Skip to content
އެސްފިޔަ

މިންވަރުގައި ހުރިގޮތް ތިންވަނަބައި ( އެއީ ހަމަ ރީތީގެ މިސާލެއް ފަދަ ޤައުމެކޭ)

ބޮޑުތި މަގުތަކުގައި ދަތުރު ކުރަމުން ގޮސް ކާރު މަޑު ކޮށްލީ ބޮޑުގެއެއްގެ ކުރިމައްޗަށެވެ. ގޭޓު ހުުޅުވިގެން ދިއުމާއެކު ކާރު އެތެރެއަށް ވަދެ ހުއްޓާލި އެވެ.

ގޯތި ތެރޭގެ އެތައް މިތަނަށް ވިރުޝާ ބަލަމުންދިޔައެވެ. ހަޔާތުގައި އަލަށް ވެސް އެކަހަލަ ގެއެއް ފެނިފައެއް ވިރުޝާ އަކަށް ނޯއްނާނެވެ. ގޭގެ ފުރަގަހުގައި ބަގީޗާ ހައްދާފައި ހުއްޓެވެ. އެތަން ހީވަނީ މާމަލުގެ ޕާކެއްހެއްނެވެ. ހިތްގައިމުވެފައި އެހާވެސް ރީއްޗެވެ. އެތަން ފެނުމުން ދެތިން ތަސްވީރު ނަގާލާ އެކުވެރިން ކުދިންނަށް ވިރުޝާ ފޮނުވާލިއެވެ. އެކުދިންގެ ތައުރީފުގެ ބަސްތައް ލިބެން ފެށިއެވެ. ތަނުގެ ރީތިކަމަށެވެ. ދާ ހިތްވެއްޖެ ކަމަށް ވެސް ބައެއް ކުދިންބުނިއިރު އަނެއް ބާ ކުދިން ވިރުޝާ ގެ ނަސީބާ މެދު ސުވާލު އުފެއްދިއެވެ. އެފަދަ ނަސީބެއް އަހަންނަށް ލިބޭނެ ނަމައޭ 02 ކުއްޖަކު ބުންޏެވެ.  މެސެޖުތައް ކިޔުމުން ވިރުޝާ އައީ އަމަށަކު ހިންޏެން ނޫނެވެ. އެކިޔަފާ ވިރުޝާ ދެކޭ ގޮތުގައި ކޮންމެ މީހަކުވެސް ހޭނެއެވެ.

އަރިމަތީ ހުރި ފެން އަރުވާ ވަޑާން ފެނި ވިރުޝާގެ އަނގަ ހާވިއެވެ.  މާލޭގައި ހުއްނަށް ފެންއަރުވާ ވަޑާމަށް ވުރެ އެތައް ހާސް ގޮތަކުން ބޮޑު ކަމަށް ދައްކައެވެ. އަދި އެހާމެ ޗާލުވެފައި ގެއަށް ވެސް ދިރުން ގެނެސް ދެއެވެ.

ބައްޕަ: ދަރިފުޅާއި އެތެރަށް އާދޭ ދެން

ބައްޕަ އެތެރަށް އައުމަށް އެންގުމުން ލަސްކުރުމެއް ނެތި ގޭގެތެރެއަށް ވިރުޝާ ވަނެވެ.  އެތެރެއަށް ވަދެވުމުން ބޭރަށް ވުރެ އެތެރެ މާ ފުރިހަމައޭ ވިރުޝާ ގެ ހިތައްއެރިއެވެ.  މިއީ ރާއްޖެއިން ފެނިފައި ނުވާހާ ރީތިގެއެކެވެ. ސިންޓިންރޫމަށް އެކަނި  ނަޒަރު ހިންގައި ލިޔަސް މީހަކު މޮޔަވެދާނެވެ. އާއެކެވެ. އަގުބޮޑު ޓީވީއާއި ބޮޑު ސޯފާ ސެޓާއި ފަންކާއާއި ބޮކިން ވެސް  ސާހީކަން ވިދަމުން ދިއައެވެ. ގޭގެ ބޮޑު ސިޑީގެ އަރިއެއްގައި ހުރި އުނދޯލި ހުރީ  ވަރަށް ދިވެހި ވަންތަގޮތަކަށެވެ. ރީތި ލަކުޑި ފިލާގެ ކުޅަދާނަ މަސައްކަތް އުނދޯލިން ރަމްޒު ކޮށްދެމުންދިޔައެވެ. ގަނޑުވަރެއް ހައި ފުރިހަމަ ގެއެކެވެ.

ފުރަތަަމަ ދުވަހު ދަތުރު ވަރުބަލި ފިލުވާލީމެވެ. އަރާމުކޮށް ހަދާ ގެއަށް ބޭނުން ވާ އެއްޗެހި ގަނެ ހެދީމެވެ.

ކިޔަވަން ބޭނުން ވަނީ ކަށީގެ ޚާއްސަ ޑޮކުޓަރުކަން ކަމަށް މައިންބަފައިން ކައިރީ ބުނީމެވެ. އެމީހުން އެކަމާ ދެކޮޅެއް ނުހަދައެވެ.  ވަކި އެއްޗެއް ކިޔަވާކަށް އަމުރެއް ވެސް ނުކުރެއެވެ. އަހަންނަށް ބޭނުން ރޮނގަކުން ކުރިޔަށް ދާން  އޮތީ ހުއްދަ ދީފައެވެ. އެކަމާ އަހަރެން ވަރަށް އުފާވެއެވެ.

މެލޭޝިޔާގެ މަޝްހޫރު އެތައް ތަނަކަށް ބައްޕަ އަހަރެން ގެންދިޔައެވެ.  ތަފާތު ޖަނަވާރުތަކުން ފުރިފައިވި ނުގަރަ ޒޫ އަށެވެ.  އެންމެންގެ މެދުގައި މަޤުބޫލު  “ޓުވިން ޓަވަ”ރަށެވެ. މުޅި މެލޭޝިޔާގަ އޮތް އެންމެ ބޮޑު މާމެލާ މެލީގެ ޕާކަށް ވެސް ގެންދިޔައެވެ. އަހަންނަށް އެންމެ ކަމުދިޔަ ތަނަކަށް ވީ މަލުން ޖަރީ ކޮށްފައި އޮތް ޕާކުގެ “ހައި ލެންޑެ”އެވެ.  އެއީ ހިމަކޮން ހަދާފައި އިން ދިގު ސިޑިއެކެވެ.   އެ ސިޑީގެ ދެ ފަރާތް ހުރީ މާތަކުން ބަރާވެފައެވެ.

“ފެކަލްޓީ އޮފް މެޑިސިންގެ މެލޭ ޔުނިވަސިޓީ”އަށް ވަނުމަށް ފޯމު ލީމެވެ. ކޯހުން ފުރުސަތު ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީން އަހަންނަށް  އޮވެއެވެ.  އަނެއްކޮޅުން “ސްކުލަސިޕް” ވެސް އޮތީ ހަމަޖެހިފައެވެ. އެހެންވެ އެއްވެސް ވަރަކަށް ހާސްވެ ނޫޅެމެވެ. މާތް ﷲ އިރާދަކުރެއްވިޔާ ދެރަގޮތެއް ނުވާނެއެވެ.

މަހެއްގެ ތެރޭ “ޔުނިވަސިޓީ”ގެ މެސެޖުލިބުނެވެ. “އޮރިއެންޓޭޝަން” އަށް އަށްނަށްމަހު ގެ 7 ގައި އައުމަށް އެންގިއެވެ. އަހަންނަށް ކޯސް ލިބުމުން އެކަމުގެ އުފަލުގައި މަންމަމެން ރޭގަނޑު ކެއުމަކަށް ގެންދިޔައެވެ. މެލޭޝިޔާގެ މަޝްހޫރު “ލަކުސާ ސޫޕު” ވެސް އެތައި ހުއްޓެވެ. މެލޭގައި އުޅޭ އިރު   އެތަނުގެ ކާއެއްޗެހި ވެސް މަދުމަދުން ކާން ވާނެތާއެވެ. އެތަނުގެ “ޗޮކުލެޓު” ކޭކު ވެސް  އެހާ މީރެވެ.

އެންމެ ފަހުން ނިކުއިން ވައްތަރުގެ ކާރެއް ބައްޕަ އޮތީ ހަދިޔާއަކަށް ގަނެދީފައެވެ. ޔުނިވަސިޓީ އަށާއި އެކި ތަންތަނަށް  ދިއުމަށްޓަކައެވެ. މި ވޭތުވެދިޔަ ހަފަތާގައި “ލައިސެންސް” ކާޑު ވެސް އޮތީ އަތަށް ލިބިފައެވެ. އެކަމަކު ޔުނިވަރސިޓީއަަށް ވިރުޝާ ދާންބޭނުމީ އެތަނުގެ ބަހުގައެވެ. އެކި ކަހަލަ މިޒާޖުގެ ކުދިންނާއި ބައްދައްލުވެ ހިތްހަމަޖެހުން ގެނުވާނެ ތީއެވެ. އަނެއްކޮޅުން ބަހުގައި  ދަތުރުކުރުމަކީ ވިރުޝާ ދެކޭ ގޮތުގައި ކަސްރަތެއްވެސްމެއެވެ.

މެލޭޝިޔާގެ ބޮޑެތި މަގުތަކުގައި ކާރު ދުއްވަން އަދިވެސް ވިރުޝާ ބިރުގަނެއެވެ. އޭނާ ދެކޭގޮތުގައި މަސްތުވެގެން އުޅޭ ބަޔަކާ ދިމާވިޔަސް ކޮޅަށް ދިޔައީއެވެ. އެ މީހުން ކޮންމެ ފަދަ ގޮތެއް ވެސް ހަނދާފާނެއެވެ. ބޭރަށް ދިޔަ ޔަސް ވިރުޝާ ދަނީ ބައްޕަ ނުވަތަ މަންމަ އާ އެކުއެވެ. ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ގޭގައެވެ. ފުރަގަސް ފަރާތުގައި އޮންނަ ބަގީޗާ ގެ ބެންޗުގަ އާއި ފެން އަރުވާ ވަޑާން ކައިރީ އެވެ. ނޫނީ ފޮތް ކިޔުމަށް ގޭގައި ހަދާފައި ހުރި  ބޮޑު ކޮޓަރީގައެވެ.  އެ ކޮޓަރީގެ އެތޭރޭގައި ވަށައިގެން ހަރުޖަހަފައި ހުރި އިރު ހުރިހާ ހަރެއް ވެސް  ހުރީ ފުރިބާރުވެއެވެ. އެކި ވައްތަރުގެ ފޮތްތަކުންނެވެ.  އޭގެ ތެރޭގައި ލޯބީގެ ވާހަކަ ފޮތްތަށް ވެސް ހިމެނެއެވެ. ތިނެސްކަން ހަތަރެސްކަން ލޯބިވެގެން އުޅޭ ކުދިން ގެ ވާހަކަތައް ވަރަށް ރީއްޗެވެ.  ސިއްޙީ ދާއިރާގެ ތަފާތު ބަލިތަކުގެ މައުލޫމާތު ލިބޭ ފޮތް ވެސް ހުއްޓެވެ. ކަށީގެ ބަލިތަކާއި ކަށި ފީވުމާ ގުޅޭ މައުލޫމާތުގެ ފޮތްތަށް ބައިވަރު އޮތެވެ. ރާއްޖެ ބައްޔަކީ ކަށި ފީވުމުން ޖެހޭ ބައްޔެއްކަންވެސް ވިރުޝާއަށް އެނގުނީ އެތަނުން ކިޔުނު ކަށީގެ ޚާއްސަ ފޮތަކުންނެވެ. ވިރުޝާ ގެ މާމަ މަރުވީ ރާއްޖެ ބަލީގެ ވޭނުގައި 02 އަހަރު އުޅެފައެވެ.

ފޮތުން ޖަރީވެފައި ވާ ކޮޓަރީގެ ސަބަބުން އެތައް ތަނެއް ފޮތާ ވިރުޝާ ގާތް ކުރުވިއެވެ. ލިބޭ ހުރިހާ ހުސްވަގުތެއްގައި އޮންނަކަމަކީ ފޮތްކިޔުމެވެ.  ވިރުޝާ ގެ ބައްޕަ ނޫރީންނަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ފޮތް ކިޔުމަށް ވަރަށް ސައުޤުވެރިކަން ހުންނަށް މީހެކެވެ. ނޫރީންގެ ނަމުގައި 05 ފޮތް ވަނީ ނެރެފަ އެވެ. އެއީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ލިޔުންތެރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ނަމެކެވެ. ލިޔުންތެރިޔާ ނޫރީނޭ  ބުނުން ނޭނގޭ ހަމަ އެކަކުވެސް ނުހުއްނާނެއެވެ. މިހާރުވެސް އެދަނީ ރާއްޖޭގެ ރީތިކަން ސިފަކޮށް ފޮތެއް ނެރެން ތައްޔާރު ވަމުންނެވެ.

“އޮރިއެންޓޭޝަން” އަށް ދާން ޖެހޭ ދުވަސް ގާތްވަމުންދިއުމުން ރީތި ހެދުމަކާ ދަބަހެއްވެސް ގަތީމެވެ. “ޔުނިވަރސިޓީ”ގެ ފުރަތަމަ ދުވަހު ކަންތައް ވެގެން ދާނެ ގޮތެއް ނޭނގޭތީއެވެ.  އެނގެނީ އެތައް ހާސް ކުދިން އެއް “އޮރިއެންޓޭޝަން”ގައި ބައިވެރި ވާނެކަމެވެ. އަދި ކުލާހުގައި ކިޔަވައި ދޭ ގޮތް ބުނެދީ “ލެކްޗަރާ” އާއި ބައްދަލުވެސްވާނެކަމެވެ. އެކުގައި ކިޔަވަން ތިބޭ ކުދިން ވެސް ފެނި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލޭވޭނެ ކަމަށް ވިރުޝާ ދެކެއެވެ. އެހެނަސް އޮރިއެންޓޭޝަން އަށް ދިއުމަކީ މަޖުބޫރު ކަމެއްވެސް ނޫނެވެ.

ކުލާހުން ރާއްޖެ ކުއްޖަކާ ވިރުޝާ އާ ދިމާވެދާނެ ބާއެވެ. ޔުނިވަރސިޓީން” ރަނގަޅު ގޮތެއް ވިރުޝާ އަށް މިންވަރު ކުރާނެ ބާއެވެ. ކިޔަވައިދޭ ލެކްޗަރާ އަކީ އަންހެން މުދައްރިސެއް ނޫނީ ފިރިހެން މުދައްރިސެއް ބާއެވެ. “ލެކްޗަރާ” އާއި ވިރުޝާ އާމެދު އެއްވެސް ކަހަލަ ކަންތައްތަކެއް ހިނގައިގެން ގޮސް ދާނެ ހެން ހީކުރެވޭ ހެއްޔެވެ؟

ނުނިމޭ

“މިންވަރުގައި ހުރިގޮތް” ވާހަކައިގެ ފުރަތަަމަ ބައި އަދި ދެވަނަ ބައި ކުރުވި ކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްއެދެމެވެ.  ކުރިއަށް ހުރި ބައިތައް  ވާހަކައިގެ ދާނީ  އިންޝާ ﷲ އިރާދަކުރެއްވިޔާ ދިގުވަމުންނެވެ.

ޝުކުރިއްޔާ 🤗

 

Comments (4)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    dhen khineh baa vaani
    when next
    i appreciate your hard work

  2. Isnaa

    Thank you cutie girl 💗 💐
    Next part vrh avahah kiyaalan libeyne IA 🥰
    Dhn vrh surprised kan kan huhnaanee vaahaka ga🫣
    Next part maadhan ves kiyaalan libidhaane😊
    Thank you 🤗

  3. rosie

    mi part ves salhi i feel like all of this nice stuff happening to virusha rn is foreshadowing something bad abt to happen soon but lets see tho

    1. Isnaa
      rosie

      Thank you Rosie 💐💗
      Yes something heartbreaking kameh vaany💔
      Yes next part 🤗

Comments are closed.