އަހަރެންނަށް މަޢާފް ކުރޭ މަންމާ
ރޭގަނޑުގެ އަދިރިކަން ފިލާ ދުވާލުގެ އަލިކަން ދުނިޔެ މައްޗަށް ފެތުރިގެން ދިޔައެވެ. އިރު ފެންމަތިން ތޮޅިލުމާއެކު ދޫނި ސޫފާސޫފި، އޭގެ ހާލިތައް ދޫކޮށް ފަޒާގެ ފަޅުފިލުވަން ފެށިއެވެ. އިރުގެ ރަން ދޯދިތަށް މޫދަށް އެޅިފާ ވީރު ބަލާ ފޫހި ނުވާހާއެވެ. އުޑު މައްޗަށް އަރަިގެން ދިޔަ ރީންދޫ ކުލައިން އާޝޯހު ވާހާއެވެ. މޮޅު ކުރެހުން ތެރި އެއްގެ ކުރެހުމަކާވެސް ވާދަނުކުރެވޭހާއެވެ. ޝާއިރެއްގެ ގަލަމަކުންވެސް ސިފަކުރަން ދަތިވާހާއެވެ.
މަޑުމަޑުން ރަށުތެރެ ހޭލަން ފެށިއެވެ. ފަތިސް ނަމާދުން ފާބާގެން އިޝާން އާސް އިނީ އަތިރިމަތީގެ ހިމުން ހުދު ދޮންވެލިގަނޑުމަތީގާ އިޝީން ދެގެން ފުން ވިސްނުމަކަށް ގެއްލިފައެވެ.
މިހެން އިންދާ ކޮންމެސް މީހަކު އިޝާންގެ ކޮޑުގައި އަތް ބާއްވާލިއެވެ. ސިހިފާ އިޝާން ފަހަތް ބަލާލިއިރު އެއީ އޭނާގެ އެކުވެރި ހުޒާމް އެވެ.
“އިޝާން. ކިހިނެއް ވެފަ ތިއިނީ؟ ހާދަ ފުން ވިސްނުމެއްގަ؟ މިހާރު އެންމެން އެބަތިބީ އިޝާން ނާސް ގެން ލަސް ވެފަ!” ހުޒަމް ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުއެވެ.
“ހުޒާމް. މަށަކަށް ނޭނގެ ހަދަންވީ ގޮތެއް. މަނެތް މިދަތުރުގައި ބައިވެރިވާ ހިތެއް. ތިމީހުން ދޭ. މަށެށް ނުދާނަން..” އިޝާން ވާހަކަ ދެއްކީ އަޅައިލުން ކުޑަ ގޮތަކަށެވެ.
“ތިހެން އެކަނި އިނދެ ކަންކަމާ ވިސްނިޔަސް ހައްލެއް ނުލިބޭނެ.. ކޮންމެސް މީހަކާ ހިއްސާ ކުރަންވާނެ..” ހުޒާމް އިޝާން ކާރީގާ އިށީންނަމުން ބުނެލިއެވެ.
“މަށަކަށް ނޭނގެ މި ވާހަކަ ފަށާނެ ދިމާލެއްވެސް.. ވަރަށް ދެރަވޭ އެބަ” އިޝާން ފުން ނޭވާއެއް ދޫކޮށްލިޔެވެ.
“އޭރު އަހަރެންނަށް އެންމެ ތިން އަހަރު.. މަންމަ މަރުވީ ކުއްލި ގޮތަކަށް.. މަންމަ މަރުވުމާ އެކު އަހަރެން ގެންގުޅުނީ ބައްޕަ އެކަނިމާއެކަނި.. މަންމަ މަރުވިތާ އަހަރެއް ވާން ގާތްވެފާ ހުއްޓާ ބައްޕަ އެހެން އަންހެނަކާ ކައިވެނި ކުރީ.. އެއީ ދަރިން ނުލިބޭ މީހެއް.. އޭރު އަހަރެން ހުރީ ހަތަރު އަހަރު ފުރި ފަސް އަހަރަށް އަޅާފަ.. ފުރަތަމަ އަހަރެން ދޮންމަންމަ އައް ވަރަށް ނުގަބޫލުވިން.. ވަރަށް ރުޅިވެސް އައި.. މަންމަ އާއި ދިމާއަށް ވަރަށް އެއްޗިހިވެސް ކީން.. އެކަމަކު މަންމަ އަޅައެއް ނުލާ.. މަންމަ ބެލީ ވީ އެންމެ ރަނޅަކަށް އަހަރެންނަށް ކަންތަށް ކޮއްދެވޭތޯ.. އަމިއްލަ ދަރިއެއް ފަދާން ގެންގުޅުނީ.. ފަހުން އަހަރެންނަށް ދޮންމަންމަ މަންމަގެ ގޮތުގާ ބަލާގަނެވުނު.. އޭރުން ފެށިގެން މަންމަ އަހަރެން ގެންގުޅުނީ އަހަރެންނަށް އެއްވެސް ކަމެއް ދަތިނުވާނޭ ގޮތަށް..”
އިޝާން އައް މިހާ ހިސާބައް ކިޔާދެވުނު އިރު ހުރީ ހަމަ ރަގަނޅަށް ވެސް ފެން ކަޅިވެފައެވެ.
“ދެން ކިހިނެއްވީ؟.. އިޝާން އައް ދޮންމަންމަ އަށް މަންމަގެ ލަގަބު ދެވުނީމަ ރަގަނޅެންނު؟” ހުޒާމް ޝައުގުވެރި ކަމާ އެކު ބުނެލިއެވެ.
“އާނ.. ކިތައްމެވެސް ރަގަނޅު.. އެކަމު ފަހުން ބައްޕަގެ އުޅުމަށް ވަރަށް ބޮޑު ބަދަލު ތަކެށް އާ.. ހުޒާމ، އަހަރެން އޭރު ހާދަ ދެރަވެއޭ..” އިޝާން މޫދށް ނަޒަރު ހިންގާ ލަމުން ބުނެލިއެވެ.
“ބައްޕަ ކީއްކުރީ؟”
“ބައްޕަ ޑްރަގްސް ޔޫޒް ކުރަން ފެށީ.. މަސްތުގެ ހާލަތުގައި ހުރެ ގޭގަ ހުންނަ އެއްޗިއްސަށް ގެއްލުންދީ ހަލާކު ކުރަން ފެށީ.. ފަހުންފަހުން އާސް މަންމަ ގާގާ ތަޅާ ހަދަން ފެށީ.. އަހަރެން ކުރިމަތީގާ.. ފުރަތަމަ އަހަރެން ވަރަށް ބިރުގަތް.. އެކަމަކު މަންމަ އައް އަނިޔާ ކުރަން ފެށިހިސާބުން ބައްޕަ ދެކެ ވަރަށް ރުޅިއާދެވުނު..” އިޝާން ބޮޑުވާ އިގިލިން ލޮލުގާވާ ކަރުނަތަށް ނެތިކޮށްލިއެވެ.
“މަންމަ އަށް މިކަން އިގުނު ހިސާބުން އަހަރެން ގޮވާގެން މާލެ ބަދަލުވީ.. އޭގެ ފަހުން ބައްޕަގެ ހަބަރެއް ނުވޭ.. މިހާރު ބައްޕަ ދުނިޔޭގާ ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގޭ..” އިޝާން އަނެއްކާ ވެސް ފުންނޭވާ އެއް ބޭރު ކޮއްލިއެވެ. ” މަންމަ އަހަރެން ގޮވައިގެން މާލެ ގޮސް އުޅުނީ ވަރަށް ދަތި ހާލުގާ.. އަހަރެންގެ ކިޔެވުމުގެ ކަންކަން ހަމަޖައްސާ ފާ ދެކޮޅު ޖެހުނީ ހަމަ ކިރިޔާ.. އެކަމުވެސް މަންމަ އަހަރެން އުފާވާނެހާ ކަންތަށް ކޮއްދީ އަހަރެން ބޭނުންހާ އެއްޗެއް ހޯދާދިން..”
“ކޮންމެ ކަމެއްވެސް ވާނީ ރަގަނޅަކަށް” ހުޒާމް އައް ބުނެވުނެވެ.
“ތިބުނީ ތެދެއް.. އެކަމު އަހަރެން ކުރީ ދުވަހަކުވެސް މަޢާފު ކޮއްދެވޭނެ ވަރު ކަމެށްނޫން.. މަންމަ އަހަރެންނަށް ޓަކައި ވީ ގުރުބާނީގެ އަގު އަހަރެން މިދިނީ ވަރަށް ވެސް ހިތިގޮތަކަށް..” ކިތައްމެ ހިތްވަރު ގަދައަސް މަންމަގެ ހަދާން ތައް އާވާން ފެށުމުން އިޝާނަ އައް ރޮވުނެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. “މަންމަ ވަރަށް ގިނައިން ބުނި ތިހެން ނޫޅޭށޭ.. އެކަމަކު އަހަރެން ހެދީ އަހަރެން ބޭނުންވި ގޮތް.. ފްރެންޑުންނާ އެކު ގޭންގް އަކަށް ޖޮއިން ކުރީ.. ފައިޓު ތަކަށް އަރާ ހަދަން ފެށީ މަންމަ އައް ވަގަށް.. ފަހުން މަންމަ އައް ފަޅާ އަރާގެން މަނާކުރި.. އެކަމާ އަހަރެން މަންމައާ ޒުވާބުކޮށް ހެދީ މަންމަ އަހަރެން ކުރިމަތީގާ އެހެން ނޫޅުމަށް ބުނެ ރުއިމަ ވެސް އަހަރެންގެ ހިލަ ހިތަކަށް އަސަރެއް ނުކުރި.. އެންމެ ފަހުން ހިނގި މާރާމާރި އެއްގާ އަހަރެން ޖަލައްލީ އެރޭ މަންމަ ރޮއި މަންޒަރު އަދިވެސް ލޯކުރިމަތީ ސިފަވޭ.. އަހަރެންނާ ހެދި މަންމަ ވަރަށް ބޮޑަށް ބަލިވެެ މަރުވެގެން އެދިޔައީ.. އަހަރެން އެކަނި މިދުނިޔެ މައްޗަށް ދޫކޮށްލާފަ އެދިޔައީ.. އަހަރެންމީ މަންމަގެ މަރުގެ ގާތިލް..” އިޝާން އަމިއްލަ ނަފްސު ގޯސްކޮށްފާ ރޯން ފެށިއެވެ.
“ތިގޮތަށް އަމިއްލަ ނަފްސު ކުއްވެރި ކުރާކަށް ނުވާނެ.. މިހާރު ޖަލުން ނިކުތްތާ އަހަރެއްވަނީ.. މާތް ރަސްކަނލާންގެ ހަޒްރަތުން ތައުބާވޭ.. އިޝާންގެ މަންމަ އަށް ހެޔޮދުޢާ ކޮއްދީ.. އެއީ ހަމައެކަނި އޮތް ގޮތަކީ..” ހުޒާމް ވާހަކަ ދެއްކީ ވިސްނުން ތެރިކަމާ އެކުއެވެ.
“ދެން ހިނގާ ދާން.. މިހާރު ވެސް މާލަސް ވެއްޖެ!” ހުޒާމް މިހެން ބުނެފާ ތެދުވިއެވެ. އިޝާން ވެސް ހުޒާމް އާއި އެކު ތެދުވިއެވެ. ދެއެކުވެރީން އެކުއެކީގާ ހިނގާގަތީ ރަށުތެރެއާއި ދިމާއަށެވެ.
މިހާރު އިޝާން، އެދަނީ އާ އަޒުމަކާއި އެކު އާފެށުމެއް ފަށާށެވެ. ހިތްހެޔޮ ދީން ވެރި އެކުވެރީންގެ އެހީގާ ކުރިން ކުރެވިފައިވާ ކުށަށް ތައުބާ ވާށެވެ.
*ނިމުނީ*
ކިޔުންތެރީންގެ ސަމާލު ކަމައްޓަކާ ދަންނަވާލަން. އަޅުގަނޑުގެ ފުރަތަމަ ދިގުވާހަކަ ވަރަށް އަވަހަށް އަޕްލޯޑް ކޮއްލަދޭނަން. އިންތިޒާރު ކޮއްލައްވާ.
One Comment
Comments are closed.







Allahumma Barik.. vaahaka riithi ekm ebahuri mistakes. ummeedhu kuran next timegai rangalhu kollaane kamah…