އުމުރަށް ވަކިވީ …..
އަލްބަމުގެ ގަނޑުތައް އުކަމުން ގޮސް ފެނުނު ތަސްވީރަކުން ހުއްޓުންއެރިއެވެ. އެއީ އަހަރެންނާއި އަހަރެންގެ އަލަތު އަނބިމީހާ ނޫރީންގެ އަލަތު ކައިވެނީގެ ރޭ ނަގައިފައިވާ އުފާވެރިކަމުން ފުރިގެންވާ ތަސްވީރެކެވެ. ނަމަވެސް އެ ތަސްވީރު ފެނުމުން އަހަރެން ހިތަށް މިއަދު ލިބެނީވޭނެވެ. އަނިޔާއެވެ. އެ ތަސްވީރުގައި އަހަރެންގެ އަތުގައި ހިފާލައިގެން މަލެއްހެން ފޮޅިފައި،ސާދަވިލޭރޭގެ ހަނދުފަދައިން ފުރިހަމަކަން މަތީ ހުރި ނޫރީންގެ މޫނުގައި އެތަށް ފަހަރަކު ބޮސްދިނީމެވެ. ނަމަވެސް ނޫރީން އެއް ދެނެއް ނާންނާނެއެވެ. ނޫރީންވަނީއަހަރެންނާއި އަބަދުގެ އަބަދަށް ވަކިވެފައެވެ. އެއީވެސް އަހަރެންގެ ކުށް ކަމުގައި އަހަރެން ޤަބޫލު ކުރަމެވެ. އަހަރެންނަށް ނޫރީންއަށް ލޯބިދެވުންނަމައެވެ. ވަގުތު ދެވުންނަމައެވެ. އަޅާލެވުންނަމައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ވަގުތު ފާއިތު ވެއްޖެއެވެ. ނޫރީން އަހަރެންނާއި ވަކި ވެއްޖެއެވެ. ނަމަވެސް ނޫރީންގެ ހަދާންތައް އަހަރެންނާއި އެކު ދެމި އެބަ ހުއްޓެވެ. އެ ހަނދާން ތަކަކީ އަހަރެން ހަޔާތުގެ ބަހާރު މޫސުމެވެ.
އެއީ މީގެ 8 އަހަރު ކުރިއެވެ. އަހަރެންނާއި ނޫރީން އެންމެ ފުރަތަމަ ދިމާވީ އެއް އޮފީހެއްގައި މަސައްކަތްކުރުމުގެ ތެރެއިންނެވެ. ނޫރީންގެ ފުރަތަމަ ފެނިލުމާއި އެކު އެ ފަންމިޔެއް ފަދަ އަންހެން ކުއްޖާ އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. ގޮތް ނޭނގޭ ގޮތްތަކެއް އަހަރެންގެ ބަލކަށި ހިތަށް ވާންފަށާފިއެވެ. އެ ޖާދުގަރެއް ފަދަ އަންހެން ކުއްޖާ އަހަރެންނަށް ޖެއްސީ ކޮންފަދަ ޖާދުލެއްބާއެވެ. ކޮންމެ ދުވަހަކު އެތަށް ވަގުތެއް ނޫރީން ގާތު އަހަރެން ހޭދަކުރަމެވެ. ކުދި ކުދި ބައްދަލުވުންތަކުން ފެށުނު މި ގުޅުން ފަޅާވެ، ނޫރީންގެ ގާތު ކައިވެންޏަށް އެދުނީ އަހަރެންނެވެ. ދެ ފަރާތުގެ އައިލާގެ ރުހުމާއި އެކު އަހަރެމެންގެ ކައިވެނި ކުރެވުނީ ނޫރީންގެ ރުހުމުގައިއެވެ.
ކައިވެންޏަށް ފަހު ނޫރީން ބޭނުންވީ ގޭގައި މަޑުކުރުމަށެވެ. ނޫރީނުގެ އެދުމަށް ދެކޮޅު ހެދުމެއް ނެތި ހުރިހާ ޒިންމާއެއް އަހަރެން ނެގީމެވެ. ނޫރީން މަޑުކުރީ ގޭގައެވެ. އަރާމާއި އުފަލުގައި އަހަރެމެންގެ ޙަޔާތް ވޭތުކުރަމުން ދިޔައީމެވެ. އަހަރެމެންގެ ކައިވެންޏަށް ތިން އަހަރު ވުމާއި ގާތްވެފައި ވަނިކޮށް އަހަރެމެންގެ އަލަތު ދަރިފުޅަށް ނޫރީން ބަލިވެއިނެވެ. އެ ޙަބަރު ލިބުނުދުވަހަކީ ހަޔާތަށް ބަހާރު މޫސުން އައި ދުވަހެވެ. އެހެން ނަމަވެސް އެއީ ކުޑަ ދުވަސް ކޮޅަކަށެވެ.
ދަރިފުޅަށޤ ބަލިވެ އިނުމާއި އެކު ނޫރީން އަށް ބަދަލުތަކެއް އަނަން ފަށައިފިއެވެ. ކެއުމާއި ނުދުމުގައި ގިނަ ވަގުތު ތަކެއް ހޭދަކުރަން ފަށައިފިއެވެ. އަހަރެންގެ ކަންކަމަށް ފަރުވާ ކުޑަ ކުރަން ފެށިއެވެ. ދަރިޔަކު ލިބެން އުޅޭކަން އެނގުމާއި އެކު ނޫރީން އަށް އަންނަން ފެށި ބަދަލުތައް އަހަރެންނަކަށް ކަމަކު ނުދިޔައެވެ. މަޑު މަޑުން އަހަރެންނާއި ނޫރީންގެ ގުޅުން ހީނަރުވާން ފެށިއެވެ.
މި ގޮތުގެ މަތިން ދުވަސްތަށް މަސް ތަކަށް ބަދަލުވަމުން ގޮސް ނޫރީންގެ ބަނޑަށް ހަތް މަސް ފުރުނު އިރު އަހަރެމެން ދެ މީހުންގެ ގުޅުން ހީނަރު ވެފައި ވަނީ ނުހަނު ބޮޑަށެވެ. އެއްރެޔަކު އަހަރެން ނިދާފައި އޮށްވާ ނޫރީން އަހަރެންނަށް ގޮވާ ނެގިއެވެ. ވަރަށް ބޮދަށް މެޔަށް ތަދުވާ ކަމަށްށާއި ދަރިފުޅު ނުތޮޅޭކަމަށް ބުނެ އެދުނީ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށެވެ. ތެދުވާ ހިތް ނެތް ނަމަވެސް އަހަރެން ތެދުވީމެވެ. ނޫރީން ގެވައިގެން ހޮސްޕިޓަލަށް ދިޔައިމެވެ. ހޮސްޕިޓަލަށް ދިޔުމާއި އެކު ނޫރީން އެޑްމިޓް ކުރެވުނެވެ. ވަގުތުން ވަގުތަށް ސިޒޭރިއަން ހެދުމަށް ޑަކުޓަރު ލަފާދިނެވެ. އަހަރެންގެ ދުނިޔެ ހުއްޓުން ކަހަލައެވެ. ނޫރީންއާއި ދަރިފުޅު ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ޑަކުޓަރުންނާއި ނަރުހުން ދިޔައީ ބުނަމުންނެވެ.
އިމަޖެންސީގައި ސިޒޭރިއަން ހެދައި ދަރިފުޅު ނެގި އިރު ދަރިފުޅުގެ ވިންދު ވަރަށް ދަށެވެ. އޭރު ނޫރީން އަށްވެސް އޮތީ އޮކްސިޖެން ގުޅާފައިއެވެ. ދަރިފުޅުގެ ހާލު މާ ބޮޑަށް ދައްވީ ބަނޑުގައި އޮތް އިރު ފޫޅު ދަންޑި ދަރިފުޅުގެ ކަރުގައި އޮޅުމުންނެވެ. ދަރިފުޅާއި ނޫރޫންގެ ހާލުވެސް ވަރަށް ސީރިއަސް ކަމުގައި ޑަކުޓަރު ބުންޏެވެ. ދަރިފުޅު ނެގިތާ ބައި ގަޑި އެއްހާއިރު ފަހުން ނޫރީންއަށް ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އެ މަންޒަރު ބަލާކަށް އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް ނޫރީން އަހަރެންގެ އަތުތެރެއަށް ލުމަށް ހިތް އެދުނެވެ. ނަމަވެސް ދެ ކޮޅު ހެދީ ތަޤުދީރެވެ.
އަވަސް ފަރުވާދޭ ކޮޓަރިން ނިކުމެ ޑަކުޓަރ ދިން ޙަބަރުން އަހަރެންގެ މުޅި ދިރިއުޅުމުގައި ޒަހަރުލީ ފަދައެވެ. އާންއެކެވެ. އަހަރެންގެ ލޯބިވާ އަންހެނުން އަހަރެންނާއި ވަކިވީއެވެ. އުމުރަށެވެ. ނޫރީންގެ ފުރާނަ ނެތް މަސް ގަނޑުގައި ބައްދައިގެން އެނބުރި އައުން އެދި އެތަށް އާދޭހެއް ކުރީމެވެ. އަހަރެމެންގެ ލޯބީގެ ނިޝާން ކަމުގައިވާ އަހަރެމެންގެ ތުއްތު ތުއްތު ދަރިފުޅު ޙައްޤުގައިއެވެ. ނަމަވެސް ކުރާނީ ކީހެއްޔެވެ؟ ނޫރީންއެއް ދެނެއް ނާންނާނެއެވެ.
ނޫރިންގެ ހިޔާލުތަކުން އެނކިބާވެވި ހަމަހޭވެރިކަން އަހަރެންނަށްވީ ނޫރީކް ރޯ އަޑަށެވެ. ނޫރީކް އަކީ އަހަރެންގެ ލޯބިވާ އަންބިމީހާގެ ހަމަ އެކަނި ހަދާނެވެ. އަލްބަމް ލައްޕާލުމަށް ފަހު ނޫރީކް ކައިރިއަށް ގޮސް ނޫރީކް އުރާލާ މަސަލަސް ކޮށްލީމެވެ. ދުވަހަކުވެސް ވިކިވުން ނޭދޭ ހާލު އެ ދަރިފުޅުގެ ގައިގައި ބައްދާލާ ބޮސް ދިނީ ނޫރީންގެ ހަނދާން އާކުރަމުންނެވެ.
(ނިމުނީ)
2 Comments!
Comments are closed.

masha allah vr reethi vaahaka eh
lahba! THANKYOU!!
appreaciate your support