ހަމްނާ އަށް ހިތާ ހިތުން ކިޔާ ލެވުނެއެވެ . އަހަންނަށް ބައްޕަ އެއްގެ ލޯބި ނުލިބުނު ތާ ދޮންބައްޕަ އެއްގެ ލޯބި ވެސް ނުލިބުނީއެވެ . އަހަރެންގެ އުފަން މަންމަ އަހަރެންގެ ދޮންބައްޕަ އާ އެއްކޮޅަ އެ ހުންނނަނީ ކީއްވެގެން ބާ ވައެވެ . މި ސުވާލު ތަކު ގެ ޖަވާބު ހަމްނާ އަށް ބޭނުމެއެވެ .
ހަމްނާ އަށް ކިތައްމެ ދެރައެއް ނުވަތަ ކިތަމެއް ހިތްދަތި ކަމެއް ކުރިމަތި ވިޔަސް . ހަމްނާ އަށް މި ކަންތައް ތައް ބަމަލުން އަންނަނީ ހަމްނާ އަށް އުފާވެރި ކަމެއް އަންނަ ކަމަކަށެއެވެ . ހަމްނާ މޫނު މަތިން ކިތަމެއް ހިނިތުން ވުމެއް ދެއްކި ކަމުގައި ވިޔަސް . ހަމްނާ ތަހައްމަލް ކުރަމުން އަންނަނީ ހިތް ދަތި ކަމާއި ނާމާން ކަމެއެވެ . އެތަކެއް ފަހަރު ހަމްނާ އަށް އެކަނި ރޮވޭ ފަހަރު ވެސް އާދެއެވެ . ނަމަވެސް މި ކަންތައްތަށް ހިއްސާ ކުރާނޭ މީހެއް ނެތް ކަހަލައެވެ .
” ދަރިފުޅާ މިޔޮށް ދަންވަރު ކީއް ތި ކުރަނީ ނުނިދާ އިނދެ . ” ޒައިނަބް ( މަންމަ ) ބުނެލިއެވެ . ހަމްނާ އެއްވެސް އެއްޗެއް ނުބުނެ ހަމްނާ ހިގައި ގަތީ ކޮޓަރި އާ ދިމާ އަށެއެވެ . ހަމްނާ އަށް އެންމެ ރަގަޅު ގޮތަކީ އެއީ ކަމަށް ބަލާފައި ހަމްނާ ކަންތައް ކުރިއެވެ . އެއީ ހަމްނާ މަންމަ ( ޒައިނަބް ) ކުރިމަތީ ޒުވާބެއް ނުކުރުމަށެއެވެ .
ޒައިނަބް ގޮވަ ގޮވާ ހުއްޓައި ހަމްނާ ކޮޓަރީގެ ދޮރު ލެއްޕިއެވެ . އަދި ޖައިލަމް އަށް މެސެޖް ކޮށްލިއެވެ . ސަބަބަކަށް ވަނީ ޖައިލަމް ހޭލައި އުޅޭނެ ކަމަށް ބަލާފައެވެ .
ނަމަވެސް ޖައިލަމް ގެ އެއްވެސް ހަބަރެއް ނުމެއެވެ .
” މި ޖިސްމުގައި ވަނީ ޝީކާޔަތާ ވޭން ތަކެއް ބަދަލް ނުމެއް ނުވާ ، މި އާޝިޤީ ހަނދާން ތަކޭ ، މި ބީވެގެން ދަނީ ، އަތުން މަގޭ ފުރާނަ އޭ ، ފަނާ ، ” ހަމްނާ އަބަދު ވެސް ކިޔަމުން އަންނަ އެއް ލަވައެވެ .
އަބަދުވެސް ހަމްނާ ހިތުގައި އަދި ހަމްނާ ގެ ހިތުގެ ތެރޭގައި ޖައިލަމް ގެ އެތަކެއް ހަނދާން ތަކެއް ވެގެން ދެއެވެ . އަދި ޖައިލަމް ހުންނަ ވަގުތު ހިމާޔަށް ލިބޭ އިހުސާސް ތަކެއް ހަމްނާ އަށް ކުރެވިގެން ދެއެވެ .
ދުވަސް ތައް ފާއިތު ވެގެން ހިގައްޖެއެވެ . ޖައިލަމް ރިސޯޓް އަށް ދާ ދުވަސް ކައިރި ވެއްޖެއެވެ . ޖައިލަމް އަކީ ހަމްނާ މެންނާ އެކު އެއް ކިލާހެއްގައި ކިޔަވަން އުޅުނު ކުއްޖެކެވެ . އޭރު ހަމްނާ އާއި ޖައިލަމް ވާހަކަ ނުދެއްކި ކަމުގައި ވީނަމަ ވެސް އެވެ .
އޭރު ވެސް ޖައިލަމް ހުންނަނީ ހަމްނާ އަށް ހިތް ކިޔާލަ ކިޔާލައެވެ . ނަމަވެސް ތަޤުދީރު ނިޔާ ކުރި ގޮތުން ޖައިލަމް ބަދަލު ވެގެން ދިޔައީ ލަންކާ ކޮޅަށެއެވެ . އެއީ ޖައިލަމް އަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ނިޔަތުގައި އެގޭ އެންމެން ބަދަލު ވެގެން ދިޔައީ އެވެ . އެތަކެއް ދުވަހެއް ލައްކާ ގައި ދިރިއުޅުމަށް ފަހު އުފަން ޤައުމަށް އައީ ދާދި އެހަކަށް ދުވަހު އެވެ ، ބަލާ ބެލުމުން ޖައިލަމް ހީވަނީ ޔޫރަޕް ކުއްޖެއްހެންނެއެވެ .
ފުރުމުގެ ކުރިން ޖައިލަމް ހަމްނާ އާ ދިމާ ކުރުމަށް ހަމްނާ ދިރިއުޅެމުން އަންނަ ގެޔަށް ދިޔައެވެ . ” އައްސަލާމް ” ޖައިލަމް ސަލާމް ގޮވާލިއެވެ . ” ކާކު ؟ ކާކު ހޯދަން .. ކީއްކުރަން އުޅޭ މީހެއް ” އަހައްމަދުފުޅު ރުޅިވެރި ކަމާ އެކު ޖަވާބު ދިނެއެވެ .
” ކޮބާ ހަމްނާ . މިއީ ޖައިލަމް . ހަމްނާ ގެ ރައްޓެއްސެއް . ” ޖައިލަމް ކިޔަމަންތެރި ކަމާއެކު ޖަވާބު ދާރީވިއެވެ . ” ތިހެން ކިޔާ މީހަކު ނޫޅެ . ” އަހައްމަދު ފުޅު ޖަވާބު ދާރީ ވިއެވެ . ޖައިލަމް ، އިސް ޖަހާލުމަށް ފަހު އެ ގެއިން ނިކުމެގެން ދިޔައެވެ .
ޖައިލަމް ޖީބުން ފޯނު ނެގުމަށް ފަހު ހަމްނާ އަށް މެސެޖް އެއް ކޮއްލިއެވެ . މި ދަނީ ހަމްނާ އުޅޭ ގޭ ދޮރުމަތީ ހުރެލާފާ . ކޮންމެ ވެސް ފިރިހެނެއް ދޮރު މައްޗައް އަރާފައި ބުނީ ހަމްނާ އެއް ނޫޅޭ . އެއީ ކާކު ތަ ؟ ޖައިލަމް ޓެކްސްޓް ކުރަމުން ބުނެލިއެވެ .
ޖައިލަމް އެހެން ބުނުމުން ހަމްނާ ފެން ކަޅި ވެއްޖެއެވެ . ސަބަބަކަށް ވަނީ ދޮންބައްޕަ ގެ ކަންތައްތަކާ ހުރެ އެއްވެސް ކަމެއް ނުކުރެވިގެން ދާތީއެވެ . ” ބުނަން ވެސް ބުނި މިގޭ ކައިރި އަށް ނާންނަޗޭ ވެސް ” ޖައިލަމް ހަމްނާ އަށް ޓެކްސްޓް ކޮއްލަމުން ބުނެލިއެވެ . ޖައިލަމް ވާހަކަ ދެއްކި ގޮތުން ޖައިލަމް ހިތް ހަމަ ނުޖެހިފައި ކަން ހަމްނާ އަށް އިގިއްޖެއެވެ . އަދި ދޮންބައްޕަ ޖައިލަމް އާ ދޭތެރޭ ކަން ކުރި ގޮތުން ދެރަ ވެސް ވިޔެއެވެ . އެކަމަކު މިކަންތައް ހިއްސާ ކުރާނޭ މީހަކު ނެތް ކަހަލައެވެ . އުފަން މަންމަ ވެސް އަބަދު ވެސް ހުންނަނީ ދޮންބައްޕަ އާ އެއް ކޮޅަކަން އެގި ހުރެއެވެ .
ނުނިމޭ

