށް ކަމަށް ވާތީ އެކަމާއި އުފާ ކުރާ ވާހަކަ ވެސް ބުންޏެވެ. ނާހީ ލަދުރަކި ހިނިތުންވުމެއްގައި ހުރެ ފާހަނާ އަށް ދިމާލަށް ދިޔައެވެ. އަދި ފެންވަރައިން ނިކުތް ތަނުން އީތަންގެ ހިތަށް ތީރަށް ހެރި ކަހަލައެވެ. ނާހީގެ ތެތް އިސްތަށިގަނޑު ވިހުރާލި ގަޑީ އީތަން އަށް ހީވީ ފިލްމެއްގެ މަންޒަރެއް ބަލައިލެވޭ ކަހަލައެވެ. ނާހީ އަށް އެވަގުތު އީތަން އާއި ދިމާލަށް ބަލައި ލެވުނެވެ. އަދި އީތަން ނާހީ އަށް ގޮވައި ކައިރިއަށް ގެެނެސް ބައްދާލިއެވެ. އަދި ނާހީ ކައިރި ބުންޏެެވެ. އަސްލު އަހަރެން ނާހީ ދެކެ ވަަރަށް ލޯބިވެއެވެ. ނާހީ ފުރަތަމަ ފެނުން ދުވަހު ވެސް ހިތަށް ގޮތް ވެއެވެ. އެކަމަކު ބުނަން ނުކެރެނީއެވެ. މިގޮތަށް ވާހަކައިގައި ތިބެ މެންދަން ވެއްޖެއެވެ. އީތަން ނިދި އައިސްގެން ނިދަން ބުނުމުން ދެމީހުން އެއްކޮށް ފުރަތަމަ ރޭ ކުރަން ޖެހޭ ނަމާދު މަތިން ނާހީ ހިތަށް އެރިއެވެ. އަދި އީތަން އާއި ނާހީ ނަމާދު ކޮށް ނިންމައިގެން މާދަމާގެ ހަނީމޫނަށް ދާން ތައްޔާރުވެ ނިދަން އެރިއެވެ.

ހެނދުނު ހަތެއް ޖެހިއިރު ހޭލައިގެން ދެމީހުން އެއްކޮށް ހިލްޓަން މޯލްޑިވްސް އަށް ދާން ދަތުރު ފަށައިފިއެވެ. ހަނީމޫންގެ ހުރިހާ ކަމެއް ނިންމާ ދެ ދުވަސް ފަހުން މާލެ އައެވެ. އަދި ދެމީހުން ވެސް އޮފީހަށް ނިކުންނަން ފެށިއެވެ. އީތަން އަކީ އޮފީހުގައި ވަރަށް ބިޒީ މަޤާމެއްގައި މަސައްކަތް ކުރާ އޮފީހުގެ ސީނިއަރ މީހެކެވެ. ނާހީ އަކީ ޓްރެވެލް އޭޖެންސީ އެއްގައި އެގްޒެކިއުޓިވް މަޤާމެއްގައި މަސައްކަތް ކުރާ ފަރާތެކެވެ. ނާހީ އަކީ ވަރަށް ބިޒީ ކޮށް މަސައްކަތް ކުރާ މީހަކަށް ވިޔަސް، ކައިވެނީގެ ފަހުން ނާހީގެ އަޒުމަކީ މަސައްކަތްތައް ތަންކޮޅެއް ލުއި ކޮށްލައި، ގޭތެރެއަށް ވެސް ސަމާލު ކަން ދީގެން އުޅުމެވެ. ހެނދުނު އަށެއް ޖަހާ އިރަށް ނާހީ އޮފީހަށް ދާން ޖެހޭ އިރުވެސް ދާނީ ހެނދުނު އަދި މެންދުރުގެ ކޮށްތު ވެސް ތައްޔާރު ކޮށްފައެވެ. އެއީ ގޭގައި މަންމަމެން އެކަނި އުޅޭ އިރު މަންމަ މެންނަށް ވެސް އުނދަގޫ ވާނެތީއެވެ. އަދި އީތަންގެ މަޤާމުގެ ގޮތުން އީތަން ބައެއް ދުވަސް ދުވަހު ހެނދުނު އޮފީހަަށް ދާން ނުޖެހޭނެއެވެ. އެހެންވެ އީތަން ފަހުން ތެދުވިޔަސް ނާހީ ދަނީ ކާން ހަދާފައެވެ. އީތަން އަށް ވެސް ނާހީ ކައްކާ އެއްޗެހި ވަރަށް މީރެވެ.

އީތަން އޮފީސް ނިމި ގެއަށް އަންނައިރުވެސް ނާހީ އީތަންގެ އިންތިޒާރުގައި އެތައް އިރަކު ހުރެއެވެ. ނާހީ އިންނާނީ ވެސް އީތަން އާއި އެކީ ކާން ވެގެން ނުކައެވެ. އީތަން އަށް ގެއަށް އާދޭވޭ އިރު ބައެއް ރޭ ރޭ ވަރަށް ދަންވެސް ވެއެވެ. އެކަމަކު ނާހީ ބޭނުންވާނީ އީތަން އަށް ކާން ދީފަ ނިދަންށެވެ. އީތަން އަށް ނާހީގެ މި އުޅުން ވަރަށް ހިތްހަމަ ޖެހެއެވެ. އަދި މިކަމާއި އީތަން ވަރަށް އުފާ ކުރެއެވެ.

Share Article

Follow Me Written By

Aminath Rifqa

Level 1

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…71

Next

އާއެކޭ ލޯބިވޭ ހަތަރު ވަނަބައި (ރޯދަ އާއި ގުޅިގެން އަންނަނީ ފިތުރު އީދޭ )

Next
March 10, 2025

އާއެކޭ ލޯބިވޭ ހަތަރު ވަނަބައި (ރޯދަ އާއި ގުޅިގެން އަންނަނީ ފިތުރު އީދޭ )

Previews
March 10, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…71

One Comment

  1. eem says:
    March 11, 2025 at 1:59 am

    mi part ves reethi but thankoleh dhigu kollachey and upload avahah

Comments are closed.



All Right Reserved!