އަނދާ ހޫނުން މި ހިތް ހޭލީ ހަނދާނެއްގައި ނުނިދި ހުއްޓާ
ތަދާއެކު ދިން ހަނދާންތަކުގައި އަރާމާ ހޫނުކަން ހުއްޓާ
ޝިކާޔަތަކުން އުފެދި ކުރިލައި ހެދުނު ކުށްހީގެ ވެޔޮގަނޑުތައް
އެކަނިވެރިކަމުގެ މޫ ފެތުރީ ކަލާ އުފުރާ ނުލާ ހުއްޓާ
މިހިތް ރުއްސަން ކަލާ ހެދީހާ ސިހުރުގައި ބަނދެ ގައިދުކޮއްލީ
މި ހިތުގެ ފްރޭމްގައި ތި ފޮޓޯ ލެވުނުކަން ވެސް ނުދެނެ ހުއްޓާ
މިނެއްނެތި ތިޔަ ހިތުން އުތުރުނު އުދާހުގެ ދިލަ ވިލާތަކަކުން
ފެނަށް ބޭނުންވި މިހަޔާތަށް އައީ ވަރޭ ނުދެނެ ހުއްޓާ
ފަތިސް ހަނދުވަރުގެ ޖާދޫގާ ހިތާ ނަފްސާ އޮޔާ ދިޔައީ
ހިތުގެ ކެމެރާގެ ލެންސުތަކުން އެ ހިނދުކޮޅުތައް ބަލަން ހުއްޓާ
ނެތީމޭ މިންޖުވުން އެދިގެން މި ޖަޒްބާތުގެ އިރާކޮޅަކާ
އޮތީ ބެހިގެން އޮޔާދިއުމޭ މި އިހްސާސްތައް ނުނިވި ހުއްޓާ
31/01/3024

