Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…65

ކުއްލި އަކަށް މުޅިތަން އެނބުރެން ފެށި ކަހަލަ އިހުސާސް އެއް އަލީކާ އަށް ކުރެވެން ފެށުމާއި އެކު އޭނާ އާއި އެންމެ ކައިރީގައި ހުރި ގޮނޑިބަރި އާއި ދިމާލަށް އަލީކާ އަށް ހިނގައި ގަނެވުނެވެ.އެހެން ނަމަވެސް ވީ ނުވީ އެއް ނޭނގި އިރުކޮޅެއްގެ ތެރޭގައި މުޅި ތަނަށް އަނދިރި ކަން ވެރިވާން ފެށުމާއި އެކު އަލީކާ އަށް ހުރިތަނަށް ތިރި ވެވުނެވެ. އޭގެ ފަހުން ވީ ގޮތެއް ޚުދު އަލީކާ އަކަށް ވެސް ނޭނގުނެވެ.

*****************

އެއްވެސް މިސްރާބެއް ނެތި މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން އަލީކް ހިނގަމުން ދިޔަ އެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭނގުނު ނަމަވެސް ހޮސްޕިޓަލުގައި ހުރުމަށް ވުރެ މިވަގުތު އޭނާ އަށް ހުރެވުނު ތަން ވެސް އެތައް ހާސް ގުނަ އެއް ރަނގަޅެވެ. ހިނދަކަށް ވުރެ ހިނދެއް ވާރޭ ބޯ ކުރަމުން ދިޔަ އިރު ވައި ވެސް ދިޔައީ ގަދަ ވަމުން ނެވެ. ހިނގަމުން ހިނގަމުން ގޮސް އާޓިފިޝަލް ބީޗް ކައިރީގައި އަލީކް އަށް މަޑު ކޮށްލެވުނެވެ.

 

އާޓިފިޝަލް ބީޗަށް ވަންނަން އުޅެފައި ވެސް އެހިޔާލުން ޚިޔާލުން އަލީކް އެއްފަރާތް ކޮށްލީ އަލީކާގެ މަތިން ހަނދާން ވުމުން ނެވެ.ވަގުތުން އަލީކް އަށް ގަޑި ބަލާލެވުނެވެ. ގަޑިން ބާރަ ޖަހަން ދިހަ މިނެޓް އަަށް ވެފައި ހުރި ތަން ފެނުމާއި އެކު އަލީކް އަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ. އެހެންނަމަވެސް އޭނާ ހައިރާން އެއް ނުވެ އެވެ. އައި.ޖީ.އެމް.އެޗް އިން ނިކުން މީހާ އަށް މިހާ ހިސާބަށް އާދެވޭނީ ވަރަށް ވެސް ގަދަ އަށް ހިނގާލެވިގެން ތާ އެވެ.

 

ހަލުވި ފިޔަވަޅުތަކެއްގައި އަލީކް އޭނާގެ ގެ ހުންނަ ދިމާލަށް މިސްރާބު ޖެހީ ފެންވަރައިގެން ނޫނީ ދެން ހޮސްޕިޓަލަށް ދާން ބޭނުން ނުވުމުންނެވެ. ގެ އާއި ހިސާބަށް އަރާ ހަމަވުމުން އަލީކް ފުން ނޭވާ އެއް ލީ ހަމަޖެހިލުމުގެ ގޮތުން ނެވެ.

 

ގޭތެރެ އަށް އަލީކް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އަލީނާގެ ހަނދާން ތައް އޭނާ ވަށާލި އެވެ. އޭނާ ދަންވެފައި ހުއްޓާ ގެ އަށް އައި ދުވަހެއްގައި އޭނާގެ އިންތިޒާރުގައި އަލީނާ އިން ގޮތް ހަނދާނަށް އައުމުން އަލީކްގެ ހިތަށް އުނދަގޫވިއެވެ. ދެން ދުވަހަކު ވެސް އޭނާ ކިތަންމެ ދަންވެފައި ހުއްޓާ ގެ އަށް އަޔަސް އޭނާގެ އިންތިޒާރުގައި އަލީނާ އެއް ނުހުންނާނެއެވެ.

 

ހިންދިރުވާލުމަށްފަހު އަލީކް އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔައީ އިނގިލި ކުރި ޖައްސާލައިގެން ނެވެ. އެހެން ނޫން ނަމަ މުޅި ގޭތެރޭގެ ފެން ބޮޑުވާނެ ކަންނޭނގެ އެވެ. ކޮޓަރި އަށް ވަން ގޮތަށް އަލީކް ތުވާލި ހިފައިގެން ފާހާނަ އާއި ދިމާލަށް މިސްރާބު ޖެހި އެވެ.

 

ފެންވަރައިގެން ނިކުން އަލީކް އޭނާގެ އިސްތަށިގަނޑުގައި ވާ ފެންތައް ފޮޅާލި އެވެ. އަލަމާރި ކައިރި އަށް ޖެހިލާ އެތަނުން ކަޅު ކުލައިގެ ޓީޝާޓަކާއި އެކު ޖިންސެއް ނެގި އެވެ. ޖީންސް ލާ ނިންމާފައި ލޯގަނޑުން ކައިރީގައި ހުއްޓިލި ވަގުތު ކަމެއް ހަނދާން ވީ މީހެއް ހެން ޑްރެސިންގް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ނަގާލި އެވެ. ގަޑި ބަލާލިއިރު ބާރަ ގަޑި ފަނަރަ ހިނގާފައި ހުރި ތަން ފެނުމާއި އެކު އަލީކާ ގެ ނަމްބަރަށް ޑައިލް ކޮށްލި އެވެ.ރިންގުވެފައި ކެނޑުނު އިރު ވެސް ފޯނު ނުނެގުމުން އަލީކްގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރު ކޮށްލި އެވެ.

 

އަނެއްކާ މިއުވާން އަށް ވީ ކަހަލަ ދެރަ ގޮތެއް އަލީކާ އަށް ވެސް ވަނީ ހެއްޔެވެ؟ ހިތުގައި އުފެދުނު ބިރުވެރިކަމާއި އެކު ދެވަނަ ފަހަރަށް އަލީކް އަށް އަލީކާ އަށް ގުޅާލެވުނެވެ. ދެން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އޭނާ އަށް އަލުން އަނބުރާ ދެވޭނީ އިރު ކޮޅަކުން ނެވެ. ހަދާނެ ގޮތް ހުސްވެފައި ވާ ހާލު އަލީކް ޒީކާންގެ ނަމްބަރަށް ގުޅާލީ ޒީކާން މި ވަގުތު އިންނާނީ ހޭލާ ހެން ހީވާތީ އެވެ. އޮފީހުގެ ކަންކަމުގައި އުޅެފައި އާންމު ކޮށް ޒީކާން ނިދާ ވަގުތަކީ މިއީ ކަމުން އަލީކްގެ ހިތުގައި ކުޑަކުޑަ ނަމަވެސް އުންމީދުގެ ހުޅުކޮޅެއް އެބަ އިނެވެ.

 

ފުރަތަމަ ރިންގާއި އެކު ޒީކާން ފޯނު ނެގުމުން އަލީކް ފުން ނޭވާ އެއް ދޫކޮށްލި އެވެ.”ހަލޯ.ކަމަކު ތަ؟”އެކޮޅުން ޒީކާން ބުނެލި ރާގުން އޭނާ އެ އޮތީ ނިދަން އަރާ އެއް ނޫން ހެން އަލީކް އަށް ހީވި އެވެ. “ބިޒީތަ” ޒީކާންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަލީކް ވެސް ކޮށްލީ ސުވާލެކެވެ.”ބިޒީ އެއް ނޫން”ޒީކާން އެކޮޅުން ބުނެލި އިރު އޭނާގެ އަޑުން ވަރުބަލި ކަން ފާޅުވެއެވެ.”މީ އައި.ޖީ.އެމް.އެޗް އަށް ވަރަށް އަވަހަށް ދެވި ދާނެ ތަ؟”އަލީކް އަހާލީ އަހަން ނާހަން ހުރެފައި ކަން އޭނާގެ ރާގުން އެނގޭހާ ވެއެވެ. “ރަށުގަ އެއް ނޫން ޒީކް މި ހިރީކީ.ނުކް ކައިރީ ބުނެބަ. އޭނާ ހޭލާ އޮންނާނީ”ޒީކާން ގެ ޖަވާބާއި އެކު އަލީކް ފޯނު ބޭއްވީ އާނ އޯކޭ އޭ ބުނެލަމުން ނެވެ.

 

ނަވްޔާ ގެ އަށް ގެނައި ގޮތަށް ޓީޝާޓު ބާލައިގެން ޖިންސާއި އެކު އެނދަށް އެރި ގޮތަށް ނުކްޝާން އޮތީ ފޯނުން ޒީކާން އަށް މެސެޖް ކުރާށެވެ.ވާނީ ވެސް އެހެން ތާ އެވެ. ޒީކާން އެ އުޅެނީ ވިލިނގިލީ ގައި ތާށިލަވައިގެން ވިއްޔާ އެވެ. ދެން ދިމާ ނުކޮށް ނުކްޝާން އަށް އޮއެވޭނެ ހެއްޔެވެ؟

 

ޒީކާން އަށް މެސެޖު ކުރަމުން ޓިކްޓޮކް ބަލަން އޮތް ނުކްޝާން އަށް އަލީކްގެ ފޯނު ކޯލެއް ލިބުމާއި އެކު ކުޑަ ނަމަވެސް ހައިރާން ކަމެއް ލިބުނެވެ. އަވަސް ހަރަކާތްތަކާއި އެކު ނުކްޝާން އަށް އެކޯލަށް ޖަވާބު ދެވުނީ އަލީކް މި ވަގުތު ގުޅާނީ ބޮޑު ކަމެއް ވެގެން ކަން ޔަގީންވާތީ އެވެ.

 

“ހަލޯ”ކަންފަތުގައި ފޯނު ޖަހާލަމުން ނުކްޝާން ބުނެލިއެވެ.”ހަލޯ.ނުކް ވަރަށް އަވަހަށް އައި.ޖީ.އެމް.އެޗް އަށް ދޭބަ”އަލީކް ގެ އެދުން އޭނާގެ ކަންފަތުގައި ޖެހުމާއި އެކު ނުކްޝާން އަށް ނިއްކުރީގައި އަތް ހާކާލެވުނެވެ. ހިތުގައި ސުވާލު މާކެއް ޖެހުނީ އަލީކް މިވަގުތު އެތަނަށް ދާން އޭނާގެ ގާތު އެދުމުން ނެވެ.”އެއީ ކީތްވެ ޔޯ”ނުކްޝާން އަލީކްގެ ކުރިމައްޖެހީ އޭނާގެ އިންތިޒާރުގައި ހިތުގައި އުފެދިފައިވާ ސުވާލެވެ.”ފަހުން ކިޔާ ދޭނަން ވަރަށް އަވަހަށް ދޭބަ”އަލީކް ވީ ގޮތް ފަހުން ކިޔާދޭނަމޭ ބުނުމުން ނުކްޝާން އަށް މާނަ ނެގުނީ މުޅިން ނުބައިކޮށެވެ. އަލީކް އޭނާ އަށް ލަނޑެއް ދޭން އުޅެނިއްޔޭ ހީވުމުން ދާން ފަަސް ޖެހެވުނެވެ. އެކަހަލަ ކަންތައްތަކަށް އެކުވެރިން ނަކަށް ވެސް އޭނާ އަކަށް ސަތޭކަ ޕަސަންޓް އިތުބާރެއް ނުދެވޭނެ އެއް ނޫން ހެއްޔެވެ؟

 

“ތި އުޅެނީ ލަނޑެއް ދޭން ދޯ”ނުކްޝާން އަލީކް އަށް ދޯ އެއްލިއެވެ.ނުކްޝާންގެ ސުވާލުން އެކޮޅުގައި ފޯނުގައި ހުރި އަލީކްގެ މޫނު މަތިން ހިތި ހިނިތުންވުމެއް ފެނިގެން ދިޔަ އެވެ. “ދޮންތަ އިންނާނެ އެތާ.ނުކް ދާންވީ ދޮންތަ ކައިިރި އަށް.އަލީކް މިދަނީ އިރުކޮޅަކުން”އަލީކް ކުރު ޚުލާސާ އެއް ދިނެވެ.

 

އޯކޭ އޭ ކިޔާފައި ނުކްޝާން ފޯނު ބޭއްވީ އަވަހަށް ދާން ތައްޔާރު ވާށެވެ.ލައިގެން ހުރި ކަޅު ކުލައިގެ ޖީންސްގެ މަތިން ހުދު ކުލައިގެ ޓީޝާޓެއް ލުމަށްފަހު ނުކްޝާން އަތުން ބޮލުގައި ފުނާ އަޅާލަމުން ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލި އެވެ.ބޮލުގައި ޖެލް ކޮޅެއް ދުމަށްފަހު އަބަދު ވެސް އޭނާ އިސްތަށިގަނޑު ސްޓައިލް ކޮށްލާ ގޮތަށް ނުކްޝާން އޭނާގެ އިސްތަށިގަނޑު ސްޓައިލް ކޮށްލި އެވެ.އެންމެ ފަހު ކަމަކަށް އޭނާ ގަޔަށް ސެންޓު ބުރުވާ ލުމަށްފަހު ނުކްޝާން ސައިކަލު ތަޅުދަނޑި ނަގައިގެން ކޮޓަރިން ނިކުމެލި އެވެ.

 

ނުކްޝާން ކޮޓަރިން ނިކުން ވަގުތު ގޭތެރެ އިން ފެނިގެން ދިޔައީ މަރު ފަދަ ހަމަހިމޭން ކަމެކެވެ. އެ ހިމޭން ކަމުގެ ތެރޭގައި އެއްވެސް އަޑެއް ނުލައްވާ ނުކްޝާން ގެއިން ނިކުންނަން ދިޔައީ ސިއްރު ވެރި ފިޔަވަޅު ތަކެއްގައި އެވެ. ގޭތެރެ އަށް ވަގަކު ވަނަސް އެމީހަކު ވެސް އެހާ ސިއްރު ވެރި އެއް ނުވާނެ ކަންނޭނގެ އެވެ.

 

ގެއިން ނިކުން ގޮތަށް ނުކްޝާން އޭނާގެ ސައިކަލުގައި އައި.ޖީ.އެމް.އެޗް އާއި ދިމާލަށް މިސްރާބު ޖެހި އެވެ. ނުކްޝާން ސައިކަލު ދުއްވަމުން ދިޔައީ އެހެން ނޫނީ ދުއްވާ ވަރަށް ވުރެ ބާރަށް ށެވެ. މަގުމަތިން ދެތިން މީހަކު ނޫނީ ފެންނަން ނެތުމުގެ ސަބަބުން މަގުމަތި ވެސް ކުޑަކޮށް ހިމޭން ކަމަށް ދައްކަ އެވެ. އެހެންނަމަވެސް ދުއްވާ އެއްޗިހި މަދުމަދުން ނަމަވެސް ފެންނަމުން ދިޔަ އެވެ.

އައި.ޖީ.އެމް.އެޗް ގެ ކައިރި އަށް ސައިކަލު މަޑު ކޮށްލި ނުކްޝާން ހޮސްޕިޓަލުގެ ތެރެއަށް ވެދެގެން ދިޔައީ ވަރަށް ހަމަޖެހިލައިގެން ހުރެ އެވެ. ފިރިހެންވަންތަ ހިނގުމެއްގައި ހިނގާފައި ދިޔަ އިރު ރިސެޕްޝަންގައި އިން އަންހެން ކުއްޖާގެ އިތުރުން އެތަނުގައި މަދު މަދުން ނަމަވެސް ހަރަކާތްތެރި ވަމުން ދިޔަ ނަރުހުންގެ ނަޒަރު ދިޔައީ ނުކްޝާން އަށް ހުއްޓެމުން ނެވެ.އެހެން ނަމަވެސް މީން އެއްވެސް ކަމަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ނުކްޝާންގެ ދެލޯ ހޯދަމުން ދިޔައީ އަލީކާގެ ސޫރަ އެވެ. އޭނާ އެތަނަށް އެ އައީ ވެސް އަލީކްގެ އެދުމަށް އަލީކާގެ ކައިިރި އަށް ތާ އެވެ.

 

އެކި އެކި ދިމަ ދިމާލަށް އޭނާގެ ދެލޯ ހިންގަމުން ދިޔަ ނުކްޝާން ގެ ލޮލުގައި އެމެޖެންސީ ރޫމް އެއްގެ ކުރިމަތީގައި ހުރި ގޮނޑިބަރިން ގޮނޑި އެއްގައި ބޯ ޖަހާލައިގެން ތަޅުންގަނޑު މަތީގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ އަޅައިގަތެވެ. ދުރުން ބަލާ މީހަކަށް ހީވާނީ އެ އަންހެން ކުއްޖާ އިން ގޮތުން އެ ގޮތަށް އިނދެ އެކުއްޖާ އަށް ނިދިފައި އިން ހެންނެވެ.

 

ލަސް ފިޔަވަޅުތަކެއްގައި ނުކްޝާން އެ ދިމާލަށް ހިނގައިގަތީ އެއީ އަލީކާ ކަން އޭނާގެ ހަވަނަ ހިއްސު އޭނާ އަށް ބުނެދެމުން ދާތީ އެވެ. އަލީކާގެ ގާތުގައި ހުއްޓިލި ނުކްޝާން އެއް ފަހަރު އަލީކާ އަށް ބަލާލުމަށްފަހު ގޮނޑި ބަރީގައި އިށީންނަން ދިމާ ކޮށްލީ ދެވިސްނުމެއްގައި ހުރެ އެވެ.

 

އަލީކާ އާއި ދިމާލަށް އިރުކޮޅެއް ވަންދެން ބަލަން އިނުމަށްފަހު ނުކްޝާން އަލީކާ އަށް ދެފަހަރު ގޮވާލި އެވެ. އަލީކާގެ ހަށިގަނޑުގައި އިނގިލި ކުރި ވެސް ނުޖައްސާން އިން ނުކްޝާން އަލީކާގެ ގައިގައި ދެ ފަހަރަކު ކޮއްޓާލީ އަލީކާ ދެލޯ ހުޅުވާ ބަލާ ނުލުމުންނެވެ.

 

އަލީކާގެ ގައިގައި ހިފާ ނުކްޝާން ތަޅުވާލި އިރު އޭނާގެ ހިތުގައި ހާސް ކަމެއް އުފެދުނެވެ. “ސިސްޓާ” އެވަގުތު އޭނާގެ ކައިރިން ނަރުސް ކުއްޖެއް ދިއުންވީ ނުކްޝާން އަށް ލެއްވި ރަހްމަތަކަށް ށެވެ.

 

އެ ނަރުސް ކުއްޖާ އަލީކާ ގެ ގާތު ހުއްޓުމާއި އެކު ނުކްޝާން ނަރުސް ކުއްޖާ އަށް ތަން ދައްކަމުން ދުރަށް ޖެހިލި އެވެ. އޭރު ވެސް ނުކްޝާން ގެ ނަޒަރު ހުއްޓިފައި ވަނީ ދެލޯ މެރިފައިވާ އަލީކާ ގެ މޫނަށް ށެވެ.އަލީކާގެ ކޯތާފަތުގައި ނުހިކި ހުރި ތަން ކަރުނަތައް ފެނުމުން ނުކްޝާންގެ ހިތަށް ކުޑަ ކޮށް ނަމަވެސް އުނދަގޫ ވިއެވެ.

 

ނުކްޝާން އޭނާގެ ނަޒަރު އަލީކާ އިން ވަކި ކޮށްލީ ހިތާއި ދެކޮޅަށް ށެވެ. “ސާރ. ޕޭޝަންޓް އޭނެތިފަ އޮތް ކަމަށް ލަފާ ކުރެވެނީ.އަވަސް ފަރުވާ އެއް ބޭނުންވޭ” ނަރުސް ކުއްޖާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއި އެކު ނުކްޝާން އެ ނަރުސް ކުއްޖާ އާއި ދިމާލަށް ބަލައިލަމުން ބޯ ޖަހާލިއެވެ. ހީވީ އިތުރަށް ބުނާނެ އެއްޗެއް ދުލަށް ނައުމުން އޭނާ އަށް އަޑު އިވުނު ކަން އަންގައިދިނުމަށް ކޮށްލި އިޝާރާތެއް ހެންނެވެ.

 

އަލީކާ އަވަސް ފަރުވާ ދޭ ކޮޓަރި އަށް ވެއްދުމާއި އެކު ނުކްޝާން އޭނާގެ ފޯނު ނަގާ އެ އާއި ކުޅެން ފެށި އެވެ. އަލީކް އަށް އެ ޚަބަރު ދޭން އުޅެފައި ވެސް ފަސް ޖެހެވުނީ އަލީކް އިރުކޮޅަކުން އެބަ ދަން ކަމުގައި ބުނެފައި ވާތީ އެވެ.

ފޯނު ހިފައިގެން އިން ނުކްޝާން ގެ ދެލޯ ކުރިމަތީގައި އަލީކާގެ ސޫރަ ކުރެހިގެން ދިޔަ އެވެ.އަލީކާގެ ކޯތާފަތުގައި ނުހިކި ހުރި ކަރުނަތަކާއި އެކު ތެތް ވެފައި ވާ އެސްފިޔަ ތަކުން އަލީކާ އަށް ވީ ކަމެއް ވީ އަލީކާ ރޯން އޮށްވާ ކަން ނުކްޝާން އަށް ޔަގީންވީ އެވެ.އަލީކާ ރޯން ވީ ސަބަބަކާއި މެދު ނުކްޝާން އަށް ވިސްނެން ފެށުނީ އެހިސާބުންނެވެ.

 

އެކި އެކި ކަހަލަ ހިޔާލުތައް ނުކްޝާންގެ ސިކުނޑީގައި އެނބުރެން ފެށުމާއި އެކު ނުކްޝާން އަށް ދެލޯ މަރާލެވުނެވެ. އަލީކާ އާއި މެދު އޭނާ މިހާ ބޮޑަށް ވިސްނަން ފެށީ ކޮން އިރަކު ހެއްޔެވެ؟ އަލީކާ އަށް ވީ ކަމެއްގެ ސަބަބުން އޭނާ އަށް އަސަރެއް ކުރަންވީ ކީތްވެ ހެއްޔެވެ؟ އަނެއްކާ އެވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި އޭނާގެ ހިތުގައި އަލީކާ އަށް ޓަކައި އިހުސާސް އެއް އުފަންވީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެ އެވެ. އެއީ އޭނާގެ ހިތުގައި އުފެދިފައިވާ އިހުސާސް އެއްގެ ސަބަބުން ވާ ގޮތެއް ނޫނެވެ. އެނާގެ އެކުވެރި އަކަށް ވުމުން ވީ ގޮތެކެވެ. އަލީކާގެ ބަދަލުގައި މިޝްޔާ އެފަދަ ހާލެއްގައި އޭނާ އަށް ފެނުނު ނަމަވެސް އޭނާ އަށް ކުރެވޭނީ އެފަދަ އިހުސާސް އެކެވެ. ހަމަ މި ގޮތަށް އޭނާ އަށް ވިސްނޭނެ އެވެ.

 

ނުކްޝާން ގެ ސިކުނޑި އޭނާ ގެ ހިތާއި ދެކޮޅު ހެދި އެވެ. އެހެންނަމަވެސް އޭނާ އަށް ނޭނގުނު ކަމާކީ ކިތަންމެ ވަރަަކަށް އޭނާ ފިލި ކަމުގައި ވީ ނަމަވެސް ކޮންމެވެސް ދުވަހަކުން އޭނާގެ އެ އިހުސާސް އަށް އޭނާ ނަމެއް ދޭން ޖެހޭނެ ކަމެވެ.

 

ނުކްޝާން އޭނާގެ އުނގުގައި ނިވިފައި އޮތް ފޯނު ގެ ސްކްރީން ވައިބްރޭޓް އަކާއި އެކު ދިއްލުމުން ބަލާލީ މެސެޖް އެއް ލިބުމުނެވެ. ނުކްޝާން ފޯނު ހުޅުވާ ބަލާލީ ކާކު ގެ މެސެޖެއް ތޯ އެވެ.އަލީކް ގެ މެސެޖަކަށް ވުމުން ނުކްޝާން ވަގުތުން އެ މެސެޖުު ހުޅުވާލި އެވެ.

 

“ޓޫ ގަ ދާނަން.މަޑު ކޮށްލަ ދެއްޗޭ” އަލީކް ގެ މެސެޖު ކިޔާލުމަށް ފަހު ނުކްޝާން ފޯނު ނިވާލާ އޭނާގެ އުނގުމަތީގައި ފޯނު ބާއްވާލި އެވެ. އިތުރަށް ފޯނު ބަލާ ހިތް ނެތުމުން ހޮސްޕިޓަލުގެ އެކި ދިމަ ދިމާލަށް ނުކްޝާން ކަޅި ހިންގަން ފެށި އެވެ. އެހެން އެކި ދިމަ ދިމާލަށް ބަލަ ބަލާފައި ކޫސަނި އަތަށް ކަމެއް ކުރަމުން ދިޔަ ނުކްޝާން އަށް ގަޑި ދިޔަ ގޮތެއް ވެސް ނޭނގުނެވެ.

 

ގޮނޑީގައި ހަމަޖެހިލައިގެން އިން ނުކްޝާން ގެ ނަޒަރު އެމެޖެންސީ ރޫމް އިން ނިކުމެގެން އައި ޑޮކްޓަރ އާއި ދިމާލަށް ހުއްޓުނެވެ. ކޮޅަށް ތެދުވެލަމުން ނުކްޝާން އެއް ފިޔަވަޅު ކުރި އަށް އަޅާލީ އޭނާ އާއި ޑޮކްޓަރ އާއި ދެމެދުގައި ވާ ދުރުމިން ކުޑަ ކޮށްލަމުން ނެވެ. ކައިރީގައި އައިސް ހުއްޓިލި ޑޮކްޓަރ ގެ މޫނާއި ދިމާލަށް ނަޒަރު ހުއްޓާލި ނުކްޝާން އަށް ޑޮކްޓަރ ގެ މޫނުން އެއްވެސް ކަމެއް ނަގައި އެއް ނުގަނެވުނެވެ.

 

“ޝީ އިޒް އޯލްރައިޓް މިހާރު. ބަޓް އައިވީ ހުސްވީމަ ދޫކޮށްލެވޭނީ. ހޭ އަރާފަ މިހާރު އޮތީ. އެކަމް ނިދިފަ އޮތީ. ބޮޑަށް ގަބޫލު ކުރެވެނީ ބްލަޑް ޕްރެޝަރ ލޯ ވީމަ ވީ ގޮތެއް ކަމަށް. ބޭނުން ވީމަ ޕޭޝަންޓް ކައިރި އަށް ވަދެވޭނެ މިހާރު.ވާޑަށް ބަދަލު ކޮށްލާނެ އިރުކޮޅަކުން” ޑޮކްޓަރ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑު އަހަމުން ދިޔަ ނުކްޝާން ގެ މޫނުމަތިން މާ ބޮޑު އަސަރުތަކެއް ފާޅެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ތެރޭގައި އުފެދެމުން ދިޔަ ހާސް ކަމާއި ކަންބޮޑުވުން ކިތަންމެ ހާ ވެސް ބޮޑެވެ. ނުކްޝާން އެކަން ދައްކަން ބޭނުން ނުވީ އެވެ.އޭނާ ކަންބޮޑުވާ ކަމަށް ގަބޫލު ކުރަން ބޭނުން ނުވީ އެވެ.

 

ޑޮކްޓަރ ދިއުމާއި އެކު ނުކްޝާން އަލީކާ އޮތް ކޮޓަރީގެ ތެރެ އަށް ވަދެލި އެވެ. ދެލޯ މަރާލައިގެން އޮތް އަލީކާގެ އަތަށް އައިވީ ގުޅާލާފައި ވާ އިރު ހާޓް ބީޓް ބަލާ މެޝިނުގެ “ބީޕް ބީޕް” ކިޔާ އަޑު ނުކްޝާން ގެ ކަންފަތުގައި ޖެހެމުން ދިޔަ އެވެ. އަލީކާގެ ކައިރީގައި ހުއްޓިލި ނުކްޝާން ގެ ނަޒަރު އަލީކާގެ ކޫރެއް އެޅިފައި ނުވާ މޫނަށް ހުއްޓިފައިވާ އިރު އޭނާގެ ހިތް އެދެމުން ދިޔައީ އަލީކާގެ މޫނުގައި ބީހިލުމުން ށެވެ.

 

އެހެންނަމަވެސް ހިތާއި ދެކޮޅަށް ނުކްޝާން އަލީކާގެ މޫނުން ނަޒަރު ވަކި ކޮށްލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ އޭނާގެ ހިތުގެ ގޮވުމަށް އިޖާބަ ދެވި ދާނެ ކަމުގެ ބިރަށް ށެވެ. އެހެންނަމަވެސް ނުކްޝާން އެކަން ގަބޫލު ކުރުމުގެ ބަދަލުގައި އެ ކޮޓަރިން ނުކުމެގެން ދިޔައީ އަލީކާ އަށް ކާ އެއްޗިހި ބަލާ ދިއުމުގެ ނަމުގައި އެޅެމުން ނެވެ.

 

ދެލޯ މަރާލައިގެން އޮތް އަލީކާ އަށް ދެލޯ ހުޅުވާލެވުނު ވަގުތު ފެނިގެން ދިޔައީ ހުދު ކުލައިގެ ސީލިންގް އެވެ. ކޮޓަރީގެ އަލިގަދަ ކަމުން އަލީކާ ގެ ދެ ލޮލަށް އުނދަގޫވި އެވެ. ރަނގަޅަށް ބަލާލުމައި އެކު އޮވެވުނީ ހޮސްޕިޓަލުގައި ކަން އޭނާ އަށް އެނގުނެވެ. އޭނާގެ އަތަށް ގުޅާފައިވާ އައި.ވީ ފުޅި ފެނުމުން އަލީކާގެ ހިތުގައި ސުވާލު މާކެއް ޖެހުނެވެ. ހޮސްޕިޓަލުގައި ބާއްވާ ވަރަށް އޭނާ ބަލިވީ ކޮންއިރަކު ހެއްޔެވެ؟

 

ނުނިމޭ

Comments (28)

  1. Vampire girl

    Hey manjey
    Mi part vx varah varah reethi…
    E soru ge e ihsaas thakah nameii dheebala dhw…..
    Ey kaloa rangalhu gadiah aleek vahtaalahchey e thanah….
    Kn irakun thr next part kiyaalan libeyny…..
    Ma beynun zeekaan and mishyaa ge baeii kiyaalan….
    Sorry😝😝
    Dhn v.salaam
    Bye bye 👋

    1. Laura
      Vampire girl

      Lol me too

    2. RIFSHA
      Vampire girl

      Hey manjey
      Hmm dhen thi kamaa ey dhen ma mi ulheny. Dhen thi kamaa ma mi visnany.
      Next dho.e dhen liyan fashaafa innaany in sha Allah Thursday ge kurin genesdhevey tho mi balani.
      Ehen tha.ok ok next ga balamaa dho libey tho
      Hmm varah Salaam lol
      Bye byeee

  2. Laura

    Hey Rifoo
    Varah Reethi ingey mi part ves.
    Hope varah avahah next liveyne kamah.
    Dhen aleek ah thi hen nahadhaa Rifoo.lau varah dhera vey ebai kiyaafa.
    Mish and zeek hama best.next ga e dhekudhin ge baeh gennahchey
    Love you 😘

    1. RIFSHA
      Laura

      Thanks lau
      In sha Allah next part Thursday ge krn genesdhevey tho mi balani
      Dhen balamaa dho vaa gotheh
      Hehe dhen visnaalan jeheyny
      Love you more 💖

  3. Naikko

    Mi part ves v v reethi
    When next??

    1. RIFSHA
      Naikko

      Thanks next in sha Allah next Thursday ge kurin libeyne

  4. Dhooni

    Mi part ves varah reethi
    Kon irakun next

    1. RIFSHA
      Dhooni

      Thanks dhooni
      Next part in sha Allah next Thursday ge kurin

  5. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Heyonuvaane aleek and aika gulhuvachey
    Nuk have feelings for aleeka
    Mish and zeek ves gulhuvachey
    Lai and rayaan ves
    They all are made for each other
    Mi part kiyaafa rovijje
    Heyonuvaane aleek ah dhera gotheh nuhadhachey
    I appreciate your hard work
    You’re my fav author
    Love you rifoo ❤️😍

    1. RIFSHA
      Cutie girl

      Thanks cutie girl
      Hehe dhen hingaa dho vaagotheh balan.
      Zeek and mish ah vx
      Once again varah bodah thanks
      Love you more

  6. Aareyemesey

    Hey rifoo..mi part ves vrh reethi..ekm haadha kurey.. thankolheh dhigu nama adhi vrh salhi vees..dhn faharakun miah vuren dhigu kohladhehchey pls..ekm ves vrh reethi Ingey..mi vhk nimeyne goih balan I can’t wait..dhn oih Bai kn irakun?…ehaa las nukurahchey Ingey..💖✨

    1. RIFSHA
      Aareyemesey

      Thanks aareumeysey
      Aslu tha.rifoo varah masaikaiy kuran dhigu koh genesdhevey tho.in sha Allah next part mi ah vure dhigu kohlaanan.Rifoo buxy kamunney ehaa dhigu nukureveny
      Sorry las kurevuny ma.Rifoo ge mock exam nimunyma liyan feshymi.Mock ge thereyga vaguthu nuvaathy las vee.in sha Allah dhen ehen eh nuvaane. Ramadan ga rifoo mi balani dhe dhuvahun eh dhuvahu genesdhevey tho.in sha Allah eyrun libeyne avahah kiyaalan

  7. SHAAYAN

    Hey Rifoo
    Mi part varah vec Reethi as usual
    Next part dhigu kohlache. 10 min varu.but e ah vure gina in bynun vanee.hope varah avahah next kiyaalan libryne kama.
    Finally nuk has feelings for Leeka. Dhen avahah zeek and mish gulhuvaa.nuk varah shy vaane kannynge.hehe
    Love you my fav author 💙

    1. RIFSHA
      SHAAYAN

      Thanks shaayan for your lovely comment
      Sorry maa las vaathy.Next in sha thi varu kohladhevey tho rifoo balaanan
      Hehe 😆 vedhaane nuk varah shy vedhaane ingey hama
      Love you more 💖

  8. gurrrrl

    Vrh nice mi part ves when next

    1. RIFSHA
      gurrrrl

      Thanks next part in sha Allah next Thursday ge kurin.

  9. Faileek

    Varah Reethi mi part ves.
    Aleek a ehen nahadhabaa.i am a big fan of himmm. Aleek deserves better. in my opinion aleek and faiha is made for eachother.no hates. I shipped Aleek n faiha.
    Varah Reethi story e.your my fav author ☺️

    1. Kai
      Faileek

      But aleek and aika dhw main akee vs.and they both like eachother ☺️

    2. Faileek
      Faileek

      But you know aika first rejecte kohlee dhw aleek

    3. RIFSHA
      Faileek

      Thanks faileek
      Dhen hingaa dho aleek ah vaa gotheh balan.
      It’s your opinion dho.hingaa dhen aleek libeny kaakah tho balan.faiha ah tho nooni aika ah tho
      Thanks faileek once again varah ufaa vejje Rifoo mi thi kujjaage fav author Kan ingunyma

  10. Nunnu

    Rifoo kobaa thr next

    1. RIFSHA
      Nunnu

      Next in sha Allah Thursday ge kurin 😀

  11. Kai

    Thedheh rifoo avahah next genesdheeba

    1. RIFSHA
      Kai

      Next in sha Allah Thursday ga guyss

  12. Shimmer

    Guys I know vv beynun Kan story kiyaalan
    I also want hama mihaaru full story kiyaalan
    But apart from an author she is a 10th grader and these 12 varakah days vv important vaane all the 10th graders ah because after this most of the teachers will be leaving to vacation and we won’t have enough time to study with them
    So midhuvas kolhu let her focus on her studies
    I know I don’t know her apart from the author of this story but I know she is working really really hard
    Anyway rifoo story hama 💯
    Curiously waiting for the next part
    And all the best for your exams
    Love you ❤️❤️

    1. Someone
      Shimmer

      Yh i also agreed with her

    2. RIFSHA
      Shimmer

      Thanks shimmer.
      Varah ufaa vejje Shimmer Rifoo ge study ah thihaa care kuraathy.
      Once again thanks shimmer
      Next part in sha Allah Thursday ge kurin kiyaalan libeyne
      Love you more 💖

Comments are closed.