އެދަތުރު
ނިދިފައި އޮތް މިޝްކާއައް ހޭލެވުނީ ކާރީގައި އޮތް ހަޔާ ގޮވި އަޑަށެވެ. އޭރު އިރު އަރައިފިއެވެ. ރޭގައި ދަތުރު ދާން ކަންކަން ހަމަ ޖެއްސުމަށްޓަކައި ހަޔާއާއި އެކު އުޅެފައި މިޝްކާ ނިދީ އެގޭގައެވެ. ” ދަތުރު ނުދަނީތަ ދެން ތެދުވޭ ” ހަޔާ މިޝްކާ ގާގައި ކުޑަކޮން ޖަހާލިއެވެ. މިޝްކާވެސް އަވަހައް ތެދުވެ ފޯނު ހުޅުވާލައި ސްނެޕެއް ކޮށްލިއެވެ.
ހަޔާއަކީ މިޝްކާގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. ހަޔާ ރަށަށް އައީ ވަރަށް ގިނަ ދުވަސް ކޮށްލާފައެވެ. އެހެންކަމުން މަޖާކޮށްލުމަށްޓަކައި ހަޔާ އާއި ހަޔާގެ އާއިލާއިން ދަތުރު ރޭވިއެވެ. ހަޔާގެ އާއިލާއަކީ މިޝްކާގެ އާއިލާ އާއި ތިމާގެ ބައެކެވެ. ހަޔާގެ ބައްޕަ ގެ އަންހެނުން , ހަޔާގެ ދޮންމަންމައަކީ މިޝްކާގެ ދެބެންގެދެދަރި ދައްތައެކެވެ. އެއީ މިޝްކާގެ ތިއްތަ ޝިރާނީއެވެ. ދަތުރުގައި ބައިވެރި ވަނީ މިޝްކާއާއި ހަޔާއާއި ހަޔާގެ ބައްޕަ ނަސީރު އާއި ޝިރާނީގެ އިތުރުން ހަޔާގެ ދެ ކޮއްކޮ ލައުރާ އާއި ކައިޝް އަދި ޝިރާނީގެ އެންމެ ގާތް އެކުވެރިޔާ ޔާނާއެވެ. ދަތުރުދާން ބަނދަރަށް ދާން ނިކުތް އިރު ގަޑިން ހަގަޑި ބައިވަނީއެވެ. ދިޔަ މަގުމަތީގައި މިޝްކާއާއި ހަޔާ ދިޔައީ ޒާތްޒާތުގެ ނަފްސީ ނަގައި ސްނެޕް ކުރަމުންނެވެ. ” ލަައު އާދެބާ ސެލްފީއެއް ނަގަން ” މިޝްކާ އެހެން ބުނުމުން ލައުރާ ވެސް މަޖާވެފައި ބާވެރިވިއެވެ. އެންމެން އައިސް ހަމަ ވުމުން ދަތުރު ދާން ނައްޓަލިއެވެ. ދުވަހަކީ ދަތުރު ދިއުމަށް އެހާ ރަނގަޅު ދުވަހެކޭ އުޑުމައްޗައް ބަލާލާފައި އެކަކުވެސް ނުބުނާނެއެވެ. ނަމަވެސް އެހާވަރުން ރާވާފައި ކެންސަލް ކޮށްލާކަށް އެކަކުވެސް ބޭނުމެއްނުވިއެވެ. ރަށަށް ނުދެވެނީސް މެދުތެރެއިން ހޯސްލާފައި ބޯކޮށް ވާރޭ ވެހެން ފެށިއެވެ. މިޝްކާ އަވަސްވެގަތީ ފޯނު ދަބަހައް ލުމަށެވެ. ވާރޭ ތިކިތައް ހަމަލާ ދެމުންގޮސް އެންމެން ތެމިއްޖެއެވެ. މިޝްކާ ބޮޑު ދިގު އަބާޔާއެއްގައި ހުއްޓަސް އެންމެ އަވަހައް ތުރުތުރު އަޅަން ފެށީ އޭނާއެވެ. ލައުރާއައް އެރި ފޯރި މާ ބޮޑެވެ. މިޝްކާ ފެނިފައި ހީ ހީ ވަރުބަލި ވާ ވަރު ވިއެވެ. ހަޔަވެސް މަޖާވެގެން މިޝްކާއާއި ދިމާކުރިއެވެ. ތުރުތުރު އަޅައަޅާ ހުރި މިޝްކައައްވެސް ހެވުނެވެ.
ދަތުރު ދާން ހަމަޖެހިފައިވާ ރަށަށް ލެފުމައިއެކު އެންމެންވެގެން ގެނައި ސާމާނު ބާލައި ރަށަށް އެރުވިއެވެ. އެއައްފަހު ހިޔާވާނެހެން ސަތަރިގަނޑަކުން ކުޑަވަރެއްގެ ޓެންޓެއްކަހަލަ ތަންކޮޅެއް ހެދިއެވެ. ޝިރާނީއާއި ޔާނާ ހެނދުނުގެ ސައި ހެދުމަށް އުޅުނެވެ. މިޝްކާއާއި ހަޔާ ހިނގައިގަތީ މެންދުރަށް ކެއްކުމަށްޓަކައި ދަރު ހޯދުމަށެވެ. ދަރު ހޮވުމަކީ އުޒުރެކޭ ބުންޏަސް ރަނގަޅު ވާނެއެވެ. ދެމިހުން ރަށުގެ އެތަންމިތަނުގައި ސްނެޕް ފޮޓޯ ޝޫޓެއްގައި އުޅުނުކަހަލައެވެ. ނަމަވެސް ޑޭޓާ ނެތުމުން ސްނެޕް ކުރެވޭނީ ފަހުންކަން އިނގުނެވެ. އެހެނަސް ފޮޓޯ ޝޫޓް ދިޔައީ ކުރިއަށެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެއެވެ. ” އޭ ލަވައެއް ޖަހާބަލަ ” ހަޔާ އެދުނެވެ. ” ނެތޭ އަހަރެން އަތަކު ހަޔާ ތި ބޭނުންވާ ކަހަލަ ލަވައެއް ” މިޝްކާ މިހެން ބުނުމުން އޯކޭއޭ ކިޔާ ހަޔާ އޭނާގެ ފޯނުން ލަވަ ޖެހިއެވެ. އެގޮތުގައި ދެކުދިން ސަކަރާތް ޖަހަމުން ވަގުތު ކޮޅެެއް ހޭދަކޮށްލިއެވެ. މިޝްކާމެން އެނބުރި ދިޔައިރު ސައި ހުރި ތައްޔާރުވެފައެވެ. ސޭންޑްވިޗްއާއި ކޮފީ ބޮއެ އެންމެން މީރުކޮށް ސައިބޮއެ ނިންމާލިއެވެ. އޭރު ދިހައެއް ޖަހަން އުޅެއެވެ. މިޝްކާއާއި ހަޔާ ކޮއްކޮމެން ގޮވައިގެން މޫދުކާރީ ހިޔަލެއްގައި ޖައްސާލިއެވެ. އެކުގައި ކައިޝް އާއި ލައުރާ ގެނެސް ވެލިގަނޑުގައި ބެހެއްޓިއެވެ. ” ރީތިކޮށް އިނދޭ އިނގޭ މާމެއިޑު ހަދަންދެން” ދެކުދިންވެގެން ކޮއްކޮމެން ފޫހިފިލުވުމުގައި އުޅުނެވެ. އެއަށް ފަހު ގެނައި ލުއި ކާނާތަށް ހުސް ކުރުމުގައި އުޅުނެވެ. އެގޮތުގައި ވަގުތު ހިނގަމުން ގޮސް މެންދުރުވިއެވެ. މެންދުރު ކެއުމަށް އަތުރާފައި އޮތް ތަށިތަކަށް ބަލާލުމުން އެންމެ ކެއުމާއިދުރު މިޝްކާވެސް ކުޅުދިޔާވިއެވެ. ނަމަވެސް އޭގެކުރިން އެމަންޒަރުވެސް ފޯނުގައި ރައްކާކުރިއެވެ. ނިރުފަތްތަކުގެ މަތީގައި ތެލި ތަށިތަކުގައި ބަތާއި ނޫޑުލީހާއި ފިހުނު ކުކުޅާއި ސޮސަޖު އަދި ކޯކާއި ޖުސް ހުއްޓެވެ. ” ސާބަހޭ ނަގާފަ ބަހައްޓާތި ” މިޝްކާއާއި ހަޔާގެ ފޮޓޯ ސެޝަން ފެނިފައި ޝިރާނީ އާއި ޔާނާ ބޯ ގޮވާ ވަރު ވިއެވެ. އެންމެން މަޖާ ވާހަކަތަކުގައިތިބެ ކެއުން ނިންމާލިއިރު އުޑުމަތި ކުޑަކޮށް އަލިވިއެވެ. ކައިނިމުމުން އެންމެން ތަށިތަކާއި އެއްޗިހި ދޮވެ ގެނާ އެއްޗިހިތައް އަނބުރަ ދަބަސް ތަކާއި ފޮށިތަކަށް ލިއެވެ. އެއައްފަހު މޫދަށް އެރެން ދިޔައެވެ.
މިޝްކާއައް ފަތަން ނޭންގުނަސް އޭނަ އެ ދަތުރު އައި އެންމެ ބޮޑު އެއްކަމަކީ މޫދަށް އެރުމެވެ. މޫދުގައި އެންމެން މަޖާނަގަމުން ދިޔައިރު ތުނިކޮށް ވާރޭ ވެހެން ފެށިއެވެ. ” އަޅެ މަޑުކޮށްބަލަ އަހަރެން ގޮވާގެން ދޭބަލަ ” މިޝްކާ އާ ދުރަށް އެންމެން ފީނައިގަތުމުން ބުނެލިއެވެ. މިޝްކާ އަކީ ދިގު ކުއްޖަކަށް ވުމުން ތަންކޮޅެއް ދުރަށް ދެވެއެވެ. އެންމެން އެކުގައި މަޖަލުގައި މޫދުގައި ކުޅުމާއި ފެތުމުގައި އުޅެފައި ދިޔަވަރު ބޮޑުވާން ފެށުމުން މޫދުން އަރައި ފުރަން ތައްޔާރުވިއެވެ. ސަބަބަކީ ދިޔަވަރު ހިކިފައި އޮންނަ ވަގުތު ޑިންގީ ފަޅުތެރޭގައި ދުއްވަން އުނދަގޫވެ ނެރެން ދަތިވާނެތީއެވެ. ހުރިހާއެއްޗެއް އަރުވައި އެންމެން އެރުމުން ނަސީރު ޑިންގީ ދުއްވާލިއެވެ.
ފަޅުތެރެއިން ރަނގަޅައް ނުދެވެނީސް ވާރޭ އިހުނަށްވުރެ ބޯކޮށްލިއެވެ. ދިންގީ ކަނޑަށް ނިކުތެވެ. އެހެން މީހުން ބިރުގަންނާނެކަން ނަސީރަށް އިނގުނަސް އެއީ އެންމެ ފަސޭހައިން އަވަހައް ދެވޭނެ ގޮތް ކަމަށް ވުމުންނެވެ. ކަނޑު ރުޅިގަދަވެފައިވާކަހަލައެވެ. ޑިންގީ ދިޔައީ ބަންޑުން ޖަހާލާނެހާ ވަރަށް ރާޅު ބޮޑުކަމުން ތަޅުވަމުންނެވެ. ލައުރާއާއި ކައިޝް އޮތީ ޔާނާ ގާގައި އޮޅުލާގަނެގެންނެވެ. ކުޑަ ދެކުދިން ނުރޮއެ އެގޮތަށް ތިބިކަން ހަމަ ނަސީބެކެވެ. ޝިރާނީ އިނީ ފަހަތުގައެވެ. ޝިރާނީއަކީ ބިރުކުޑަ ކަނޑަށް ގަދަ މީހެކެވެ. ނަމަވެސް އޭނާގެ މޫނުތިން ވެސް ފެންނަނީ ހާސްކަމެވެ. ހަޔާގެ ހާލަކީ ކޮބައިތޯއެވެ. މިޝްކާގެ އެއްފާގައި ހިފާގެން އޮވެ ބިރުން ރޮނީއެވެ. ” ބައްޕާ އަޅެ ފަޅުތެރެއިން ދިޔަނަމަ ވަރަށް ބިރުގަނޭ ” ހަޔާ ބިރުން އިނދެ ރޮމުން ކިއެވެ. މިކަމުން ނަސީރު އިތުރަށް ހާސްވެގެން ދިޔައެވެ. މިޝްކާ އިނީ އިންތިހާއައް ބިރުންނެވެ. ނަމަވެސް ކެއްތެރިކަމާއެކު މަޑުން އިނެވެ. މައްސަލައަކ ކޮންމެ ރާޅެއް ޖަހާލާ ފަހަރު ޑިންގީގެ އިން ހަރު ތަންކޮޅެއްގައި މިޝްކާގެ ބުރަކަށި ޓަސްލާފައި ޖެހެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ހިމޭނުން އިނެވެ. ރޮމުން ދިޔަ ހަޔާ އައް ހިއްވަރު ދެމުން އަމިއްލަ ބިރުވެރިކަން އެއްފަރާތް ކޮށްގެން ވަމުން ދިޔަ ތަދަށްވެސް ކެއްކޮށްގެން މިޝްކާ އިނެވެ. އިރުކޮޅެއް ފަހުން ކުއްލިއަކައް ބިންދާލި ރާޅުން މުޅި ދިންގީއައް ލޮޅުން އަރައި އެންމެން ތެންމާލައި ޑިންގީ ލޮނުން ފުރުނެވެ. ހަޔާގެ ވަކިން އަޑު ބާރުވިއެވެ. އެހިސާބުން މިޝްކާ ހިތަށް އެރިއެވެ. ދެން އަހަރުމެންގެ ދުވަސް މި ދިޔައީ ބާއެވެ. ދެން ސަލާމަތް ވެދާނެ ހެއްޔެވެ. މިފަދަ ބިރުވެރިކަމެއްގައި ހިތާއި ހިތުން ދުއާ ކޮށްލައި އޭނާ އިނެވެ. ބިރުގަނެފައި އިން އެންމެންގެ އުންމީދު އާ ވީ ރަށުގެ މަލަމަތި ފެންނަން ފެށުމުންނެވެ. މިޝްކާ ހެއްދެވި ފަރާތައް ހަމްދުކުރިއެވެ. އިރާދަފުޅުން އެ ބިރުވެރިކަމުން ސަލާމަތްވެ ރަށަށް އާދެވުނެވެ.
މި ދަތުރަކީ ހަޔާތުގައިވެސް މިޝްކާ ދުށް އެންމެ ބިރުވެރި ދަތުރު އަދި އެންމެން ބިރުވެރި އެއް ތަޖުރިބާއެވެ. ދެން ދުވަހަކުވެސް މޫސުން ގޯސް ދުވަހެއްގައި ދަތުރު ނުދާން އޭނާ އަމިއްލަ ނަފްސަށް ވައުދުވިއެވެ. ” ހަޔާ މަ ވާ ސަލާން އަހަންނެއް ދެނެއް މިކަހަލަ ދަތުރެއް ނުދާނަން ” ބިރުގަނެ ރޮވިފައި އިން ހަޔާ މިޝްކާ މިހެން ބުނެލި އަޑަށް ހިނިގަނޑު ފަޅާގެން ދިޔައެވެ. އެންމެން ﷲ އަށް ހަމްދުކޮށް ރަށަށް އަރައި ހިނގައިގަތެވެ.
3 Comments!
Comments are closed.

Allahumma Barik… vaahaka varah reethi… furathama hiikurii biruveri vaahaka eh kamah.. nimun v majaa… hihi
Varah riithi vaahakaeh… Allahumma Barik! Furathama hiivi biruveri vaahaka ekey , dhn hiivi adventurous vaahaka ekey …. Ekm pic in kmmx varakah dheyhavii it’s something about the rough sea….
Fahubai v majaa…hehe
Anyways…. Dhevana vaahaka akah ves inthizaaru kuran….
💕
Thank u so much for reading my stories and ur comments Insha Allah will right soon again ❤️❤️❤️🥰🥰