ކޮންމެ މީހަކު ވެސް އެމީހަކު އެންމެ ކަމުދާ މީހަކު ހޯދުމަށް އެތަކެއް މަސައްކަތެއް ކުރަމުން ގެންދެއެވެ . އަދި އެ މީހަކު ލޯ މަތިން ގެއްލި ނުދިޔުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ގެންދެއެވެ . އެކި މަސައްކަތް ކުރަމުން ގެންދެއެވެ . ނަމަވެސް ބައެއް ފަހަރު އެ މީހަކު ގެއްލިގެން ދެއެވެ .
ބައެއް ފަހަރު އެންމެ ލޯބިވާ މީހާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު އެތަކެއް ވޭނެއް ތަހައްމަލު ކުރަން ޖެހެއެވެ . ސަބަބަކަށް ވަނީ ބައެއް ފަހަރު ކަށީ ކުބުރު ބޯ ޖައްގައްޔެއް ގެ ތެރޭގައި އުޅެން ޖެހިދެއެވެ .
ދަންވަރު ގެ ހަމަ ހިމޭން ވަގުތެއެވެ . ގަޑިން 3:29 މިނެޓް ހިގާފިއެވެ . މަގު ބައްތީގެ އަލިކަން ފިޔަވާ އިތުރު އެއްވެސް އަލި ކަމެއް ނެތެއެވެ . ހަނދު އޭގެ ވާޖިބު އަދާކުރުމުގެ ގޮތުން އޮއްސެއް ކައިރިވެއްޖެއެވެ .
ރޭގަނޑު އަހަރުމެންނަށް ނުފެންނަ ސޫފީގެ އަޑު ނޫން އިތުރު އަޑެއް ނުމެ އިވެއެވެ . ނަމަވެސް މާ ދުރު ނޫން ހިސާބެއްގައި ކޮޓަރިއެއްގެ ފަޑު އަލި ކަމެއް ފެންނަ ކަހަލައެވެ . އަދި އެ ކޮޓަރީގެ މަޑު މަޑު މިޔުޒިކް އެއް ކަހަލަ އަޑެއް ހުރި ކަހަލައެވެ .އަދި އަލި ކަމުން ފެނިގެން ދަނީ އެ ކޮޓަރީގައި މީހަކު ނުނިދާ ހޭލައި އުޅޭ ކަމުގެ ސިގްނަލް އެކެވެ .
އެ ކޮޓަރީގެ ހަމަ ހިމޭން ކަން ފިލުވާލަމުން ގެންދާ އެއް ލަވަ އަކީ ” އޯ ލޯބިވީމާ ހިތް މިނަން މޭގައި ލެއިން ލިޔެލަން ، ވަނީ ޒަހަމޭ ފިލާ ނުމެވާ ، ނެތޭ މި ހަށީގައި ދިރުމޭ ދެން ” މިލަވައެވެ .
އެ ކޮޓަރީގެ ބެލްކަނީގައި އެ ހުރީ ޒުވާން ފުރާގެ އަންހެން ކުއްޖެކެވެ . އުމުރުން ގާތް ގަޑަކަށް 24 އަކަށް އަހަރަށް ދާ ޒުވާން އަންހެން ކުއްޖެކެވެ . އާދެ ! އެ އަންހެން ކުއްޖަކީ ހަމްނާ އެވެ . ހަމްނާ އަކީ އުފާވެރި ދިރިއުޅުމެއްގައި އުޅެފައި ވާ ޒުވާން އަންހެން ކުއްޖެކެވެ . ނަމަވެސް ދުވަސްތައް ބަދަލު ވެ ދިރިއުޅުމަށް އައެވެ .
ހަމްނާ އަކީ ރީތި އަންހެން ކުއްޖެކެވެ . ލޯ ހީވަނީ އަރަބި ކުއްޖެއްގެ ލޯ ހެންނެއެވެ . ފަން އިސްތަށިގަނޑެއް ލިބިފައި ވާ ޒުވާނެކެވެ . ހަށިގަނޑު ލޫޅާފަތި ޒުވާނެކެވެ . ހަމްނާ އެއްބަނޑު އެއްބަފާ ކުއްޖެ ނުހުރެއެވެ . އުމުރުން 3 އަހަރު ހަމްނާ ގެ ބައްޕަ ވަނީ މި ދުނިޔެ އާ އަލްވަދާއު ކިޔާފައެވެ . ހަމްނާ ގެ މަންމަ އެހެން މީހަކާ އިނެއެވެ . ދޮންބައްޕަ އެއްގެ ލޮއިއްބެއް ނުލިބެއެވެ . ސްކޫލް ދުވަސް ވަރު ހަމްނާ ސްކޫލް އަށް ވެސް ދަނީ މަދު ދުވަހެއްގައެވެ . ނުދާ ދުވަސް ތައް ގިނައެވެ .
އެ ދުވަސް ތައް ހަމްނާ ގެ މާޒީ އާ ވެއްޔާ މޮޑެވިގެން ދިޔައެވެ . އޭރު ހަމްނާ އަށް އެޙީތެރި ވެ ދިން ކުދިން ޒާތީވެ ދުރު ކުރީއެވެ . އެހާލުގައި އެ ހިތް ދަތި ކަމުގައި ހަމްނާ މިޔަދާ ހަމަޔަށް އާދެވުމުން ހަމްނާ ޝުކުރުވެރި ވެއެވެ .
ހެދުނުގެ ވަގުތެއެވެ . ” ހަމްނާ ހަމްނާ ، ” ހަމްނާ ގެ މަންމަ ޒަހުރިއްޔާ ގޮވާލިއެވެ . ހަމްނާ ލޯ ހުޅުވާލުމަށް ފަހު ” މި ތެދުވީ އޭ ބުނެލިއެވެ . ” އަބަދު ވެސް ހަމްނާ އަށް ޖެހެނީ އަހަރެން ގޮވަން ، އެއްވެސް ދުވަހަކު އަމިއްލަ އަށް ތެދުވެގެން ހެދުނުގެ ނާސްތާ ހަދާލެވޭ ކަށެއް ނޫޅޭ ވިއްޔާ ” ޒަހުރިއްޔާ ކުދި ކިޔަމުން ގެންދިޔައެވެ .
ހޭވިފައި ވާ އިސްތަށިގަނޑު އަތުން ފުނާ އަޅާލުމަށް ފަހު ފަހަތަށް ހުޅި ޖަހާލިއެވެ . އާ ފުރިލާފައި ހަމްނާ ހިގައިގަތީ ފާޙާނާ ކޮށްލުމަށް ފާހާނާ އާ ދިމާއަށެއެވެ .
” އަހަރެން ގޮވީމާ ނޫނީ ނުތެދުވެވެނީ ތަ ؟ ކޮންމެ ދުވަހަކު ވެސް އަހަރެން ގޮވީމާ ނޫނީ ނުތެދުވޭ ވިއްޔާ ” ޒަހުރިއްޔާ ބުނެލިއެވެ . ” ސޮރީ މަންމާ އަހަންނަށް ނިދުނީ ތަންކޮޅެއް ލަހުން ” އެހެން ބުނުމަށް ފަހު ހަމްނާ މަންމަ އައާ އެކު ބަދިގެ މަސައްކަތް ކުރަމުން ގެންދިޔައެވެ .
” އަދިވެސް ސައި ނުހެދޭ ތަ . ހަމްނާ ކީއްތި ކުރަނީ ” ހަމްނާ ދޮންބައްޕަ ( މުހައްމަދުފުޅު ) ރުޅި ވެރި ކަމާއެކު ބުނެލިއެވެ . ހަމްނާ އެ ކަމަށް އެއްވެސް އެއްޗެއް ނުބުނެ ހަމްނާގެ މަސައްކަތުގައި އުޅެމުން ގެންދިޔައެވެ .
މިއީ ހަމްނާ ގެ ދިރިއުޅުން ފެށުމުގެ ގޮތުން މުހައްމަދުފުޅު ގެ އެއްޗިހި ގޮވުމުގެ އަޑު ނޫން އިތުރު އެއްވެސް އަޑެއް ނުމެ އިވެއެވެ.
- -ނުނިމޭ -.
One Comment
Comments are closed.


Masha Allah 😍 vrh reethi mi part ves ☺️ kudakoh jehifa hunna mistakes rangalhu kohleema habeys vaane 🥰 curiously waiting for the next part keep it up you can do this 💪🏻🥳 when’s the next part 🫶🏻??