އެ އަންހެން ކުއްޖާ 6 ( ފަހު ބައި )
އެ އަންހެން ކުއްޖާގެ ފަރާތުން ޒައިންއަށް އެތަކެއް އުދަނގުލެއް ކުރަމުން ގެންދެއެވެ . ކިޔެވުން މަތިން ޒައިން ފޫހި ކުރުވާފިއެވެ . ޒައިން ގެ މައިންބަފައިންނާއި ހައިޝަމް އެކަމާ ކަންބޮޑުވެ މާޔޫސް ވެއެވެ . ކުރީގައި މޮޅުކޮށް ކިޔަވަމުން އައި ޒައިން ދައްވަމުން ދިޔައީމައެވެ . މާލެ ވެސް ބަދަލު ވެގެން ދިޔައީ ޒައިން އަށް ކިޔެވޭތޯއެވެ . ނަމަވެސް ޒައިންއަށް މާލޭގައި ވެސް ރަގަޅަށް ކިޔެވުނީ 1 އަހަރުއެވެ . އެ އަންހެން ކުއްޖާ ޒައިންއަށް އުނދަގޫ ކުރަމުން ގެންދިޔައެވެ .
މި ކަމަށް ހައްލެއް ހޯދުމަށް ޒައިން ގެ މައިންބަފައިން ރުޤްޔާ ކުރާ މީހަކު ހޯދިއެވެ . މެންދުރުގެ ވަގުތެއެވެ . ރުޤްޔާ ކުރާ މީހާ ޒައިން މެން އުޅޭ ގެޔަށް އައެވެ. ރުޤްޔާ ކުރާ މީހާ ބުނި ގޮތުން ޒައިން އަށް ހުރީ ޗޮކޮލެޓް އެއް ކާންދީފައެވެ . ސަބަބަކަށް ވަނީ ޒައިން ކިޔެވުމަށް މޮޅު ކަމުންނެއެވެ . އަދި ބަސް އަހާ ކިޔަމަން ވާތީއެވެ . އެކަމަށް ހަސަދަ ލުމުގެ ގޮތުން ޒައިން އަށް ކިޔެވުމަށް ޝައުޤުވެރި ކަން ނައްތާލުމަށް ހަދާފައިވާ އެއްޗެއް އެބަ ހުއްޓެއެވެ . އަދި ޖިންނި އަކަށް ޒައިން ހުރީ ހިބައިން ދީފައެވެ . މި ކަން ކޮށްފައި ވަނީ އެތަކެއް ދުވަހެއް ފާރަވެރި ވެގެންނެއެވެ . އަދި މިކަން ތައް ތައް ކުރަން މާ ލަސްވެއްޖެ ކަމަށާއި އަދި މި ކަން ކުރަން އުދަނގޫ ވާނޭ ކަމަށް ވެސް ރުޤްޔާ ކުރާ މީހާ ބުންޔެއެވެ.
އެހެން ބުނުމަށް ފަހު ރުޤްޔާ ކުރާ މީހާ ރުޤްޔާ ކުރަށް ފެށިއެވެ . ރުޤްޔާ ކުރުމުގެ ތެރޭގައި އެތަކެއް ކަމެއް އެގިގެން ދިޔައެވެ . އެއީ ޒައިން އެ އަންހެން ކުއްޖާ ( ޖިންނި ކުއްޖާ ) ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމެއެވެ . އެތަކެއް ސުވާލު ތަކެއް އެ ޖިންނި ކުއްޖާ އަށް ސުވާލު ކުރުމުން އެ އަންހެން ކުއްޖާ ބުނަމުން ގެންދިޔައީ އަހަންނަށް ހަވާލު ކުރި މީހާ ދުނިޔޭގައި އުޅޭ ކަމަށާއި އޭނަ ބުނި ކަންތައް ހާސިލް ވެއްޖެ ކަމަށެއެވެ . ދުވަހަކު ވެސް ޒައިން ދޫކޮށް ނުލާނެ ކަމަށް ވެސް ޖިންނި ކުއްޖާ ބުނަމުން ގެންދިޔައެވެ .
ސިއްޙަތު ރަގަޅު ކޮށް ހުރި ޒައިން މިހާރު ވަނީ ހިކިވެގެން އަނަރޫފަ ވެފައެވެ . ހީވަނީ ކާ އެއްޗެއް ނުލިބި ހުރި ކުއްޖެ ހެންނެއެވެ . މި ކަންތައް ތައް ސިއްރު ކުރުމުގެ ބޭނުމަކީ ކޮބައި ކަން ޒައިން ގެ އާއިލާ މެމްބަރުންނާއި ހައިޝަމް ސުވާލު އުފައްދަމުން ގެންދިޔައެވެ . ޒައިން ބުނަމުން ގެން ދިޔައީ މި ވާހަކަ ތައް ޒައިން ސިއްރު ކުރަމުން ގެންދިޔައީ އަހަރެން ދައްކާ ވާހަކަ ތައް ހައިޝަމް އަދި އާއިލާ އެކަކު ވެސް ގަބޫލް ނުކުރާނެ ކަމަށާއި މިއީ އަހަރެންނަށް މި ދުނިޔެ މަތީގައި ހުރި ކަމެއް ކަމަށެއެވެ . އަދި އަހަރެން ރަގަޅަށް ކިޔަވަމުން ދާތީ މީހަކު އަހަރެންނަށް ހެދި އެއްޗެއް ކަމަށް ވެސް ޒައިން ބުނަމުން ގެންދިޔައެވެ .
އަހަރު ތަކެއް ފަސް
ޒައިން މި ކަންތައް ތަކުން މިންޖުވެގެން ދިޔައެވެ . އަދި ހެދުނާއި ހަވީރުގެ ޒިކުރު ކިޔުމަށް ރުޤްޔާ ކުރާ މީހާ އިއުތިމާސް ކުރިއެވެ . 5 ވަގުތު ނަމާދު ކުރުމާއި ހެޔޮ ކަން ކަން މަތީ އަބަދު ހުންނަން ބުނެލިއެވެ . އޭރުން މި ކަމުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު ވެގެން ދާނޭ ވާހަކަ ބުންޏެއެވެ .
އަނަރޫފަ ވެފައިވާ ޒައިން މަޑު މަޑުން ހަށިގަނޑު ރީތި ވަމުން އާދެއެވެ . އެއް ދުވަހުން އަނެއް ދުވަހަށް ޒައިން ގެ ކިޔެވުން މޮޅުވެ ކުރި އަރަމުން ދެއެވެ . ނަމަވެސް ދޭތެރެ ދޭތެރެއިން ޒައިން އަށް އެ އަންހެން ކުއްޖާ ( ޖިންނި ) ކުއްޖާ ފެނެއެވެ . އެއީ ޒައިން އާ 17 ފޫޓް ދުރުންނެއެވެ . ޒައިން އެކަމަށް އެއްވެސް ފަރުވާ އެއް ނެތެއެވެ . ހައިޝަމް އަދި ޒައިން ގެ މައިންބަފައިން ތިބީ ނުލާ ހިކު އުފާވެރި ކޮށެއެވެ .
ޒައިން ކިޔެވުން ނިމިއްޖެއެވެ . އޯލެވެލް ނަތީޖާ ވެސް ޒައިން އަށް ލިބިގެން ދިޔައެވެ . އުފާވެރި ކަމުގެ ނިމުމެއް ނެތެއެވެ . ޒައިން އެ ހާލުގައި އުޅެމުން ވެސް ޒައިން އަށް ލިބިގެން ދިޔައީ ޒައިން އެންމެ ހިތް ހަމަ ޖެހޭ ރިޒަލްޓް އެއެވެ . ހުރިހާ މާއްދާ އަކުން ފާސް ލިބިގެން ދިޔައެވެ .
ޒައިން ގެ އާއިލާ އާއި ހައިޝަމް ތިބީ ނުލާހިކު އުފާވެރި ކަމުގައެވެ . ސަބަބަކަށް ވަނީ އެހާ އުދަނގޫ ދުވަސް ތަކަށް ފަހު ވެސް ޒައިން އަށް ފޮނި މީރު ކަމެއް ލިބިގެން ދިޔާމައެވެ . މިއީ ކޮންމެ މަޔަކަށް އަދި ކޮންމެ ބަޔަފަޔަކަށް އުފާވާނޭ ދުވަހެއެވެ .
ނޯޓް : މި ވާހަކައިގައި އުޅެމުން އަންނަ މީހުން ގެ ނަން ތަކަކީ އަސްލު ނަން ތަކެއް ނުމެ ނޫނެއެވެ . އިރާދަ ކުރެއް ވެއްޖިޔާ އެތަކެއް ވާހަކަ ތަކެއް ނެރޭނެ ވާހަކަ ދަންނަވާލަން .
One Comment
Comments are closed.


Masha Allah 😍 vrh reethi keep it up