Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

މިންވަރުގައި ހުރިގޮތް ހަތަރުވަނަބައި (“ލެކްޗަރާ” އެ އުޅެނީ ވިރުޝާ އަށް ހިތް ކިޔައިގެން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
February 9, 2025 5 Mins Read
2 Comments

“ޔުނިވަރސިޓީ” އަށް ފުރަތަަމަ ދުވަހު ގެންދިޔައީ ވިރުޝާ ގެ ބައްޕަ ނޫރީންއެވެ. ކާރުގައި ދެވުނު އިރު ވަރަށް ރީތި މަންޒަރުތައް ފެނުނެވެ. މާގިނައިރަކު ކާރު ދުއްވާކަށް ނުޖެހުނެވެ. މަންޒިލަށް ވަރަށް އަވަހަށް ދެއްވިއްޖެއެވެ.

އާ އަހަރަށް މަރުހަބާ ޖަހާފައިވާ ބޮޑު ދޮރުން ވިރުޝާ އެތެރެއަށް ވައްނަށް ދެން ނޫރީން ކާރުގައި ބަލަން އިނެވެ. އެއީ އޭނާގެ ހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. އެއީ ނޫރީންމެންގެ ލޯބީގެ ގުލްޒާރުގައި މަލަކަށް ފަހު މަލެއް މޯޅިވަމުން ދަނިކޮން އެދެމަފިރިންގެ ލޯބީގެ ޗަމަންއަށް އާރޯކަމެއް  ވިރުޝާ ގެނެސްދިނުމުންނެވެ. ހަމައެއާއެކު އިތުރު ދަރިއެއް ވެސް ލިބިފައި ނެތުމާވެސްއެކުއެވެ.

މުޅި ހޯލު ތެރެ އޮތީ ކުދިން ވަދެ ފުރި ބާރުވެފައެވެ. ހުސް އެންމެ ގޮޑި އެއްވެސް ނެތެވެ. އެކި ޤައުމުތަކުގެ ކުދިން ފާހަގަ ވަމުން ދިޔައެވެ.  ނަސީބު ކަން ދިމާކުރި ގޮތުން ވިރުޝާ އާއި ޖެހިގެން އިނީ ދިވެހި ކުއްޖެކެވެ. ކުޑަކޮން ވާހަކަ ދައްކާލެވުމުން އެގުނު ގޮތުގައި އެއީ ރ. މީދު ކުއްޖެކެވެ.  ކިޔަވަން އައީ “ސްކޮލަސިޕް” ލިބުމުންނެވެ. އެ އާއިލާ އަކީ އެހާ ފޯރާ ބައެއް ނޫން ކަން އެކުއްޖާގެ ވާހަކައިން އެނގުނެވެ. މިއަދު ކަށީގެ ޑޮކުޓަރުކަން ކިޔަވަން މެލޭޝިޔާއަށް މި އާދެވުނީ ލައްކަށް ބުރަ މަސައްކަތްތަކެއް ކުރެވުމުން ކަން ފާހަގަ ކުރިއެވެ. ރަނގަޅު ނަތީޖާއެއް ލިބުމުން ސަރުކާރުގެ ހަރަދު ގައި ކިޔަވަން ފުރުސަތު ލިބޭ ކަން އެނގުނު ހިސާބު އަވަދި ނެތި ހުރިހާ ވަގުތެއް ކިޔެވުމަށް ހުސް ކުރިކަމަށް ބުންޏެވެ. އަދި ވަރަށް އުފާވެފަ ބުނެލިއެވެ. އަލްޚަމްދު ﷲ އެވެ. ﷲ ގެ ތަނަވަސް ރަޚުމަތާއެކު އަހަރެންގެ ހުވަފެންތަކުގައި ކުލަޖެހެން ކައިރިވީއެވެ.  ދެން ދެރަވެލާފަ ބުންޏެވެ. އެކުއްޖާގެ ބައްޕަ އަކީ ދިމާވި “އެކުސިޑެންޓެ”އްގެ ސަބަބުން ނުހިގިފައި އިން މީހެކެވެ. އެހެންވެ ގޭގެ ކަންކަން ކުރަމުން އެކުއްޖާގެ ހަގަށް ތިބޭ ހަތަރު ކުދިން ބަލަމުން އަމްދަނީ ހޯދަނީ މަންމަކަމަށްވެއެވެ. ފަންގެވިނެ ރޯނުވަށައިގެން ލިބޭ އެއްޗަކުން ދެކޮޅު ޖެހެނީ ހަމަ ކިރިޔާ އޭ ބުންޏެވެ. ކަށީގެ މޮޅު ޑޮކުޓަރުކަން ވުމުގެ މައިގަނޑު މަޤްޞަދަކީ ބައްޕަގެ ފަޔަށް ބޭސް ކުރުން ކަމުގައި ބުނުމުން އަހަރެންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. ދުނިޔޭގައި އެންމެންނަކީ މުއްސަނދިން ނެއްނޫނެވެ. ނިކަމެތިންވެސް އުޅޭކަން އަހަރެން ހަނދާންވިއެވެ. ނިކަމެއްޗެއްގެ ދަރިއަކަށް ވެސް ރަން ވަނައެއް ލިބިދާނެއެވެ.  އަހަރެންގެ ހިތް އެކުއްޖާއަށް  ހަމްދަރުދީ އާއި ކުލުނުން ފުރުނެވެ. އެހީ އެއް އެއްޖާއަށް ވާން ނިންމީމެވެ. 500 ޑޮލަރު ވޮލެޓުން ނަގާފައި ހަދިޔާއަކަށް ދިނީމެވެ. ވަރަށް ނުހިފާން އުޅެފައިވެސް އަހަރެން ކުރުނުކޮށް ކިޔަން ފެށުމުން އެގާއި ހިފާފައި ޝުކުރުއަދާކުރިއެވެ.

އެންމެ މަތީ ބޭފުޅުން ވާހަކަ ދައްކާ ނިމުމުން ކުލާސްތައް ބައި ބަޔަށް ބެހިއެވެ. އެއަށްފަހު ދެން އޮތީ ތަފާތު ކުޅިވަރުތައް ކުޅުން ކަމަށް ބުންޏެވެ. ވިރުޝާގެ ކުލާހުގައި ރާއްޖޭގެ ދެކުދިން ތިއްބެއެވެ. ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. މަލަދާއި ލިޔާނާއެވެ.

ހީ ހީފާ މަޖާކުރަމުން ދަނިކޮން ކުރިމަތީގައި ޒުވާން ފުރާގެ ފިރިހެނަކު ހުއްޓިއްޖެއެވެ. ހުރިހާ ކުދިންގެ ސަމާސާކަން ކަނޑާލަ މޫނު އެޒުވާނާއަށް އަމާޒުކޮށް ލިއެވެ. ހޯލުގައި ތިބި އަންހެންކުދިންތައް  ތުއި ވާން ފެށިއިރު އަހަރެން ހުރީ ހަދާނެ ގޮއެއް ހުސްވެފައިއެވެ . އެއްބައ ކުދިން އިސްތަށިގަނޑު ރީތި ކޮށްލާ ތުންފަތުގައި ކުލަ ކޮޅެއް އުނގުޅާލާ ހަދާލިއެވެ. އަނެއް ބައި ކުދިން މޫނުގައި ފުއްޖަހާލާ ގަޔަށް ސެންޓު ބުރުވާލިއެވެ. އެއީ ހަމަ ވެދާނެ ގޮތެކެވެ.  އެޒުވާނާ ހާދަހާ ވާ ރީއްޗެވެ. އެހެރަ ފަން އިސްތަށިގަނޑެވެ. ކަސްރަތީ ހަށިގަނޑެވެ. ކަޅުކަން ގަދަ ދެލޮލެވެ. ހިލާ އިރު އެފެންނަށް އަންނާރު އޮތްތަކެއް ފަދަ ދެއްޕިލަޔާއި ފިޔަތޮށި ތުންފަތްވެ. އޭނާ ލައިގެން ހުރީ ގަދަ ކަޅު ކުލައިގެ ގަމީހެކެވެ. އޭގެ މަތިން  ނޫކުލައިގެ ޖެކެޓެއް އަޅާފައިވާއިރު ލައިގެން ހުރީ ނޫކުލައިގެ ފަޓުލޫނެކެވެ. ކަޅު ކުލައިގެ ވިދާ ބޫޓަކަށް އަރާފައި ވާއިރު ގަދަ ނޫކުލައިގެ ޓައިން  ރަސްމީ ގޮތްގަނޑު ސިފަވަމުން ދިޔައެވެ.

ހުރިހާ ކުދިންނަށް އިޝާރާތް ކޮށް ތައާރަފު ވެ ނިމުނު އިރު އެ ޒުވާނާ ވެގެން ދިޔައީ ލެކުޗަރާއަށެވެ. ކޮންމެ ދެ ބަސް ބުނެފައި ވިރުޝާގެ މޫނަށް ލެކުޗަރާ ބަލާލާފައި ހިނިތުންވެލައެވެ. އެކަމާ ވިރުޝާ ހުންނަނީ ވަރަށް ބިރުގެންފައެވެ. ކިޔެވުން ކުރިއަށް ދާނެ ގޮތްތައް ވަރަށް ރަނގަޅަށް މުދައްރިސް ކިޔައިދިނެވެ.

ގެއަށް އާދެވުނު ހުރީ ހަވީރު އަތަށް އަޅާފައިވެ. 15.40 ވެ ބޮޑުވެފައެވެ. މެންދުރު ނަމާދައި އަސުރު ނަމާދު ކޮށް ހަދައިގެން ކޮޓަރިން ވިރުޝާ ނުކުއިން އިރު   މަންމަ އާއި ބައްޕަ އިނީ ކާމޭޒުދޮށުގައެވެ. މޭޒުމަތީ އާވި އަރަ އަރާ ހުރި 3 ސައި ތަށި ހުއްޓެވެ. ބަޖިޔާ އާއި ހޫނު ހަނޑުލު ގުޅައެވެ. މީރު ރާބަފަތު ކޭކެވެ. ހުސް މީރު އެއްޗެއްސެވެ. “ޕިއްޒާ” އާއި ކުދި “ސަބުމެރީން” އެވެ.

ވަރަށް ރަނގަޅަށް ސައި ބޮއުނީމެވެ. ހެނދުނު ބޯލި ކިރުތަށްޓާއެކު ހުރީ ހުސްގުހޮރާކަމުވަތީއެވެ. ޔުނިވަރސިޓީގެ ކެންޓީނުން އެއްވެސް އެއްޗެއް ކާހިތެއްނުވިއެވެ. މާވަރަކަށް “ލެކުޗަރާ” ބަލާތީ ވެވުނު ފޫހިންނެވެ.

ސައި ބޮއި ނިމުނު ތަނާ ބައްޕަމެން ސުވާލުކުރިއެވެ.

ބައްޕަ ؛ ދަރިފުޅާ ކޮބާ ކިޔަވާ ތަން ހިތްހަމަޖެހޭ އެކުވެރިން ލިބުނު މުދައްރިސުން ރަނގަޅު

އެތައް ސުވާލެއް ބައްޕަ ވިރުޝާއާ އަމާޒުކޮށްލިއެވެ. ކޮންމެ ސުވާލަކަށް ހިނިތުންވެ ހުރެ ވިރުޝާ ޖަވާބުދާރިވިއެވެ.

ވިރުޝާ ؛ ލައްބަ ބައްޕާ ވަރަށް ހިތްހަމަ ޖެހުން ދިވެހި ކުދިން ވެސް ކުލާހުގައި އުޅޭ ވަރަށް  އުފާވޭ  އެކަމާ އަޅުގަނޑު މުދައްރިސް ވެސް ރަނގަޅު ބައްޕާ

މުދައްރިސް ގެ ތަފާތު ބެލުން ތަކުން ވި އުނދަގޫގެ ވާހަކަ މައިންބަފައިންނަށް ސިއްރުކުރަން ވިރުޝާ ނިންމިއެވެ.

މަންމަ ؛ މަންމައަށް އޭރުވެސް އިނގޭ ވިރޫ އަށް ހިތްހަމަޖެހިގެން ކިޔެވޭނެ ކަން އެތާ ދެން ދިވެހިކުދިން އުޅެންޔާ ކަންކަމުގައި ފަސޭހަ ވެސް ވާނު ދޯ ނޫރީން

އިޒުމީ ވާހަކަ ކުރުކޮށްލަމުން ނޫރީންނަށް ދޯ އެއްލިއެވެ.

ބައްޕަ ؛ އާ އާ އެހީވެސް ވެވޭނެ ދިވެހިންނަކީ އެބައިންވަންތަ ކަމުގައި ނަމޫނާ އެއްނު މުޅި ދުނިޔޭގަ ވެސް

ބައްޕަ އާއި މަންމަގެ ވާހަކަތައް އަހަން އިން ވިރުޝާ ގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. އެނާގެ މައިންބަފައިން ދެ ގޮތެއް ނުވެ ލޯބިން އަބަދަށް ލެއްވުން  އެދި ހިތާ ހިތާ ދުޢާކޮށްލިއެވެ.

ކޮޓަރިއަށް ވަދެވުމުން މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. “ލެކުޗަރާ” ނީތަން ގެ މޫނު ސިފަވުމުންނެވެ. އެހެން އެނދުމަތީ އިންދާ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އެއީ ކުލާހުން ބައްދަލުވި ރ މީދޫ ކުއްޖާއެވެ. ލިޔާނާ އެވެ. އޭނާގެ މެސެޖު ކިޔާފައި ވަރަށް ލަދު ގަނެއްޖެއެވެ. އެތަން ކުދިންނެއްގެ ލޮލުގައި މުދައްރިސް އަހަންނަށް ބެލިތަން އަޅައި ގަތުންކަން އެނގުމުންނެވެ. އާދެނެވުނު ރުޅީގައި ފޯނު ވެސް ވައްޓައި ނުލެވުނީ ހަމަ ކިރިޔާއެވެ.

މިއީ ފެބުރުއަރީ މަހެވެ. ލޯބިވެރިންގެ މަހެވެ. އެހެން ނުބުނެވޭ ވަރެއް ހެއްޔެވެ؟ މުޅި މެލޭސިޔާގެ މަގުތަކުގައި ވެސް ލޯބިވެރިން މާފޮޅުވަނީއެވެ.   ރަތް ފިނިމެންފާ ވިއްކާ މީހުނުން އޮއްނަނީ މަގުގެ ދެފަރާތް ފުރިފައެވެ. ހިނގާން ވެސް އެކަމާ ހުރެ ނިކަން ދައްޗެވެ. ހޮޓާ ރެސްޓޯރަންޓް ތައް ވެސް ޒީނެތްތެރި ކުރާ އިރު ހީވަނީ އީދެއް އަންނަށް އުޅޭ ހެއްނެވެ.

ހެނދު ހެނދުނާ ތެދުވެ ސައިބޮއެ ހަދައިގެން ދަބަސް ތައްޔާރު ކޮށްލީމެވެ.  “ލެޕްޓޮޕް” އާއި ފޯނު ގައި ޗާޖު ހުރި ތޯ ޔަޤީންކުރީމެވެ. ފޯނުގެ ޗާޖަރާ “ޕަވަކޯޑު” ދަބަށް ލީމެވެ. ގެއަށް އާދެވޭނީ ހަވީރު ހަތަރެއް ޖަހާއިރު ކަމަށް ވާތީއެވެ. ފެން އަޅަން ގެން ގުޅޭ ފުޅިއަށް ފިނިފެން އަޅާ ފުރާލީމެވެ. ކުޑަ ޓިސޫ ޕެކެޓަކާ “ލިޕުސްޓި”ކަކާ އަތަރު ފޮޅިއެއްގެ އިތުރު “ސެނެޓައިޒާ” ފުޅިއެއް ޕާހަށް ލީމެވެ.

ދަނބުކުލައިގެ އަބާޔާގައި ވިރުޝާ ފެންނަނީ މިއަދު ވަރަށް ފަރިކޮންނެވެ. ކުދި ކުދި މާ ތަކެއް ހުރި އެ ހެދުމުގައި މަޑު ވިދުމެއް ހުއްޓެވެ. މަގުގައި ހިނގާލަފައި ގޮސް ބަހަށް އެރި އިރު އެތައް ބައެއްގެ ނަޒަރު ވިރުޝާ އަށް ހުއްޓެމުންދިޔައެވެ.

އެކި ހިސާބަށް ބަސް ހުއްޓި ކުދިން އަރަމުން ޔުނިވަރސިޓީއަށް ދެވުނު އިރު ހުރީ ގަޑި ޖެހެން ބާކީ 20 މިނެޓެވެ. ބަހުން ނިކުމެ ވަކި ހިސާބަކަށް ދެވުނު ތަނާ މީހަކު ގޮވާލުމުން ފަހެއް ބަލާލިއިރު ހުރީ  “ލެކުޗަރާ” ނީތަންއެވެ. އެ ސޫރަ ފެނި ފާނޑަކަށް ބޮލުގައި ރިއްސަން ފެށިއެވެ. އަހަރެން ލަސް ފިޔަވަޅުގައި ގޮސް މަޑުކޮށްލީމެވެ. އަނެއްކާ އެތަން އެފެނުނީ ދޮރުން ވަންނަށް އައި ލިޔާނާާއަށެވެ. ކުލާހުގައި ވަރަށް ދިމާ ކުރާނެކަން ޔަޤީންނެވެ. މިކަމާ ހުރެ ކިޔަވަން ދަތި ވާނެއެވެ. ވާނީވެސް އެހެންތާ އަބަދު ސިކުނޑިގައި އެނބުރެނީ ލެކުޗަރާގެ ކަންތަކެވެ. އެބެލުންތާ ތަފާތު އިސާރާތްތަކެވެ. ޔުނިވަރސިޓީގެ އެކި ހިސާބުތަކުން ފެނި މަޑުކުރުވާ ކޮންމެ ފަދަ ވާހަކައެއް ވެސް ފަށާފާނެއެވެ.

ދެވަނަ ދުވަސް މުޅި ތަފާތެވެ. ބަހުގައި އޭނީ ނީތަންއެވެ. ގަޑިތައް ނަގައިދޭ މުދައްރިސެވެ.  ހުސްކޮން އިނީ ވެސް ހަަމަ އެންމެ ޖާގައެކެވެ. އެއީ ނީތަން އާއި ޖެހިގެން އިން ގޮނޑިއެވެ. އަހަރެން ފެނުނު އިރު އަތުން ހަނާ އަޅާލިއެވެ. ކައިރީގައި އިން ގޮނޑިއަށް އިޝާރާތް ކޮށް އައުމަށް ބުނުމުން ނުގޮސް މަޑުކުރާކަށް ނުކެރުނެވެ. ގޮނޑީގައި ރަނގޅަށް ހަމަނުޖެހެނީސް ވާހަކަ ފަށައިފިއެވެ.

ނީތަން “ލެކުޗަރާ” : ވިރުޝާ އާއި ބައްދަލުކޮށްލަން ބޭނުންވޭ އެބަ

ހާސްވެ ހުރެ ވިރުޝާ ޖަވާބުދިނެވެ.

ވިރުޝާ : އަޅުގަނޑު އަށް ކަމެއް ގޯސްކޮން ކުރެވުނީ ތޯ

ނީތަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު ބުންޏެވެ.

ނީތަން “ލެކުޗަރާ” : ނުނޭ ވިރުޝާ އަށް ކަމެއް ގޯސްކޮން ނުކުރެވޭ އެކަމަކު ކުޑަ ވާހަކައެއް ދައްކާލަން ވެފައި އޮތީމާ ޔުނިވަސިޓީ ކައިރީ  ހުންނަށް ކެފޭއިން މިއަދު ހަވީރު ބައްދަލުކޮށް ލަން ބޭނުމީ އެނގޭ ޖަވާބު ދޭން ދަތިވާނެ ކަންވެސް ބޭރު ތެރޭގައި ފިރިހެން ކުދިންނާ އެކު ތަންތަނަށް ގޮސް ވެސް އުޅޭ ކުއްޖެއް ނޫކަންވެސް

ހަދަންވީ  ގޮތެއް ވިރުޝާއަކަށް ނޭނގުނެވެ. ކޮންމެހެންވެސް ޖަވާބެއް ދޭންޖެހޭތީ ދެތިން އެތި ބުނެލިއެވެ.

ވިރުޝާ : އަޅުގަނޑުގެ ތިހުރިހާ ކަމެއް އެނގި ހުރެ ބައްދަލުވާން އެދެނީތަ.

ނީތަން ޖަވާބުގައި ބޯޖަހާލާފައި ހަވީރު ކެފޭގައި އިންތިޒާރުކުރާނަށް ކަމަށް ބުންޏެވެ. އޭރު ބަހަށް ވެސް ޔުނިވަސިޓީ އަށް ފޯރައިފިއެވެ.

އެއްވެސް ގަޑި އެއްގައި ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. ނީތަން ގެ އަމަލުތަކުން ވިރުޝާ އާއި ގަޔާވާކަން ހާމަ ވަމުންދިޔުމުންނެވެ. އެކަމާ ހުރެ ވިރުޝާ ބޯ ހުއްނަނީ ގޮވާފައެވެ.  ނީތަން އަކީ މުދައްރިސެވެ. ވިރުޝާ އަކީ ދަރިވަރެވެ. ލޯބީގެ ގޮތުން ގުޅެން ވެއްޖެއްޔާ އެހެންމީހުންގެ ކުރިމަތީ   މިކަހަލަ ގުޅުންމެއް ސިފަވާނީ ވަރަށް ހަޑި ކޮށެވެ.

ފަހު ގަޑި ނިމިގެން ދިޔައި އިރުވެސް ވިރުޝާ އަށް ހިލަމެއް ނުވިއެވެ. އޭނާގެ ޚިޔާލުގައި ވަނީ ނީތަން ލެކުޗަރާ އާއި ބައްދަލު ކުރާނީބާއެވެ. ނުކުރަނީ ބާއެވެ.

ވިރުޝާ ވަރަށް ވިސްނުންތައް ވިސްނައިފިއެވެ.  ކެފޭއަށް ލެކުޗަރާއާއި ބައްދަލުކުރަން ދާން ނިންމުނުބާއެވެ. އަނެއްކާ ނީތަން “ލެކުޗަރާ” މާވަރަކުން ވިރުޝާ އާއި ދައްކަން އެއުޅެނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟

ނުނިމޭ

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އެ އަންހެން ކުއްޖާ 04

Next

މައިންބަފައިންގެ ދައުރު

Next
February 10, 2025

މައިންބަފައިންގެ ދައުރު

Previews
February 9, 2025

އެ އަންހެން ކުއްޖާ 04

2 Comments!

  1. rosie says:
    February 10, 2025 at 11:47 pm

    mi part ves reethi but mi lecturer in uley gotheh dhw even virusha knows this is not ideal situation kan

  2. Isnaa says:
    February 11, 2025 at 10:44 am

    Thank you 💐💗
    Yes lecturer ulhey goeh dhw 🥰🤗

Comments are closed.



All Right Reserved!