Skip to content
އެސްފިޔަ

ވިންދާ ސަމާސާކޮށްލަމުން

  • މަސްތުކުރި ހުވަފެންތަކެއްގައި ލޯބި ހޭލައްވާލަމުން
  •             ގަސްތަކީ މިހިތާ ކުޅުންހޭ؟ ރޭގެ ނިންޖާ ކުޅެލަމުން
  • ހީކުރީމޭ ކުރިސަލާމެއްވެސް ކުރީ ދެ ހިތުން ކަމަށް
  •               ވީ ކަމެއް ރޭކާ ނުލީ ބޭޒާރުވާކަން ވިސްނުމުން
  • ނޭދެމޭ ވަހުތާނަކަށް އަހަރެންގެ ހިތް ވާކަށް ސަފުން
  •            ހޯދުމަށް ބޭނުން ދަވާ ނުލިބޭނެކަން އެނގިފައިވުމުން
  • ހީވިޔޭމިހިތުގެ ތެޅުން އިވިދާނެޔޭ ތިޔަ ކަންފަތަށް
  •            ރޭވެ ފައި ހިލަވަޅުއޮބޭއިރު ހިތުގަ ތިޔަ ކޮއްޓާލުމުން
  • ނޭގެނީހޭ ތާލުތައް ވިންދާ ތި ނަޒަރާ ގުޅުވަމުން
  •          ލޭގެ ހިނގުމަށް ނެތްކަމެއް މިންޖެއް ވެވެން ފިރުމާލުމުން
  • މަރުވެދާނޭ ވިންދުތައް ހަމަލާ ތި ދިން ގަދަފަދަ ކަމުން
  •          ހަރު ހިލައިންވާ ހިތް މަގޭ ވިރިގެން މިއަދު ފައިބާކަމުން
  • ކުޑަ އިޝާރާތެއް ވިޔަސް ހަމަ ކޮށްނުލާނަންހޭ ކަލާ
  •             މަޑުމަޑުން ހިތުގައި ޖަހާ ވިންދާ ސަމާސާކޮށްލަމުން

Comments (1)

  1. Sweet gurl

    Alhe hama varah reethi.
    hoping to see new poems:)

Comments are closed.