ގަޑިން މެންދަމު އެކެއް ޖަހަނީއެވެ. އަނދިރިކޮށް އޮތް ކޮޓަރިތެރެއިން ހަމައެކަނި އިވެމުން ދިޔައީ ފަންކާގެ އަޑެވެ. ކޮޓަރީގެ ކަނަކައް ލޯހުއްޓިފައި ހިޔާލަކައް ގެއްލިފައި އިނީ ނަވާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ނިދި އޭނާއާ މާ ދުރުގައި ވާކަހަލައެވެ. އޭނާގެ ބޮލުގައި އެނބުރެމުން ދިޔައީ މިރޭގެ ހިޔާލުތަކެވެ.
“އަހަރެން އެކަނި މިގޭގެ ހަރަދުތަކައް މަސައްކަތް މިކުރަނީ. މަންމަ ތީ ބަލި މީހެއް. ދެން ހުރީ ޝާޔާ ކިޔެވުން ނުނިމޭ. އެކަމު ޝާޔާއައްވުރެ ބޮޑު މާސިންގާ އަންހެނެއް އެއޮއްތީ ޝީހާ ނެއްނަމަކަ ނުކިޔާނެދޯ އަންހެން ކުދިންނައް ގޭގެ ކަންކަން ކުރެވެން ޖެހޭނެދޯ މަންމަ އެއީ ފަރުބަދަ އޭނަ ހަމަ ޔޫސްލެސް” އަބަދުވެސް އިވޭ ފަތިވަރު ކޮޓަރީގައި އޮތް ޝީހާއައް އިވެމުން ދިޔައެވެ. ކިތަންމެ އާދަވެފައި ހުއްޓަސް ދޮންބެ ޝާއިންގެ ފަހު ޖުމްލައިން ވަރަށް އަސަރު ކުރިއެވެ. އޭނާ މިއަދު އެގޮތައް އެއުޅެންޖެހެނީ ކާކުގެ ސަބަބުން ހެއްޔެވެ. ޝީހާ ކިތަންމެ ޖަޒުބާތީ ވިޔަސް އޭނާއަކީ އަމިއްލަ ދިފާއުގައި ނިކުންނަ ކުއްޖެކެވެ. އަބަދުވެސް ކަންވާހެން ދޮންބެ އައް އޭނާގެ އިހުސާސްތައް ކިޔާދޭން އުޅޭނަމަ އޭނަގެ ކަރުނަ ކޮންޓްރޯލް ނުކުރެވޭނެތީ ފުރަތަމަ ޝީހާ މަޑުކުރިއެވެ. ރޮވިއްޖެނަމަ އަމިއްލަ އާއިލާއިން ހަމްދަރުދީގެ ބަދަލުގައި ކުރަނީ މަލާމާތެވެ. ގައިމު ޝީހާ ދަންނަގޮތުގައި އާއިލާއަކީ ޖެހިލުމެއްނެތި ހުރިހާ އިހުސާސެއް ބޭރުކޮށް އެކަކު އަނެކަކު މަސަލަސް ކޮށްދޭންޖެހޭ އެންމެ މުހިއްމު މީހުންނެވެ. މަޑުކޮށްފައިވެސް ޝީހާ ނިކުތެވެ. ” ބަލަ ނެއްނަމަ އޭ ތިބުނަނީ ދާން ލިބުނު ހުރިހާ ފުރުސްތެއް ގެއްލުނީ ކާކާހެދިތަ؟ އަހަރެން ހަޔާތުގަ އަމިއްލަ ފައިމައްޗައް ތެދުވެ ހުވަފެންތަކާ އުންމީދުތައް ހަގީގަތަކައް ހަދަން ލިބުނު ހަމައެކަނި ރަނުގެ ފުރުސަތު ގެއްލުނީ ތި ބަލަދުވެރިޔާ ގަބޫލު ނުވީމަ އެކަމު އަހަރެން ވީ އެއްވެސް ކަމެއް ނުވާކަމައް ހަދާފަ ކައްކާފަ ކާންދޭން. އަހަރެން މިހާރު ބޭނުމެއްނުވޭ އެއްވެސްކަމެއް ކޮށްދޭކަައް ހަމަ ހުވާ އެންމެ ފަހަރަކުވެސް އަންޑަސްޓޭޑް އެއް ނުވާނެ. އަހަރެންވެސް އެއްޗިހި ހިތައް އަރައޭ” ޝީހާގެ އަޑު ކުރެހިގެން ދިޔައީ އެހިސާބުންނެވެ. ނޭވާލާން އުނދަގޫވެ މާނޭވާ ލެވެމުންގޮސް އިތުރަކައް ނުބުނެވުނެވެ. ޝާއިން މިއުޓްއޭ ކިޔާ ފާޑަކައް ހެވިފައިހުރެ ކޮޓަރިއައް ވަނެވެ. ޝީހާވެސް ކޮޓަރިއައްވަނީ އަމިއްލަ ނަފްސު ހަމަޔަކައް އެޅުވުމައްޓަކައެވެ.
މިއީ ޝީހާގެ ދިރިއުޅުމެވެ. އޭނާގެ ދޮންބެ ދެކޭގޮތުގައި އެއީ ޝީހާ ކަންނެއްވެ ޔޫސްލެސްގެ ލަގަބު ލިބޭ ސަބަބެވެ. ގެވެހި އަންހެނެއްގެ ގޮތުގައި ނޫޅޭތީއެވެ. އެކަމަކު މީހަކައް ނޭންގުނަސް ޝީހާ އެދަނީ ދުނިޔޭގައި ހުރުމައް އެކަނިވެސް ކޮންމެ ދުވަހަކު ހަނގުރާމަ ކުރަމުންނެވެ. އެކުޑަ ރަށުގައި އެ އުމުރުފުރައިގެ ހުރިހާ ކުދިން ދިރިއުޅުމައިގެން ކުރިއައްދާއިރު ޝީހާ ދިޔައީ އެތަކެއް ހިތާމަޔާއެކު ނަފްސު އަޅުވައި ކިޔަމުންނެވެ އެހެނަސް މީހަކައް އެ ހިތާމަ ނުދައްކަން ޝީހާ މަސައްކަތް ކުރެއެވެ. ލޯބިވާ ކޮއްކޮއައްޓަކައި ވެސް ޝީހާ ބޭރުފުށުން ދައްކަނީ މުޅިން އެހެން ސިފައެކެވެ. އާއިލާއިން ޝީހާގެ ކަންކަން ދެނެނުގަނެވޭއިރު އިތުރު މީހެއްގެ އެހީއައް އެދޭނީ ކާކު ކާރީ ހެއްޔެވެ. ޝީހާއައް ފުރުސަތުވެސް ލިބުނެވެ. އޭނާގެ ދުނިޔެ އާރާސްތުކުރަން ލިބުނު ހަދިޔާ ޖަހައިގަތީ ބަލަދުވެރިޔާއެވެ. ހީވާ ކަހަލައެވެ. ޝީހާއައް އުފަލެއް ލިބެން ޝާއިން އެއްގޮތަކައްވެސް ބޭނުން ނުވަނީއެވެ. ނޭންގުނަސް ޝާއިންގެ އެފަދަ ކޮންމެ ބަހަކާއި އަމަލެއް ދަނީ ޝީހަ ނަފްސާނީ ގޮތުން ބަލިކަށި ކުރަމުންނެވެ. މާތްﷲ ޝީހާގެ މި އަނދިރި ދިރިއުޅުން އަލިކޮށްދެއްވާށިއެވެ.
9 Comments!
Comments are closed.

mi vaahaka ves v reethi masha allah
curiously waiting for next story
keep it up
i appreciate your hard work
Thank u Insha Allah will write soon ❤️❤️❤️
Masha Allah vrh reethi mi story vx😍 curiously waiting for a new story of your’s 🥰
Thank u Insha Allah will write soon ❤️❤️❤️
Aameen…. Mi vaahaka nimuniitha mi?
Lahba adhi mi liyanee kuru vaahaka not so confident to write silsilaa vaahaka but Insha Allah one day it’ll happen too thank u ❤️❤️❤️
7 alhugandah rovihjje…
but its soo nice.. i like it…
keep it up darl..
ly 💋
Thanku so much darl 🥰❤️❤️
anytime ❤️❤️❤️