Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

މިންވަރުގައި ހުރިގޮތް ހަވަނަބައި (ފައިސާއާ މުދަލަކީ ވަގުތީ އެއްޗެކޭ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
February 12, 2025 5 Mins Read
4 Comments

މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ.  މި ދުވަހަށް ތައްޔާރުވުމާ ނުވުން އެއީ  އެމީހެއްގެ އަތްމަތީވާ ކަމެއްތާއެވެ. ތިމާ އާއި މަރު ބައްދަލުކުރާނީ ބުނެފައެއްނޫނެވެ. މިއަދު އެ ވަކިވީ ވިރުޝާގެ މައިންބަފައިން އެނާއާއި މުޅި އުމުރަށެވެ. ދެން އެނބުރިއެއް ނާއްނާނެވެ. މާދަމާ މަރުވާނީ ތިމާ ނޫންކަމެއް ވެސް އެނގެނީކީ ނޫނެވެ. ކޮންމެ މީހަކުވެސް އުޅެވޭ އެންމެ ރަނގަޅަކަށް އުޅުމަށް ނަސާާހަތްތެރިވަމެވެ.  ނަމާދު އޭގެ ވަގުތުގައި ކުރުމަށް ފަރުވާތެރިވެވިއްޖެނަމަ ކާމިޔާބު ލިބޭނެ ކަން ހަދާންކޮށްދެމެވެ.

ވިރުޝާ ހޭއެރީ ރޭގަނޑު ނުވައެއްވެސް ޖަހާ ބޮޑުވި ފަހުންނެވެ. އެންމެ ފުރަތަމަވެސް އަޑުން އަޑުނަގައި ރޯންފެށިއެވެ. މަންމަމެން ކައިރިއަށް ގެންދާށޭ ކިޔާ އާދެސް ކުރަމުންދިޔައެވެ. ދޭނެ ޖަވާބެއް ނޭނގި ބަސް ހުއްޓިފައިހުރި ނީތަން ދޮރާ ދިމާލަށް ބަލާލިއެވެ. އޭރު  އެ ކޮޓަރިއަށް  ވިރުޝާ ގެ ބޮޑުބޭބެ ވަންނަނީއެވެ. ފާޑަކަށް ނުރުހުންވެ އަހަރެންގެ މޫނަށް ބަލާލިއެވެ. ދެން ވިރުޝާ އަށް ނަޒަރު ސީދާ ކޮށްލިއެވެ. ބޮޑުބޭބެ ފެނުމުން މާ ބޮޑަށް ވިރުޝާ ހިތުގައި ޖެހި ދެރަވިއެވެ.

” ވިރުޝާ : ބޮޑުބޭ މަންމަ ބައްޕަ އަހަންނަށް ދައްކަދީ”

ގިސްލެވެމުން ދިއުމުން ވިރުޝާގެ އަޑު އަންނަނީ ކެނޑި ކެނޑިގެންނެވެ. ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބޮޑުބޭބެ ވާހަކަ މެދުކަނޑާލާފައި ރުޅިވެރިކަމާއެކު ފެށިއެވެ.

” ބޮޑުބޭބެ : ކަލޭގެ ތި  ހުތުރު އަނގައިން މަށައް ބޮޑުބޭ ކިޔައިގެން ނުވާނެއެވެ. މަގޭ ހުރި ހަމަ އެކަނި ބޭބެ އާއި އެނާގެ އަނބިމީހާގެ ގާތިލަކީ ތިއީއެވެ.  ދެ ރޭލު ޖެހި އަލިފާން ރޯވެގެން  އެދެމަފިރިން އަދާ ހުލިއެވީ  ހަމަ ކަލޭގެ ސަބަބުންނެވެ. ކަލޭ މޮޅު ކުރަން ކިޔަވައިދޭން ހަދައިގެން ރާއްޖެން ބޭރަށް ދިރިއުޅުން ބަދަލުކުރީމަ ކަލޭ ދިން ހަދިޔާ މި ފެންނަނީއެވެ. ދެން ޤައިމު ތި އުޅޭ އުޅުމައިގެން ކުރިއަށް ދެވިދާނެއެވެ. މިހިރަ ފެންނަށް ކާފަރާ އެކު އުޅެން ދާށެވެ. އަހަރުމެންގެ އާއިލާ އިން ކަލެއަކާ ހަވާލެއް ނުވާނަމެވެ. އެވަރު ބުރައެއް އުފުލާކަން ނެތީމެވެ. އެކަމަކު ކަލޭ ބައްޕަގެ ކުންފުންޔާ މަންމަގެ ހުރިހާ މުދަލެއް އެއީ މަގޭ އެއްޗެހިކަން ހަނދާންކުރައްޗެވެ.  އެ ހޯދަން އައުމުގެ ހައްޤެއް ކެލޭގެ ނޯއްނާނެއެވެ. މި ބޮޑު މެލޭޝިޔާގަ ކަލޭ މަރުވިޔަސް އަހަރުމެންނަށް ހެވެ. މާދަމާ އަހަރެން ރާއްޖެފުރާނަމެވެ. މަގޭ ބޭބެ އާއި އެނާގެ އަނބިމީހާ އެވަނީ ހިނަވާ ކަށުނަމާދުކޮށް ވަޅުލާފައެވެ.”

ހިތުހުރި އެއްޗެއް ވިރުޝާ އާއި ދިމާލަށް ބޮޑުބޭބެ ގޮވާ ހެދިއެވެ. އެތައް ހަޑި ހުތުރު އިލްޒާމެއް އެޅުވިއެވެ. މައިންބަފައިންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ވިރުޝާ ކަމަށް އެތައް ފަހަރު ގޮވިއެވެ. މިހުރިހާ ކަމެއް މިވީ ވިރުޝާގެ ސަބަބުންކަމަށް ބޮޑުބޭބެ ބުންޏެވެ.  ބޭނުންވި ހުރިހާ އެއްޗެހި ކިޔުމަށް ފަހު ފަސްއެނބުރި ބަލާވެސް ނުލާ ނިކުމެގެންދިޔައެވެ. އޭރު ވިރުޝާގެ ހިތް ހީވަނީ ރޮއެ ރޮއެ ހުއްޓިދާނެހެންނެވެ. އެމަންޒަރު ބަލަން ކެތްނުކުރެވިގެން ލެކުޗަރާ ނީތަން ވިރުޝާއާ ގާތަށް ޖެހިލައި ހިތްވަރުދީ ހެދިއެވެ. މިވަގުތު ރުއިން އެހާ ރަނގަޅު ނުވާނެކަމަށް ނަސާހަތްދިނެވެ. ދެން ޖެހޭނީ މައިންބަފައިންނަށް ހެޔޮ ދުޢާކޮށް ހަދަންކަން ބުނެދިނެވެ. ދެރަވެ ވިރުޝާ ހިތާމަ ކުރަންޔާ އޭގެ އަސަރު މަންމަ އާއި ބައްޕަ އަށްވެސް  ކުރާނެކަން ހަނދާކޮށްދީހެދިއެވެ.

ލިބުނު ކުއްލި ސިހުމުގައި ވިރުޝާ އަށް ސުޓޯކެއް ޖެހޫނީކަމަށް ޑޮކުޓަރު ބުންޏެވެ. ދެތިން ޓެސްޓު ހަދާފައި ހަފްތާއެއް ތެރޭ ގެއަށް ދޫކޮށްލިއެވެ. މި ފަހަރު ނީތަންގެ އަމަލުތަކަށް ވިރުޝާ ދެކޮޅެއް ނަހަދައެވެ. ގަދައެއް ނުދައްކައެވެ. ހާލުގައި ޖެހުން ދުވަހު  ވިރުޝާއަަށް އެހީ ވީ ނީތަން އާއި އޭނާގެ އާއިލާއެވެ. ޝުކުރުއަދާކުރާނޭ ގޮތެއް ވެސް ދޭނެ ހަދިޔާއެއްވެސް ވިރުޝާގެ އަތަކު މިއަދު ނެތެވެ. ކުރީގެ މުއްސަނދި ދިރިއުޅުމާ ތަނަވަސްކަން މިވަނީ ކުޑަ ހިނދުކޮޅެއް ތެރޭ ގެއްލިފައެވެ.

ނީތަންއާއެކު އޭނާގެ ގެއަށް ބަދަލުވީއެވެ. އެއީ ކުޑަކުޑަ އާދައިގެ ގެ ގަނޑެކެވެ. ތިންކޮޓަރިއާ ސިންޓިންރޫމާ ކައްކައި ކައިބޮއެހަދާނެ ތަންނެއް ހުއްޓެވެ. ކޮޓަރިއަކު ފާހާނައެއް ނުހުރެއެވެ. އެ ގޭގައި ހުރީ ގިއްފިއްޔެކެވެ. އެއްޗެހި ދޮއްނާނެ މެސިނެއް ނުހުރެއެވެ. ހުރީ އަތުން ދޮންނަށް ބޮޑު ތަށްޓެކެވެ. ކޮޓަރިތައް އެހާ ކުޑައެވެ. ނިދާނެ އެދެއް ނުހުރެއެވެ.  އެއްޗެހި ލާނެ އަލަމާރިއެއް ނުހުރެއެވެ. އައްނައުނު  އަޅުވަން ފާރުގައި ހުންނަނީ ކަންވާރު ދަމާފައެވެ. ނިދަންޖެހޭނީ ތަޅުންމަތީ ކުނާ ފަތުރައިގެންނެވެ. ރޭގަނޑު ގެއަކަަށް ކަރަންޓެއް ނުލިބެއެވެ. ކިޔަވަން ޖެހެނީ ފުޅިބައްތީގެ އަލިންނެވެ.  ގޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ކޮޓަރި އަހަންނަށް ދިނެވެ. އެކޮޓަރީގައި ކުޑަ ފަންކާއާކާ ބިންމަތީ ގޮދަޑިއެއް ފަތުރާފަ އޮތެވެ. ބާވެ ވިރާނާ ވެފައި ހުރި އަލަމާރިއެއް ހުއްޓެވެ. އަދާއިގެ  ކުޑަ ގޮޑިއަކާ މޭޒެއްހުއްޓެވެ.  މޭޒުމަތީ ފުޅިބައްތިއަކާ ލޭޓަރެއް އޮތެވެ. އޭގެ އިތުރުން ހަތިމަކާ މުއްސައްލައެއް އޮތެވެ. އެފެނިފައި އަހަރެން ހައިރާންވިއެވެ. މިއޮތް ހުރިހާ ދުވަހު ދެކިގެން މިހުރީ ނީތަން އަކީ ކާފަރެއް ކަމަށެވެ. އެހެނަސް މިވެސް މުސްލިމު އާއިލާއެއް ތާއެވެ.

މުއްސަނދިކަމާ ފައިސާ އަކީ ވިރުޝާގެ ދިރިއުޅުމުގައި ކުރިން ހުސްނުވެ ލިބުނު އެއްޗެއްސެވެ. ކޮންމެ އަހަރަކު ގޭގެ ފަރުނީޗަރު އާކުރާނެވެ. ލާން ގެންގުޅޭ އަންނައުނު ކޮންމެ މަހަކު އާކުރާކެވެ. ބޭކާރުގޮތުގައި އެތައް ފައިސާ އެއް ވަޔަށް ތަޅާ ބުރުވާނީ ފަހަށް ވިސްނައިވެސްނުލައެވެ.

އެއްގޮތަކަށް އެމާހައުލުގައި ވިރުޝާއަށް ނިދޭގޮތެއް ނުވިއެވެ. އޭސީގެ ފިނީގައި ފަންކާގެ ވައިގައި އަރާމު މަޑު އެދުގައި ނިދަމުންއައި ކުއްޖަކަށް އާދައިގެ ކުޑަ ގޮނދަޑިއެއްގައި ނިދަން ދަތިވާނެއެވެ. އެކަމަކު އެ ދިރިއުޅުމަށް ހޭނުމުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވުމުންނެވެ. ނީތަންގެ މަންމަ އިރުމްގެ ފަރާތުން އިންތިހާއަށް ލޯބި ދިޔައީ ލިބެމުންނެވެ.

ރަނގަޅަށް ކާ އެއްޗެއްވެސް ނުކެވޭތާ މަހެއް ފާއިތުވެގެން ދިޔައިރު ހަށިގަނޑުން  އެކަން ހެކިދެމުންދިއެވެ. ވިރުޝާގެ ދޮންމޫނުން ހިތާމަ ކުރާކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ދެ ލޯ ކައިރި ކަޅުވެފައި ހުރި އިރު މޫނުގެ އެކި ހިސާބު ހުރީ ރަތްވެފައެވެ.  ބޯ ކިރު ކޮޅެއް ފަދަ ހުދު ދެލޯ ހުރީ ދުޅަވެފައެވެ. އެ ރީތި އިސްތަށިގަނޑު ހުރީ ގޮށުން ފުރިފައެވެ. އެއްގޮތަކަށް ވެސް ފުނާއަޅާކަން ވިރުޝާ ނޭދެއެވެ.

ޓެސްޓުގައި ބައިވެރި ވެވޭ ގޮތް ނުވުމުން އެ އަހަރުގެ ކިޔެވުން އަލުން ފަށަން ޖެހުން ވީ ވިރުޝާއަށް ބޮޑު ގޮންޖެހުމަކަށެވެ. ކިޔެވުމަށް ފައިސާ ދައްކަން ޖެހޭކަން އެނގުމުން ހަނދާނެ ގޮތް ހުސްވިއެވެ.

އެއްގޭގެ ހަތަރު ފާރުތެރޭގައި ދެ މީހުން އުޅެމުން ދިޔަޔަސް ބައްދަލުވަނީ އެހާ މަދުންނެވެ. އިސްވެ އެއްވެސް އެެއްޗެއް ނީތަން ނުބުނާއެވެ. އޭނާގެ މަންމަ ހުންނަށް އިރެއްގައި ވެއްޖެއްޔާ ހިނިތުންވެލަފާނެއެވެ.

ބައެއްގެ ގޭގައި މިހެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟  އަހަރެން ވަޒީފާއެއް ހޯދަން ނިންމީ އެހިސާބުންނެވެ. އަބަދު ބައެއްގެ މައްޗަށް ބަރޯސާވެގެން އުޅުން ރަނގަޅުކަމަކަށް ނުފެއްނާތީއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން ކޮޅަށް ޖަހަން ނިންމީމެވެ.

ރަނގަޅު ނަތިޖާއެއް ލިބިފައި ވުމުން އުނދަގޫ ކަމެއްނެތި ވަޒީފާއެއް ލިބުނެވެ. މަޝްހޫރު ކޮންޕެނީއެއްގެ ކައުންޓަރުންނެވެ. މަހަކު 20 ހާސް މުސާރައަށް ލިބޭނެކަމަށް ވެއެވެ. އަހަރެންގެ މަސައްކަތަކަށް އޮއްނާނީ އެތަނަށް އަށްނަށް ފޯނު ކޯލުތަކާ ޖަވާބުދާރިވުމާ ތަނުގެ މުއްޒަފުންގެ ހާޒިރީ ބަލާ ހެދުމެވެ. މީހަކަށް މިވަރު ކަމެއް ފަސޭހަހެން ހީވިޔަސް  މިއީ ބުރަ ބޮޑު މަސްއޫލިއްޔަތެކެވެ. އޮފީސް ހުޅުވާ ގަޑީގައި ހުންނަށް ޖެހެއެވެ. ބަންދުކުރާ ގަޑީގައި ހުންނަށް ޖެހެއެވެ. ބައެއް ރޭ ރޭ ބާރަ ޖަހާއިރުވެސް ބަންދުކޮށްފާނެވެ. އާދައިގެ މަތިން އާންމުކޮން އަށެއް ޖަހާއިރު  ބަންދުކުރާނެއެވެ. ޚާއްސަ ކަމެއް ނެތިއްޔާއެވެ. ހެނދުނު ހައެއް ޖަހާއިރު މި އޮފީސް އާންމުކޮށް ހުޅުވާނެއެވެ.

ބުރަކުން އޮފީހުގައި އުޅެފައި  ބަޑުހައިވެގެން ގެއަށް އައިރެއެކެވެ. ގޭގެ ދޮރުން އެތެރަށް ވަދުން އިރު ހީ ސަމާސާ ކުރާ އަޑު އިވެންފެށިއެވެ. ސިޓިންރޫމުއިން ފެނުނު މަންޒަރުން އިންތިހާއަށް ހިތަށް ތަދުވިއެވެ. ކުޑަ  ފޮއްޓެއްގެ މަތީގައި ކޭކެއްވެސް އޮތެވެ. ކޭކުގެ މަތީގައި މަރުހަބާ ލޯބިވާ އިނގިރޭސި ބަހުން ޖަހާފައިނެވެ. ކައިރީގަ ބޮޑު ޕާރުސަލެއް ވެސް އޮތެވެ. އެތާ ގޮނޑި އެއްގައި ނީތަންގެ  މަންމަ އިރުމްވެސް އިނެވެ. އަހަރެން ހަމަ ފެނުމާއެކު ހީލާފައި ކައިރީ ހުރި ގޮނޑީގައި އިށީނުމަށް ބުންޏެވެ.

” ނީތަންގެ މަންމަ : އަހާ ދަރިފުޅާ އާދޭ މިތާ އިށީދެލަން ކޭކު ކޮޅެއްވެސް ކާން ވާނެ ”

ހިތާ ދެކޮޅަށް އައިސް އެތާ އިށީނީމެވެ. ނީތަންގެ އަތުގައި ހިފައިގެން އިން އަންހެންކުއްޖަކީ ކާކުބާއެވެ. އޭރުވެސް ހިތަށްއަރަމުންދިޔައެވެ. އެކުއްޖާ ނީތަންގެ މޫނަށް ބަލާލާ ކޮންމެ ފަހަރު ހީލައެވެ. މިއިން ދުވަހަކު ލެކުޗަރާ އުފާވެފައިވާ ތަނެއް ވިރުޝާ ނުދެކެވެ. އަބަދުވެސް މާޔޫސްވެ ފިކުރުބޮޑުވެފަ ހުންނަތަން ނޫނީ ނުފެނެއެވެ. ވަރަށް ބޮޑު ހިތާމައެއް ކުރަމުންދާ ކަން ފާހަގަވެފައިވެއެވެ. މިހެން ވިސްނުމުގައި އިންދާ ހޭވެރިކަމެއްވީ  އަނެއްކާ ނީތަން ގެ މަންމަގެ އަޑު އިވުމުންނެވެ.

“ނީތަން މަންމަ : މި ދުވަހަށް އިންތިޒާރު ކުރާތާ މަންމަ ވަރަށް ދުވަސްވެއްޖެއެވެ. ދަރިފުޅުގެ ކިޔެވުން ނިމި ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހަކަށް ރެއާ ދުއާލު މަންމަ އިންތިޒާރުކުރަމެވެ. ދަރިފުޅު ގެ އުމުރުން ތިން އަހަރުގައި ބައްޕަ މަރުވުމަށްފަހު މި މަންމަ ދަރިފުޅު ބަލާ ބޮޑުކޮށް ކިޔަވައިދިނީ ވަރަށް ހާލުގައެވެ. އެއްވެސް ހާލެއްގައި މަންމަ ދަރިފުޅާ ވަކިވެ ދާކަށް ނޭދެމެވެ. މި މަންމަގެ ހުރިހާ ވެސް އުންމީދެއް ވަނީ ދަރިފުޅާ ގުޅިލާމެހިފައެވެ. ލަސްތަކެއް ނުވެ މި ގެ ގަނޑުވެސް ހެދޭނެކަމަށް މަންމަ ބަލަމެވެ. މަންމަ ދަރިފުޅު ދެކެ ވާ ލޯބި ދުލާ ގަލަމަށްވެސް  ބުނެދޭން ދަތިވާނެއެވެ. ދިރިއުޅުމުގައި ކާމިޔާބު ލިބޭނީ މަންމަ ދުނިޔޭގައި ހުރެ ހެޔޮކޮން ހިތައިގެންނެވެ. ސުވަރުގެ އޮތީ މަންމަ ގެ ފައިތިލަ ދަށުގައެވެ. އަބަދުވެސް އެކަން ހަނދާން ކުރައްޗެވެ.  ދަރިފުޅު ނަމާދަށް ފަރުވާކުޑަ ނުކުރައްޗެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ.”

ވަރަށް ދިގު ކޮން  ވާހަކަ ދައްކާ  ނީތަންއަށް އޭނާގެ މަންމަ ވަރަށް ލޯތްބާއެކު ނަސާހަތްދިނެވެ. ސުވަރުގެ ދެވޭނީ މަންމަގެ ފައިތިލަ ދަށުންކަމަށްވެސް ބުންޏެވެ.  ކާމިޔާބު ލިބޭނީ ނަމާދަށް  ފަރުވާތެރި ވުމުން ކަން ވެސް ފާހަގަކުރިއެވެ. އެވާހަކަ ތައް އަހާފަ އަހަރެން ވަރަށް ދެރަވެ މައިންބަފައިން ނެތުމުގެ ފަޅުކަން އިހުސާސް ވިއެވެ.

ކޭކު ފެޅީ ވެސް އެއަންހެންކުއްޖާ އާއި ދެމީހުން ވަޅީގައި ހިފަގެންނެވެ. އަހަންނަށްވެސް ކޭކު ކޮޅެއް ލިބުނެވެ. އަވަހަށް އެކާލައިގެން ކޮޓަރިއަށް ދިއައީމެވެ. ލައިގެން ހުރި ހެދުން ބަދަލުކޮށް ހަދައިގެން ބިންމަތީގައި އޮތް ގޮދަޑީގައި އޮށޯތީމެވެ.  އަހަންނަށް ކަމަކާ ނުލާ ރޮވިއްޖެއެވެ. އެހެން އަންހެނާކާ އެކު ލެކުޗަރާ ފެނުމުން ހިތުގައި ޖެހިއްޖެއެވެ. މީގެ ކުރިން ނުރުހުނަސް މިހާރު އެކަން ބަދަލުވެއްޖެއެވެ. އިންތިހާއަށް ނީތަންގެ އަޅާލުމަށް އެދެވެން ފަށައިފިއެވެ. ވާހަކަ ދައްކާލާ ހަދާލަން ބޭނުންވެއެވެ. މާޒީގައި ވެދިޔަ ކަންތަކަށް މާފަށް އެދެންވެސް ބޭނުވެއެވެ.

ކަންތައް ވާން މިއުޅެނީ ކިހިނެއްބާއެވެ. ލެކުޗަރާ ނީތަން ކައިވެނިކުރަން އުޅެނީބާއެވެ.  އަނެއްކާ ވިރުޝާ އަށް ނީތަން ދެކެ ލޯބިވެވުނީ ބާއެވެ. ކުރީގައި  ކަންތައްތައް ހިނގައިދިޔަ  ގޮތަށް ބަލާއިރު ވިރުޝާގެ މިންވަރުގައި ނީތަނު ގެ ލޯބި ވާނެބާއެވެ.  ވިރުޝާ ދެކެމުން މިދާ ހުވަފެނުގައި ކުލަ ޖެހޭނެ ހެން ހީވޭ ހެއްޔެވެ؟

ނުނިމޭ

 

 

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ދުރުވާން ޖެހުނަސް ޓްރެއިލަރ

Next

މިޝްކާ (3)

Next
February 12, 2025

މިޝްކާ (3)

Previews
February 12, 2025

ދުރުވާން ޖެހުނަސް ޓްރެއިލަރ

4 Comments!

  1. Cutie girl says:
    February 13, 2025 at 3:32 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje 😭
    Khinehbaa dhen vaani
    I appreciate your hard work
    When next

    1. Isnaa says:
      February 13, 2025 at 9:31 pm

      Thank you “cutie girl” 💐💗
      Next part vrh avahah kiyaalan libeyne 🥰
      Thank you 😊
      Dhn inee vrh sad part eh 🥲
      Next part IA Friday ga kiyaalan libeyne kamah balamaa 🤗

  2. Hafeeza Ahmed says:
    February 15, 2025 at 1:02 am

    V reethi vaahaka

    1. Isnaa says:
      February 15, 2025 at 12:46 pm

      Thank you sister 💗💐

Comments are closed.



All Right Reserved!