ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…71
އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުން ނިދަން އެރީ މާދަމަ އަށް އަދި ބޮޑެތި ތައްޔާރީ ތަކެއް ވާން ހުރުމުން ނެވެ.
*************
އިރު އޭގެ ދަޅަތައް ދުނިޔޭގެ މައްޗަށް ދައްކާލީ ނުކްޝާން އާއި ޒީކާން ހޭލާ ތިއްބައި އެވެ. ނަމާދުކޮށްގެން ހެނދުނުގެ ނާސްތާ ވެސް ނަގައިގެން ތިބި ނުކްޝާން އާއި ޒީކާން ޑްރީމް ސްޓޭ އަށް ނުގޮސް ތިބީ ރާއިލް ގެ ހަބަރެއް އަދި ވެސް ނުވާތީ އެވެ. އެހެން ނޫން ނަމަ މިހާރު އެމީހުން އެތަނުގައި ތިބޭނޭ ހެއްޔެވެ. ކަމަކާއި ނުލާ އަދި ވަކިން ހާއްސަކޮށް ނުކްޝާން ނުގޮސް ނުހުންނާނެ ތާ އެވެ. ހަ ގަޑި ބައި ވީ އިރު ވެސް ރާއިލް ނައުމުން ޒީކާން އާއި ނުކްޝާން ބެލްކަނީގައި މަޑުކޮށްލައިގެން ތިބީ ރާއިލްމެންގޭ ދޮރު އެތަނުން ކިތަންމެހާ ވެސް ރީއްޗަށް ފެންނާތީ އާއި އެކު ގައި އެވެ. ރާއިލް ގެއިން ނިކުމެއްޖެ ނަމަ ރާއިލް އަށް އެމީހުން ފެނުމުގެ ކުރިން ހަމަ ގައިމު ވެސް އެތަނުގައި ތިބިއްޔާ އެމީހުންނަށް ރާއިލް ފެންނާނެ ތާ އެވެ.
“ޕިސް ޕިސް.އަޅެ ފަހެ އޭނަ ދެން ހަމަ އަހަރުން މިހެން އިންތިޒާރުގަ ބަހައްޓާފަ ނިދަން ވޭތަ؟” ނުކްޝާން ޗުސް ތަޅާލި އެވެ. “ސާބަސް އަދި ނުދެވިފަ އެއް ނެތޭ” ޒީކާން ނުކްޝާން އަށް ސާބަސް ދިނީ އަދި ގަޑިން ހަތެއް ވެސް ނުޖަހާތީ އެވެ. ދެން މިހާ އަވަސް އަރުވާލައިގެން ނޫޅުނަސް ކަންކަން ވާނެ ތާ ދޯ އެވެ. “ޒީކް އަށް އޯކޭ ވާނެ އެއްނުން. ޒީކް އެއް ނޫން ވިއްޔާ ހުރިހާ ކަމެއް ކުރާނީކީ އެއް. ދެން އެހެންވީމަ އޯކޭ އެއްނޫން ހުރިހާ ކަމެއް ވެެސް ވާނެ އެއްނުން.އެހެން ނޫނަސް ޒީކް އަށް އިނގޭ ވިއްޔާ މިއަދު އަށް ގަޑި ފަނަރައިގެ ކުރިން އަހަރުން އެ ތަން ނިންމާނެ ކަން” ނުކްޝާން ދެލޯ އަނބުރާލި އެވެ. “އޭ މިތާ މަޑު ނުކޮށް ހިނގާބަލަ އެބޭފުޅާ ނަގަން ދާން” ނުކްޝާން ބުނެލީ ޒީކާންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ބެލްކަނިން ނިކުންނަމުން ނެވެ. އެވަގުތު އެ މަންޒަރު އެންމެ ފުރިހަމަ އަށް ސިފަ ކޮށްލެވޭނީ މަންމަ އަކު ދަރިޔަކު ގަދަކަމުން ސްކޫލަށް ވައްދަން އުޅޭ މަންޒަރު ސިފަ ކޮށްލައިގެން ކަންނޭނގެ އެވެ.
ގެއިން ނިކުމެފައި ނުކްޝާން ޒީކާންގެ އަތުން ދޫކޮށްލި އެވެ. މިހާ ހިސާބަށް ޒީކާން ގެނެއުމުން އަނބުރާ ޒީކާން ގޭތެރެ އަށް ނުވަންނާނެ ކަމުގެ ޔަގީންކަން އޭނާގެ ހިތުގައި އޮތީ އެވެ. “ސަންޝައިން” ގޭގެ ބޮޑު ގޭޓުން އެތެރެ އަށް ނުކްޝާން އާއި ޒީކާން ވަން އިރު ގޭގެ އެއްފަރާތުގައި އިންދާފައި ވާ ގަސްތަކަށް ފެން ދޭން ރައުޝާ ހުއްޓެވެ. ނުކްޝާން އާއި ޒީކާން ފެނުމާއި އެކު ރައުޝާ ޒީކާން އަށްށާއި ނުކްޝާން އަށް ގޮވާލި އެވެ. “ރާއިލް ދެންމެ ހޭލައިގެން ފާހާނަ އަށް ވަނީ. ދައްތަ އަށް ހީވަނީ މިހާރު ނިކުންނަން އުޅޭނެ ކަންނޭނގެ. ދޭބަލަ ދެކުދިން ރާއިލް ގެ ކޮޓަރި އަށް” ރައުޝާގެ ވާހަކަ އިން ހިނިތުންވުމެއް ދައްކާލައިގެން ހުރި ނަމަވެސް ނުކްޝާން ދިޔައީ ބަތް ތެއްޔެއްހެން ކެކެމުން ނެވެ. ތެދަށް ބުނަންޏާ އެވަގުތު ރައިނާމެން މީހަކު ހުރި ނަމަ ވަންނަނީ ވެސް އެއްޗިހި ކިޔަމުން ނެވެ.ދެން ރައުޝާ ހުރުމުން އެއްޗެކޭ ބުނެވޭނޭ ހެއްޔެވެ. އެހެންނަމަވެސް ބާރަށް އެއްޗެކޭ ނުބުނި ކަމުގައި ވީ ނަމަވެސް ނުކްޝާން އަށް އެވަގުތު ރާއިލް އާއި ދިމާލަށް ހިތާހިތުން ފަތިވަރު ގޮވުނެވެ.
ސިޑީގެ ހަރުފަތަށް ގިރާ ކުރަމުން ނުކްޝާން އާއި ޒީކާން އަށް ރާއިލް ގެ ކޮޓަރި އާއި ހިސާބަށް ދެވުނު ވަގުތުވީ ރައިނާ އޭނާގެ ކޮޓަރިން ނިކުން ވަގުތަށް ށެވެ. “ދެންމެ އެ ބޭފުޅާ އަށް ހޭފުޅު ލެއްވުނީ ވެސް. އެހެންވެ އެއްކަމެއް ނުކޮށް ވެސް އެ ފާހާނަ އަށް ވަނީ. މިހާރު ނިކުންނަން އުޅެ ދާނެ” ރައިނާ އެންމެ ފަހުގެ ޚަބަރު ނުކްޝާން މެންނަށް ދިނެވެ. “އާނ. ދެން އޭނަ އަންނާނެ ކަމަށް ގޭގަ ތިބެ ތިބެ ވަރުބަލި ވެގެންނޭ މި އައީ. އެހެން ދޯ ވާނީ އަދި ވިހި މިނެޓުން ދެވޭނީ. އެވަރުން ވެސް ވަގުތު ގިނަ ވެގެން ވިއްޔާ އެ ސޮރު އެ އުޅެނީ”ނުކްޝާން ބުނެލީ ރާއިލް ގެ ކޮޓަރި ދޮރު ހުޅުވާލަމުން ނެވެ. އޭރު ފަހަތުގައި ހުރި ޒީކާން އަށް ދެ ލޯ މަރާލެވިއްޖެ އެވެ. ދެން އެ ސޮރަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ތާ އެވެ. މިއަދު ހޭލީއްސުރެ ނުކްޝާން ގެ އަނގައިން ޝަކުވާ އާއި ރާއިލް އާއި ދިމާލަށް ޗުސް ތެޅުން ނޫން އިތުރު އެހެން އެއްޗެއް ނުނިކުމެ އެވެ. ދެން ވާނީ ވެސް އެހެނެއް ނޫން ހެއްޔެވެ.
ނުކްޝާން ރާއިލް ގެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު ހަމަ އެކަނި ނޫ ކުލައިގެ ޖީންސް އެއް ލައިގެން ޑްރެސިންގް ޓޭބަލް ގެ ކުރިމަތީގައި ބޮލުގައި ޖެލް ލާން ހުއްޓެވެ. “ތަނެއް ރީތި ކުރަން ތަ ތި ދަނީ ނޫނީ އިންނާނެ އަންހެންކުއްޖަކު ލިބޭތޯ ތަ ތި ދަނީ” ރާއިލް ފެނުމާއި އެކު ދިމާ ނުކޮށް ނުކްޝާން އަކަށް ނުހުރެވުނެވެ. ދެން އެހެން ނޫނަސް ނުކްޝާން ވިއްޔާ މީހަކާއި ދިމާނުކޮށް ނުވެސް ހުންނާނެ ތާ އެވެ.
“މަ ނޫޅެން އިންނާނެ އަންހެން ކުއްޖަކު ނުލިބިގެނެއް. ޒީކް ރައި އާ އިނދެފިއްޔާ މަ އިންނާނީ ޒާ ޔާ އޭ. ދެން ކީއްކުރަން އެހެން ކުއްޖަކު ހޯދަން ވީ” ރާއިލް ބުނެލި ވާހަކަ އަށް ހިނިގަނޑެއް ޖަހަމުން ނުކްޝާން ޒީކާން ގެ އިސްތަށިގަނޑު ހާވާލި އެވެ. ރާއިލް މަޖަލަކަށް ބުނި އެއްޗެއް ކަމުގައި ދެކިގެން އެވަގުތު ތިބި ނުކްޝާން އަށްށާއި ޒީކާން އަށް އެއީ ރާއިލް އޭނާގެ ހިތުގެ އެންމެ ފުން މިނުން ބުނެލި އެއްޗެއް ކަން އެވަގުތު ނަގައި ނުގަނެވުނީ އެވަގުތު އޮތް މާހައުލުގައި އެއްވެސް ސީރިއަސް ކަމެއް ނެތުމުން ކަންނޭނގެ އެވެ.
“ހްމްމް.ރާއިލް ހުރޭ ޒާ ލިބޭތޯ. ބުނަން ޒީކް ވެސް ޖެހޭނީ ރާއިލް ދިން ހެން ވަލީ ދޭން ދޯ” ދިއްކޮށްލާ ފަދަ ރާގެއްގައި ނުކްޝާން ދޯ އެއްލީ ޒީކާން އަށް ށެވެ. ވަގުތުން ޒީކާން ދެލޯ އަޅާލި އެވެ. ” ހަމަ އަސްލަށް ވެސް ދޭން ދޯ ޖެހޭނީ” ނުކްޝާން ބުނެލީ ޒީކާން އޭނާ އާއި ދިމާލަށް އެހާ ރީތި ކޮށް ދެލޯ އަޅާލުމުން ކަންނޭނގެ އެވެ.
“އޭއި މީހުންނާއި ދިމާ ނުކޮށް ދޭ ރެޑީ ކުރަން. މަ މި ނިކުންނަނީ މިހާރު” އަލަމާރީގެ ދޮރުފަތުގައި ކޮނޑެއްގައި އަޅުވާލާފައި އިން ޕީޗް ކުލައިގެ ޓީޝާޓެއް ނަގާ އެލަމުން ރާއިލް ބުނެލީ އަވަހަށް އޭނާ ފެށި ވާހަކަ ހިންދާލަމުން ނެވެ. “ކާރު ވެސް ރެޑީ ކުރާތި އިނގޭ މަ ނިކުނަން ވާ އިރަށް” ނުކްޝާން އާއި ޒީކާން އެނދުގައި އިށީނދެލައިގެން އިނދެފައި ތެދުވުމުން ރާއިލް ބުނެލި އެވެ. އެ އާއި އެކު ނުކްޝާން މީނަ ދާން ވާ އިރަށް ހުރިހާ ކަމެއް ރެޑީ ކޮށްފައި ބަހައްޓަން ތީ ޕްރިންސް ހެއްޔޭ އަހާލި އެވެ.
ރާއިލް އެދުނު ފަދައިން ރާއިލް ގެއިން ނިކުން އިރު ނުކްޝާން އާއި ޒީކާން ހުރީ އޭނާގެ ގޭ ދޮރު މައްޗަށް ޑްރައިވަރ ލައްވާ ކާރު ވެސް ނެރުވާފައި އެވެ. އިއްޒަތުގައި ގެންދިޔުމަށް ދެން ރަތް ދޫލަ ނާޅާ ކަމެވެ. އެހެން ހުރިހާ ކަމެއް އޮތީ ކޮން ނިންމާފައި ވިއްޔާ އެވެ.
ކާރުގެ ދޮރު ހުޅުވާލަމުން ރާއިލް ކާރުގެ ފަހަތު ސީޓުގައި އިށީނދެލި އެވެ. އޭރު ފަހަތު ސީޓުގައި ނުކްޝާން އިށީނދެލައިގެން ފޯނު ހިފައިގެން އިނެވެ. ނުކްޝާން އޭނާގެ ފޯނުން ޓެރަސް ތައްޔާރު ކުރާނެ އެކި ކަހަލަ ގޮތްތައް ބަލަމުން ދިޔަ އެވެ. ރާއިލް އެރުމާއި އެކު ނުކްޝާން އަށް އެންމެ ރީތިވި ޑިޒައިންތައް ރާއިލް އަށް ދައްކަން ފެށި އިރު ހީވީ ޕްރޮޕޯސް ކުރަން އުޅެނީ ރާއިލް ހެންނެވެ.
ޑްރީމް ސްޓޭ އަށް ދެވެން އޮތް ވިހި މިނެޓް ހެން ހޭދަވީ އެކަހަލަ ގޮތަކަށް ށެވެ. ޑްރައިވަރ ސީޓާއި ޖެހިގެން އިން ސީޓުގައި އިށީނދެލައިގެން އިން ޒީކާން ޑްރީމް ސްޓޭ އަށް ދެވެން ދެން ބޭރު ބަލަހައްޓައިގެން އިން އިރު ރާއިލް އާއި ނުކްޝާން ދިޔައީ އެމީހުންނަށް ރީތިވި ކޮންމެ ޑިޒައިން އެއް ފޯނުގައި ރައްކާ ކުރަމުން ނެވެ.
“ޑްރީމް ސްޓޭ” ހޮޓަލް ގެ ދޮރު މައްޗަށް ކާރު މަޑު ކޮށްލުމާއި އެކު އައިނު އަޅައި ލަމުން ޒީކާން ކާރުން ނިކުމެލި އެވެ. ކާރުގެ ދޮރު ލައްޕާލަމުން ޒީކާން އެ ހޮޓަލް އާއި ދިމާލަށް ފަރުވާތެރި ކަމާއި އެކު ބަލައިލި އެވެ. ޒަޔާންގެ ކިތަންމެ މަޝްހޫރު ހޮޓަލް އަކަށް ޑްރީމް ސްޓޭ ވެފައި ވީ ނަމަވެސް ދުވަހެއްގެ ކޮޅުން ވެސް އޭނާ އެތަނަށް އައިސްފައި އެއް ނުވެ އެވެ. އެހާ ރަނގަޅަށް ހޮޓަލް އާއި ދިމާލަށް ޒީކާން ބަލާލި ސަބަބަކީ ވެސް އެއީ އެވެ.
“ވަންނަން ވީ އެއްނުން” ނުކްޝާން ބުނެލީ ޒީކާން ގެ ފަހަތުގައި އައިސް ހުއްޓިލަމުން ނެވެ. ޒީކާން ވެސް ބޯ ޖަހާލަމުން އެތަނުގެ ތެރެ އަށް ވަންނަން ހިނގައިގަތެވެ. ފަހަތުން ނުކްޝާން އާއި ރާއިލް ހިނގައިގަތް އިރު ރާއިލް ދިޔައީ އޭނާގެ ކަޅި އެކި ދިމަ ދިމާލަށް ދަތުރު ކުރަމުންނެވެ.ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދިޔަ ޝާހީ ކަމާއި މުއްސަނދި ކަމުގެ ސަބަބުން ރާއިލް ހުރީ އާޝޯހު ވެފައި އެވެ.
“އާރގްގް. އަދި އެ ރިސެޕްޝަންގަ އިން ކުއްޖާ އަހަރުން ނުވައްދާން ވިއްޔާ އުޅުނީ” ރިސެޕްޝަން ގެ ހުރިހާ ކަމެއް ނިންމުމަށް ފަހު ޓެރަސް މައްޗަށް އެރި ނުކްޝާން ބުނެލީ ފާޑަކަށް މޫނު ހަދާލަމުން ނެވެ. “ވަޓް އަ ގާރލް. ހަމަ ހުވާ އަދި ޒީކް ގެ ޑޭޑް އަށް ވިއްޔާ އެންމެ ފަހުން ގުޅީ” ޓެރަހުގަ އެކި ދިމަ ދިމާލަށް ބަލަމުން ރާއިލް ވެސް ނުކްޝާންގެ ވާހަކަ އަށް އިތުރު ކޮށްލި އެވެ.
“ދެން ތި ވާހަކަ އެއް ނޫނޭ. ކިހާ ހިސާބަކުންނޯ ފަށާނީ” އަތުގައި އޮތް ފުއްޕާ ހަން އަޅާފައި އޮތް ދެ ޕެކު ޓެރަހުގެ އެއް ފަރާތުގައި ހުރި ބިއްލޫރި ވަށް މޭޒެއްގެ މަތީގައި ބަހައްޓާ ލަމުން ނުކްޝާން އަހާލީ ރާއިލްގެ ގާތުގައި އެވެ. ދެން އޮޅިގެން ވެސް ނުކްޝާން ޒީކާންގެ ގާތުގައި އާހާނޭ ހެއްޔެވެ؟ “ހިނގާބަ ފުރަތަމަ މި ހުރިހާ އެއްޗެއް ސައިޑް އަކަށް ޖައްސަން އޭރުން ދޯ އަދި ފަށާނެ ގޮތެއް ވެސް އެނގޭނީ” ރާއިލް ބުނެލީ ޓެރަސް ގެ ހިޔާކޮށްފައިވާ ބައިގެ ބޭރުގައި އަތުރާލާފައިވާ ސޯފާ ތަކަށް އިޝާރާތް ކޮށްލަމުން ނެވެ.
އެ ބޮޑު ޓެރެސް އެއްކޮށް ޒީނަތް ތެރި ކުރެވުފައި ވަނީ ޕީޗް ކުލައިންނާއި ހުދު ކުލައިންނެވެ. ހިޔާ ކޮށްފައިވާ ބައިގެ އެއް ފަރާތުގައި ދެ ސޯފާ އަކާއި އެކު ކުޑަ ބިއްލޫރި ވަށް މޭޒެއް ބެހެއްޓިފައިވާ އިރު ހިޔާ ނުކޮށް ހުރި ބައި ތަކުގައި ވެސް އެ ފަދައިން ދެ ސޯފާ އާއި އެކު ބިއްލޫރި ވަށް މޭޒެއް އެކި ދިމަ ދިމާލުގައި ބެހެއްޓިފައި ހުއްޓެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ މުއްސަނދި ކަމެވެ.
“މިހެން އިނގޭ ހަދާނީ މި ހުރިހާ ސޯފާ އެއް އެކޮޅަށް ލާނީ އިނގޭ. ރީތިކޮށް ސޯފާތައް އެކޮޅަށް ލާފައި ދެން އޭނދީނު ދޯ މޭޒެއް. އެމޭޒު ކުޑަކޮށް ބޮޑެއްނު ދޯ. އެ މޭޒު ކައިރީގަ އެ ހުރިހާ ސޯފާ އެއް ވަށާ ބަހައްޓާނީ އިނގޭ. އޭރުން މި ކޮޅު އެއްކޮށް ހުސް ވާނެ އެއްނުން ދޯ. އެ ތަނުގައި ތިބޭ މީހުން ނުފެންނަ ގޮތަށް މި ތަނާ އެތަނުގެ ދެމެދުގައި ރެޑް ކާރޓައިން އެއް ދަމާނީ. ހިޔާކޮށްފަ އެއޮށް ބައިން ފެށިގެން ހަމަ އެންމެ މިކޮޅަށް ދެމޭނެ އެއްނުން ދޯ. އޭރުން އެކޮޅުން ރައިމެންނަކަށް ނުފެންނާނެ އެއްނުން މިކޮޅެއް. ދެން މިތަން ޑިޒައިން ކުރާނީ ހަމަ ރެޑް ރޯސް ޕެޓަލްސް ބޭނުން ކޮށްގެން އެންޑް ބެލޫންސް ޔޫސް ކޮށްގެން” ރާއިލް މުޅި އެތަނަށް ހަދަން އޭނާ އަށް ފެންނަ ގޮތުގެ ވާހަކަ ބުނެލި އެވެ. ރާއިލްގެ ވާހަކަ އަޑު އަހަން ހުރި ނުކްޝާން ރާއިލް ކިޔަމުން ދިޔަ ކޮންމެ އެއްޗަކަށް ބޯ ޖަހަމުން ދިޔައީ މަ އެއްބަހޭ ބުނެލާ ފަދަ ގޮތަކަށް ށެވެ. “ކޮބާ ދެން ފަށަން ވީނު.” ބިއްލޫރި ވަށް މޭޒެއްގައި އަތް އަޅުވާލައިގެން ހުރި ނުކްޝާން ބުނެލި އެވެ. ވަގުތުން ނިކަން ފަސޭހައިން ޒީކާން ބޯ ޖަހާލައިފި އެވެ.
“ޒީކް ބެލޫންސްތައް ފުއްޕާ އިނގޭ. ނުކް އެންޑް ރާލް މި ސޯފާތައް އެކޮޅަށް ގެންދާނަން” ނުކްޝާން ބުނެލީ ހަން ފުއްޕަން އޭނާ ގެނައި “ބެލޫން ޕަމްޕް” ދައްކާލަމުން ނެވެ. “ހުރިހާ އެއްޗެއް ފުއްޕާތި އިނގޭ” ނުކްޝާން އޭނާގެ މަސައްކަތް ރާއިލް އާއި އެއްކޮށް ފަށަައިގަތެވެ.
މޭޒުތައް އެއް ފަރާތްތަކަށް ޖެއްސުމަށްފަހު ނުކްޝާން އާއި ރާއިލް އުޅުނީ އެ ބައި ރީތި ކުރާށެވެ. ހުރިހާ ބިއްލޫރި މޭޒެއް އެތަނަށް އަންނަ އެއްވެސް މީހަކަށް ނުފެންނާނޭ ހެން ޓެރެސް ގެ އެންމެ ބިއްދޮށަށް ވެއްދުމަށް ފަހު އެތަން ނުފެންނާނޭހެން ބޮޑު ކާރޓައިން ގަނޑެއް ރާއިލް އާއި ނުކްޝާން ދެމި އެވެ. ކާރޓައިން ގަނޑެއް ދެމުމޭ ބުންޏަސް އެކަން ވެސް ވެގެން ދިޔައީ އިންތިހާ އަށް ބޮޑު މަސައްކަތްތަކަށް ށެވެ. ދެކޮޅުން އެއްކޮށް ނުފެންނާނޭހާ ބޮޑު އެ ކާރޓެއިން އެދެމީހުން ދެމީ ކިހާ ހާލުންކަން ހަމައެކަނި ދެނެވަޑައިގަންނަވާނީ ހެއްދެވި ފަރާތެވެ.
ހެނދުނު އެގާރަ ޖެހި އިރު ރާއިލް އާއި ނުކްޝާން ހުރީ ވާނެ ވަރެއް ވެފައި އެވެ. ތެދަށް ބުނަންޏާ އެންމެ މަސައްކަތް ބުރަވީ މޭޒުތައް ބެހެއްޓިފައިވާ ފަޅި ރީތިކުރަން ހަދައިގެންނެވެ. ފުދޭ ވަރަކަށް ބޮޑު މޭޒެއްގެ ކައިރީގައި އަށް ސޯފާ ބެހެއްޓުމަށް ފަހު ރާއިލް އާއި ނުކްޝާން އާއި ދެ މީހުން އެ ތަނުގެ މެދުގައި ތިން ރަތް ކުލައިގެ ރޯސް ޖަހާފައިވާ ޖަގެއް ބެހެއްޓި އެވެ. އެވަރުން ނުވެގެން ޒީކާން އަތުން ބެލޫން ޕަމްޕް އަތުލުމަށްފަހު އެންމެ ފަހުން އެކަން ވެސް ކުރީ ނުކްޝާން އާއި ރާއިލް އެވެ.
“ދެން ގެ އަށް ދާންވީނު. ދެން އަންނާނީ ހަތަރެއް ޖަހާކަށް ހާ އިރު.މިހާރު ނެތެއްނު މާ ގިނަ ކަންކަމެއް ކުރާކަށް ވެސް. އޮންލީ މިތަނުގަ ރޯސް ޕެޓަލްސް އިން ހާރޓް އެއް އަޅާފަ ދެން އެ ބަޔަށް އެއްބައި އަޅެމެއްނު އޮތީ. ދެން އެކަން ކުރެވޭނެ އެއްނުން ދޯ އެހާކަ ހާ އިރުން ވެސް” ނުކްޝާން ބުނެލީ ޒީކާންގެ ކައިރީގައި ހުރި މޭޒުގައި އޮތް އޭނާ އައިނު ނަގާ ލޮލުގައި އަޅައިލަމުން ނެވެ. “ނޯ.އަދި ޖެހެނޭ ފައިރީ ލައިޓްސްތައް ވެސް ލާން. އެންޑް އެކޮޅުގައި ހީލިޔަމް އަޅާފައި ބެލޫން ޖަހަން ޖެހޭނެ އެއްނުން. ވިލް ޔޫ ބީ މައިން” ވަރުބަލި ވެފައިވާ އަޑަކާއި އެކު ރާއިލް ބުނެލި ވާހަކަ ނިންމާލީ އަނގަ ހަދާލަމުން ނެވެ.”ދޮގެއް ނޫން. އެކަމު ދެން ތި ކަން ވާނެ އެއްނުން ހަތަރެއްގެ ފަހުން ވެސް. ދެން ނޯންނާނެ ދޯ އަނެއްހެން ބަރު އެއްޗިހި އުފުލައިގެން ކުރަން ޖެހޭ ކަހަލަ ކަމެއް” ނުކްޝާން ބުނެލީ އޭނާ ވަރުބަލި ވެފައި ހުރުމާއި ވެސް ގުޅިގެން ނެވެ.
“ޑްރައިވަރ އަށް ގުޅާބަ” އެ ހުރި ތަނުގައި ހުރެފައި ނުކްޝާން ބުނެލީ މުޅި އެތަނުގެ ތެރެ އަށް ފަރުވާތެރި ކަމާއި އެކު ބަލައިލަމުން ނެވެ. މިއީ ޒީކާންގެ “ޕްރޮޕޯސަލް” އެއް ކަމަކު އެއްވެސް ކަަމެއް ނުވަތަ އެމީހުން ތައްޔާރު ކުރާ އެއްވެސް ތަންކޮޅެއް އެންމެ ގޮތަކުން ވެސް އެއްވެސް ކަމެއް ސަކަރާތް ވާކަށް ނުކްޝާން ނޭދެ އެވެ. ނުކްޝާން ގެ އެދުމުގެ މަތިން ޒީކާން ނިކަން ފަސޭހައިން ޑްރައިވަރ އަށް ގުޅައިފިއެވެ. ނުކްޝާންމެން ގެ ނަސީބު ތަންކޮޅެއް ވެސް ރަނގަޅު ވީ އޭރު ޑްރައިވަރ އެމީހުން ބަަލާ އައިސް އޮތުމުން ނެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ނުކްޝާން ވަނީ ޑްރީމް ސްޓޭ އަށް ވަނުމުގެ ކުރިން ޑްރައިވަރ ގާތު އެގާރަ ޖަހާކަށް ހާ އިރު އެމީހުން ބަލާ އައުމަށް އެދިފައި އެވެ.
ގެއަށް ދިޔަ ގޮތަށް އެންމެ ކަމެއް ވެސް ނުކޮށް ނުކްޝާން ވަނީ ފެންވަރާށެވެ. ނުކްޝާން ފެންވަރައިގެން ނިކުންނަން ދެން ޒީކާން އެނދުގައި ފޯނާއި ކުޅެން އިނެވެ. ނުކްޝާން ފެންވަރައިގެން ނިކުތުމުން ޒީކާން ވެސް ވަނީ ފެންވަރާށެވެ.
“ސޯޓެއް ނޫނޭ ލައިގެން ހުންނަން ވީކީ. އިރުކޮޅަކުން ބަންގި ގޮވާނެ. މިސްކިތަށް ދާން ރެޑީ ވާންވީ. އެންމެ ކަމެއް ވެސް ނުކޮށް އެންމެ ފަހުން ވެސް އެ ވިސްނީ މިސްކިތަށް ނުގޮސް ހުންނަން ވިއްޔާ” ފާހާނަ އިން ނިކުން ޒީކާން ނުކްޝާން އަށް ވުރެ ކުރިން ހުދު ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ސޯޓެއް ލުމުން ޑްރެސިންގް ޓޭބަލް ގެ ކުރިމަތީގައި ހުރި ނުކްޝާން ބުނެލި އެވެ. އޭރު އޭނާ ހުރީ ނޫކުލައިގެ ޖީންސް އެއް ލައިގެން ނެވެ. ލޯގަނޑު ގެ ކުރިމަތީގައި ހުރެ ބޮލުގައި ޖެލް ލަމުން ދިޔަ އިރު އަަބަދު ވެސް ފުނާ އަޅާލާފައި ވާ ނުކްޝާން ގެ އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި އެވެ. އެއް ބައި އިސްތަށިތައް ނިއްކުރި މައްޗަށް ވެއްޓިފައިވާ އިރު އަނެއް ބައި އިސްތަށިތައް ހުރީ ކަރަންޓް ޖެހުމުން ކޮޅަށް ހުންނާނޭ ފަދަ ގޮތަކަށް ކޮޅަށްށެވެ.
“އަޅެ ނުކް ނުދާނެ ކަމަށްށޭ” ޒީކާން ބުނެލީ ނުކްޝާން ގެ ފަހަތުން ލޯގަނޑުން ގެ ކުރިމަތީގައި ހުއްޓިލަމުން އޭނާގެ ބޮލުގައި އަތް ފުނާ އަޅާލަމުން ނެވެ. “މިހާރު އިނގިއްޖެ އެއްނުން ދޯ ދާނެ ކަން. އެހެންވީމަ އަވަހަށް ގޮސް ރެޑީ ވޭ ދާން” ލޯގަނޑު ކުރިމަތިން ދުރަށް ދަމުން ނުކްޝާން އަލަމާރިން ހުދު ކުލައިގެ ޓީޝާޓެއް ނަގައިގެން އައިސް ލި އެވެ. “ހްމްމް މި ދަނީ” ޒީކާން ބުނެލީ އޭނާގެ އިސްތަށިގަނޑުގައި އަަބަދު ވެސް އޭނާ ފުނާ އަޅާ ހެން ފުނާ އަޅާލަމުން ނެވެ.
ޒީކާން ތައްޔާރު ވުމާއި އެކު ނުކްޝާން އާއި ޒީކާން ގެއިން އެކުއެކީގައި ހެން ނިކުމެލަމުން އެންމެ ކައިރީގައި ހުރި މިސްކިތަށް ދިއުމަށް މިސްރާބު ޖެހި އެވެ. ނުކްޝާން އާއި ޒީކާން އަށް މިސްކިތާއި ހިސާބަށް ދެވުނީ ކިރިޔާ އެވެ. ނަމާދަށް ބަންގި ގޮވައިފިއެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކޮށްލައިގެން ނުކްޝާން އާއި ޒީކާން ގެ އަށް އައި މަގުމަތިން ރާއިލް އާއި ދިމާ ވުމާއި އެކު ގެ އަށް ދިއުމުގެ ބަދަލުގައި އެ ދެ ޒުވާނުން އެ ދެ ޒުވާނުންގެ މިސްރާބު ރާއިލްމެންގެ ގެ އަށް ބަދަލު ކޮށްލި އެވެ.
ޒީކާންމެން ސަންޝައިން އަށް ދިޔަ އިރު ރައުޝާ ހުރީ ރާއިލްއަށްށާއި ރައިނާގެ އިތުރުން ރައިޝާ އަށް ކާން ހަދާފައި އެވެ. ޒީކާންމެން ފެނުމާއި އެކު ރައުޝާ ވަގުތުން ކާން އައުމަށް އެދުނެވެ. އެހެން ނަމަވެސް ވަގުތުން ޒީކާން އާއި ނުކްޝާން އެކަމުން ބޯ ދަމައިގަތެވެ.
“އާދެބަލަ ދޯ ކާން ޕްލީސް. މަ ވެސް ދާން ވެއްޖޭ ކާން” ރާއިލް އާދޭސް ކޮށްލީ ކާގެ އާއި ދިމާލަށް ދާން ހިނގައިގަންނަމުން ނެވެ.”ރާއިލް އާދެބަލަ ކައިގެން. ނުކް އެންޑް ޒީކް ތިބޭނަން ރާއިލް ގެ ކޮޓަރީގަ” ނުކްޝާން ދެވަނަ ފަހަރަށް ވެސް ދެކޮޅު ހެދި އެވެ. “ހްމްމް ތިބޭ ކޮޓަރީގަ. ދެން މަށަކަށް ވެސް ގަދަކަމުން އަނގަ ހުޅުވާފަ އަނގަ އަކަށް ނޭޅޭނެ ވިއްޔާ”އެންމެ ފަހުން ރާއިލް ބުނެލީ ބަލި ގަބޫލު ކުރަމުން ނެވެ.
“ކޮޓަރީގަ ހުރި އެއްވެސް އެއްޗެއްގަ އަތް ނުލާތި” ނުކްޝާން އާއި ޒީކާން ރާއިލްގެ ކޮޓަރި އަށް ވަންނަން ދިއުމުން ރާއިލް ބުނެލި އެވެ. ރާއިލް ބުނެލި ގޮތުން ހީވީ އެތަނުގެ ތެރޭގައި ހަޒާނާ އެއް ވަޅުލެވިފައިވާ ހެން ނެވެ. ރާއިލް އެހެން ބުނެލުމުން ރާއިލް ގެ ކޮޓަރީގައި ހުރި އެއްޗެއް ބަލުމުގެ ޝައުގުވެރިކަން ނުކްޝާން ގެ ހިތުގައި އުފެދުނީ އެވެ. ދެން ނުކުރާށޭ ބުނާ ކަންތައް ކުރުމުގެ ޝައުގުވެރިކަން ނުކްޝާން ގެ ހިތުގައި އަބަދު ވެސް އޮންނާނެ ތާ ދޯ އެވެ.
“މިތާ ތެރޭގަ ކޮންމެވެސް އެއްޗެއް އޮންނާނެ. އެހެންވެ އެހެން އެ ބުނީ” ރާއިލް ކޮޓަރީގެ ދޮރު ލައްޕާފައި ދިއުމާއި އެކު ނުކްޝާން ބުނެލީ ވައި އަޑުންނެވެ. ” ޒީކް އެއް ނޫޅެން މީހުންގެ އެއްޗިހިތައް ބަލާކަށް. ހަމަ އެމީހުން ވެސް ސިއްރު ކުރަން ބޭނުންވާ ބައިވަރު އެއްޗިހި ހުންނާނެ ދޯ” ޒީކާންގެ ޖުމުލަތައް އަޑު އެހުމުގެ ބަދަލުގައި ނުކްޝާން ދިޔައީ އޭނާގެ ކަޅި އެކި ދިމަ ދިމާލަށް ދަތުރު ކުރުވަމުން ނެވެ. “އަޅޭ ދެއާ ޝުޑް ބީ ސަމްތިންގ ހިއާރ” ނުކްޝާން ހިތާ ހިތުން ކިޔަމުން ދިޔަ އެވެ.
އެކި ތަންތަން ބަލައިގެން ވެސް ނުކްޝާން އަަށް އެއްވެސް އެއްޗެއް ނުފެނުމުން ނުކްޝާން ރާއިލްގެ ސްޓަޑީ ޓޭބަލްގެ ކައިރީގައި އިށީނދެލި އެވެ. ނުކްޝާން ގެ ނަސީބު އޭނާގެ އަތުގައި ހިފީ އެވަގުތު އެވެ. ލައްޕާފައި ވާ ރާއިލް ގެ ނޯޓް ބުކް ހުޅުވާލި ވަގުތު އޭގެ ތެރޭގައި ލިޔެފައިވާ އޮތް އެއްޗެއް ނުކްޝާން ގެ ލޮލުގައި އަޅައި ގަތެވެ. އެ ޖުމުލަ ފަރުވާ ކުޑަ ގޮތަކަށް ކިޔާލި ނުކްޝާންގެ ލޯލިތައް ކޮޅަށް ޖެހުނީ އެ ޖުމުލަ ރަނގަޅަށް ކިޔާލުމުން ނެވެ.ލިބުނު ސިހުމުގައި ނުކްޝާން އަށް ދެވަނަ ފަހަރަށް ވެސް އެ ޖުމުލަ ކިޔާލެވުނެވެ.
ނުނިމޭ
24 Comments!
Comments are closed.




heyy rifoo
saabahey manjey… manje thee hama ehvana ingey…
dhn next part avahah submit kohdheeba dhw… inthizaaruge guitar kulhen nubaithibbaa..
manje ge masahkkathah hama bunaane ehcheh vx neyngey vrh furihama…
vrh luvs vey ❤️❤️
Leeshaa thi buni hen i ge hithah vex araa. Avahah kiyaalan libeyne nama a 🙂
dhw luv…
Hey leeshaa
Thanks varah bodah ingey
Alhey maadhan rifoo ah genesdheveyny.cuz adhi next part liyan nuvx fashan. Sorry 😔
Once again thanks Darla
Varah loabi vey ingey rifoo vx ❤️
@luv
Alhey varah bodah sorry ingey.adhi next part liyan vx nufashan rifoo eh
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Nuk and aleeka gulhuvachey
Aika and aleek ves
Zeek and mish ves
Lai and rayaan ves
They all are made for each other
Anehkaa kon jumula eh baa
Haadha curious kohlaafa thi nimaaly
I appreciate your hard work
Tc ❤️😘
Your my fav author ❤️
Ly rifoo ❤️😚
Thanks cutie girl
Hehe dhen next part kiyaalyma ingidhane thaa dho
Love you more ❣️
Mi part ves varah Reethi
Kon irakun next part kiyaalan libeynee
Thanks dhoonee
Next part in sha Allah maadhan kiyaalan libeyne
Maashaa Allah mi part vx varah varah reethi…
Magey neii bunaane eii cheii vx……
Nukshaan ulheygothun ma heehee halaaku……
Mashah ingey e fothuga liyefa oii eii…. “ zaara dheke loabi vaa vaahaka liyefa e othee ”
Kaloana haadha reehchey….
Mashah 1 dhuvahah inthizaaru kuran jehunas heevanee garuneii hn…..
ey vaguthu balaabala…. Salaa ge aa vaahaka eii iben…..
Vrh loabi vey….
Haalu rangalhu kamah ummeedhu kuran…
Bye 👋
Shaayan ah vec heevani vampire girl buni hen i love zaa a hen jahaafa inee
Alhey thankus thankus thankus manjeyy
Hmm dhn mashah ingeyey thi nan kiyaa meehaku ulhenyyaa heyne kan lol 😂
Dhen manje ah ingeyne ehnun.ey lol thi hen nethiyya mashah magnum dheyn vaane ingey.lol ey e dhogeh
Sorry ingey magey manjey…olhuny magey eh noon dho 😉
Ehen dho ekam vx mashah mi noon gotheh nethey ehn noon nama genesdheynan ingey…aslu mi varu vx mi koh dheny manje ah takaa ey
Hmm thi comment fenuny ma balaifin
Varah loabi vey ingey ma vx ❤️❤️❤️❤️❤️
Thi manje ge vx
Byeee see yoouuu soooonu
@SHAAYAN
ALHE HEEVAA GOTHAH VEY THO BALAALAN HINGAABA DHO
Mi part ves vrh reethi
Haadha curious kohlaafa this ninmaaly
Curiously waiting for the next part
Thanks UNKNOWN GURLL
Hehe eii liyamun liyamun gos huttaalevunu hisaabu.
In sha Allah next part maadhan kiyaalan libeyne
Mi part ves varah Reethi Masha Allah
Kon irakun next part
Curiously waiting for it
Love you 💙
Thanks Shaayan
Next part in sha Allah maadhan kiyaalan libeyne. I mean submit kohlaanan
Love you more ❤️
Haadha curious kollaafa a thi nimmaalee. Mee nuhaaru esfiya site in alhugandu kiyaa emme Reethi Vaahaka. I appreciate ur hard work. Masha Allah thihaa bxy koh ulhemun ves hama genesdheyn jehey emme dhuvaheh ves vattaanulaa genesdheythee varah ufaa vey.Ur my favourite author 🥰 .Masha Allah hama thi kuraa hiyy varah saabas dhey varu vey.
Next part Wednesday ga kiyaalan libeyne kamah unmeedhu kuran.
Lysssm ❤️
Thanks 🥰
Your comment made my day…hehe
Varah ufaa vejje mi comment kiyaalaafa.bunaane ehcheh vx nei reply akah. Hama buneveyny varah ufaa vejje ey
Next part in sha Allah wednesday ah genesdhevey tho rifoo mi ulheny
Love you more 😘
Haadha Reethi vhk ekey masha allah.
I hithah araa konme dhuvahaku kiyaalan libeyne nama a 😭 . Please konme dhuvahaku genesdheveyne thr? Iyye vex kiyaalan nulibeyne kan ingey iru vex beley 😭 hama kiyaalaa hithun kei nuvany. Please 🥺.
Thee hama 1st . Maldives ge top 10 author huvanyya rifoo ah libeyne yageen. Your very good at writing stories.
I love you 😘 your my favourite author 🥰
Thanks luv
Alhey sorry 😔..mihaa buxy koh ulhemum vx kiyuntherinnah vahaka mi genesdheny aslu varah varah masaikathun. I mean kiyavamun and sometimes geytherey ge baeh kanthakuga help vedhemun. Kiyavaalaafa baakee vaguthu varah nulibey.ekam vx hama liyelaafa e dhuvahakah genesdhevey tho varah masaikai kuran.ehenve konme dhuvahaku part eh nugenesdheveny. But in sha Allah dhe dhuvahun eh dhuvahu genesdhevey tho balaanan rifoo vx.
Alhey thanks luv for your lovely comment
Varah ufaa vejje rifoo mee luv ge enme favourite author kan ingunyma
Love you more ❤️
Mi part vx varah Reethi Masha Allah.
Hama keh nuvegen mi comment kohlany vahaka Reethi kamun. ☺️
I really really love your story especially your ideas 😍
Iyye rey dream ga vx fenuny mi vahaka . Hama kiaala hithun.
Raisha n zekan eky v lwbi couple eh dhw ekam vx i want zekan n mishya inge.. i love them. Mihaaru emme inthizaaru kureveny mi story ge next ah. 😉
Lyyy 💖
Thanks alhugandu
Hehe ehen tha?
Dhen hingaa dho alhe vaane gotheh balaalan.
Next part in sha Allah maadhan kiyaalan libeyne. I mean rifoo submit kohlaanamey
Love you more ❤️
Hey Rifoo
Varah Reethi ingey mi part ves Masha Allah
Lol manma aku dhari eh school ah vahdhan gendhaa ne gothey jahaafa inyma enme hini aee lol 😂
And nuk varah majaa ingey.heevany nuk ge proposal hen dho hehe.
Dhen hama reethi kamun bunaane ehcheh nei lau ge
Dhen enme inthizaaru mi kurany wednesday ah. Vaguthu vx gunan fashaifin hehe 😂
Love you ❤️