އިރު އޮއްސެމުން ދާއިރު….
- ދެވަނައެއްނެތް ހުނަރު ވެރިއަކު ކުރެހި ތަސްވީރަކީ ބާއޭ
- ނުވަތަ ކަންވާރަކުން އޮހިގެން ބަދަލު އައި ކުލަ ތަކެއް ބާއޭ
- ދިމާމައްޗަށް ބަލާލީމާ ވަނީ ސިފަ ރީތި ރަތް ކުލައޭ
- ހިމޭން ކަނޑުގައި އެހެންކުލައެއް އެ ފެވުނީ ކީއްވެގެން ބާއޭ
- ވަރަށް ޒާތެއްގެ ރީނދުލަކާ، އޮރެންޖުކުލައިން ފަވާލެވިގެން
- އެ ރަން ރީނދޫ ކުލައިން އުޑުމަތި ޖަރީވީ ކިހިނަކުން ބާއޭ
- ވަޔާ ބެހެމުން އެދާ ތުނިތުނި ފިޔާތޮށި، ނަލަ ވިލާކޮޅުތައް
- އޮޔާ އުފެދޭ އެކުދި ރާޅަށް ގެނައި ބަދަލެއް އެނގޭ ބާއޭ
- އަރައިގެން އައި އިރުގެ ވާޖިބު އަދާކޮށް ދަތެރު ނިންމީމާ
- އަރަން ތައްޔާރުގައި ހުރި ހަނދު ކުރާ އެ އުފާ ފެނުނު ބާއޭ
- ހަޔާތާ ތޮށަލިދުޅަ އެއްފަދަ، އުފަލަކަށްފަހު ހިތާމަ ލިބޭ
- ބަޔާންވާ މިފަދަ ގިނަ އިބުރަތްތަކަށް ވިސްނުން ހިނގާ ބާއޭ
4 Comments!
Comments are closed.


MashaAllah! varah reethi. Sunseteh sifa vi kahala!
Varah reethi. I like it.
Kihinehtha mikahala lhen thakuge idea hoadhanee?
kudakoh visnaaleema Vashaigen fenna kanthah thakun idea annane. dhen bashakehgge sifaiga e athuraa lanee.