Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ގެއްލުނު ފުރާނަ (މިއީ ޑޮކްޓަރެއްގެ އިހުމާލުން ވީކަމެކެވެ.)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
February 4, 2025 3 Mins Read
2 Comments

އިރު މަތި ފަރާތު އުދަރެހުން އިރު ފާއްދާލިއެވެ. ރީތި ދުވަހަކަށް އަލިވާން ތައްޔާރުވިއެވެ. މަތީގައި ހޯރައަޅަމުން ދިޔަ ދޮންދޫނިތަކަށެވެ.  ބައިގަނޑު  ގަނޑަށް  ރަށް މަތީ އުދުހެމުން ދިޔަ ކާޅުތަކަށެވެ. އިރުގެ ނަލަ ނަލަ ރޯޅިތަކުން މުޅި ޖައްވަން އަރާމު ކުރުވައެވެ.

ހިރިމަރަދޫ “އޮރެންޖު” ގޭގައި އުޅޭ އަނާން އަނާ އަކީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަށް  ޒުވާނެކެވެ. ހިތްވަރުގަދަ އަންހެނެކެވެ.

އެކި މީހުންގެ ދިރިއުޅުމުގައި ތަހަމަލުކުރަންޖެހޭ ވޭން ތަފާތުވާނެއެވެ. އެކަން ޤަބޫލުކުރާށެވެ.  އިންސާނާ  އުފައްދަވާފައި ވަނީ ބަލިވެސް ލައްވާފައެވެ.  ބަލި ވާނެ ދުވަހާއި ވަގުތު ނޭގުނަސް އެއީ ވެސް ވާނެކަމެއް ކަން ވާނީ ޤަބޫލުކުރާށެވެ.

ލޯބީގެ މާލަމުގައި  އަނާން އަކީ ނާކާމިޔާބު މީހެއް ނޫނެވެ. އަނާން އާއެކު ކޮންމެ ހަނގުރާމަ އެއް ކުރަން ވެސް ފަސްނުޖެހޭ ފިރިއެއް މިއަދު ލިބިފާއެބަހުއްޓެވެ. އެއީ މިދުނިޔެއިން އަނާން ގެ ހުރިހާވެސް ހިތާމަތަކެއް ލުއިކޮށްދޭ އެއް ސަބަބެވެ.

އެހާ ލޯބިން  އަހަރެއް ފާއިތުވަމުން ދާއިރު މި ލޯބި ލޯބި ޗަމަންގައި ވަނީ އިތުރު މަލެއް ފޮޅެން ތައްޔާރުވެފައެވެ. ކުރަމުން އައި ފޮނި އިންތިޒާރު ހަޤީޤަތަކަށް ވާން ކައިރިވެފައެވެ.

ލޮލުފިޔަ ޖަހާ ހާ އަވަހަށް ދުވަސްތައް ވޭތުވަމުން ދިޔައެވެ. ވަރަށް ފޮނި އުއްމީދުތަކެއް ދެމަފިރިން އަލަތު ދަރިފުޅަށް ކުރަމުން ދިޔައެވެ. ދަރިފުޅު އުފަން ވުމުގެ ކުރިން ހުރިހާ އެއްޗެއް ގަނެ ހެދިއެވެ. ލާނެ އައްނައުނާ ނިދާނެ އެދެއެވެ. މިހެން ގޮސް ނަށްހުސްކޮން އެއްޗެހި ދަރިފުޅަށް ގަނެ ކޮޓަރި ފުރާލިއެވެ.

މަހަކަށް ފަހު މަހެއް މާޒީޔާއެކުވެގެން ދިޔައެވެ. ވިހާ ދުވަސް ބޯމަތީގައި އައިސް ޖެހިއްޖެއެވެ. މިއަދު ވެސް އަނާން ވިހުމަކީ އެކަށޭނަ ކަމެކެވެ.  އެއްގޮތަކަށް ވެސް އޮޕަރޭސަން ކުރާކަން ދެ ފަރާތުގެ އާއިލާއިން ވެސް ނޭދެއެވެ. ސަބަބަކީ އަނާން އަކީ ކެންސަރަށް ފަރުވާ ހޯދުމަށް އެތައް އޮޕަރޭސަނެއް ކޮށްފައިވާ ކުއްޖަކަށް ވާތީއެވެ.

ހާލަތު ނިޔާކުރި ގޮތުން އެރޭ ވިހަން ބަނޑުގައި ރިއްސަން ފެށިއެވެ. އަވަސް ފަރުވާދޭން ހާސްފަތާލަށް ގެންދެވުނެވެ. އެތަނުން ކަންތައް ކުރެވެމުން ދިޔައީ ވަރަށް ސިއްރުކޮށެވެ. ވައެއް ނުވާއެއް ނޭނގިއެވެ. އާއިލާގެ މީހުންނަށް އެނގުމަކާ ނުލައި ޑޮކުޓަރު އޮޕަރޭސަން ކޮޓަރިއަށް އަނާން ވެއްދި އެވެ.

އަނެއް ކޮޅުން ފަތިސް ވި އިރުވެސް އަނާން ގެ ދެމައިންގެ ޚަބަރެއް ނުވިއެވެ. ޑޮކުޓަރުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ދެ ފަރާތުގެ އާއިލާ ގެ އެންމެން ތިބީ ހަސްފަތާލަށް ޖަމާވެފަ އެވެ. އެންމެގެން މޫނުމަތިންވެސް ހާސްވެ ކަންބޮޑުވެފައިވާ މިންވަރު ހާމަވެގެން ދެއެވެ.

އިރުއަރަން ކައިރި ވެފަ ހުއްޓައި ޑޮކްޓަރު ނަޒާލް ނުކުތެވެ. ހާލަތު ސީރިޔަސް ކަމަށް ބުންޏެވެ. ސަލާމަތް ކުރެވެން އަންނަނީ މަންމަ ނޫނީ ދަރިފުޅު ކަމަށް ބުނުމުން އަނާންގެ ފިރިމީހާ ޒިޔާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.  އެންމެންގެ ކުރިމަތީގައި ރޮވިއްޖެއެވެ. އެއީ އެހާ އަހަށް ފަސޭހަ ޖުމްލަތަކަކަށް ނުވުމުންނެވެ. އަލަތު ދަރިފުޅަށް  އުރާލާ ހިތުން އުޅޭތާ 09 ފާއިތުވެގެން ހިގަންޖެއެވެ. ކަންމިވީ ގޮތުން އެނަސީބު ލިބެން ވެސް ނެތީކަމަށް ޒިޔާން ހީކުރިއެވެ.”  ޒިޔާން ދެރަނުވޭ އަޅުގަނޑުމެން މިދަނީ ދެމައިން ވެސް ސަލާމެތް ކުރެވޭތޯ ބަލަމުން ވާނެ ގޮތެއް ނޭނގެ އަދިއެއް” ޑޮކްޓަރު ނަޒާލް ބުނުއްވިއެވެ.

އޭގެ އެތައް ގަޑި އިރެއް ފަހުން ނަރުހުންތައް ނުކުމެއްޖެއެވެ. އެކުދިން ދިނީ ޒިޔާން މި ދުނިޔޭން އެހި އެންމެ ހިތްދަތި ޚަބަރެވެ. އާއެކެވެ. އަލަތު ދަރިފުޅު އުރާވެސް ނުލެވި މި ކެހިވެރި ދުނިޔެއާ އަލްވަދާއުކީއެވެ. އަންހެނުން އަދިވެސް ހެއެއް ނާރައެވެ. ކޮންފަދަ  ހިތްދަތި ދުވަހެއް ހެއްޔެވެ؟

ލޮލުން ފައިބަމުން ދިޔަ ސަބްނަމުގެ ތިކިތަށް ފުހެލުމަށް ފަހު އަންހެނުން ބާއްވާފައި އޮތް ކޮޓަރިއަށް ވަދުނީމެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އަންހެނުންގެ މޫނަށް ބަލާލެވުމުން އަނެއްކާވެސް ހިތްފަޅައިގެން ހިގަންޖެއެވެ. އެފަކީރަށް  ވެފައި އޮތް ވަރު ފެނި ކެތް ނުވެގެންނެވެ.  މިއަދު މިހިތް  އެތައް ޒަޚަމަކުން  ކުދިކުދި ވެފައިވާ ކަހަލަ އިހްސާސެއް ނޫނީ ނުކުރެވެެއެވެ.

ޒިޔާންގެ ލޮލުގެ  ހަމަހިމޭން ކަރުނަތިކީގެ ތިއްކެއް އަނާންގެ މޫނަށް ވެއްޓުނު ހިނދެވެ. އެ ބަލި ބަލި ދެލޯ މަޑުމަޑުން ހުޅުވެން ފެށިއެވެ. އެވަގުތު ޒިޔާން ހިތައް އެރިއެވެ. އަނާއަށް މިއަދު ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟  ދޭން އޮތީ އެ ހިތް ފަޅައިގެން ދާނެ ވަރުގެ ހިތާމަވެރި ޚަބަރެކެވެ. އެފަދަ ޚަބަރެއް އަހަށް މަޔަކަށް ކެތްވާނެ ބާއެވެ.

ފުން ހިޔާލުގެ ކަނޑެއްގައި ފީނަށް އިންދާ ހޭވެރިކަމެއް ވީ އަނާންގެ އަޑު ކަންފަތުގެ ތޫރީގައި ޖެހުމުންނެވެ. އެއަޑުގައި ވަނީ ހިތާމައިން ފުރިގެންވާ ރާގެކެވެ. ” ޒިޔާ ޖަވާބު ދީބަލަ ކޮބާ އަހަރުމެންގެ ލޯބި ލޯބި ދަރިފުޅު  ކޮންތާކު ވީ ކޮންކަހަލަ ކުއްޖެއްތަ ލިބުނީ އަންހެން ތައް ފިރިހެން ދޯ އޭ ޒިޔާ އަޑު ނީވެނީތަ”  އެތައް ސުވާލެއް އަނާ ފައްޗަކަށް އަމުނާލިއެވެ. ޒިޔާގެ ކުރަކި ވެފައިވާ އަޑު މަޑު  މަޑުން އިވެން ފެށިއެވެ. އެ ދެ ލޯވަނީ ރޮއެ ރޮއެ ދުޅަވެފައެވެ . އަޑު ހުރީ ސަކަރޭތް ވެފައެވެ. ” މަގޭ ލޯބިވާ އަހަންނަށް އެނގޭ އަނާ ދެރަވާނެ ވަރުވެސް އެކަމް  މި ވާހަކަ ބުނަށް ވެސް ޖެހޭ އެބަ މިއީ ސިއްރު ކުރެވޭ ވަރުގެ ވާހަކައެއްވެސް ނޫންވިއްޔަ”  ޒިޔާންގެ ޖަވާބު އައިގޮތުން އަނާން ހާސްވެއްޖެއެވެ. ކޮންމެވެސް ކަމެއް ގޮސް ވެފަ ވާކަމަށް އޭނާގެ ހަވަނަ ހިއްސު ހެކިދިނެވެ. ކަމެއް ނުވާވާނަމަ ޒިޔާން ގެ މޫނު މިލާފައެއް ނިއްނާނެއެވެ. ވަގުތުގައި ކިހިނެއް ވީހޭ އަހާލެއްވިއްޖެއެވެ.  އާދޭސްކޮށްފަ ސާފު ވާނެހެން ބުނެދިނުމަށް އެދެވުނެވެ. “އަނާ  މަގޭ ލޯބިވާ އަހަރުމެންގެ  މޭގެ  ދިރުން ފަދަ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމުގެ ތެރޭގައި މިވަނީ މި ދުނިޔެ އާއި އަލްވަދާއުކިޔާފަ”  ޒިޔާންގެ އަސަރުގަދަ އަޑު އަނާން ގެ ކަންފަތުގައި ޖެހުމާއެކު ހީވީ ބަޑި ފަޅައިގެން ދިޔަހެންނެވެ. އެހެންނޭ ނުވާނޭ ކިޔައި އަޑުގެ ކޮޅަށް ރޯންފެށިއެވެ. އެންމެ ލަފުޒެއްވެސް ޒިޔާންއަކަށް އިތުރަށް ނުބުނެވުނެވެ. ހިތްވަރެއް ދިނުމުގެ ގޮތުންވެސް މެއެވެ. އަނާންގެ ވޭނީ ގިސްލުމުގެ އަޑުން މޮޅި ތަން އޮތީ އޭރު ހުޅުދާންވެފައެވެ. އެ މަންޒަރު ފެނި ޒިޔާން މާބޮޑަށް ދެރަވިއެވެ.

މި ހިތާމަވެރި ހާދިސާ އަށްފަހު ނޫސްތަކުގެ ފަލަސުރުޚީ ތަކުން ކިޔަން ފެށީ ޑޮކްޓަރު ނަޒާލްގެ ވާހަކައެވެ. އާއިލާއަށް ނޭނގި  ކުރި ބޮޑު  އޮޕަރޭޝަނަކުން ކުށެއްނެތް މައުސޫމު ލޮބުވެތި އަންހެން ކުއްޖެއް މިދުނިޔެއާ އުމުރަށް އަލްވަދާއުގެ ހިނިތުން ވެލި ވާހަކައެވެ. ޑޮކުޓަރަށް އިނގިލި ދިއްކޮށް އިހުމާލުވި ކަމަށް ގިނަބަޔަކު ފާހަގަ ކުރަމުންދިޔައެވެ. މުޅި ރާއްޖޭގެ އެންމެން ޑޮކްޓަރ ނަޒާލް ޖަލަށް ލުމަށް ގޮވަމުން ދިޔައެވެ.  އެ އާއިލާއަށް އިންސާފު ހޯދައިދޭން ޖެހޭކަމަށް ބުނަމުން ދިޔައެވެ. ނުވިތާކަށް ރާއްޖެ ތެރޭ ރަށްރަށުގައި ހިނގާލުމާއި މުޒާހަރާތައް ބާއްވަންފެށިއެވެ.   ވަކިވެގެން ދިޔަ ތުއްތު ކުއްޖެއްގެ ފުރާނައިގެ ހައްގުގައެވެ. އަދި އެކަން  މާލޭގެ ބޮޑު ހަސްފަތާލަކުން މިކަން  ހިނގުމާއެކު  މުޅި ރާއްޖެއަށް ބިރުވެރިކަން ވަށާލުމުންނެވެ.

ހަފްތާތައް މަސްތަކަށްވެ މަސްތައް އަހަރުތަކަށް ވަމުން ދިޔައެވެ. 04 އަހަރުފަހުން މިއަދު ޑޮކުޓަރ ނަޒާލު 30 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރިއެވެ.  އެތައް ދުވަހަކަށްފަހު މިއަދު މިވަނީ އަނާންގެ އާއިލާއަށް އިންސާފު ލިބިފައެވެ. ދަރިފުޅުގެ ވަކިވުމަށް 04 އަހަރު ފާއިތުވެދިޔަފަހުންނެވެ. 02 ވަނަ ދަރިއަކު ލިބެން އަނާންމެންނަށް އުޅެނިކޮށެވެ.  ވިހަން ކައިރިވުމާއެކު މި އުފާވެރި ދިރިއުޅުމުގައި މިވަނީ މައްސަލަތައް ޖެހެން ފަށާފައެވެ. މި ފަހަރު  އަނާންގެ ހާލުވެސް  ދަށްވަމުން ދާތީއެވެ. ކެންސަރުވެސް އަނެއްކާ  ހަށިގަނޑަށް ފެތުރެމުން ދާތީއެވެ.

ވިހަށް ރާއްޖޭން ބޭރަށް ދާން ޒިޔާ ހުރީ މާކުރިންވެސް ތައްޔާރުވެ ނިންމައިގެންނެވެ. އޮފީހުން 05  މަހުގެ ޗުއްޓީވެސް ހޯދައިގެންނެވެ. އެހެންނަމަވެސް އަނާން ވިހަށް ބޭނުން ވަނީ ރާއްޖޭގައި ހުރެއެވެ. އާއިލާ ގާތުގައި ތިބެއެވެ.

ޑޮކުޓަރެއްގެ އިހުމާލުން ގެއްލިގެން މިދިޔައީ ކުށެއްނެތް  ކުުޑަކުޑަ ފުރާނައެކެވެ. ރޫޅި ނިމިގެން މިދަނީ ބަލި އަންހެނެއްގެ އުފާވެރި ދިރިއުޅުމެވެ. ހަދާންކުރާށެވެ. ގެއްލިއްޖެ ފުރާނައަކީ އަލުން އަނބުރާ އިޔާދަކުރެވޭނެ ފުރާނައެެއް ނޫނެވެ.

ނިމުނީ

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވަފާތެރިކެހިވެރިޔާ

Next

އިންސާފު ލިބޭނެބާ – 19

Next
February 4, 2025

އިންސާފު ލިބޭނެބާ – 19

Previews
February 4, 2025

ވަފާތެރިކެހިވެރިޔާ

2 Comments!

  1. Repunzil says:
    February 5, 2025 at 2:48 pm

    Beautiful ❤️❤️❤️

  2. Isnaa says:
    February 5, 2025 at 6:08 pm

    Thank you 💐💗 Repunzil

Comments are closed.



All Right Reserved!