4 އިތުބާރު
“ހޭޔް..” އިޔާންގެ އުޖާލާ ވެފައިވާ މޫނު ހާސްކަމަށް ބަދަލުވީ ޒަޔާން ފުނުމުންނެވެ.
“ޒަޔާން ކީތްކުރަނީ މިތާ..؟” އިޔާން ވަރަށް ހާސް ވެފައި ހުރެ އަހާލިއެވެ.
“ރާޔާ މަ ކައިރީ އަންނަން ބުނީމަ..” ޒަޔާން ހުރީ މޭމަތީ އަތް ހުރަސް ކޮށްލާގެންނެވެ.
“މިދެ ލޯބިވެރިންނަށް ކުޑަ ސްޕޭސް އެށްދީބަލަ..” އިޔާން އެހެންބުނުމާއެކު އަހަރެން އޭނާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ވީއްލައިލީމެވެ. އިޔާން ކޮލުގައި ފިރުމާލަމުން ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.
“އިޔާންތީ މިހާރު މަށަށް އެއްވެސް މީހެއް ނޫން! ކަލޭ ހީތްކުރީތަ މަށަކީ ކަލޭ ބޭނުން ވައްތަރަކަށް ތަޅުވާލެވޭނެ ބުދުގަނޑެކޭ.. މީ އިޔާން ހިތަތް އަރާވަރުގެ މޮޔައެއްނޫނޭ.. މަގޭ އެއްމެ ގާތް އެކުވެރިޔާއާ އެކު މަށަށް ޗީޓް ކުރާކަށް ލަދެއްވެސް ނެތީތަ؟ ޒަޔާން ނުބުނިއްޔާ މަ ކަލޭގެ ޖާދޫގައިޖެހި ކަލޭ ފަހަތުން ނުފިލާ ބޮޑު މޮޔައަކަށް ވާނެކަން ޔަގީން.. މިހިސާބުން އަހަރެމެން މެދުގައި އޮތް ގުޅުން ނިމުނީ..” އަހަރެން ހިތުހުރި އެއްޗެއް އިޔާން އާއި ދިމާއަށް ކީމެވެ. އޭރު އަހަރެންގެ ލޯފުރި ކަރުނަތަށް ފައިބަން ފަށާފިއެވެ.
“ރާޔާ! ރާޔާ ތި ހީތްކުރަނީ ނުބައިކޮށް، ޒަޔާން އެދައްކަނީ ހުސްދޮގުވާހަކަ.. ރާޔާ، މަ މިދައްކާ ވާހަކަ ގަބޫލުކޮށް ބަލަ.. މަ ޝީން އަކާއި ރައްޓެއްސެއްނުވަމޭ..” އިޔާން އަހަރެންގެ އަތުގައި ހިފުމާއެކު ބޭއިހްތިޔާރުގައި އަހަރެންނަށް އެއަތް ފޮޅުވާލެވުނެވެ.
“އިޔާން ތިހަދަނީ ތެދުނަމަ މީ ކޮންކަމެއްތަ..؟” އަހަރެން ފޯނު ނަގައި އެފޮޓޯތަށް ދައްކާލީމެވެ.
“އޯ ގޯޑް، ރާޔާ ތީހުސް ދޮގޭ..” އިޔާން އޭނާގެ އިސްތަށިގަޑަށް ވާންކޮށްލިއެވެ.
“މަގޭ ލޯކުރިމަތީގައި ހުރިހާ ކަމެއްފެންނާރު ވެސް ތިއުޅެނީ ދޮގުހަދާ އޮޅުވާލަންތަ..؟” އަހަރެންގެ ހިތުގައި އިޔާން އާއި ދޭތެރޭ ނަފްރަތުގެ ހުޅުގަނޑެށް އަދަން ފެށިއެވެ.
އިޔާން އަހަރެންގެ އަތުގައި ހިފަން އުޅުމުން ޒަޔާން އެއަތް ދުރުކޮށްލިއެވެ.
“ގަޔަތް އަތް ނުލާ ހުރޭ..” ޒަޔާން ލޯއަޅާ ލިއެވެ.
“ކަލޭ ހުރެބެ ސައިޑް އެއްގަ..” އިޔާން ޒަޔާންގެ ކޮޑުގައި ހިފާ ކޮށްޕާލިއެވެ. އަހަރެން ކުރިން ފަހަރު ޖެހި ވަރަށް ވުރެ ބާރު އެތިފަހަރެއް އިޔާންގެ މޫނުމަތީ ވީއްލައިލާފައި ޒަޔާންގެ އަތުގައި ހިފައިގެން އެތަނުންދާން ހިގައިގަތީމެވެ. މާދުރަށް ނުދެވެނީސް އަހަރެންނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އަހަރެން ބޮލުގައި ބާރަށް ހިފައި ހަޅޭލަވައި ގަތީމެވެ. ގިިސްލަ ގިސްލާފައި މިގޮތަށް ރުއިހަދާނެއް ނުވެއެވެ. ޒަޔާން އަހަރެން ގަޔާކައިރި ކޮށްލީ އަހަރެން ރޯތަން ބަލަން ކުޅަދާނަނުވެގެންނެވެ. ޒަޔާންގެ އަތުތެރޭ ބޭނުން ވަރަކަށް ރުއިފައި އަވަހަށް ގެޔަށްދިއައީމެވެ. އޭރު މަޣްރިބް ނަމާދަށް ބަންގި ގޮވާފިއެވެ.
“ކިހިނެށްވެފަ ތިހިރީ..؟” މަންމަ އަށް އަހަރެންގެ ރަތް ވެފައިވާ ދެލޯފެނި އަހާލެވުނެވެ. އަހަރެންނަށް ރޮވޭޭ ގޮތްވުމުން ދުވެފައި ގެޔަށްވަނީމެވެ. އަހަރެން އެނދުމަތީ އޮވެ ހިތަހަމަ ޖެހޭ ވަރަށް ރުއީމެވެ. އަހަރެން ހިތައް އެރިއެވެ.
“ޝިން ދުވަހަކު ވެސް އަހރެންނަށް ދެރަ ގޮތެއް ވިޔަކަނުދޭނެ.. އެކަމު މިފަހަރު މިހާ ބޮޑު ދޯކާ އެއް އެދިނީ ކީއްވެތަ..؟” އަހަރެންގެ ހިތުގައި އެކުވެރިކަން މިލަފްޒު މުޅިން އެއްކޮށް ފުހެވިގެން ހިގަށްޖެވެ. އަހރެން މިހާރު އެހެން މީހެއް ކުރިމައްޗަށް އަރާ ހިތެއްނުވެއެވެ. އެހެން އޮތްވައި ފޯނަށް މެސެޖް އެއް އައެވެ. މެސެޖް ބަލާވެސް ނުލާ އަހަރެން އިޔާން ހުރިހާ އެއްޗަކުން ބްލޮކް ކޮށްލީމެވެ. ހަމައެފަދައިން ޝީން ވެސް މެއެވެ. އެހެން އޮއްވައި ފުން ނިންޖަކަށް ގެނބުނެވެ.
*ދެދުވަސް ފަހެވެ*
“ރާޔާ.. ރާޔާ..” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ގަޑި ބަލާލިއިރު 6:10 ވެއްޖެވެ. އަވަހަށް ތަށްޔާރު ވެގެން އަހަރެން ސުކޫލަށްދާން ހިގައިގަތީމެވެ.
އަހަރެން ވައުދުވީ މީގެ ދެދުވަސް ކުރިން ހިގައިދިޔަ ކަންތަށް ހަނދާން ނަށްތާލައިފައި ކިޔެވުމަށް “ފޯކަސް” ކުރުމަށެވެ. އާދިތްތަ ދުވަސް ކަމުން މިއަދުގެ އެސެމްބްލީ އޮތީ ހޯލުގައެވެ. އިޔާން ދޭތެރެއަކުން ބަލާލައެވެ. ޝީން ވެސް ހަމަ އެފަދައެވެ. ނަމަވެސް އަހަރެން އަޅާވެސް ނުލަމެވެ.
އިންޓަވަލް ގަޑިކަމުން އަހަރެންވެސް އިނީ ކުޑަދޮރު ކައިރީގައެވެ. އަވިގަދައެވެ. ނަމަވެސް އޭގެ މާބޮޑު އުދަގުލެއްނުވެއެވެ. އާދައިގެ ވަރަކަށް ޖެހެމުންދިޔަ ފިނި ވައިރޯޅިތަށް މޫނުގައި ބީހިލާއިރު ވަރަށްވެސް އަރާމެވެ. ބޭރުގެ ހިތްގައިމު މަންޒަރަށް ގެއްލިފައި އިންދާ ޝީން ގޮވާލި އަޑު އިވުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







mi part vx vrh reethi luving ❤️❤️❤️
keep it up darl!
lyssssm ❤️❤️❤️
Thank you, princess!
Love you too!
masha allah mi part vs reethi
when next?
Thank you!
Inshaallah, varah avahah nikunnaane!
Reethi when’s next?
Thank you!
Maadhan, Inshaaallah!
Mi part vx vrh reethi..
When’s next part??
Thank you!
Maadhan!