Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ…3

Queenquill Level 210 Stories100 Login
February 3, 2025 3 Mins Read
5 Comments

ނީލަމްގެ ހިތަށް ބަދަލެއް އައިކަމުގެ އިޙުސާސް ވަމުން ދިޔައެވެ. މީގެ ކުރިން އެގޮތަށް މީހެއްގެ ހަނދާނުގައި ނުނިދި އޮންނާކަށް ނުޖެހެއެވެ. އެހެނަސް މިއަދު ރާކިންގެ ޢަމަލުތަކާ ބަސްތައް ލޯކުރިމަތީގައި ތަސްވީރުވަމުން އެބަދެއެވެ. އެއީ ކީއްވެ ވާގޮތެއްތޯ ނީލަމްގެ ހިތާ ސުވާލުކުރެވެއެވެ.

އެގޮތުގައި އެތައް ދަމެއް ހޭދަވުމަށްފަހުގަައި ނީލަމްގެ ލޮލަށް ނިދި އައިސް ބަރުވުމުން އެދެލޯ މެރިލިއެވެ.

ވާރޭގެ ތެތްފިނި މޫސުން އައީއެވެ. ނީލަމްއަށް ވާރެއަކީ އުފާލިއްބައިދޭ އެއްޗެއްކަމަކު، މާލޭގައި ވިއްސާރަދުވަސްވަރަކީ ތަކުލީފެކެވެ.

އޮފީހަށްދާ ގަޑި ކައިރިވަމުންދިޔަ އިރު ނީލަމްހުރީ ޓެކްސީގެ އިންތިޒާރުގައި ގޭ ދޮރުމަތީގައެވެ. ބޯކޮށް ވާރޭ ވެހެމުންދަނީއެވެ. އެންކަމުން އެނޫންގޮތަކަށް އޮފީހަށްދެވޭނީ ތެމިފޯވެގެންނެވެ. އިރުކޮޅަކުން ނީލަމްއަށް އަވަސް ރައިޑްއިން ލިބުނު ޓެކްސީ އައިސް ކުރިމަތީގައި މަޑުކޮށްލިއެވެ. ނީލަމް އަވަސްވެގަތީ ޓެކްސީއަށް އެރުމަށެވެ. ކުޑަ ނަގައިހެން ހުރިނަމަވެސް، އޭރު ހިސާބަކަށް މީހާ ހުރީ ތެމިފައެވެ.

އޮފީސް ކައިރިޔަށް ކާރު މަޑުކޮށްލިއިރު ގަޑި ޖެހެންހުރީ އެންމެ 4 މިނެޓެވެ. އަވަހަށް ދުވެފައި ގޮސް އޮފީހަށް ވަދެ ސައިން އިންވެލިއެވެ.

“ވިއްސާރަ ދުވަހެއް ދޯ؟” ނީލަމްގެ ފަހަތުން އައިސް ފިންގަރ ޖަހާލަމުން ޒީނަތު ބުނެލިއެވެ. ޒީނަތަކީ ނީލަމްއާ އެއް ސެކްޝަނެއްގައި މަސައްކަތްކުރާ ކުއްޖެކެވެ.

“އާން. ހާލަކުން ދެން މިދުވަސްކޮޅު މަގުމަތީގަ އުޅެވޭނި. ތަނަކަށް ދެވޭނީވެސް އެހާ އުނދަގުލުން” ނީލަމް ޖަވާބުގައި ބުނެލިއެވެ.

އެދުވަހުގެ މެންދުރެއްހާ އިރެވެ. ނީލަމް އިނީ އޮފީހުގެ އަހަރީ ރިޕޯޓު ތައްޔާރުކުރާށެވެ. ދެތިން ފަހަރަކު ނީލަމްގެ ފޯނު ރިންގުވެލުމުން ފޯނު ނަގައި ބަލައިލިއެވެ. އެއީ ރާކިންގެ ނަންބަރެވެ.

“ޢައްސަލާމް ޢަލައިކުމް” ފޯނުނަގައި ކަންފަތުގައި ޖައްސާލަމުން ނީލަން ބުނެލިއެވެ.

“ވަޢަލައިކުމް ސަލާމް. ނަންބަރު ސޭވް ނުކުރިޔަސް ކާކުކަން އެނގޭނެ ކަމަށް ހީކުރަން” ރާކިން ސަމާސާ ރާގަކަށް ބުންޏެވެ.

“ހޫމް، ރާކިން އޭނު ތީ. ކިހިނެއްވީ މިގަޑީގަ ތިގުޅީ؟” ނީލަމް މަޑުމަޑުން އެއްސެވެ. މީހަކަށް އަޑު ނީއްވަން ވެގެންނެވެ.

“ހަމަ މިސްވެގެން ގުޅާލީ..ހެހެ އެއީ މަޖާ. ކެއުމެއް ދޭން ބުނެފަ އޮތީމަ. މާދަން މިއީ ހުކުރު ދުވަހޭނު، އެހެންވެ ހަނދާން ހުރިތޯ ބަލައިލަންވެގެން މި ގުޅާލީ” ރާކިން ވާހަކަދެއްކިއެވެ.

“އާން، ހަނދާން އެބަހުރި މިރޭ އަދި ދާންވީ ގަޑި އަހާލަންވެގެންނޭ ހުރީ. ކޮންތާކަށްތަ ދާން ބޭނުމީ؟” ނީލަމް ސުވާލު އަމާޒުކޮށްލިއެވެ.

” 8:30ގަ، ގޯމޭއަށް ދަމާ. ކިހިނެއްވާނެ؟” ރާކިންވެސް ކުރީ ސުވާލެކެވެ.

“މައްސަލައެއް ނެތް. 8:30ގަ ގޯމޭއަށް. މާދަންރޭ” އެހެން ބުނުމަށްފަހުގައި ބިޒީކަމަށްބުނެ ނީލަމް އެ ކޯލު ކުރުކޮށްލިއެވެ. އޭރު ނޭނގޭ ބާރުމިނެއްގައި ނީލަމްގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ކުރެވެން މިއުޅެނީ ރަނގަޅު ކަމެއްބާވައޭވެސް ހިތަށް އެރިއެވެ. އިތުރަށް ވިސްނަން ނޫޅެ ނީލަމް އޮފީހުގެ މަސައްކަތްތަކައިގެން ކުރިޔަށްދިޔައެވެ.

ހަވީރު 4 ވެސް ޖެހިފަހުން ނީލަމް އޮފީހުން ސަލާމަތް ވެގެން ގެއަށް އައެވެ. އޭރު ހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އެހެންކަމުން ދިޔަ ގޮތަށް ބޭނުންވީ ކާށެވެ. އެހެނަސް ނަސީބު ދިމާކުރި ގޮތުން އޭރު ގެއަށް، އެގޭ ބައެއްގެ ރައްޓެހިންތަކެއް ކާން ގެނެސްއުޅުމުން ކެވޭ ގޮތެއް ނުވިއެވެ. ދެން ނީލަމް މިސްރާބުޖެހީ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ ލެޕްޓޮޕް ހިފައިގެން މިރެޔަށް ނިންމަން ޖެހޭ ޓިއުޓޯރިއަލްތައް ނިންމާލުމައިގެން އުޅުނެވެ. 7:30ގައި ކޮލެޖު އޮންނާނެއެވެ. ފިލާވަޅުތައް ނިމުން އިރު މަޣްރިބު ވެއްޖެއެވެ. އަވަހަށް ނަމާދުކޮށްލާގެން ތައްޔާރުވީ ކޮލެޖަށް ދާށެވެ.

ބާރުބާރަށް ހިނގައިފައި ނީލަމް ދިޔައީ ވާރޭ އޮއްސާލާނޭ އިރެއް ނޭނގޭތީއެވެ. އުޑުމަތި ބަނަވެފައި އެހާ ވައި ގަދައެވެ. ގަޑި ޖެހެން 20 އަކަށް މިނިޓު ހުއްޓާ ކޮލެޖާ ހަމައަށް ފޯރާފިއެވެ. އެހެންކަމުން ކާރި ބޭކަރީއަކުން އެއްޗެއް ގަނެލައިގެން، ކޮލެޖުގެ ބެންޗެއްގައި ޖައްސާލީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ.

އަދައިގެމަތިން ކުލާސްތައް ނިމިގެން ނީލަމް ދިޔައީ ގެއަށެވެ. ގެއަށް ގޮސް އެނދުގައި އިށީދެލިތަނާ އައީ މަންމަގެ ފޯނު ކޯލެކެވެ.

” ކުލާސް ނިމުނީތަ؟” އެންމެފުރަތަމަވެސް މަންމަ ކޮއްލީ އެސުވާލެވެ. ނީލަމް މިހާ ހިސާވަށް އައުމުގެ ސިއްރަކީ އަދި ބާރަކީވެސް ލޯބިވާ މަންމައެވެ. ހުރިހާ ކަމެއްގައިވެސް އެންމެ ގާތުން ހިތްވަރުދެނީ މަންމައެވެ. ބައްޕަގެ ލޯތްބާ އަޅާލުން ދުވަހަކު ނުލިބުނަސް ނީލަމްގެ މަންމައަކީ ޖަވާހިރެކެވެ.

“އާން،ނިމިގެން އައިސް ހަމަ ގެޔަށް ވަނީމި. މަންމަ ރަނގަޅުތަ؟” ނީލަމް އެއްސެވެ.

“އާން މަންމަ ރަނގަޅު. ކޮބާތަ އެއްކަލަ ޕާޓީން ދިމާވި ކުއްޖާ. ނުގުޅާތަ؟” އެތައް ބައިވަރު ސުވާލުތަކެއް އެއްފަހަރާ ކޮށްލިގޮތުންވެސް މަންމަގެ ޝަޢުޤުވެރިކަން ދޭހަވިއެވެ.

“ސާބަހޭ މަންމާ. މިއަދު އޭނަ ގުޅި، ބުނީމެއްނު މާދަންރޭ ކެއުމެއް ދޭ ވާހަކަ. އެކަމަކު މަންމާ އަހަރެން ހިތްބިރު ގަނޭ ދާންވެސް..”

” އެއްކަލަ މީހަ، ކޮން ބިރެއްތަ. ބަލަ ކުއްޖަކާ ގުޅިގެންނޭ ޢުމުރުގެ ބާކީ އޮތްބައި އުފަލުގައި ހޭދަވާނީ. ތިހެން މީހަކާ ވާހަކަވެސް ނުދައްކާ ހުރެގެން ނުވާނޭނު ކަމެއް. ދަރިފުޅު މިފަހަރު ގޮސްލަބަލަ. މަންމައަށް ހީވަނީ ވަރަށް ރަނގަޅު ކުއްޖެއްހެން އެއީ” ނީލަމްގެ ވާހަކަ ނުނިމެނީސް މަންމަ މެދުކަނޑާލައިފައި ފައްޗަކަށް އަމުނާލިއެވެ.

“އޯކޭ،އޯކޭ ދެން މިފަހަރު ދާނީ. މަންމާ މިއުޅެނީ ނިދަން އިނގޭ. އެންމެނަށް ވަރަށް ސަލާމް. ގުޑް ނައިޓް” ނީލަމް ހުރީ ނުހަނު ވަރުބަލިވެފައެވެ.

“ގުޑް ނައިޓް” މަންމަ އެހެން ބުނަމުން ފޯނު ކަނޑާލިއެވެ.

ހުކުރު ދުވަހުގެ ރެއެވެ. ގަޑިން އަށްގަޑި ބައިވާން 10 މިނިޓް ހުއްޓާ ނީލަމް ބޭރަށް ނުކުތީ ގޯމޭއަށް ވަގުތަށް ދިއުމަށެވެ. މަންމައާއި ގާތް ރައްޓެހިންގެ އެދުމުގެވެސް މަތިންނެވެ.

“ހާއި..އަރާ” ކުއްލިއަކަށް ސިހިފައި ނީލަމްއަށް ހުއްޓެވުނެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…65

Next

އަންހެން ކުއްޖަކަަށް ވުމުން ހެއްޔެވެ؟

Next
February 3, 2025

އަންހެން ކުއްޖަކަަށް ވުމުން ހެއްޔެވެ؟

Previews
February 3, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…65

5 Comments!

  1. Your favv says:
    February 3, 2025 at 8:06 pm

    Yeyyy me the first one 🥹
    Vrh Reethi when’s next

    1. Queenquill says:
      February 3, 2025 at 8:47 pm

      Thankoooo 🥹❤️
      In sha Allah maybe tomorrow

  2. eem says:
    February 4, 2025 at 2:11 am

    mi part ves reethi waiting for next part

    1. Queenquill says:
      February 4, 2025 at 12:22 pm

      Thankoooo lots of love🥹❤️

  3. Cutie girl says:
    February 4, 2025 at 10:13 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Khinehbaa dhen vaani
    I appreciate your hard work

Comments are closed.



All Right Reserved!