Skip to content
އެސްފިޔަ

މައިންބަފައިންގެ ދައުރު

މައިންބަފައިންގެ ދައުރު

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މިއީ މައިންބަފައިން އެމީހުންގެ މުޅިއުއްމީދު ކަމުގައިވާ ދަރިންނަށްޓަކައި އަދާކުރާ ދައުރުތައް ދައްކުވައިދޭ ލިޔުމެކެވެ.

 

މައިންބަފައިން އެމީހުންގެ ދަރިންގެ ދިރިއުޅުމުގައި އެކި ގޮތްގޮތުން މުހިންމު ދައުރުތަކެއް އަދާކުރެއެވެ. މި ދައުރުތައް ގިނަފަހަރު ތަފާތުވަނީ އާއިލީ ގުޅުންތަކާއި، ސަގާފީ އާދަކާދަތަކާއި، އަދި ކޮންމެ ކުއްޖެއްގެ ވަކި ބޭނުންތަކަށް ބަލައިގެންނެވެ. ތިރީގައި މިވަނީ މައިންބަފައިން އަދާކުރާ ބައެއް މުހިންމު ދައުރުތަކެވެ:

  1. ބަލަދުވެރިޔާގެ ދައުރު

ކާނާއާއި،ބޭސްފަރުވާއާއި، އަންނައުނާއި، ބޯހިޔާވަހިކަން ފަދަ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ މައިންބަފައިން އެންމެ އިސްކަންދޭ އެއްކަންތަކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދެއެވެ.

  1. އުނގަންނައިދޭ މީހާގެ ދައުރު

އަގުތަކާއި، އަޚްލާޤާއި، އިޖްތިމާޢީ ހުނަރުތަކާއި، އަދި ދިރިއުޅުމުގެ ހުނަރުތައް އުނގަންނައިދެއެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ކުދިންނަށް ދުނިޔޭގައި ދަތުރުކުރުމާއި، ފާޑުކިޔުންތެރި ވިސްނުން ތަރައްޤީކުރުމާއި، މިނިވަންކަން ބިނާކުރުމަށް އެހީތެރިވެދެއެވެ.

  1. ޖަޒުބާތީ އެހީތެރިޔާ

ލޯތްބާއި، އަރާމު، އަދި ޔަޤީންކަން ކުދިންގެ ކިބާގައި އުފައދާއިދެއެވެ. މިކަމުގެ ސަބަބުން ޖަޒުބާތީ ހަމަޖެހުމާއި ކެތްތެރިކަން އިތުރުކޮށްދީ، ކުދިންނަށް މިނިވަންކަމާއެކު އިހުސާސްތައް ފާޅުކުރެވޭނެ ގޮތް ފަހިކޮށްދެއެވެ.

  1. ނަމޫނާ

ކުދިންނަށް ދަސްކުރެވޭނެ ސުލޫކާއި ވިސްނުންތައް ބައްޓަން ކުރަންވީގޮތުގެ ނަމޫނާ މައިންބަފައިން ދައްކައިދެއެވެ، މިކަމުގެ ސަބަބުން ކުއްޖާގެ އަޚްލާޤާއި، ނިންމުންތައް ނިންމުމާއި، ގުޅުންތަކުގައި އުޅޭ ގޮތް ބައްޓަންކުރެއެވެ.

  1. އަދަބުވެރިކުރުވާ މީހާ                                       ގަވާއިދުތަކާއި، ވަކި ޙައްދުތަކާއި، ނަތީޖާތައް ކަނޑައަޅައިދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަޚްލާޤާއި، އިޙްތިރާމް، އަދި ޖަވާބުދާރީވުމުގެ ވިސްނުން އާލާކުރެއެވެ.
  2. ވަކާލާތުކުރާ ފަރާތް

ސްކޫލާއި، ސިއްހީ ފަރުވާއާއި، އިޖުތިމާޢީ މާޙައުލުގައި ކުއްޖާގެ ބޭނުންތައް ތަމްސީލުކުރުވައެވެ.

މިކަމުގެ ސަބަބުން ކުއްޖާގެ އަޑާއި ބޭނުންތައް އަޑުއިވި ފުއްދައިދޭކަން ކަށަވަރުކުރެވެއެވެ.

  1. ހިތްވަރުދޭ ފަރާތް

ކުއްޖާގެ ހުވަފެންތަކާއި ކާމިޔާބީތަކަށް ހިތްވަރުދީ އެހީތެރިވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި، ފޯރި އަދި އިތުބާރު އިތުރުކުރުވައެވެ.

  1. ރަހުމަތްތެރިޔާ

އިތުބާރާއި ފާޅުކަން ބޮޑު ގޮތެއްގައި މުއާމަލާތްކުރުވައެވެ. މިކަމުގެ ސަބަބުން  ޙުކުމް ކުރުމުގެ ބިރެއް ނެތި ކުދިންގެ ޚިޔާލުތައް ހިއްސާކުރެވޭނެ ރައްކާތެރި މާޙައުލެއް އުފައްދައެވެ.

  1. ފުރުޞަތުތައް ފޯރުކޮށްދޭ ފަރާތް

ކުރިއެރުން ގެނުވައިދޭ ތަޖުރިބާތަކާއި، ތަޢުލީމާއި، ޙަރަކާތްތަކަށް ކުދިން ހުށަހެޅައދެއެވ. އެމީހުންގެ ދުނިޔެ ފުޅާކޮށް، ހުނަރުތައް ތަރައްޤީކޮށް، މުސްތަޤްބަލުގެ ކާމިޔާބީއަށް ތައްޔާރުކުރުވައެވެ.

10. ޚިލާފުތައް ޙައްލުކުރާ ފަރާތް

މައްސަލަ ޙައްލުކުރުމާއި، ހެޔޮގޮތުގައި ދެބަސްވުންތައް މެނޭޖްކުރަން ދަސްކޮށްދެއެވެ.މިކަމުގެ ސަބަބުން  ކުދިންނަށް އެހެން މީހުންނާ މުޢާމަލާތްކުރުމުގެ ހުނަރުތަކާއި ޖަޒްބާތީ ބުއްދި ތަރައްޤީކުރުމަށް އެހީތެރިވެއެވެ.

  • 11. ރައްކާތެރިކަން ދޭ ފަރާތް

ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ގެއްލުންތަކުން ކުދިން ރައްކާތެރިކުރުވައެވެ. މިކަމުގެ ސަބަބުން

އިތުބާރު ބިނާކޮށް، ކުދިންނަށް އެމީހުންގެ މާޙައުލުގައި ރައްކާތެރިކަން އިޙްސާސްކުރެވޭކަން ކަށަވަރުވެއެވެ.

މި ދައުރުތަކުގެ ކޮންމެ ދައުރަކީވެސް އަނެއް ދައުރާ ގުޅިލާމެހިފައިވާ ދައުރުތަކެކެވެ. އަދި މައިންބަފައިން ކުއްޖާގެ ޢުމުރުފުރާގެ އެކި މަރުޙަލާތަކުގައި އެކި ދައުރުތަކަށް އިސްކަންދީ، ކުއްޖާގެ ބަދަލުވަމުންދާ ބޭނުންތަކަށް ފެތޭގޮތަށް ބަދަލުވަމުންދާނެއެވެ. މި ދައުރުތައް ހަރުދަނާކަމާއެކު ބެލެންސްކުރުމުން ކުއްޖާގެ ޖުމްލަ ކުރިއެރުމަށް ލޯބިވާ އަދި އެހީތެރިވާ މާޙައުލެއް އުފެއްދުމަށް އެހީތެރިވެދެއެވެ.