ހަނދުވަރުގެ ރިހި އަލިން ގޯތިތެރެ ވަނީ އަލިކޮށްލާފަ އެވެ. ކަރަންޓު ނެތްކަމަކު އަނދިރިވެގެން އުޅޭކަށް ނުޖެހެ އެވެ. މަޑުމަޑު ފިނި ވައިރޯޅިތަށް އައިސް އަހަރެންގެ ހަށިގަނޑުގައި އޯގާ ތެރިކަމާއެކު ފިރުމަމުން ދިޔައެވެ. ބުނާ ކަހަލައެވެ. ދެރަނުވާށެވެ. އެއީ މާޒީ އެވެ. މުސްތަގްބަލް ފުރިހަމަ އައް ބިނާކުރާށެވެ. މަޑުމަޑުން އަހަރެންގެ ސިކުނޑީގައި ޓަކިޖަހާލީ އަހަރެންގެ މާޒީއެވެ.
އަހަރެން އުޅެމުން ދިޔައީ ވަރަށް ވެސް އެކަނިވެރި ދިރިއުޅުމެކެވެ. އެކުވެރިއެއް އާއިލާއެއް ނެތް އެކަނިވެރި ދުނިޔޭގައި ހުރިހަމައެކަނި މީހަކީ އަހަރެންގެ މަންމައެވެ. ނަމަވެސް އެހެންކުދިން ފަދައިން އަހަރެންވެސް އެކުވެރިން ބޭނުންވިއެވެ.
އެކަނިވެރި ދުވަސްތަކަށް ނިމުން އައީ ޒިޔާން އަހަރެންގެ ދިރިއުޅުމަށް އައި ދުވަހުއެވެ. އަހަރެންނާއި މެދު ބަހަށްޓާ ގާތްކަމެވެ. އެ ސަކަ މިޒާޖެވެ. އެންމެންނާ ވެސް ގުޅިގެން އުޅޭ ހިތްހެޔޮ ޒުވާނެކެވެ. އެއީ އަހަރެންގެ ހަޔާތް ބަދަލު ކޮށްލި ދުވަހެކެވެ. ސަތާރަ އަހަރު ފުރުނު އިރު ލިބުނު ފުރަތަމަ އެކުވެރިޔާ އަކީ ޒިޔާން އެވެ. ދުވަސްތަށް ދައުރުވަމުން ގޮސް އަހަރެންނަށް ޒިޔާން ދެކެ ލޯބި ވެވުނީ ބޭނުން ވެގެނެއް ނޫނެވެ. އަހަރެން ބޭނުންވީ އެކަންތައް ޒިޔާން އަށް ސިއްރު ކުރާށެވެ. އަހަރެން އެކަމުގައި ކާމިޔާބު ހޯދީމެވެ.
އަހަރެންނާއި ޒިޔާން ދިޔައީ އެކަކު އަނެކަކަށް ހުރިހާ ވާހަކައެއް ހިއްސާކުރަމުން ނެވެ. އެންމެ ގާތް ދެއެކުވެރިން ފަދައިންނެވެ. މިގޮތަށް އަހަރެން ޒިޔާން ދެކެ ލޯބިވާކަން ފޮރުވައިގެން އުޅުންވީ ވަރަށް އުދަގޫ ކަމަކަށެވެ. އެހެންކަމުން އަހަރެން ލަފާ ހޯދީ މަންމަގެ ފަރާތުންނެވެ. މަންމަގެ ހިޔާލަކަށްވީ ޒިޔާން ގާތު ބުނުމެވެ. އަހަރެން އެގޮތަށް ކަންތައް ކުރަން ނިންމިއެއް ކަމަކު ވަރަށްވެސް ބިރުގަތެވެ. އަހަރެންނާއި ޒިޔާންގެ މެދުގައިވާ ގާތް އެކުވެރިކަން ރޫޅިދާނެތީއެވެ. “ޒިޔާން.. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.. މިރޭ ބީޗަށް މީޓް ކޮއްލަން ދެވިދާނެތަ؟” އަހަރެން ވަރަށް ބިރުން ހުރެ ޒިޔާން އައް ފޯނުކޮށްފައި ބުނީމެވެ.
“އާން.. މަލް އަހަރެން ވެސް އެބޮތް މަލް ކައިރީ ވަރަށް ބޮޑު ވާހަކަ އެއް ބުނަންވެފަ.. ސޯ މިރޭ އަށެށް ޖަހާރު އޯކޭ؟” ޒިޔާން އަޑުގައިވަނީ އުފާވެރިކަމެވެ.
“އޯކޭ” ވާހަކަ ކުރުކޮށްލަމުން އަވަހަށް ފޯނު ކަޑާލީމެވެ.
އަހަރެންނަށް އިންތިޒާރު ކުރެވެމުން ދިޔައީ އަށެށް ޖަހާނެ އިރަކަށެވެ. ކުރިއާލައި ތައްޔާރު ވާން ފެށީމެވެ. ފެންވަރައިގެން އަތުގައި އޮތް އެންމެ ރީތި ހެދުން ލައި ރީތިވީމެވެ.
އަށެށް ޖެހިއިރު އަހަރެން ހުރީ އަތިރިމަތީ ގައެވެ. ޒިޔާން ހުރީ މާކުރިން ގޮހެވެ.
“މަލް.. ކޮންވާހަކަ އެއްތަ ބުނަން އުޅުނީ؟” ޒިޔާން އަޑުގައިވީ އަވަސް އަރުވާލުމެވެ.
“ފުރަތަމަ ޒިޔާން ބުނޭ.. ޒިޔާން ކޮން ވާހަކަ އެއްތަ ބުނަން އުޅުނީ..؟” އަވަސް ވެފައިވާ ހިތަކާއެކު އަހަރެން އަހާލީމެވެ.
“ޔޫ އާރް ނޮޓް ގޮއިންގްޓު ބިލީވް އިޓް!” ރީތި ހިނިތުން ވުމަކާއެކު ޒިޔާން ބުނެލިއެވެ. ނިމުމެއްނުވާ ހިނިތުންވުމެކެވެ.
“ދެން އަވަހަށް ބުނެބަލަ މަލް ހިތް ނިތަޅުވަ!” އަހަރެން ސަމާސަ ރާގެއްގައި ބުނެލިއަސް ހިތްވަނީ ނުތަނަވަސް ވެފައެވެ.
“އައިމް އިން ލަވް..” އުފާވެރި ރާގަކަށް ޒިޔާން ބުނެލިއެވެ. ނަމަވެސް ސިކުންތެއް ތެރޭގައި އެ ހިނިތުންވުން ފިލައި އަޑަށްވެސް ބަދަލުއައެވެ. “އެކަމަކު ވަރަށް ބިރުގަނޭ.. އެކުއްޖާ އަހަރެން ދެކެ ލޯބި ވާނެބާއޭ ހިތަތް އަރަނީ..”
“އެއީ ކޮންކުއްޖެއް؟”
“ވަރަށް ކުލޯސް ކުއްޖެއް.. އެކުއްޖާ އެކު އޮތް ގުލުން ގެއްލިދާނެތީ ވަރަށް ބިރުގަނޭ.. އަބަދުވެސް ބިރުގަނޭ..” ދުރަށް ބަލަމުން ޒިޔާން ބުނެލިއިރު އެލޮލުގައި ވަނީ އުންމީދެވެ. ” އަބަދުވެސް ބޭނުން ވަނީ އެކުއްޖާއާއި އެކުގައި ވާން.. އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި އެކުގައި އުޅެން.. އެންމެ ފަހު ނޭވާއާއި ހަމައަށް..”
“ޒިޔާން ދެން ބުނެބަލަ ކޮންކުއްޖެއްތަ؟” އަހަރެން ހިސާބަކަށް ނުތަނަވަސް ވިއެވެ.
“އެކުއްޖާގެ ބޮޑުދެލޯ.. ފުންމިން ނޭނގޭ ކަޅި.. ހަތަރު ކަޅި ހަމަވާއިރު ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކުރެވެނީ..” އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލަމުން ޒިޔާން ބުނެލިއެވެ. އަހަރެންގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅައިލައި ނިކުމެދާނެ ހެންނެވެ. “ދެން އެކަމަކު ކެތެއް ނުކުރެވޭނެ.. އެކުއްޖާ އެކުއްޖާ އަހަރެންދެކެ ލޯބި ވިއަސް ނުވިއަސް ހެޔޮ.. ދެމެދުގައިވާ ގުޅުން އުމުރަށް ފިލައިގެން ދިޔަސް ހެޔޮ.. މިރޭ ބުނާނަން..”
“ޒިޔާން އެކަމަކު ކުރާސުވާލައް ޖަވާބުނުދީ ކޮން ބެކާރު ވާހަކަ ތަކެއްތަ ތިދަށްކަނީ؟” ޒިޔާން ބުނަން އުޅޭ އެއްޗެއް ނޭނގޭތީ އަހަރެން ބެލީ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ.
“ތި ސުވާލަށް ޖަވާބު މިދެނީ..” ޒިޔާން މޫނު މަތީގައި ވަނީ ތަފާތު ވިދުވަރެކެވެ. އަހަރެންނާއި ދިމާއަށް ބަލާގޮށް ތަފާތެވެ. އަޑާއި ރާގު ގައިވެސް ތަފާތު ގޮތެއް އެބަހުއްޓެވެ. “އައި ލަވް ޔޫ މަލް.. އައި ލަވް ޔޫ ސޯމަޗް.. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި މަލްގެ ނަން ވަނީ ފަވާލެވިފަ.. އޯކޭ މަލް އަހަރެން ލޯބި ނުވިއަސް.. އެނގޭ މަލް ދެކެނީ ހަމައެކަނި ފްރެންޑް އެއް ގޮތުގައިކަން..” މިހެން ބުނި ގޮތަށް ޒިޔާން އަހަރެންނާ ފުރަގަސް ދިނެވެ.
ވީއުފަލެއްގެ ބޮޑުކަމުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މަޑުމަޑުން ކަރުނަތަށް އޭގެ މަގާމް ދޫކޮށް އަހަރެންގެ ކޯތާފަތަށް ބޮސްދޭން ފެށިއެވެ.
” އައި ލަވް ޔޫ ޓޫ..” ކަރުނައިގެ ތެރެއިން އަހަރެން ބުނެލީމެވެ.
ޒިޔާންގެ ހަރަކާތްތްކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެބުރުނު ގޮތަށް އަހަރެން ގައިގައި އޮޅުލައިގަތެވެ. ކިތަށްމެ ހައިރާން ވިއަސް އަހަރެންވެސް ޒިޔާންގެ ބުރަކަށީގައި ހިފައިލީމެވެ.
އެރޭ ވަރަށް ދަންވަންދެން ތިބުމަށްފަހު ގެއަށް ދިޔައިރު މަންމަ އިނީ ސިޓިން ރޫމުގައި ގޮޑިއެެއްގައި އިށީން ދެލައިގެން އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ހަމަ ފެނުމާއެކު މަންމަ ފުންމައިގެން އައިސް އަހަރެންގެ އަތުގައި ހިފައިލިއެވެ. ހުރިހާކަމެއް ރަގަނޅުތޯ އަހައިލާފަދަ ގޮތަކަށެވެ. އަހރެން ބޯ ގަހާލީމެވެ. މަންމަ ވެސް ހުރީ ވަރަށް އުފަލުންނެވެ. އަހަރެން އުފާވެފައިވާ މިންވަރު ފެނިފައެވެ.
އަހަރެންނާއި ޒިޔާންގެ ލޯބީގެ ބަހާރު މޫސުން ފެށުނީއެވެ. އެއްވެސް ހިތްދަތި ކަމެއްނުވާ އަމާން އޮމާން ކޮށް ދުވަސްތަށް ކުރިއައް ދިޔައެވެ. އެހެނަސް ކޮންމެ ދެލޯބިވެރިއެއްގެ ދެމެދުގައި ކުދިކުދި މައްސަލަތަށް ޖެހޭ ފަދައިން އަހަރެންނާއި ޒިޔާންގެ ގުޅުމުގައިވެސް ކުދިކުދި މައްސަލަ ޖެހެއެވެ. ނަމަވެސް ދެމީހުން ވާހަކަ ދައްކައިގެން މައްސަލަތަށް ހައްލުކުރަމެވެ. އެހެން ރޭތަކޭވެސް އެއްފަދައިން އެރެއަކީވެސް އާދައިގެ ރެއެކެވެ. އަހަރެން ބާރަޖަހާލި އިރު ފެންވަރައިގެން ނިދަން އޮށޯތުމުގެ ކުރިން ފޯނުބަލާ ލީމެވެ. އަހަރެންނަށް ފެނުނީ ޒިޔާން ކޮށްފައިން މެސެޖެވެ. އަހަރެން އަވަސް އަވަހަށް މެސެޖް ހުޅުވާލީމެވެ. އޭގައިވަނީ “މަލް.. މި މެސެޖް ފެނުނުހާ އަވަހަކަށް ފުއްތަރު ފަރާތަށް އައިސްދީ..” މިހެނެވެ.
އަގަރެންގެ ހިތް ވަރަށް ބާރަށް ތެޅިލިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އަހަރެން އަވަސް އަވަސްކޮށް ހެދުން ބަދަލު ކޮށްލައިގެން ގެއިން ނިކުމެ މިސްރާބުޖެހީ ފުއްޓަރު ފަރާތާ ދިމާއަށެވެ.
ޒިޔާން ފެނުމާއެކު އަހަރެން ދުވެފައި ގޮސް ޒިޔާންގެ އަތުގައި ހިފާލީމެވެ. ޒިޔާންގެ މޫނު މަތީގައި ވަނީ ނުތަނަވަސް ކަމެވެ. ލޮލުގައިވީ އާދެހެވެ.
“މަލް.. ދުވަހަކުވެސް އަހަރެން ދޫކޮށްފަ ދާނަންތަ؟” އަސަރުން ފުރިގެންވީ އަޑަކުން ޒިޔާން ބުނެލިއެވެ.
“ނޫން.. ކީއްވެ ކުއްލިއަކަށް ތިހެން ތިއަހަނީ؟” އަހަރެން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.
“މަލް އަހަރެން ދެކެ ފޫހިވާނެ ހަގީގަތް އިގުނީމަ”
“ނޫން ދުވަހަކުވެސް ފޫސެއް ނުވާނަން..”
“މަލް.. ދެން އަަހަރެންނަކަށް މާގިނަ ދުވަހެއްނެތް..”
“ތިބުނީ؟” އަހަރެންނަށް ހީވީ މުޅިދުނިޔެވެސް އެބުރޭހެންނެވެ.
“ބުލަޑް ކެންސާގެ ލާސްޓް ސްޓޭޖްގަ.. ދެންނެތް މާގިނަ ދުވަހެއް..”
“ޒިޔާން ދުނިޔޭގައި ހުރިހާ ދުވަހަކު މަލް ޒިޔާން އާއި އެކު ވާނަން.. ދުވަހަކުވެސް ހިތަތް ނާރާތި މަލް ޒިޔާން ދެކެ ފޫހިވެއޭ.. މަލް އަބަދުވެސް ޒިޔާން ދެކެ ލޯބި ވާނަން..”
އެރެއިން ފެށިގެން އަހަރެންގެ ދިރިއުޅުން މުޅިން ބަދަލް ވިއެވެ. ޒިޔާން ވެސް ދުވަހަކައް ވުރެ ދުވަހެއް ދިޔައީ ބަލިވަމުންނެވެ. ނަމަވެސް އަހަރެން ޒިޔާން ގެ ހިދުމަތުގައި ވީމެވެ.
މާގިނަދުވަސް ތަކެއްނުވެ ޒިޔާން މިދުނިޔެއާއި އަލްވަދާޢު ކިޔެވެ. އެދުވަހު އަހަރެން ރޮއިރޮއި ހަލާކުނުވީ ކިރިޔާއެވެ. މިދުވަސް އަންނާނެކަން އެނގި ހުރެވެސް އަހަރެންނަށް އަހަރެންގެ ނަފްސު ނުހިފޭޓުނެވެ. އެންމެ ފުރަތަމަ ލޯބި މިދުނިޔެއާއި އަލްވަދާޢުކީ ވަރަށްވެސް ހިތްދަތި ހާލުގައި އުލެމުންނެވެ. އަހަރެންގެ ލޮލު ކުރިމަތީގައެވެ. އެމީހެއްގެ ލޮލު ކުރިމަތީގައި އެމީހެއްގެ ލޯބިވެރިޔާ ދުނިޔެއާއި ވަކިވާތަން ދެކެން ބޭނުން ވާނީ ފަހެ ކާކު ހެއްޔެވެ.
އަހަރެން ސިއްސައިގެން ދިޔައީ މަންމަ ގޭތެރެއިން ގޮވައިލި އަޑަށެވެ.
“ލައްބަ މަންމާ.. މިދަނީ” އަހަރެން ކަރުނަތަށް ފުހެލަމުން ބުނެލީމެވެ.
“ދަރިފުޅާ.. ޒިޔާން މަތިން ހަނދާން ކޮއްފައި ރޮޮނީ ދޯ..” މަންމަ ބުނެލި އެވެ. އަހަރެން ބޯޖަހައިލީމެވެ.
“ޒިޔާން މަތިން ހަދާން ކުރިއަސް ވާނެ ފައިދާއެއް ނޯންނާނެ.. ދެންދޭ އަވަހަށް ނިދަން ދަރިފުޅާ..” މަންމަގެ އަދުގައި ވަނީ އޯގާތެރިކަމެވެ. އަހަރެން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ގޮސް ކޮޓަރިއައް ވަނީމެވެ.
*ނިމުނީ*
5 Comments!
Comments are closed.







vr reethi vaahaka eh
masha allah mi vhk vs vrh reethi
rovihje kiyaafa
Aww what a lovely story!
V dheravehje mi vaahaka kiyaafa!
Keep it up my darling!
I love your stories!
Masha Allah 😍 vrh reethi mi story ❤️ rovijje kiyaafa 🥹😭 Soo good 😊
V heartfelt story eh.. Keep it up I love u storiess🥰🥰