Skip to content
އެސްފިޔަ

މިންވަރުގައި ހުރިގޮތް ދެވަނަބައި ( މެލޭޝިޔާއަށް ވިރުޝާ ގެ އާއިލާ ދިއުން)

ދެމަފިރިން މަސްވަރާކުރުމަށް ފަހު ނިންމީ މެލޭޝިޔާއަށް ދާށެވެ.  އެއީ އެތަނުގެ ޔުނިވަސިޓީތަކުގެ ފެންވަރު ރަނގަޅުކަމުންނެވެ. އަދި ކޮންމެވެސް ވަރަކަށް ދިވެހި ކުދިންވެސް ކިޔަވަން ގޮސް އުޅޭނެ ތީއެވެ.

މިރެއިން މިރެއަށް ދަތުރުގެ ކަންތައް ނޫރީން ނީއްމާލީއެވެ. ފަތިހު ފުރާ ފުލައިޓަކުން 03 ޓިކެޓުވެސް ހަމަޖެއްސިއެވެ. ތައްޔާރުވުމަށް ލަސްނުވެ ވިރުޝާ ގާތު ބުންޏެވެ.

ބައްޕަ ؛ ދަރިފުޅާ ދަބަސް ތައްޔާރުކުރޭ މެލޭއަށް ބަދަލުވާން

ވިރުޝާ :  ލައްބަ ބައްޕަ ދެއްނެވިގޮތެއް

ބޮޑުތި މީހުންނަށް އިޚުތިރާމް އަދާކުރަން ވިރުޝާ ދަނެއެވެ. ބައްޕައަށް ޖަވާބު ދެއްވުމަށްފަހު ވިރުޝާ ސުވާލެއް ކޮށްލިއެވެ.

ވިރުޝާ ؛ ބައްޕަގެ ވިޔަފާރި އަށް ކިހިނެއް ތޯ ހަދާނީ

ބައްޕަ ހިނިތުންވެލާފަ ޖަވާބުދިނެވެ.

ބައްޕަ ؛ ދަރިފުޅަށް ވުރެ އެއްްވެސް އެއްޗެއް ބައްޕައަށް މުހިއްމެއްނުވާނެ  ވިޔަފާރި ބަލަން  ބޮޑުބެމެންނާ ހާވާލުކޮށްފަ ވާނީ

5.30 ގައި މަތިންދާ ބޯޓު ނަށްޓާލިއެވެ. މެލޭޝިޔާއަށް ދިއުމަށެވެ.  މެލޭއަށް ދާ މަގުމަތީ 02 ގަޑި އިރަށް ލަންކާއަށް މަޑުކުރާގޮތަށް އޮތީ ހަމަޖެހިފައެވެ. ދަތުރު ކުރާ ބޯޓުވެސް ބަދަލުވާނެ ކަމަށް އޮތީ ބުނެފައެވެ. ރާއްޖެއިން ލަންކާއަށް ދެވެނީ 01 ގަޑި އިރާއި 30 މިނެޓުންއެވެ. އެހާވެސް ކައިރި ވާނެއެވެ. ރާއްޖެ އާއި މެލޭޝިޔާވެސް ދުރެއް ނުވާނެއެވެ. 04 ގަޑި އިރާ 30 މިނެޓުން ދެވޭނެއެވެ.

ލަންކާއަށް ދެވުނު އިރު އެތަނަށް އޮތީ ހެނދުނުވާން ކައިރި ވެފައެވެ. އެހެންކަމުން ކަމުން ވިރުޝާގެ އާއިލާ ހެނދުނުގެ ސައި ބެއްލެވީ ލަންކާ “އެއަރޕޯޓް”ގަ ހުރި މަޝްހޫރު “ރެސްޓޯރެންޓްއަކުން”ނެވެ.  އެތަނުގެ ހުރިހާ އެއްޗެއް ވެސް ރަހަ ހެޔޮ ވަރުވެފަ މީރެވެ.  އަގުތައް އެހާ ބޮޑެއްވެސް ނޫނެވެ.  ފުރުމަށް އަދިވެސް އިރު އޮތުމުން “އެއަރޕޯޓް” ގެ އެކި ތަންތަނަށް ގޮސްލާއި ވިރުޝާ މެން ބަޒާރުކޮށް ހަދާލިއެވެ.

ލަންކާއިން މެލޭޝިޔާއަށް  ދާން 03 ގަޑި އިރާއި 30 މިނެޓު ހޭދަވާނެއެވެ.  އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުވެ ދަތުރު ކުރުން ވީ ވިރުޝާ ހަޔާތުގައި ކުރި ތަފާތު ތަޖުރިބާއަކަށެވެ. މީގެ ކުރިން އެކަހަލަ ކަމަކާ ދިމާވެފަނުވާތީއެވެ.  އަރާމުކޮން ނިދާލަން ނިންމައިގެން ބޯޓަށް ވިރުޝާ އެރިޔަސް އޭނާގެ ޚިޔާލުތަކުގައި ވީ ކިޔަވާނެ ދާއިރާއެކެވެ.   ސިއްހީ ދާއިރާ ތޯ ނޫނީ ވިޔަފާރީގެ ދާއިރާ ބާއެވެ. އެހެންނޫނިއްޔާ މުދައްރިސަކަށް ބާވައެވެ.

މެލޭޝިޔާގެ ރަންވޭގައި ބޮޑު ޖެއްސުމާއެކު ވިރުޝާ ހިނިތުންވެލިއެވެ.  މެލޭޝިޔާއަށް ދިއުމަކީ ކުޑައިރުން ސޮރެއް  ވިރުޝާ ދެކެމުން އައި ހުވަފެނެކެވެ. މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު އެކަން މިވަނީ މާ ފުރިހަމައަށް ވެސް ވެފައެވެ.

ބޯޓު ތެރޭން ފައިބައިގެން “އެއަރޕޯޓް” ތެރެއަށް ނިކުމެވުމުން ވިރުޝާ އާޝޯހުވިއެވެ. ހިތާ ހިތާ ކިޔާލިއެވެ. ކޮންފަދަ ރީތި ތަނެއް ހެއްޔެވެ؟ ބަލާ ފޫހިވެސް ނުވާނެވެ.

ކުރިއަށް ދާނެ ދާއިރާ ވެސް އޭރު ހުރީ ވިރުޝާ ނިންމައިގެންނެވެ. ގެއަށް ދެވުނު ހާ އަވަހަކަށް މައިންބަފައިން ގާތު ބުނަށް ނިންމައިގެންނެވެ. އަނެއްކާ ވިރުޝާ ވާނީ ޑޮކުޓަރަކަށް ބާއެވެ.  ވިރުޝާ ގެ މިންވަރުގައި ޑޮކުޓަރަކަށް ވުމުގެ ނަސީބު ވޭބާއެވެ.

ނުނިމޭ

 

 

Comments (4)

  1. rosie

    i really like the way you write stories its written well pretty realistic and i can tell you put effort to them one of the few story writers i look forward to in here curious to see what happens next

    1. Isnaa
      rosie

      Thank you “Rosie”💗💐
      Vrh ufaa vehjje “Rosie” ah alhugandu vaahaka thr reethi veema 🤗🥰

  2. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    i appreciate your hard work
    your my fav author
    when next

    1. Isnaa
      cutie girl

      Thanks you cutie girl 💗💐
      Next part site ah fonuvaafa ihnaanee 🥰
      Thank you 😘
      Next part miyadhu IA kiyaalan libeyne 🤗

Comments are closed.