Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

މިންވަރުގައި ހުރިގޮތް ހަތަރުވަނަބައި އަދި ފަސްވަނަ ބައި

Isnaa Level 610 Stories100 Comments100 Login100 Stories500 Login
February 10, 2025 7 Mins Read
4 Comments

މިންވަރުގައި ހުރިގޮތް ހަތަރުވަނަބައި ( ލެކުޗަރާ އެއުޅެނީ ވިރުޝާ އަށް ހިތް ކިޔައިގެން )

“ޔުނިވަރސިޓީ” އަށް ފުރަތަަމަ ދުވަހު ގެންދިޔައީ ވިރުޝާ ގެ ބައްޕަ ނޫރީންއެވެ. ކާރުގައި ދެވުނު އިރު ވަރަށް ރީތި މަންޒަރުތައް ފެނުނެވެ. މާގިނައިރަކު ކާރު ދުއްވާކަށް ނުޖެހުނެވެ. މަންޒިލަށް ވަރަށް އަވަހަށް ދެއްވިއްޖެއެވެ.

އާ އަހަރަށް މަރުހަބާ ޖަހާފައިވާ ބޮޑު ދޮރުން ވިރުޝާ އެތެރެއަށް ވަންނަށް ދެން ނޫރީން ކާރުގައި ބަލަން އިނެވެ. އެއީ އޭނާގެ ހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. އާއެކެވެ. ނޫރީންމެންގެ ލޯބީގެ ގުލްޒާރުގައި މަލަކަށް ފަހު މަލެއް މޯޅިވަމުން ދަނިކޮން އެދެމަފިރިންގެ ލޯބީގެ ޗަމަންއަށް އާރޯކަމެއް  ގެނެސްދިނީ ވިރުޝާއެވެ.  އިތުރު ދަރިއެއް ވެސް  ލިބިފައެއް ނުވުމުން އެދަރިފުޅަކީ އެ ދެމަފިރިންގެ ހުރިހާ ވެސް އުފަލެވެ.

މުޅި ހޯލު ތެރެ އޮތީ ކުދިން ވަދެ ފުރި ބާރުވެފައެވެ. ހުސް އެންމެ ގޮނޑި އެއްވެސް ނެތެވެ. އެކި ޤައުމުތަކުގެ ކުދިން ފާހަގަ ވަމުން ދިޔައެވެ.  ނަސީބު ކަން ދިމާކުރި ގޮތުން ވިރުޝާ އާއި ޖެހިގެން އިނީ ދިވެހި ކުއްޖެކެވެ. ކުޑަކޮށް ވާހަކަ ދައްކާލެވުމުން އެގުނު ގޮތުގައި އެއީ ރ. މީދު ކުއްޖެކެވެ.  ކިޔަވަން އައީ “ސްކޮލަސިޕް” ލިބުމުންނެވެ. އެ އާއިލާ އަކީ އެހާ ފޯރާ ބައެއް ނޫން ކަން އެކުއްޖާގެ ވާހަކައިން އެނގުނެވެ. މިއަދު ކަށީގެ ޑޮކުޓަރުކަން ކިޔަވަން މެލޭޝިޔާއަށް މި އާދެވުނީ ލައްކަށް ބުރަ މަސައްކަތްތަކެއް ކުރެވުމުން ކަން ފާހަގަ ކުރިއެވެ. ރަނގަޅު ނަތީޖާއެއް ލިބުމުން ސަރުކާރުގެ ހަރަދު ގައި ކިޔަވަން ފުރުސަތު ލިބޭ ކަން އެނގުނު ހިސާބު އަވަދި ނެތި ހުރިހާ ވަގުތެއް ކިޔެވުމަށް ހުސް ކުރިކަމަށް ބުންޏެވެ. އަދި ވަރަށް އުފާވެފަ ބުނެލިއެވެ. އަލްޚަމްދު ﷲ އެވެ. ﷲ ގެ ތަނަވަސް ރަޚުމަތާއެކު އަހަރެންގެ ހުވަފެންތަކުގައި ކުލަޖެހެން ކައިރިވީއެވެ.  ދެން ދެރަވެލާފަ ބުންޏެވެ. އެކުއްޖާގެ ބައްޕަ އަކީ ދިމާވި “އެކުސިޑެންޓެ”އްގެ ސަބަބުން ނުހިގިފައި އިން މީހެކެވެ. އެހެންވެ ގޭގެ ކަންކަން ކުރަމުން އެކުއްޖާގެ ހަގަށް ތިބޭ ހަތަރު ކުދިން ބަލަމުން އަމްދަނީ ހޯދަނީ މަންމަކަމަށްވެއެވެ. ފަންގެވިދެ ރޯނުވަށައިގެން ލިބޭ އެއްޗަކުން ދެކޮޅު ޖެހެނީ ހަމަ ކިރިޔާ އޭ ބުންޏެވެ. ކަށީގެ މޮޅު ޑޮކުޓަރަކަށް ވުމުގެ މައިގަނޑު މަޤްޞަދަކީ ބައްޕަގެ ފަޔަށް ބޭސް ކުރުން ކަމުގައި ބުނުމުން އަހަރެންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. ދުނިޔޭގައި އެންމެންނަކީ މުއްސަނދިން ނެއްނޫނެވެ. ނިކަމެތިންވެސް އުޅޭކަން އަހަރެން ހަނދާންވިއެވެ. ނިކަމެއްޗެއްގެ ދަރިއަކަށް ވެސް ރަން ވަނައެއް ލިބިދާނެއެވެ.  އަހަރެންގެ ހިތް އެކުއްޖާއަށް  ހަމްދަރުދީ އާއި ކުލުނުން ފުރުނެވެ. އެހީ އެއް އެއްޖާއަށް ވާން ނިންމީމެވެ. 500 ޑޮލަރު ވޮލެޓުން ނަގާފައި ހަދިޔާއަކަށް ދިނީމެވެ. ވަރަށް ނުހިފާން އުޅެފައިވެސް އަހަރެން ކުރުނުކޮށް ކިޔަން ފެށުމުން އޭގައި ހިފާފައި ޝުކުރުއަދާކުރިއެވެ.

އެންމެ މަތީ ބޭފުޅުން ވާހަކަ ދައްކާ ނިމުމުން ކުލާސްތައް ބައި ބަޔަށް ބެހިއެވެ. އެއަށްފަހު ދެން އޮތީ ތަފާތު ކުޅިވަރުތައް ކުޅުން ކަމަށް ބުންޏެވެ. ވިރުޝާގެ ކުލާހުގައި ރާއްޖޭގެ ދެކުދިން ތިއްބެއެވެ. ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. މަލަދާއި ލިޔާނާއެވެ.

ހީ ހީފާ މަޖާކުރަމުން ދަނިކޮން ކުރިމަތީގައި ޒުވާން ފުރާގެ ފިރިހެނަކު ހުއްޓިއްޖެއެވެ. ހުރިހާ ކުދިންގެ ސަމާސާކަން ކަނޑާލަ މޫނު އެޒުވާނާއަށް އަމާޒުކޮށް ލިއެވެ. ހޯލުގައި ތިބި އަންހެންކުދިންތައް  ތުއި ވާން ފެށިއިރު އަހަރެން ހުރީ ހަދާނެ ގޮއެއް ހުސްވެފައިއެވެ . އެއްބައި ކުދިން އިސްތަށިގަނޑު ރީތި ކޮށްލާ ތުންފަތުގައި ކުލަ ކޮޅެއް އުނގުޅާލާ ހަދާލިއެވެ. އަނެއް ބައި ކުދިން މޫނުގައި ފުއްޖަހާލާ ގަޔަށް ސެންޓު ބުރުވާލިއެވެ. އެއީ ހަމަ ވެދާނެ ގޮތެކެވެ.  އެޒުވާނާ ހާދަހާ ވާ ރީއްޗެވެ. އެހެރަ ފަން އިސްތަށިގަނޑެވެ. ކަސްރަތީ ހަށިގަނޑެވެ. ކަޅުކަން ގަދަ ދެލޮލެވެ. ހިލާ އިރު އެފެންނަށް އަންނާރު އޮތްތަކެއް ފަދަ ދެއްޕިލަޔާއި ފިޔާތޮށި ތުންފަތްވެ. އޭނާ ލައިގެން ހުރީ ގަދަ ކަޅު ކުލައިގެ ގަމީހެކެވެ. އޭގެ މަތިން  ނޫކުލައިގެ ޖެކެޓެއް އަޅާފައިވާއިރު ލައިގެން ހުރީ ނޫކުލައިގެ ފަޓުލޫނެކެވެ. ކަޅު ކުލައިގެ ވިދާ ބޫޓަކަށް އަރާފައި ވާއިރު ގަދަ ނޫކުލައިގެ ޓައިން  ރަސްމީ ގޮތްގަނޑު ސިފަވަމުން ދިޔައެވެ.

 

ހުރިހާ ކުދިންނަށް އިޝާރާތް ކޮށް ތައާރަފު ވެ ނިމުނު އިރު އެ ޒުވާނާ ވެގެން ދިޔައީ “ލެކުޗަރާ”އަށެވެ. ކޮންމެ ދެ ބަސް ބުނެފައި ވިރުޝާގެ މޫނަށް ލެކުޗަރާ ބަލާލާފައި ހިނިތުންވެލައެވެ. އެކަމާ ވިރުޝާ ހުންނަނީ ވަރަށް ބިރުގެންފައެވެ. ކިޔެވުން ކުރިއަށް ދާނެ ގޮތްތައް ވަރަށް ރަނގަޅަށް މުދައްރިސް ކިޔައިދިނެވެ.

 

ގެއަށް އާދެވުނު ހުރީ ހަވީރު އަތަށް އަޅާފައިވެ. 15.40 ވެ ބޮޑުވެފައެވެ. މެންދުރު ނަމާދައި އަސުރު ނަމާދު ކޮށް ހަދައިގެން ކޮޓަރިން ވިރުޝާ ނުކުތެވެ. އޭރު މަންމަ އާއި ބައްޕަ އިނީ ކާމޭޒުދޮށުގައެވެ. މޭޒުމަތީ އާވި އަރަ އަރާ ހުރި 3 ސައި ތަށި ހުއްޓެވެ. ބަޖިޔާ އާއި ހޫނު ހަނޑުލު ގުޅައެވެ. މީރު ރާބަފަތު ކޭކެވެ. ހުސް މީރު އެއްޗެއްސެވެ. “ޕިއްޒާ” އާއި ކުދި “ސަބުމެރީން” އެވެ.

 

ވަރަށް ރަނގަޅަށް ސައި ބޮއުނީމެވެ. ހެނދުނު ބޯލި ކިރުތަށްޓާއެކު ހުރީ ހުސްގުހޮރާކަމުވަތީއެވެ. ޔުނިވަރސިޓީގެ ކެންޓީނުން އެއްވެސް އެއްޗެއް ކާހިތެއްނުވިއެވެ. މާވަރަކަށް “ލެކުޗަރާ” ބަލާތީ ވެވުނު ފޫހިންނެވެ.

ސައި ބޮއި ނިމުނު ތަނާ ބައްޕަމެން ސުވާލުކުރިއެވެ.

ބައްޕަ ؛ ދަރިފުޅާ ކޮބާ ކިޔަވާ ތަން ހިތްހަމަޖެހޭ އެކުވެރިން ލިބުނު މުދައްރިސުން ރަނގަޅު

އެތައް ސުވާލެއް ބައްޕަ ވިރުޝާއާ އަމާޒުކޮށްލިއެވެ. ކޮންމެ ސުވާލަކަށް ހިނިތުންވެ ހުރެ ވިރުޝާ ޖަވާބުދާރިވިއެވެ.

ވިރުޝާ ؛ ލައްބަ ބައްޕާ ވަރަށް ހިތްހަމަ ޖެހުން ދިވެހި ކުދިން ވެސް ކުލާހުގައި އުޅޭ ވަރަށް  އުފާވޭ  އެކަމާ މުދައްރިސް ވެސް ރަނގަޅު

 

މުދައްރިސް ގެ ތަފާތު ބެލުން ތަކުން ވި އުނދަގޫގެ ވާހަކަ މައިންބަފައިންނަށް ސިއްރުކުރަން ވިރުޝާ ނިންމިއެވެ.

 

މަންމަ ؛ މަންމައަށް އޭރު  ވެސް އިނގޭ ވިރޫ އަށް ހިތްހަމަޖެހިގެން ކިޔެވޭނެ ކަން އެތާ ދެން ދިވެހިކުދިން އުޅެންޔާ ކަންކަމުގައި ފަސޭހަވެސްވާނު ދޯ ނޫރީން

އިޒުމީ ވާހަކަ ކުރުކޮށްލަމުން ނޫރީންނަށް ދޯ އެއްލިއެވެ.

ބައްޕަ ؛ އާ އާ އެހީވެސް ވެވޭނެ ދިވެހިންނަކީ އެބައިންވަންތަ ކަމުގައި ނަމޫނާ އެއްނު މުޅި ދުނިޔޭގަ ވެސް

 

ބައްޕަ އާއި މަންމަގެ ވާހަކަތައް އަހަން އިން ވިރުޝާ ގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. އެނާގެ މައިންބަފައިން ދެ ގޮތެއް ނުވެ ލޯބިން އަބަދަށް ލެއްވުން  އެދި ހިތާ ހިތާ ދުޢާކޮށްލެވުނެވެ.

 

ކޮޓަރިއަށް ވަދެވުމުން މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. “ލެކުޗަރާ” ނީތަން ގެ މޫނު ސިފަވުމުންނެވެ. އެހެން އެނދުމަތީ އިންދާ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އެއީ ކުލާހުން ބައްދަލުވި ރ މީދޫ ކުއްޖާއެވެ. ލިޔާނާ އެވެ. އޭނާގެ މެސެޖު ކިޔާފައި ވަރަށް ލަދު ގަނެއްޖެއެވެ. އެތައް ކުދިންނެއްގެ ލޮލުގައި މުދައްރިސް އަހަންނަށް ބެލިތަން އަޅައި ގަތުންކަން އެނގުމުންނެވެ. އާދެނެވުނު ރުޅީގައި ފޯނު ވެސް ވައްޓައި ނުލެވުނީ ހަމަ ކިރިޔާއެވެ.

 

މިއީ ފެބުރުއަރީ މަހެވެ. ލޯބިވެރިންގެ މަހެވެ. އެހެން ނުބުނެވޭ ވަރެއް ހެއްޔެވެ؟ މުޅި މެލޭސިޔާގެ މަގުތަކުގައި ވެސް ލޯބިވެރިން މާފޮޅުވަނީއެވެ.  މަގުތަކުގައި ރަތް ފިނިމެންފާ ވިއްކާ މީހުންވެސް އޮއްނަނީ ފުރިފައެވެ. ހޮޓާ ރެސްޓޯރަންޓް ތައް ވެސް ޒީނެތްތެރި ކުރާ އިރު ހީވަނީ އީދެއް އަންނަށް އުޅޭ ހެއްނެވެ.

 

ހެނދުނު ހެނދުނާ ތެދުވެ ސައިބޮއެ ހަދައިގެން ދަބަސް ތައްޔާރު ކޮށްލީމެވެ.  “ލެޕްޓޮޕް” އާއި ފޯނު ގައި ޗާޖު ހުރި ތޯ ޔަޤީންކުރީމެވެ. ފޯނުގެ “ޗާޖަރާ ޕަވަކޯޑު” ދަބަށް ލީމެވެ. ގެއަށް އާދެވޭނީ ހަވީރު ހަތަރެއް ޖަހާއިރު ކަމަށް ވާތީއެވެ. ފެން އަޅަން ގެން ގުޅޭ ފުޅިއަށް ފިނިފެން އަޅާ ފުރާލީމެވެ. ކުޑަ ޓިސޫ ޕެކެޓަކާ “ލިޕުސްޓި”ކަކާ އަތަރު ފޮޅިއެއްގެ އިތުރު “ސެނެޓައިޒާ” ފުޅިއެއް ޕާހަށް ލީމެވެ.

 

ދަނބުކުލައިގެ އަބާޔާގައި ވިރުޝާ ފެންނަނީ މިއަދު ވަރަށް ފަރިކޮންނެވެ. ކުދި ކުދި މާ ތަކެއް ހުރި އެ ހެދުމުގައި މަޑު ވިދުމެއް ހުއްޓެވެ. މަގުގައި ހިނގާލަފައި ގޮސް ބަހަށް އެރި އިރު އެތައް ބައެއްގެ ނަޒަރު ވިރުޝާ އަށް ހުއްޓެމުންދިޔައެވެ.

 

އެކި ހިސާބަށް ބަސް ހުއްޓި ކުދިން އަރަމުން ޔުނިވަރސިޓީއަށް ދެވުނު އިރު ހުރީ ގަޑި ޖެހެން ބާކީ 20 މިނެޓެވެ. ބަހުން ނިކުމެ ވަކި ހިސާބަކަށް ދެވުނު ތަނާ މީހަކު ގޮވާލުމުން ފަހެއް ބަލާލިއިރު ހުރީ  “ލެކުޗަރާ” ނީތަންއެވެ. އެ ސޫރަ ފެނި ފާނޑަކަށް ބޯގޮވާގޮތް ވިއެވެ.  ލަސް ފިޔަވަޅުގައި ގޮސް ވިރުޝާ މަޑުކޮށްލިތަނާ  އެތަން އެފެނުނީ ދޮރުން ވަށްނަށް އައި ލިޔާނާާއަށެވެ. ކުލާހުގައި ވަރަށް ދިމާ ކުރާނެކަން ޔަޤީންނެވެ. މިކަމާ ހުރެ ކިޔަވަން ދަތި ވާނެއެވެ. ވާނީވެސް އެހެންތާ އަބަދު ސިކުނޑީގައި އެނބުރޭނީ ލެކުޗަރާގެ ކަންތަކެވެ. އެބެލުންތަކާ ތަފާތު އިސާރާތެވެ. ޔުނިވަރސިޓީގެ ކޮންމެ ހިސާބަކުން ފެނުނަސް މަޑުކުރުވާ ކޮންމެ ފަދަ ވާހަކައެއް ވެސް ފަށާފާނެއެވެ.

ތިންމަސް ފާއިތުވެ ދިޔައީ އެހާ އަވަހަށެވެ. މިއަދު މިއީ ތަފާތުދުވަހެކެވެ. ބަހުގައި އޭނީ ނީތަންއެވެ. ގަޑިތައް ނަގައިދޭ މުދައްރިސެވެ.  ހުސްކޮން އިނީ ވެސް ހަަމަ އެންމެ ޖާގައެކެވެ. އެއީ ނީތަން އާއި ޖެހިގެން އިން ގޮނޑިއެވެ. އަހަރެން ފެނުނު އިރު އަތުން ހަނާ އަޅާލިއެވެ. ކައިރީގައި އިން ގޮނޑިއަށް އިޝާރާތް ކޮށް އައުމަށް ބުނުމުން ނުގޮސް މަޑުކުރާކަށް ނުކުރުނެވެ. ގޮނޑީގައި ރަނގަޅަށް ހަމަނުޖެހެނީސް ވާހަކަ ފަށައިފިއެވެ.

ނީތަން “ލެކުޗަރާ” : ވިރުޝާ އާއި ބައްދަލުކޮށްލަން ބޭނުންވޭ އެބަ

ހާސްވެ ހުރެ ވިރުޝާ ޖަވާބުދިނެވެ.

ވިރުޝާ : އަޅުގަނޑު އަށް ކަމެއް ގޯސްކޮން ކުރެވުނީ ތޯ އަނެއްކާ

ނީތަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު ބުންޏެވެ.

ނީތަން “ލެކުޗަރާ” : ނުނޭ ވިރުޝާ އަށް ކަމެއް ގޯސްކޮން ނުކުރެވޭ އެކަމަކު ކުޑަ ވާހަކައެއް ދައްކާލަން ވެފައި އޮތީމާ ޔުނިވަސިޓީ ކައިރީ  ހުންނަށް ކެފޭއިން މިއަދު ހަވީރު ބައްދަލުކޮން ލަން ބޭނުމީ އެނގޭ ޖަވާބު ދޭން ދަތިވާނެ ކަންވެސް ބޭރު ތެރޭގައި ފިރިހެން ކުދިންނާ އެކު ތަންތަނަށް ގޮސް ވެސް އުޅޭ ކުއްޖެއް ނޫކަންވެސް އިނގޭ ތީ ވިރުޝާ

ހަނދާނެ  ގޮތެއް ވިރުޝާއަކަށް ނޭނގުނެވެ. ކޮންމެހެންވެސް ޖަވާބެއް ދޭންޖެހޭތީ ދެތިން އެތި ބުނެލިީމެވެ.

ވިރުޝާ : އަޅުގަނޑުގެ ތިހުރިހާ ކަމެއް އެނގި ހުރި ބައްދަލުވާން އެދެނީތަ.

ނީތަން ޖަވާބުގައި ބޯޖަހާލާފައި ހަވީރު ކެފޭގައި އިންތިޒާރުކުރާނަށް ކަމަށް ބުންޏެވެ. އޭރު ބަސް ވެސް ޔުނިވަސިޓީ އަށް ފޯރައިފިއެވެ.

އެއްވެސް ގަޑި އެއްގައި ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. ނީތަން ގެ އަމަލުތަކުން ވިރުޝާ އާއި ގަޔާވާކަން ހާމަ ވަމުންދިޔުމުންނެވެ.  އެކަމާ ހުރެ ވިރުޝާ ބޯ ހުންނަނީ ގޮވާފައެވެ. ނީތަން އެއީ މުދައްރިސެވެ. ވިރުޝާ މިއީ ދަރިވަރެވެ. ލޯބީގެ ގޮތުން ގުޅެން ވެއްޖެއްޔާ އެހެންމީހުންގެ ކުރިމަތީ މިކަހަލަ ގުޅުންމެއް ސިފަވާނީ ވަރަށް ހަޑި ކޮށެވެ.

ފަހު ގަޑި ނިމިގެން ދިޔައި އިރުވެސް ވިރުޝާ އަށް ހިލަމެއް ނުވިއެވެ. އޭނާގެ ޚިޔާލުގައި ވަނީ ނީތަން “ލެކުޗަރާ” އާއި ބައްދަލު ކުރާނީބާއެވެ. ނުކުރާނީ ބާއެވެ. މާތް ﷲ އަހަންނަށް  ދެރަގޮތެއް މިންވަރު ނުކުރަށްވާށިއެވެ. ހިތުގެ އަޑިން ވިރުޝާ ދުޢާ ކޮށްލިއެވެ.

ވިރުޝާ ވަރަށް ވިސްނުންތައް ވިސްނައިފިއެވެ. އަނެއްކާ ނީތަން “ލެކުޗަރާ” އާއި ބައްދަލު ކުރަން ނިންމިބާއެވެ. އެކަމަކު މާވަރަކުން ވިރުޝާ އާއި ލެކުޗަރާ ދައްކަން އެއުޅެނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟

 

ނުނިމޭ

މިންވަރުގައި ހުރިގޮތް ފަސްވަނަބައި ( ލެކުޗަރާ ދަރިވަރަަށް ލޯބި ހުށައެޅުން)

ކެފޭގެ އެތެރެ އޮތީ ވަރަށް ހަމަހިމޭން ކޮށެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސްނުވެއެވެ. އެހެން ދޮރުމަތީ ހުއްޓާ ވޭޓަރަކު އަތުވެއްޖެއެވެ. އައިސް ނީތަނު ބުނިކުއްޖާ ތޯ އަހައި އޮޅުންފިލުވައިގެން އެތޭރޭގައި ހުރި ކޮޓަރިއަކަށް ވެއްދިއެވެ. އެތެރެއަށް ވަދެވުމުން  އޭސީގެ ފިނިން ހީކަރުވަން ފަށައިފިއެވެ. މިއިން ދުވަހަކު އެ އެސީ ކަނޑާލި ފާޑެއް ނުހަޖައެވެ. ވަކި ހިސާބަކުން  ފިނިފެންމާ ފިޔަ އާއި ހިތުގެ ބައްޓަމަށް ހުރި ފުއްޕާހަންތަށް ގިނަވާން ފެށިއެވެ . ދެން އެއްލި ކަޅިއަކުން ނީތަން ފެނިއްޖެއެވެ. ރަތް ކުލައިގެ ފޮތިގަނޑެއް އަޅައިފައި އިން މޭޒެއްގެ ދަށުގައި ހަމަ ޖެހިލައިގެން ގަޑި އަށް ބަލާލަ ބަލާލަ އިނެވެ. ވިރުޝާ އައިސް އިށީނުމުން  ހީލާފައި ވާހަކަ ފެށިއެވެ.

ނީތަން : ވަރަށް އުފާވެއްޖެ އައީމާ ވާހަކަ ފަށާނެ ގޮތެއް ވެސް ނޭނގެ އަސްލު ވިރުޝާ ފެނުނު ފުރަތަމަ ދުވަހުވެސް މިހިތައް އެހެރަ ވީ ވޮތް ބުނެދޭންވެސް ނޭނގެ ބަހުގައި މިއަދު ޔުނިވަރސިޓީއަށް އާދެވުނީ އަދި ޖެހި ޖެހިގެން ތިބެވުނީ ލިބުނު އުފާވެސް ބުނެދޭން ދަތި

އެހިސާބަށް ވާހަކަ ކުރުކޮށްލާފައި ތިން ފިނިމެންފާ ވިރުޝާ އަށް ދިއްކޮށްލިއެވެ. އޭގައި އަދި ހިފުމަށް އެދުނެވެ. ފިނިފެންމަލުގައި ހިފަން ނުހިފަން ހުރެފައި އޭގަ ހިފީމެވެ. އަތުގައި ކަރުދާސް ކޮޅެއް ޖެހުން އިހްސާސްވެގެން ބަލާލީމެވެ. އެއީ ނޯޓެކެވެ. އޭގާއި އޮތީ ކަލާ ދެކެ ވަރަށް ލޯބިވެއެވެ. ދެން މި ލޯބި ޤަބޫލުކޮށްދޭށެވެ. އެކިޔާފައި ވިރުޝާ އަށް ފެނުން އެންމެ ރަނގަޅަކަށް ކަންތަން ކުރިއެވެ. ނީތަން ވެސް ދަރިވަރުގެ ނިންމުމަށް ރުހޭކަމަށް ބުނެ ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. މީގެ ފަހުން ކުރިން އުޅުންހެން ނޫޅޭނެ ކަމަށްވެސް ބުނެ ވައުދުވެސްވިއެވެ.

ގެއަށް އައިސް ވަތް އިރު މަންމަ އިނީ ޓީވީ ދަށުގައެވެ. އަހަރެން ގެއަށް އައުން ލަސްވެގެން އިންތިޒާރުގައެވެ. މި މޫނުކޮޅު ހަމަ ފެނުމުން ސުވާލުކޮށްލިއެވެ.

މަންމާ : ދަރިފުޅާ ހާދަ ލަސްވީ މިއަދު ކަމެއް ވީތަ

ވިރުޝާ : އެސައިމެންޓެން ހަދަން  އޮތީމަ “ލައިބުރަރީ”  ގައި މައުލޫމާތު ކޮޅެއް ހޯދާލަން މަޑުކޮށްލީ މަންމާ އެހެންވެ ލަސްވީ މާފަށްއެދެން ލަސްވީމާ

މިއިން ދުވަހަކު މަންމަ އަށް ދޮގެއް ހަދާފަ ވިރުޝާ ނުވެއެވެ. އެހެނަސް މިއަދު އެހެދީ ބޮޑު ދޮގެކެވެ. އެދޮގު ހަދަން އޭނާގެ ޒަމީރު މަޖުބޫރުކުރީއެވެ. އެނޫން އެހެން ގޮތެއް ނުވިސްނުމުންނެވެ.

ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. މަސްތައް އަހަރުތަކަށް ބަދަލު ވަމުންދިޔައެވެ. ވިރުޝާ ގެ ކިޔެވުމުގެ އެއް އަހަރު ފާއިތުވެގެން ހިގަންޖެއެވެ. ވަރަށް ރަނގަޅު ނަތީޖާ އެއް ވެސް ލިބުނެވެ. އެންމެ މަތިން ހުރިހާ އެއްޗަކުން ވެސް ހުރީ ފާސްވެފައެވެ.   ލެކުޗަރާ ނީތަން އެއްވެސް ވަރަކަށް ވިރުޝާ އާއި ވާހަކަވެސް ނުދައްކައި އުޅުނެވެ. އެކަމުން ކޮންމެވެސް ވަރަކަށް ވިރުޝާ ވެސް ދެރަވަމުން ދިޔައެވެ. އެހިތުގައި ރިހޭ ކަމުގެ ވޭނީ ތަދު އިހްސާސްވަމުން ދިޔައެވެ.

އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ގޭގައި މަންމައަށް ކެއްކުމުގައި އެހީވާން އުޅުނީމެވެ. އަވަދިނެތި ކެއްކުމުގައި ތިއްބާ ބައްޕަ އަތުވެއްޖެއެވެ.

ބައްޕަ އަހަންނަށް ގޮވާލަފައި ބުންޏެވެ. ވަރަށް މުހިންމު އެއްޗެގައި ސޮއެ ކުރަން މަންމާއި ބައްޕަ މާލެ ހަފްތާއަކަށް ދާން ވެއްޖެކަމަށް ބުނުމުން ބިރުގަނެއްޖެއެވެ. މި އޮތް ބޮޑުގޭގައި އެކަނި އުޅެން ކޮންމެވެސް ވަރަކަށް ބިރު ގަންނާނެއެވެ. ގޭގެ ހުރިހާ ދިމާލެއްގައި ކެމެރާ ލާފަ ހުންނަކަން އެއީ ހަމަ ވިރުޝާގެ ނަސީބުފަދައެވެ. ވަގަކު އަޔަސް ކެމެރާ އަށް ނާރާ ނުދާނެއެވެ. އެ ހުރިހާ ކެމެރާ އެއް ނޫރީންގެ ފޯނުނުން ބެލޭނެއެވެ.

އަހަރުގެ މެދު ޓެސްޓު ކައިރިވެފައި އޮތްވާ ވިރުޝާގެ މަންމަމެން ފުރަން ތައްޔާރުވިއެވެ. މައިންބަފައިން ފުރަން އުޅެތީ   ވިރުޝާއަށް ހުރެވެނީ ދެރަވެފައެވެ. ކޮންމެވެސް ކަހަލަ ހިތާމަވެރި ކަމެއް ވާން އުޅޭ ހެން ހީވަމުން ދާތީއެވެ. އެހެންވެ ވިރުޝާ ހުންނަނީ  މާޔޫސްވެ މިލާ މޯޅި ވެފައެވެ. އެއްވެސް ވަރަކަށް ހިނިތުންވެލާ ވެސް ނަހަދައެވެ.

މަންމަ : ދަރިފުޅު ތިހެން ދެެރަނުވޭ މަންމަ މެން އޭގަ ސޮއިކުރެވޭހާ އަވަހަކަށް އަންނާނަށް މާލޭގައި ސިކުންތެއް ވެސް މަޑުނުކުރާނަށް ދެރަނުވެ ހީލާ ދެން މަންމަގެ ދޫނީ ވިރޫ

މަންމަގެ ނިޔަނެތި ބަސްތަކުން ހިތްހަމަޖެހުމެއް ހިތަށް ނުލިބުނަސް ވިރުޝާ ހީލިއެވެ.

އޭގެ އަނެއް ދުވަހު ފަތިހު މާލެދާން ވިރުޝާ ގެ މައިންބަފައިން ނަށްޓާލުމުން މުޅި ގެ ފަޅުވި ހަދައެވެ.  ގޭގެ ދިރުން ކެނޑިގެން ދިއައެވެ.

އިންތިހާއަށް ދެރަވެ ހުރެ ކުލާހަށް ދިއައީމެވެ. ޓެސްޓު ކައިރިވެފައި އޮތުމުން ކޮންމެ ގަޑި އެއްވެސް މުހިންމު ވާނެތީއެވެ. ކުލާހުގައި ޚިޔާލަކަށް ގެއްލިފައި އިންދާ ލިޔާނާ ކިހިނެއް ވީހޭ އެހިއެވެ. ދެން އަހަންނަށް ރޮވެން ފެށުނެވެ. މަންމަމެންނަށް ކަމެއް ވާން އުޅޭ ހެން ހީވާ ވާހަކަ ބުނެވުނުތަނާ އެމެންޖެންސީ ކޯލެއް ފޯނަަށް އައެވެ. ފޯނުން ވާހަކަ ދެއްކީ މެލޭސިޔާގެ ރަސްމީ ހަސްފަތާލުންނެވެ. އެތަނުން ދިން ޚަބަރާ އެކު ވިރުޝާ ހޭނެތިގެން ވެއްޓުނެވެ. އެހުރިހާ އިރު ވިރުޝާ ގެ ހަރަކާތް ތަކަށް ބަަލަން ހުރި ނިތާން ހުރީ ކޮންމެ ހާލަތަކަށްވެސް ހުށިޔާރުވެގެންނެވެ. ތައްޔާރަށެވެ.  ނަގައިދެމުން ދިޔަ ގަޑި އެހެން ދުވަހަކަށް ލަސްކޮށްލާފައި އަތްދަނޑި މައްޗަށް ވިރުޝާ ލައިގެން ލެކުޗަރާ ދުއްވައިގަތެވެ. އެމަންޒަރު ފެނި ދަރިވަރުންތަން އާޝޯހުވިއެވެ. މިއިން ދުވަހަކު މުދައްރިސް ހާސްވެ ކަންބޮޑުވެފައި ހުރި ތަނެއް އެއްވެސް ކުއްޖަކަށް ފެނިފައެއް ނެތެވެ. އެއްއިރެއްގައި ޔުނިވާސިޓީގެ ތަންތަނުން ވިރުޝާ އާއި ވާހަކަ ދައްކާ ހަދާތަން ފެނުނަސް މިހާރު އެއިން މަންޒަރެއް ނުފެންނަތާވެސް އަހަރެއް ފާއިތުވެ ދިޔައީއެވެ.

ކަންތަން ވެދިޔަ ގޮތް ނީތަން ވަރަށް ރަނގަޅަށް އޮޅުން ފިލުވިއެވެ. މާލޭގައި ހުރި ވިރުޝާގެ ބޮޑުބޭބެ އަށް ގުޅައި އަވަހަށް އައުމަށް އެންގިއެވެ.  އަސްލު މިއުޅެނީ ކިހިނެއް ވެގެންބާއެވެ. ރާއްޖޭގައި ތިބި އާއިލާ މީހުނަށް އައުމަށް އަންގަން މި ޖުހުނީ ކީއްވެ ހެއްޔެވެ؟ ހަސްފަތާލުގެ ފޯނު ކޯލު އަހާފައި ވިރުޝާ ހޭނެތުނީ ކޮން ސަބަބަކާ ހުރެ ބާއެވެ.    އެތަނުން  ވިރުޝާ އަށް މިދިނީ ކޮންކަހަލަ ޚަބަރެއް ބާއެވެ. އަނެއްކާ ވިރޫ ގެ މައިންބަފައިންނަށް ދަތުރުމަތީ ކަމެއް ވެގެން ދިޔައީ ބާވައެވެ. އެހެންވެއްޖެ ނަމަ ވިރުޝާއަށް ދެން މިންވަރު ކުރަށްވާނީ ކޮންހަލަ ދިރިއުޅުމެއް ހެއްޔެވެ؟

ނުނިމޭ

“މިންވަރުގައި ހުރިގޮތް ހަތަރުވަނަބައިގައި  ހުރި  މައްސަލަތައް މިބައިގަ ރަނގަޅު ވާނެ ކަމަށް އުއްމީދުކުރަމެވެ.”🤗

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ފަންވަރު 09

Next

އެދަތުރު – 02

Next
February 11, 2025

އެދަތުރު – 02

Previews
February 10, 2025

ފަންވަރު 09

4 Comments!

  1. rosie says:
    February 10, 2025 at 11:53 pm

    nice but this neethan is giving me the creeps ehaa avahah loabivevigen eh ves with his student i hope her parents are ok tho

  2. Isnaa says:
    February 11, 2025 at 10:42 am

    Thank you Rosie 💐💗
    Neethan loabi vaa Vaahaka buni 1 Year kohffa ehnnu 🥰🤗

  3. Engeykah nujehey says:
    February 11, 2025 at 12:53 pm

    Varah kada

    1. Isnaa says:
      February 11, 2025 at 5:45 pm

      Ok Thank you “Engeykah nujehey” 💗💐

Comments are closed.



All Right Reserved!