Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ވަކިވެދިޔަ އެކުވެރިޔާ

Aysherr Level 1100 Login10 Stories
February 23, 2025 3 Mins Read
0 Comments

މުޅި ކާއިނާތުގައި ވަނީ ހަމަހިމޭންކަމެވެ.ޖައްވުގައި ވަނީ ތެތް، ފިނިކަމެވެ. އެހެންނަމަވެސް އެ ހަމަހިމޭންކަމަކުން، ޖައްވުގެ ތެތް ފިނިކަމަކުން އަހަރެންގެ ހިތަކަށް އަރާމެއް ނުލިބެއެވެ.އަތިރިމަތީގައި އެލުވާފައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި އިށީނދެ އިން އަހަރެންގެ ހިޔާލުތައް ގުޅިފައި ވަނީ މީގެ އަހަރެއްވަރު ކުރީގެ ހަނދާނަކާއެވެ.

އަހަރެންނާއި ޔާނިއު އަކީ އެއް ކުލާހުގައި ކިޔަވަމުން ދިޔަ ދެކުދިންނެވެ.އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަރެންނާއި ޔާނިއު އުޅުނީ އެއް ކުލާހެއްގައެވެ.ނަމަވެސް އޭރު ކުލާސް ކުއްޖެއްގެ ދެމެދުގައިވާ ގުޅުން ނޫން އިތުރު ގުޅުމެއް އަހަރެމެން ދެމީހުން ދެމެދުގައެއް ނޯވެއެވެ.ކުލާސް ކަންކަމުގައި ނޫނީ ވާހަކަ އެއް ނުދައްކަމެވެ.

ގުރޭޑް ނުވަކަށް ގޮސް ސްޓްރީމް ނެގި ހިސާބުން އަހަރެމެން ދެމީހުންގެ މެދުގައި ރަނގަޅު ގުޅުމެއް އުފެދުނެވެ.ސަބަބަކަށް ވީ އެ ސްޓްރީމް ކިޔަވަން ތިބީ އަހަރެމެން ދެމީހުން އެކަނިން ކަމަށް ވުމެވެ.ކުލާހަކީ ކުދިން މަދު ކުލާހެއް ކަމުން ސްޓްރީމެއްގައި ތިބީ އެންމެ ދެތިން ކުދިންނެވެ.

އޭގެ ފަހުން ކިޔެވުމުގައި ގިނަ ވަގުތުތައް އަހަރެމެން ހޭދަކުރީ އެކީގައެވެ.ސުކޫލަށް ދިއުމާއި ގެއަށް އައުމުގެ އިތުރުން ހަވީރު ހިނގާލަން ދާއިރު ވެސް ދެމީހުން އެކީ ދިއުން އާދައަކަށް ވެއްޖެއެވެ.އަހަރެމެން ދެމީހުންގެ ގުޅުމާއި މެގު ހިތްހަމަ ނުޖެހުން ފާޅު ކުރާ ބަޔަކުވެސް ރަށުގައި އުޅުނެވެ.އެ މީހުން ތިބޭނީ ކިޔާނެ ވާހަކަ އެއް ނުލިބިފައެވެ. މީހުން ދިރި އުޅޭ ރަށެއްގައި ވިއްޔާ އެބައި ވެސް އޮންނާނެތާ އެވެ.އަހަރުމެން ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭ ކިޔައިގެން ވެސް ވާހަކަ އެއް ރަށު ތެރޭގައި ފެތުރިއެވެ.

އެއިން އެއްވެސް ކަމަކާ އަހަރެންއެއް އަޅައެއް ނުލަމެވެ.އެއްޗެއް ބުނެފިއްޔާ ގޯސް ވާނީ އެ އެއްޗެއް ބުނާ މީހާއެވެ.ކޮންމެ އަކަސް އެއް އަހަރު އެއްކޮން ނިމުނު އިރު އަހަރެމެން ދެމީހުންގެ ދެމެދުގައި ވަނީ ވަކި ނުކުރެވޭނޭ ފަދަ ވަރުގަދަ ގުޅުމެއް އުފެދިފައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުގެ ބޮޑު ޗުއްޓީ ދުވަސް ވަރެވެ.ރަށަށް ހީވަނީ ދެޢީދު އެއްފަހަރާ އައިސްގެން އުޅޭ ހެންނެވެ.ސްކޫލު ބޮޑު ބަންދާ ދިމާކޮށް އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިރަށުގައި ހޯސްޓް ކުރަން ހަމަޖެހިފައި ވުމާއިއެކު ރަށް އޮތީ ފުރިފައެވެ.އެކި އަތޮޅު އަތޮޅުގެ މީހުންވެސް މެޗުތައް ބެލުމަށް ޓަކައި މި ރަށަށް އައިސްގެން އުޅެއެވެ.

އެކި ކުލަކުލައިގެ ބޮކި ތަކުން ރަށުތެރެ ޒީނަތްތެރި ކުރެވިފައިވީ އިރު ރަށުގެ މަގުތަކުން ފެންނަން އޮތީ ސާފުޠާހިރު ކަމެވެ.

އަހަރެން ތައްޔާރު ވަމުން ދިޔައީ މިރޭ ކުޅެން ހަމަޖެހިފައިވާ މެޗު ބަލަން ދާށެވެ.މިރަށު ޓީމްކުޅެން ހަމަޖެހިފައި ވުމާއި އެކު ރަށު ޓީމަށް ތަރުހީބު ދިނުމަށްޓަކައި ރަށުގެ ރައްޔިތުން ދަނޑު ކައިރިއަށް ދިއުމަށް ވަނީ ދަޢުވަތު ދީފައެވެ.

އަޅާފައި ހުރި ޝޯލް އަށް އެންމެ ފަހު ޕިން ޖަހާލަމުން ޔާނިއު އަށް މެސެޖެއް ކޮށްލީމެވެ.އެހެންޏާ އަހަރެން މެސެޖެއް ކޮއްލާއިރަށް ވަގުތުން ރިޕްލައި ދޭ ޔާނިއު ގެ ހަބަރެއް ފަސް މިނެޓް ފާއިތުވެގެން ދިޔައިރު ވެސް ނުވިއެވެ.ގުޅަން އުޅެ އުޅެ ފޯނަކަށް ނުވެސް ގުޅެއެވެ.އެންމެ ފަހުންވެސް ޔާނިއު ބުނެފައި ވަނީ ރެޑީ ވެގެން ގުޅުމަށެވެ.މީން އިރަކު އޮންލައިން ވެފައެއް ވެސް ނެތެވެ.

މާ ބޮޑު ކަމަކަށް ނުހަދާ އަހަރެންގެ ދައްތަ މެންނާއި އެކު އެރޭ މެޗު ބަލަން ދިޔައިމެވެ.އެންމެން މަޖާ ނެގިއިރު ވެސް އަހަރެން ހުރީ ނެގިމަޑު ވެފައެވެ.ހިތުގައި ވަނީ ފާޑެއްގެ ބިރުވެރި ކަމެއް އުފެދިފައެވެ.ކަމެއް ވާން އުޅޭހެން އަހަރެންނަށް ހީވަނީއެވެ. ޔާނިއު ކޮބާބާއެވެ. ކަމަކާ ބިޒީ ވިއަސް އެންމެ ކުޑަމިނުން މެސެޖެއް ކޮއްލާފަ ބުނަން ރަނގަޅެއް ނޫން ހެއްޔެވެ.

އެރޭ ކުޅެން ހަމަޖެހިފައި ހުރި މެޗުތައް ނިމުމުން އަހަރެން ގެއަށް އައި އިރުވެސް ޔާނިއުގެ ހަބަރެއް ނުލިބެއެވެ. އަނެއްކާ ޔާނިއުއަށް ކަމެއް ވީ ބާއެވެ. މާޔޫސްވެ ހިތް ނުތަނަވަސް ވެފައި ހުރި އަހަރެންގެ ހިތަށް އިތުރު ބިރުވެރިކަމެއް ވަނީ ކުއްލިއަކަށް ރިންގުވާން ފެށި އަހަރެންގެ ފޯނުގެ ސްކްރީންއަށް އަރާފައި އިން ނުދަންނަ ނަމްބަރު ފެނުމުންނެވެ.

ހަޔާތުގައި ކުރިއަށް ނަގާފައި އޮތް ކަޅުބޯ ވިލާގަނޑުގެ ހިލަމެއް ނުވާ ހާލު އަހަރެން އެފޯނުކޯލަށް ޖަވާބު ދިނީމެވެ.އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ޔާނިއު އެކްސިޑެންޓެއްވެ އިމަޖެންސީގައި މާލެ ގެނެސްފިކަމާއި ހާލު ވަރަށް ސީރިއަސްވެ ޔާނިއުގެ ސިކުނޑިއަށް ލޭއެޅިފައި ހުރުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރެވެނޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ބުންޏެވެ.

އޭގެ ދެދުވަސް ފަހުން އަހަރެންނަށް ލިބުނީ ޔާނިއު ނިޔާވި ޚަބަރެވެ.ކިތަންމެ ދެރަވީ ނަމަވެސް އަހަރެންނަށް ކުރެވޭނެ ކަމެއް ނެތެވެ. އެންމެ ފަހުވަގުތު ޔާނިއުގެ މޫނު ދެކިލުމުގެ ފުރުޞަތެއް ވެސް އަހަރެންނަކަށް  ނުލިބުނެވެ. ވަކިވެ ދިޔައީ ވަފާތެރި އެކުވެރިއެކެވެ.މީހުންގެ އިޙްތިރާމާއި ލޯބި ލިބިފައި ހުރި އަހްލާޤު ރަނގަޅު ހިތްހެޔޮ އެކުވެރިއެކެވެ.

އަހަރެންގެ ހަނދާނުގައި އިތުރު ޞަފްހާ އެއް ލިޔެވިފައި ވަކިވެގެން ދިޔައީއެވެ.ހަނދާނުން ނުފިލާނެ ދުވަސްތަކެއް އަހަރެން ޔާނިއު އާއި އެކީ ހޭދަހުރީމެވެ. ލިބުނު ހިތާމައިން އަރައި ނުގަނެވި އުޅެނިކޮން ސްކޫލުތައް ވެސް ހުޅުވިއްޖެއެވެ.އެ މާހައުލުގައި ވެސް އަހަރެންނަށް އިޙްސާސް ކުރެވެމުންދިޔައީ އެކަނިވެރި ކަމެވެ.އައު އަހަރަކާއި އެކު އައު ގްރޭޑެއް ފަށަން މިޖެހުނީ ޔާނިއުގެ ހަނދާން ތަކާއި އެކުއެވެ.

ޔާނިއު ވަކިވެ ދިޔަތާ އަހަރެއް ވީ އިރު ފަތިސް ނަމާދަށް ފަހު އަތިރިމައްޗަށް ދިއުމަކީ އަހަރެންގެ އާދައަކަށް ވެއްޖެއެވެ.ޔާނިއުގެ ދުނިޔޭގައި އަހަރެމެން ދެމީހުން އެންމެ ގިނައިން ބައްދަލު ކޮށް އުޅުނީ އަތިރިމަތީ ބޮޑު ފަސްގަނޑުންނެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދިއުމުގެ ކުރިން އަހަރެމެން ދެމީހުން އެންމެ ފުރަތަމަ ބައްދަލުވާނީ އަތިރިމަތިންނެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އަހަރެން އައިސް އަތިރިމަތީ މި އިނީ ޔާނިއުގެ ހަނދާންތައް އާކުރުމުގައެވެ. ސްކޫލަށް ދާ ގަޑި ޖެހެން ކައިރި ވެއްޖެކަން އަންގާލުމުގެ ގޮތުން ފޯނަށް އައި ނޮޓިފިކޭޝަނާއި އެކު އަހަރެން މިސްރާބު ޖެހީ ގެއާއި ދިމާއަށް ދިއުމަށެވެ. ޔާނިއުގެ ހަނދާންތައް އަހަރެންގެ ހިތުގައި ވަނީ ކަނޑާ ބިންވަޅު ނެގިފައެވެ.އެ ހަނދާންތައް ދުވަހަކުވެސް މި ހިތަކުން ނުފޮހެވޭނެއެވެ.

( ނިމުނީ )

 

 

Share Article

Follow Me Written By

Aysherr

Level 1100 Login10 Stories

Other Articles

Previous

ފަންވަރު 10

Next

ކީމޭ އަލްވަދާޢު (ދެވަނަ ބައި)

Next
February 23, 2025

ކީމޭ އަލްވަދާޢު (ދެވަނަ ބައި)

Previews
February 23, 2025

ފަންވަރު 10



All Right Reserved!