ތިޔަ ލޯބިން… (ލޯބިން ބަދަލުކޮށްލި ހިތްދަތި ހަޔާތް)
މިސްކާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި ހާސްކަމެވެ. އަތިރިމަތީގެ ގޮނޑުދޮށުގެ ރާޅުޖަހާ ފަށުގައި ކުޑަ ގަލެއްގައި އިށީނދެލައިގެން އޭނާ އިނެވެ. ނުހަނު މާޔޫސްވެ ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. މައިންބަފައިން މިސްކާގެ އުމުރުން ފަސްއަހަރުވިއިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފިއެވެ.
އެވަކިވުމަށްފަހު މިއަދާއި ހަމަޔަށް އޭނާ ބެލީ ބައްޕަ ފަރާތު ބޮޑުދައިތައެވެ. އެކަމަކު ދުވަހު އުފަލެއް އެފަކީރަށް ނުލީބޭ ފަދައެވެ. ބޮޑުދައިތަ އޭނާ ބަލަނީ އެއްވެސް ރަހުމަތް، ކުލުނެއްނެތި އެވެ. މިއަދު މިސްކާގެ ލޮލުން ފައިބަމުން އެދާ ކަރުނަޔަކީ އޭގެ ހެއްކެކެވެ. އެދޮން ކޯތާފަތުގައި ބޮސްދެމުން ފައިބަމުންއެދާ އަލްމާސްގެ ތިކިތައް ދަޅައަޅަމުންދިއައެވެ. އެހިތުގެ ވޭނީ ކެކުޅުމުގެ އަޑު އިއްވައިދެމުންދާ ފަދަގޮތަކަވެ.
އެޒުވާނާގެ އެކަނިވެރި ހާލަތަށް އެތައް ބަޔަކު ހަމްދަރުދީ ވެއެވެ. ނަމަވެސް، އެހީގެ އަތެއް ވެސް ދިއްކޮށްލާން ނުކެރިފައި ތިބެނީއެވެ. އޭނާގެ ބޮޑުދައިތަގެ ރުންކުރުކަމާއި އަނިޔާވެރިކަމުގެ ސަބަބުންނެވެ. ނުބައިވެގެންވި އެ އަންހެނާގެ ވަކިތަކުން މިސްކާ ދުނިޔެ އަޅާގޮސްދާނެތީއެވެ.
އުމުރުން ބާވީހުގެ އަހަރުތައް ގުނަން ތައްޔާރުވަމުންދާ މި އަންހެން ކުއްޖާއަކީ ޔަތީމެކެވެ. ބޯހިޔާކޮށްލަން ވަންނާނޭ ގެއެއްވެސް ނެތް ނިކަމެއްޗެކެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި ޒުވާން އުމުރު އޭނާ މަގުމަތިވެއްޖެއެވެ. ގޮތް ހުސްވެ މުޅި ދުނިޔެއަށް ބިކަ ވެއްޖެއެވެ.
ލޯތްބެތް ކުލުނެއްނެތިވެސް ބަލަމުން ދިޔަ ބޮޑުދައިތަވެސް އެގޭން އޭނާ ނެރެލީއެވެ. މެންދުރުގެ ރަތް ދައްކާ އަވީގައި އޭނާ އެތާ އޭނީ އިތުރު ދެވަނަ ގޮތެއް ނެތިފައެވެ. ހިޔާކޮށްލަން އޭނާ ދާނީ ކޮންތާކަށް ކާކު ކައިރިއަށް ހެއްޔެވެ؟ ރައްޓެހި ރަހުމަތްތެރިއަކުވެސް ހުރިކީ ނޫނެވެ. ދަންނަ ހަމަ އެކަކުވެސް ނެތެވެ.
ގިސްޖަހަޖަހަފައި އެގޮތުގައި މިސްކާ ރޯލަ ރޯލަ އެތާ އިނެވެ. އެހެން އިންދާ ކުރިމަތީ މީހަކު ހުއްޓާލިއެވެ. ދެލޯ ހުޅުވައި ރަނގަޅަށް މިސްކާ ބަލާލިއެވެ. އެއީ ޒުވާންފުރާގެ ފިރިހެނެކެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. މޫނުމަތިން މިރަށު މީހެއް ފާނޑުނުޖަހައެވެ. ބޮޑަށް ސިފަވަނީ ބީރެއްޓެހި މޫނަކާއެވެ. ހުލްޤު ހެޔޮ މީހެއްހެންވެސް ހީވިއެވެ. އެކަން ހާމާވީ ހިނިތުންވުމާއެކު ވާހާކަ ދެއްކި ބީދައިންނެވެ.
ތައާރަފު ދެއްވި ގޮތުން އެނގޭނަމަ އެއީ ފައިސާ ވެރިއެކެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއްގެ ހުރި ދެލޮލުގެ ނޫރެވެ. ހަމައެކަނި ފުރާނައެވެ. އެތައް ދުވަހަކަށް ފަހު މިސްކާގެ މޫނުމަތިން ހިނިތުންވުން ފެނިލިމީ ފުރަތަމަ ފަހަރެވެ. އެ ހިނިތުންވުން ދެކެން ޔުއާން ހާދަ ދިގު ދަތުރެއް ކޮށްފިއެވެ.
ބޮޑުދައިތަގެ ނުރައްކަލުން މިސްކާއަށް ސަލާމަތުގެ އައްސޭރިއަކަށްދެވުނެވެ. ޔުއާންގެ ހިތުގެ ނިވަލުގައެވެ. އެ އޯގާތެރިކަމާއި ހަމްދަރުދީގެ އަރިއަހުންނެވެ.
އައްޑޫގެ ކައިވެނިކުރާ މާލަމުގައި ކުލަގަދަ ހަފްލާއަކާއެކު މިސްކާއި ޔުއާން ކައިވެނީގެ ގޮށް ޖެހުނެވެ. އޭނާގެ ހިތި އެ މާޒީގެ ހަނދާން ނައްތާލަމުންއެވެ. އުފާ ފާގަތި ދުވަސްތަަކަށް އާދައެވެ.
‘އެއްއަހަރު ފަސް’
ހަރީފުގެ ކަށިކުނބުރު ޖަންގަންޔަކުން ބަހާރުގެ ބަގީޗާއަކަށްދެވުން ކަހަލައެވެ. ތާޒާ މާތަކުން އޭނާގެ ދުނިޔެ ވަނީ ފުރިބާރުވެފައެވެ. ނުލިބޭ ލޮތްބެއްނެތެވެ. މައިދައިތަމެން އެހާ ރަނަގަޅެވެ. މަންމަ ދުށުމުގެ ނަސީބު ނުލިބުނަސް މަންމައަކަށް ވެއްޖެއެވެ. މަންމަ ކިޔާ އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.
ކުރީގެ ހިތްދަތި ހަޔާތުގެ ހިޔަނިތަށް މިސްކާގެ ދިރިއުޅުމަށް އެޅުނަ ނުދީވޭތޯ ޔުއާން ބަލައެވެ. އަބަދުވެސް ހިތްހަމަޖައްސައިގެން ގެންގުޅެވޭތޯ ބަލައެވެ. އެދެލޮން ވެއްްޓޭ އެންމެ ސަބުނަމުގެ ތިއްކަކީވެސް އޭނާއަށް އަގުހުރި އެއްޗެކެވެ. އެއިން ކޮންމެ ފަހަރަކު ހާސް މަރުން އޭނާ މަރުވާނެއެވެ.
ދުވަސްތައް ނިމިގެން ދަނީ ނިކަން އަވަހަށޭ ބުނޭނޫންހެއްޔެވެ؟ އާއެކެވެ! އެއީ ތެދެކެވެ. ނިމިދިޔަ ދުވަހެއް ވަގުތެއް އަނބުރާ ނުގެނެވޭނެ އެވެ. އޮތްހާވެސް ގޮތަކީ ހިތިއެ ހަނދާންތަކުން ފިލާވަޅު ލިބިގަނެ ދިރިއުޅުމާއިގެން ކުރިއަށް ދިއުމެވެ.
އޭރަށް ބަލާއިރު އޭނާއަށް ހިތްހަމަޖެހުމެއް އުފަލެއް ނުލިބެއެވެ. އެހެނަސް، މިއަދު އެނޫން އެއްޗެއް ނުލިބެއެވެ. ހިތާމައަކީ ކޮބައިކަން ނުވެސް އެނގޭ ކަހަލައެވެ.
ރިހުމާއި، ހިތްދަތިކާމާއި ތަދަށް ލޯބިން ފަރުވާ ލިބެނީ ކިހާ ލޯބިން ހެއްޔެވެ؟ އާދޭހޭވެ! މިސްކާގެ ދިރިއުޅުމުން ބަހާރުގެ ފިނި ވައިރޯޅިތަކުން ހަރީފުގެ ވައި ނައްތާލައިފިއެވެ. ޔުއާންގެ ފަނޑުވުމެއްނެތް ލޯބިން އެ ހިތް އާބާދުވެއްޖެއެވެ. ދުވަހަކުކޮޅުންވެސް ހިތާމައިގެ ވައިހިޔަނިވެސް ނޭޅޭނެ ފަދައިންނެވެ. މޮޅިއާއި އެކަނިވެރިކަން އުފަލަން ހަދައިދެމުންއެވެ.
ނިމުނީ
2 Comments!
Comments are closed.






V ves reethi ibaaraai thakei.
V v molhu mi vaahaka liyelaafa in goy
Maana fun koh liyelaafa, ehenveema v kiyaalaa hithun kiyaalevunee..
Keep it up
👍👍👍👍♥️♥️♥️
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ”
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
!ކާމިޔާބު އުފާވެރި އަހަރަކަށް އެދެން
😊🫶♥️🥀🥰