ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…69
“ސޯ ދެން ހަމަ އެ ކުއްޖާ އަކީ ކާކު ކަން ވެސް ނުބުނާނަން ތަ؟” ފޯނު ނިއްވާލަމުން ނުކްޝާން ބުނެލީ ސޯފާގައި އިން ޒީކާން ގެ ގާތުގައި އެވެ. “ކޮން؟” ނުކްޝާން ދައްކަމުން ދިޔައީ ކޮން އަންހެން ކުއްޖެއްގެ ވާހަކަ ކަން އެނގި ހުރެ ނޭނގޭ ކަމަށް ޒީކާން ހެދިލީ ނުކްޝާން ގެ ދިމާކުރުން ތަކުން ސަލާމަތް ވާށެވެ. އެހެން ނަމަވެސް ޒީކާން އަށް ވަކި ނުކްޝާން ދޫދޭނޭ ހެއްޔެވެ؟ “ރާއިލް ބުނި އަންހެން ކުއްޖާގެ ވާހަކަ މި ދައްކަނީ. މިއަދު ޒީކްގެ ބޮލަށް ފެން އެޅި އަންހެން ކުއްޖާގެ ވާހަކަ މި ބުނީ” ނުކްޝާން ގެ ޖުމުލަތަކުން ޒީކާން އަށް އޭނާގެ އިސްތަށިގަނޑު ގެ ތެރެ އަށް އަތް މާހާލެވުނެވެ. “އަދި ވެސް ނޭނގޭ؟” ނުކްޝާން ބުނެލީ އެއް ބުމަ އަރުވާލަމުން ނެވެ. “އޮނހޯ އިނގިއްޖެ. އެއީ ރާއިލް ގެ ޓްވިން ސިސް އެއްނު” ޒީކާން ވަގުތުން ނުކްޝާން އަށް އެހެން ޖުމުލަ އެއް ބުނުމަށް ފުރުޞަތު ނުދީ ބުނެލި އެވެ.
*****************
“ޕިސް.އެވަރު ކަމެކޭ”ނުކްޝާން ބުނެލީ ޒީކާން ގަސްތުގައި އޭނާގެ ގާތުގައި ނުބުނާން ހުރުމުން ނެވެ. “އެވަރުގެ ކަމެއް ކަން އެނގޭނެ މިއަދު”ޒީކާން އަށް ހިތާ ހިތުން ބުނެލެވުނީ އަދި މިއަދު ޒީކާން އާއި އިންތިހާ އަށް ނުކްޝާން ދިމާ ކުރާނެ ކަން އެނގުމުން ނެވެ. އަދި މި ނުކްޝާން ގެ ކުޅިގަނޑު ފެށުނީ އެވެ. ނިމުނީކީ ނޫނެވެ.
“ކޮން ނަމެކޯ ކިޔާނީ؟” ނުކްޝާން ދެވަނަ ސުވާލު ކޮށްލި އެވެ. އެހެން ނޫނަސް ނުކްޝާން ވިއްޔާ ދެން އަނގަ މަޑުލައިގެން ހުންނާނޭ ހެއްޔެވެ. ފާޑަކަށް ނުކްޝާން އާއި ދިމާލަށް ބަލައިލި ޒީކާން އަށް ނުކްޝާން ގެ މަގުސަދު އިނގުނީ ކަންނޭނގެ އެވެ. މޫނުމަތިން އެއްވެސް އަސަރެއް ދައްކާ ނުލާ އިން ގޮތަށް އިނދެ ޒީކާން ރައިޝާ އޭ ބުނެލި އެވެ. “އޯންން. ކިތަންމެ ނުދައްކާން އުޅުނަސް ޒީކް އިޒް ބްލަޝިންގ. ލޯގަނޑު ކައިރި އަށް ގޮއްސަ ބަލާބަލަ.މުޅި މީހާ އެއްކޮށް ތި ރަތް ވަނީ” އެނދު މަތީގައި ޒީކާން އާއި ކުރިމަތި ވާނޭ ހެން އިށީންނަމުން ނުކްޝާން ބުނެލި އެވެ. ވަގުތުން ޒީކާން އަށް އޭނާގެ މޫނުމަތީގައި އަތް ހާކާލެވުނެވެ.
އެވަރުން އޭނާ ލަދުނުގަން ކަން ނުދައްކާން އުޅުމުން ވެސް ނުކްޝާން އަށް އޭނާގެ މޫނު ރަތްވި ތަން ފެނިއްޖެ ވިއްޔާ އެވެ. އެވަރުން ރައިޝާގެ ނަން ނުކިޔާން ވެސް އޭނާ އުޅުނީ އެހެން ވެ އެވެ. އޭނާގެ މޫނުމަތިން ނަމަވެސް ނުކްޝާން އަށް ކަމެއް ދޭހަ ވެދާނެ ތީ އެވެ.
“އޯކޭ އޯކޭ. ވަރަށް ދިމާ ކުރެވިއްޖެ ދޯ. އެކަމު ވަން ލާސްޓް ކުއެޝަން” ޒީކާން އާއި ސީދާ ހަތަރު ކަޅި ހަމަކޮށްލަމުން ނުކްޝާން ބުނެލި އެވެ. ނުކްޝާން ގެ ރާގުން އެކަނި ވެސް އޭނާ ކުރަން އެ އުޅެނީ ބޮޑު ސުވާލެއް ކަން ޒީކާން އަށް އެނގުނެވެ. “ޑޫ ޔޫ ލަވް ހާރ” މި ފަހަރު ނުކްޝާން ކޮށްލީ ޒީކާންގެ ހިތުގައި ނުކްޝާން ކުރާނެ ކަމަށް ލަފާ ކޮށްފައި ވާ ސުވާލެވެ. ނުކްޝާން ގެ ސުވާލުން ޒީކާން ދެލޯ ހިމަ ކޮށްލަމުން ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ. “ކިހިނެތް ހެން ހީވަނީ” ކަޅި އަނބުރާލަމުން ޒީކާން ބުނެލި އެވެ. ނުކްޝާން އެ ސުވާލު ކުރުމުގެ ކުރިން ވެސް ނުކްޝާން އަށް އެ ސުވާލުގެ ޖަވާބު އެނގޭ ކަން އެނގުމުން ޒީކާން އަށް އެހެން ބުނެވުނީ އެވެ. އެހެން ނޫނަސް ދުލުން އެކަމަށް އިގުރާރު ވާކަށް ޒީކާން ބޭނުމެއް ނޫނެވެ.” ނޭނގެ ހީވާ ގޮތެއް ވެސް ” ނުކްޝާން ކޮނޑު އަރުވާލަމުން ބުނެލީ ޒީކާންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުން ނެވެ. ތެދަށް ބުނަނީ ނަމަ ނުކްޝާން ބޭނުން ވަނީ ޒީކާން ގެ ދުލުން ރައިޝާ ދެކެ ލޯބިވެ އޭ ބުނާ އަޑު އަހާށެވެ.
“އައި ލަވް ހާރ އޯކޭ” މިފަހަރު ޒީކާން ބުނެލީ އޭނާގެ މޫނުމަތީގައި އަތް އަޅާލަމުން ނެވެ.ޒީކާން ގެ ޖަވާބު އަޑު އިވުމާއި އެކު ނުކްޝާން ފުންމައިގެން އެރި ގޮތުން ހީވީ ބޮޑު އުފަލެއް ލިބިގެން ހަވަ އަށް އެރި މީހެއް ހެންނެވެ. “ދެޓްސް މައި ކަޒް” ނުކްޝާން ގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒީކާން އޭނާގެ މޫނުމަތިން އަތް ނަގާ ބަލާލި އެވެ. އޭރު ވެސް ޒީކާން ގެ މޫނު މައްޗަށް ވަނީ ރަތް ކުލަ ފާއްދާލާފައި އެވެ.
ޒީކާންގެ އަނގައިން ނުކްޝާން ބޭނުންވި ޖުމުލަ ނިކުތުމާއި އެކު ނުކްޝާން އެ ދުވަސް އެއްކޮށް ހޭދަކުރީ ޒީކާން އާއި ދިމާ ކުރުމުގައި އެވެ. ދޭތެރެ ދޭތެރެ އިން ޒީކާން ގެ ނަމުގެ ބަދަލުގައި ރައިޝާ އޭ ކިޔާފައި ޒީކާން އަށް ގޮވާލާފައި ޒީކާން ލޯ އަޅާލުމުން ދެން ނަން ވެސް އޮޅޭނެ އެއް ނޫން ހެއްޔޭ ބުނެލަ އެވެ. އޭގެން ކޮންމެ ފަހަރަކު ވެސް އަންހެން ކުއްޖަކަށް ދޫނުކޮށް ޒީކާން ގެ މޫނުމައްޗަށް ރަތް ކުލަ ފާއްދާލައެވެ.އެންމެ ފަހުން ޒީކާން އާއި ދިމާ ކުރަމުން ކުރަމުން ގޮސް ރާއިލް ޒީކާންގެ ކޮޓަރީގައި އިންދާ ވެސް ޒީކާން އަށް ރައިޝާގެ ނަމުން ނުކްޝާން އަށް މުޚާތަބު ކުރެވުނެވެ. ތެދަށް ބުނަންޏާ އެއީ ނުކްޝާން އަށް އޮޅިގެން ވީ ކަމެކެވެ. އެވަގުތު ރާއިލް ވަރަށް ނުވާ ކަމަށް އިނީ އޭނާ އަށް މާ ކުރިން ޒީކާން ގެ އިހުސާސްތައް އެނގިފައިވުމުން ނުކްޝާން އެވަގުތު އެ ޒީކާން އާއި ދިމާ ކުރަނީ ކަން އެނގުމުން ނެވެ.
ދުވަސްތައް ލޯމަރާފައި ލޯހުޅުވާލާހާ އަވަހަށް ފާއިތު ވަމުން ދިޔަ އެވެ. މިހާރަކަށް އައިސް ރާއިލް އަށް ވެސް ޒީކާން ގެ ހިތުގައި ރައިޝާ އަށް ޓަކައި އޮތް އިހުސާސް އެނގޭ ކަން އިނގުމުން ޒީކާން އާއި ދިމާކުރުމަށް ނުކްޝާން ވަނީ އޭނާގެ ޓީމަށް ރާއިލް ވެސް އަރުވާފައި އެވެ. އެއް ވަރުގެ މޮޅެތި ވާހަކަ ތަކާއި އެކު އެއްވަރުގެ ދެ އަނގަ ޖެހުމުން ގިނަ ފަހަރަށް ޒީކާން އަށް އެދެ މީހުންގެ ކިބައިން ސަލާމަތް ވުމަކީ ނާދިރު ކަމަކަށް ވަނީ ވެފައި އެވެ. ދޭތެރެ ދޭތެރެ އަކުން ނުކްޝާން މަ ދިއުމުގެ ކުރިން ތި ކަން ނިންމާށޭ ވެސް ޒީކާންގެ ކައިރީގައި ބުނެ އުޅެ އެވެ.
ރޭގަނޑުގެ ވަގުތެވެ. ނުކްޝާން އަލުން އަނބުރާ ރާއްޖެ އަށް ދާން އޮތީ މީގެ ތިން ދުވަސް ފަހުން ކަމުން ޒިވާ ގާތު ބުނެފައި ނުކްޝާން ރާއިލް އާއި ޒީކާން ގޮވައިގެން ކައިރީގައި ހުރި ރެސްޓޯރެންޓް އަކަށް ކާން ދިޔަ އެވެ. ތެދަށް ބުނަންޏާ ދިޔައީ ކޮންމެހެން ކާކަށް ނޫނެވެ. ގޭތެރެ އިން ޒީކާން އާއި ދިމާ ކުރުމަށް ނުލިބޭ މިނިވަންކަން އެތަނުން ލިބޭނެ ތީ އެވެ.
ރެސްޓޯރެންޓް ގެ އެންމެ އެތެރޭގައި އިން މޭޒުގައި ޒީކާން އާއި ރާއިލް ގެ އިތުރުން ނުކްޝާން އިށީނދެލީ އެތަނުގައި ފުދޭވަރަކަށް މީހުން މަދު ވުމުން ނެވެ. ވެއިޓަރ އައިސް އޯޑަރ ނެގާފައި ދިއުމާއި އެކު ރާއިލް ބަލައިލީ ނުކްޝާން އާއި ދިމާލަށް ށެވެ. ހީވީ ދެމީހުން ކަމެއް ރާވައިގެން އައިސް ތިބި ހެން ނެވެ.
“ޕިސް.މަވާ ހީކުރީ މިތަނުގަ މީހުން މަދުވާނެ ކަމަށް” ދެ ފަރާތަށް ބޯ ހޫރުވާލަމުން ނުކްޝާން ބުނެލީ ރާއިލް ގެ ގާތުގައި އެވެ. “މީނަ ދެން މަ މި ވަރުގެ ތަނަކަށް ވައްދަން ވޭ ވިއްޔާ” ދެން ވެސް ނުކްޝާން ބަޑި ޖެހީ ރާއިލް އާއި ދިމާލަށް ށެވެ. “އަޅެ ކިތަންމެ މީހުން ގިނަ ޔަސް މިތަނުގެ އޭ ޕިއްޒާ މީރު ވާނީ. އެހެން ތަންތަނުގަ ހުންނަ ޕިއްޒާ ނުކް ނުވެސް ކާނެ މިތަނުގެ ޕިއްޒާ ކައިގެން” ރާއިލް ދެރަ ނުވާން ވެގެން ބޯ ކަހާލަމުން ބުނެލި އެވެ. “ޕިއްޒާ ކާންތަ މަ މި ތަނަށް ތި ދެމީހުން ގެނަ އީ” މޫނު ހަދާލަމުން ނުކްޝާން ބުނެލީ އޭނާ ދައްކަން ބޭނުންވާ ވާހަކަ ތަންކޮޅެއް ހަމަޖެހިލައިގެން ދައްކަން ބޭނުން ވާތީ އެވެ. މީހުން ގިނަ ވުމުން އޭނާ ދައްކަން ބޭނުންވާ ވާހަކަ މާ ރަނގަޅަކަށް ނުދެއްކޭނެ އެއް ނޫން ހެއްޔެވެ. އެމީހުން މި ތަނަށް އައި އިރު އެތެރޭގައި މީހުން މަދު ނަމަވެސް ގިނަ އިރު ވާ ވަރަކަށް މީހުން ދިޔައީ ގިނަ ވަމުން ނެވެ.އޭނާ ކޮންމެހެން މިތަނަށް ޒީކާން އާއި ރާއިލް ގެނައީ ޕިއްޒާ ކާން ދޭކަށް ވެސް ނޫން ވިއްޔާ އެވެ.
“ދެން އަޅެފަހެ މިތަނަަށް އައިއްސަ ނު ކައި ނުދެވޭނެ ދޯ. ކޭވޭނީ ވެސް މީރުކޮށް ހަދާތަނަކުން ދޯ” ރާއިލް ވަކި ނުކްޝާން އަށް ދޫ ދޭނޭ ހެއްޔެވެ. އެއްތަން ވެފައި އެތިބީ އެއްވަރުގެ ދެމީހުންނެވެ. ދެން އަވަސް ރަހުމަތެއްގައި ދެމީހުންގެ ވާހަކަ ގަނޑު ހުއްޓާލާފައި މި ތަނަށް ދައްކަން އައި ވާހަކަ އެއް ނުދެއްކޭނެ ކަންނޭނގެ އެވެ. “އެހެން ވިޔަސް ދައްކަން އައި ވާހަކަ މާ މުހިއްމު ދޯ” ނުރުހުމުގެ ރާގަކަށް ވައި އަޑުން ނުކްޝާން ބުނެލި ކަމުގައި ވީ ނަމަވެސް ޒީކާން އަށް ކިތަންމެ ހާ ވެސް ރީތިކޮށް އަޑު އިވުނެވެ. “ހްމްމް މައްސަލަ އެއް ނެތޭ. ދެން ނުގެންނާނަމޭ މިތަނަކަށް” ރާއިލް ބުނެލީ ތިމަންނަ ބަލި ގަބޫލު ކޮށްފީމޭ ބުނެލާ ފަދަ ރާގަކަށް ށެވެ.
“ދެން ހަމަ ތެޔޮ ނާށި ކާޅު ޖަހައިގަންނަ ތަން ބަލަން ހުންނާނީ ތަ؟” ކުއްލި އަކަށް ނުކްޝާން އިނދެފައި ބުނެލި ޖުމުލަ އަކުން ރާއިލް އަށް ވާނުވާ އިނގުނު ނަމަވެސް ޒީކާން އަކަށް ނޭނގުނެވެ. ކުއްލި އަކަށް ރާއިލް އާއި ނުކްޝާން އަރާރުންވެ ދެބަސް ވަމުން ގޮސް އެންމެ ފަހުން ނުކްޝާން ފެށީ ކޮން ވާހަކަ އެއް ކަން ވެސް ޒީކާން އަކަށް ނޭނގުނެވެ. “ދެން ހަމަ ޒީކް ރައި އަކަށް ޕްރޮޕޯސް އެއް ވެސް ނުކުރާނަން ހެއްޔޭ މި އަހަނީ”
“އޯހ ތި ވާހަކަ ދޯ”ޒީކާން އަށް ފާޑަކަށް އަނގަ ހަދާލެވުނީ ނުކްޝާން ބުނި އެއްޗެއް ނަގައިގަނެވުމުން ނެވެ. އެހެން ނަމަވެސް ނުކްޝާން ބުނެލި ޖުމުލަ އަށް ރައްދު ދިނުމުގެ ބަދަލުގައި ޒީކާން އަށް ބަލާލެވުނީ ރާއިލް އާއި ދިމާލަށް ށެވެ. އޭރު ރާއިލް ވެސް އިނީ ޒީކާން އާއި ދިމާލަށް ބަލަން ކަމުން ރާއިލް އާއި ޒީކާން އެވަގުތު ހަތަރު ކަޅި ބައްދަލު ވި އެވެ. ރާއިލް އާއި ހަތަރު ކަޅި ހަމަވުމުން ޒީކާން އަށް ހީލެވުނީ ނުކްޝާން ބުނެލި ވާހަކަ އިން ނެވެ. ދެން ރާއިލް އިންދާ ރާއިލްގެ ކޮއްކޮ އަށް “ޕްރޮޕޯސް” ކުރާނީ ކޮން އިރަކުން ހޭ މީހަކު އެހުމުން ރާއިލް އާއި ދިމާލަށް ބަލަން ލަދު ގަންނާނެ އެއް ނޫން ހެއްޔެވެ. “މަގޭ މޫނުގަ ހެވޭ ވަރުގެ އެއްޗެއް ލިޔެފަ ހުރީ ތަ؟” ރާއިލް ބުނެލީ އޭނާގެ މޫނުމަތި ފުހެލަމުން ނެވެ.
“ދެން ތި ކަން ވެސް ކުރަންވީ” ޒީކާން ބޯ ކަހާލީ ރާއިލް އޭނާ އާއި ދިމާލަށް ބަލައިލަމުން އެއް ބުމަ އަރުވާލުމުން ނެވެ. “ދެން އެހެން ވިއްޔާ މަ ހުއްޓަ ކޮށްބަލަ ދޯ” ކުޑަ ކުއްޖެއް ހެން ތުން ދަމާލަމުން ނުކްޝާން ދުރު ދުރުން ނަމަވެސް ޖެހިލީ އޭނާ މި ތަނަށް ޒީކާން ވާހަކަ ދައްކަން ގެނައި މައުޟޫ އަށް ށެވެ. ނުކްޝާން ބުނެލި ވާހަކަ އިން ޒީކާން ދެލޯ ބޮޑު ކޮށްލަމުން ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ. “ތިން ދުވަހޭ ބްރޯ ބާކީ އޮތީ” ޒީކާން ބުނެލިއެވެ.”ދެން؟” ސުވާލު ގެ ނަޒަރަކުން ޒީކާން އާއި ދިމާލަށް ނުކްޝާން ބަލައިލި އެވެ. “ދެން.. ތިން ދުވަސް ތެރޭ ކިހިނެތް ހެއްޔޭ ކުރާނީ އަނެއްކާ ރުއްސަން ޖެހޭނެ ދޯ..”ޒީކާން ނުކްޝާން އަށް ލޮލުގެ އިޝާރާތުން ރާއިލް ދައްކާލުމާއި އެކީ ނުކްޝާން އަށް ޒީކާން ބުނަން އުޅުނު ވާހަކަ ނަގައިގަނެވުނެވެ. ޒީކާން ބުނެލި ވާހަކަ ހަމައެކަނި ނަގައިގަނެވުނީ ނުކްޝާން އަކަށް ނޫނެވެ. ޒީކާން އާއި ނުކްޝާން ގެ ވާހަކަ އަޑު އަހަން އިން ރާއިލް އަށް ވެސް މެ އެވެ. ވަގުތުން ރާއިލް މަ ވަލީ ދީފީމޭ ބުނެލީ ދެ އަތް އުފުލާ ލަމުން ނެވެ.
“އެކަމް ތިން ދުވަސް ތެރޭ ކިހިނެތް؟ ޒީކް އަކަށް ނުކެެރޭނެ އަހާކަށް ވެސް” ޒީކާން އެހެން ބުނެލި އިރު އޭނާގެ މޫނުމަތިން އޭނާ ލަދުގަނެފައި ހުރިކަން އެނގެ އެވެ. “ޕިސް ޕިސް މި ވަރުން ކިހިނެތް ކަމެއް ކުރާނީ؟” ނުކްޝާން ބުނެލީ ރާއިލް އާއި ދިމާލަށް ށެވެ. ދެމީހުން އެއް ބަސް ކިޔާފައި ޒީކާން ގެނެސް އަދި އެވަރުން ނުވެގެން ރާއިލް ވެސް ޒީކާން އަށް ރުހުން ދިނުމުން ވެސް އެ އުޅެނީ ރައިޝާ އަށް “ޕްރޮޕޯސް” ކުރަން ނުކެރިގެން ވިއްޔާ އެވެ. ދެން ނުކްޝާން އެއް ނޫނެވެ. ކޮންމެ ޝާން އަކަށް ވެސް ޒީކާން އާއި ދިމާ ނުކޮށް ހުރެވޭނެ ހެއްޔެވެ. އެހެން ނޫނަސް ލަދަކާއި ހުރެ ތަދެއް ނުފިލާނެ އެއް ނޫން ހެއްޔެވެ.
“ދެން ފެށޭ އަހަރުގަ ކިޔަވާނީ ގްރޭޑް ދިހޭކޯ. އެކަމު ނުކެރޭ ކަމެއް ކުރާކަށް” ނުކްޝާން ބުނެލީ ދިމާ ކުރާ ރާގަކަށް ށެވެ. “ތެދެއް ބްރޯ ދެން ހަމަ ކަޅު ގަމީހެއް ލާފަ ކަޅު ފަޓުލޫނެއް ލައިގެން ރެޑް ރޯސް ބުކޭ އެއް ހިފައިގެން ނޫނީ އެންމެ ރޯސް އެއް ވިޔަސް ހިފައިގެން ގޮސް އަހާބަލަ ދޯ.އެއް ފަހަރުން ނިމުނީ” ރާއިލް އަށް ތާއީދު ކުރަމުން ނުކްޝާން ބޯ ޖަހާލި އެވެ. “އޭރުން ދޯ ފެށުނީ.ވަޓް އިފް ޝީ ސޭސް ނޯ.އޭރުން-” ޒީކާން ގެ ޖުމުލަ ކަނޑާލަމުން ރާއިލް ވާހަކަ ދައްކަން ފެށި އެވެ.”ޔަޤީން ނުބުނާނެ ނޯ އެއް.މި ދިނީ ޔަގީން ކަން.އައި ނޯ ޝީ ލައިކްސް ޔޫ.މަ ބުނީތީ ވެސް އަޅެ އަހާބަލަ”
ރާއިލް ގެ ވާހަކަ އިން ޒީކާން އަށް ވިސްނާލަން މަޖުބޫރުވިއެވެ. ތެދަށް ބުނަންޏާ އޭނާ ވެސް ރައިޝާ އޭނާގެ މިލްކަކަށް ހަދަން ބޭނުމެވެ. އެހެން ނަމަވެސް ހަމަ ކޮންމެ ފަހަރަކު ވެސް ފަސް ޖެހެވެނީ އެވެ. ރައިޝާ ނޫނެކޭ ބުނެފާނެ ކަމުގެ ބިރަށެވެ.
ނުނިމޭ
18 Comments!
Comments are closed.




Maashaa Allah mi part vx varah varah reethi….
Alhey zeekaan anhenakah vure kanthah fala eiinu….
mi haaru anhen kudhin vx gos firehen kudhin kairy rahtehivaan ahaa vihya……
Mashah hama heveny e ulhey nukshaan aa raail man zeekaan aa dhimaa kuraa thee…
kiriya zeekaan ah vaa gothun baaru hinigadeii vx jahaa nulevunee….
Kale ah eiinu ma ulheyne goii….
Ey manje ge haalu kihineii thr????
Ey bye 👋
Love You So Much 😘😘
Take Care 😊😊
Thanks manjey
Hmm zeekan ge kanthah varah fala dho anhenakah vure
Ey bala eki meehun eki goi vaaney manjey.ma bunan dho kudhinnaa dhimaa nukuraaneyey.(Ehen bunan mashakee maa rangalhu meeheh noon kamah gaboolu kuran)..lol 😂 majaleh ingey.
Hmm mashah ingeyey manje ge goi.
Hmm mihaaru iraadha kurehviyya rangalhu hama. Ey manje ah ingey tha? Mashah 70 vana part ge 7 min liyevijje ehnun.aslu hithah araa miadhu genesdheyn vx.eh dhuvahun ninmaalevuny ma foni kandany ingey. Ekm ma beynun vaa hisaabah nuliyevey thee maadhan genesdheynan in sha Allah. Dhen next part dhigu vaane fudhey varakah. Eii ma hama beynun vee dhigu kohlan.keehve kan ingey ne ingey nexutu partu keema. Dhen manje ah takaa ey vx bunevidhaane..lol 😂
Hmm bye bye
Varah loabi vey ingey
Manje vx take care 😘
masha allah mi part vs vrh reethi
ziikaan ulhey gothun vrh hini aadheyy. image vs kurevey😂
next part thankolheh dhigu kohlaa dhehchey
when next??
next part up kuraane irh inugunyma kanne mirey nidheynii vs
ehaa vs kiyaa hithun miiny next part…
tc ly rifoo
🫶
Thanks aisha
Eii dhen zeekan ge goi hehe
Next part in sha Allah dhigu vaane mi part ah vure..
Next part maadhan kiyaalan libeyne in sha Allah
Hehe dhen next part in sha Allah kiyaalan libey kah maa gina vagutheh nei
Next part Rifoo beynun vaa varah nuliye vey thee nugenesdhevuny miadhu vx.ehen nooni miadhu aslu genesdheynan…
Love you more 😘 and take care 😘
Hey rifoo
Varah Reethi mi part ves
Zeek ah vaa goi dhw.hama hini annany 🤣😂
Varah majaa. Dhen zeek ves nuk ah e varu kuran viyyey
Dhen mihaaru hama inthizaaruga vaguthu gunan feshijje next part kiyaalaa hithun hama.
Kon irakun next part
Curiously waiting for the next part
Love you 😘
Hey nish
Thanks nish.aslu vx dho e varu kuraakah nuvaane dho
Hehe next part mi part ah vure dhigu vaane and next part maadhan kiyaalan libeyne…
Love you more 😘
Varah Reethi mi part ves
Kon irakun next part kiyaalan libeynee
Ehen kudhin buni hen aslu ves varah majaa 😄
Thanks dhoonee.
Next part in sha Allah maadhan kiyaalan libeyne
Hehe dhen thi ah rifoo bunaane vaahaka eh nei ☺️
Varah Reethi Masha Allah and very funny 🤣
Kn irakn nxt part????
Thanks someone
Next part in sha Allah maadhan kiyaalan libeyne
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Nuk and aleeka gulhuvachey
Zeek and mish ves
Aika and aleek gulhuvachey
Lai and rayaan ves
Kobaa my fav couple zaa and kiyaan
They all are made for each other
Haadha curious kohlaafa thi nimaaly
I appreciate your hard work
Your my fav author ❤️
Tc 💖😘
Ly rifoo ❤️😚
Thanks cutie girl
Dhen vaane gotheh balamaa dho
Next part in sha Allah maadhan kiyaalan libeyne
Alhey curious kohlaafa tha ninmaalevuny. Dhen rifoo Akah neyngeyne ehnun dho mihaa hisaabun nimmaalevunyma curious vaane kameh. Eii hama liyamun gos stop kohlevunu hisaabu
Love you more 😘
And take care 😘
ވަރަށް ރީތި މި ޕާޓް ވެސް
Thanks anonymous
Hey Rifoo
Mi part vec varah Reethi Masha Allah
Kon irakun next part?
Curiously waiting for the next
Love you 💙
Hey shaayan
Thanks shaayan
Next part in sha Allah maadhan kiyaalan libeyne
Love you more 😘
Hey Rifoo…
Miadhu ves no comments ingey dhen vaane gothakah.ekm bunan hama heveny.vempire girl ah vaa hinigandu hifehettijje thaa.lau ah e varu ves nuvi 🤣😂.dhen hama hini anna niyyey.varah kiyaalaa hithun indha nimuny ves.
Kon irakun next part kiyaalan libeyny.dhen inthizaaruga vaguthu gunan feshijje mi part kiyaafa ves.but take your time ingey.i know you’ll be buxy.
Love you and take care 😘
Hey lau
No comment kan inge yey thi comment ah balaalaafa vx hehe 😂
In sha Allah next part maadhan kiyaalan libeyne
Love you more 😘