Skip to content
އެސްފިޔަ

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 2

ރާނިޔާ އަށް ހޭލެވުނީ ފޯނު ރިންގު ވާ އަޑަށެއެވެ . ރާނިޔާ ލޯ ކަހަމުން  ރާނިޔާ ގެ ފޯނަށް ބަލާލިއެވެ  . ރާނިޔާ ގެ ފޯނަށް ގުޅަމުން ގެންދަނީ ޒައިންނެއެވެ . ” ހަލޯ ބޭޞީ . ސޮރީ ނިދުނީ . ” ރާނިޔާ ނިދި އަޑުން ވާހަކަ ދައްކާލިއެވެ . ” އޯކޭ އަވަހަށް ރެޑި ވޭ އިރުކޮޅަކުން މިދަނީ ތިގޭ ކައިރި އަށް ” ޒައިން ބުނެލިއެވެ.

#########################################################################

ޒައިން ފޯނު ކަޑާލުމުން  ރާނިޔާ  ވަދުނީ ފާހާނާ އަށެވެ . ޒައިން މޫނު ދޮވެލުމަށް ޓަކައި  ފާހާނާ އަށް ވެދެލިއެވެ .  ޒައިން  ފެން ފޮދަކުން މޫނު ދޮވެލުމަށް ފަހު ޒައިން ހިގައިގަތީ ރާނިޔާ މެން ގެޔަށް ދިޔުމަށެއެވެ . ” ދަރިފުޅާ ޒައިން . ރާނިޔާ ގެނެސްދެއްޗޭ . މަންމަ މެން ވެސް ބޭނުން ވާނެ ދޯ ރާނިޔާ ބަލާލަން .. އެއީ ކޮން ކަހަލަ ކުއްޖެ ތޯ ބަލާލަން ވެސް ” ޒައިން މަންމަ (   ޒަކިއްޔާ ) ބުނެލިއެވެ . އާއެކޭ ބުނުމެ ގޮތިން ޒައިން ބޯ ޖަހާލިއެވެ .  ޒައިންގެ ސައިކަލް ސްޓާރޓް ކުރުމަށް ފަހު ޒައިން ދުއްވައި ގަތީ ރާނިޔާ މެން ގެޔަށެއެވެ .

އިރުކޮޅެއްގެ ފަސް . ޒައިންނަށް ރާނިޔާ އުޅޭ ގެޔަށް އާދެވިއްޖެއެވެ . ޖީބުން ފޯނު ނެގުމަށް ފަހު ރާނިޔާ އަށް މެސެޖް ކޮއްލިއެވެ . ”  ރާނިޔާ މިހުރީ ތިގޭ ކައިރީގާ . ނިކުމެލާބާ ” ޒައިން ރާނިޔާ އަށް މެސްޖް ގައި ލިޔެލިއެވެ . އިރުކޮޅެއް ވެސް ނުވެމެވެ .  ” މި ނިކުންނަނީ  ދީބާ 3 މިނެޓް ” ޒައިން ކުރި މެސެޖް ގައި ރައްދު ދިނެއެވެ .

ރާނިޔާ ސައިކަލް އަށް އެރުމުން  ޒައިން ސައިކަލް ދުއްވާލިއެވެ .  ޒައިން ރާނިޔާ ގޮވައިގެން އެ ދަނީ ރާނިޔާ އާއި ޒައިން އެންމެ ފުރަތަމަ ދިމާވި ދިމާ އަށެއެވެ . އެއީ ރާނިޔާ އާއި ޒައިން އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގޮއް ޖެހުނު އެއް ދިމާއެވެ .

” ޒައިން ކީއްކުރަން މި ތަނަށް ”  ރާނިޔާ އަށް ވާނުވާ ނޭންގިފައި ހާލުގައި އަހާ ލެވުނެއެވެ .  ” މިޔަދު މީ އަހަރުމެން ގެ މި ގޮތަށް ލޯބީގެ މާލަމުގައި އުޅޭތާ އެއް އަހަރު ވީ ދުވަސް . ފުރަތަމަ ޒައިން ބޭނުން ވަނީ ހެޕީ އެނުވާސަރީ ބޭބީ . ” ޒައިން ހީލާފައި ބުނެލިއެވެ . ޒައިން މަޑު މަޑުން ޒައިން ގެ  ކަކޫ އަށް އިށީދެލަމުން ޒައިން ޖީބުން  ރީތި އަގޮއްޓިއެއް ނަގަމުން ” އިވިލް. ޔޫ މެރީ މީ ” ޒައިން ބުނެލިއެވެ . ރާނިޔާ އަށް ހުރެވުނު ތަނެއް ވެސް ނުމެ އިގެއެވެ . ރާނިޔާ ވީ އުފަލެއް މޫނު މަތިން ފެނިގެން ދިޔައެވެ . އަދި ހުރެވުނު ތަން ވެސް ނޭންގުނެއެވެ .  ” ޔެސް ޒައިން…. އަހަ… އަހަ … ރާނިޔާ އަށް ކުރިޔަކަށް ނުދެވުނެއެވެ . ވީ އުފަލެއްގެ ބޮޑު ކަމުންނެއެވެ . ޒައިންގެ ފަހަތުން ބޮޑުބެރު  ގުރޫޕް އެއް ބޮޑުބެރު ޖަހަމުން ފޮތިގަނޑެއްގައި ” ވިލް ޔޫ މެރީ މީ ” ދައްކާލިއެވެ .

ރާނިޔާ އާއި ޒައިންނަށް ފެށިގެން ދިޔައީ މުޅިން ވެސް އައު ބާބެބެކެވެ. ދިރިއުޅުމަށް އެޅިގެން ދިޔައީ އައު ސަފްހާ އެކެވެ . 2 މީހުން ކުރަމުން އައު އުއްމީދު ހާސިލް ވެގެން ދިޔައެވެ .

ރޭގަނޑުގެ ވަގުތެއެވެ . ރާނިޔާ  އެއްބަނޑު އެއްބަފާ ދައްތަ ކަމަށް ވާ ޔާނާ އަށް ގުޅާލިއެވެ . ” ކުޑާ . ވ ވ ވ ވ ވ އުފާވެރި ހަބަރެއް ދެން ތަ ؟ ” ރާނިޔާ ވުފާވެރި ކަމާ އެކު ބުނެލިއެވެ . ” ކުޑާ އަށް އެގިއްޖެ ތި އަޑުން ވަރަށް ވެސް އުފާވެފައި ވާކަން ވެސް . ދެން ބުނެބާ ކޮން ވާހަކައެއް ބުނަން ތި އުޅެނީ ” ޔާނާ އެ އުފާވެރި ކަން މަތީ ބުނެލިއެވެ . ” ކުޑާ  ޒައިން ރާނިޔާ ކައިރީ އިންނަން އަހައިފި . ވަރަށް އަވަހަށް އަންނަޗޭ ” ރާނިޔާ ބުނެލިއެވެ . އަދި  ރާނިޔާ ގެ ކައިވެނި ކުރާ ދުވަހު ޔާނާ ހުނާނެ ކަމަށް ބުނެލިއެވެ . ” ރާނިޔާ .. ކުޑާ ވަރަށް ވެސް އުފާވެއްޖެ . އެކަމަކު ބުނަން . ދިރިއުޅުމުގައި އަންނާނެ އެކި ކަހަލައިގެ ގޮން ޖެހުން ތަ 2 މީހުން ވާނެ އެއްގަލަކަށް އަރަން . އެކަން ހަނދާން ކުރާތި . އިރާދަ ކުރެވިއްޖިޔާ ދާނަން ތި ކަން ކަމުގައި ކުޑާ އުޅެދޭނަން ” ޔާނަ ބުނެލިއެވެ.

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 3 އިންތިޒާރު ކޮއްލަވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Zain and raaniya dhuru nukurachey
    They both are made for each other
    I appreciate your hard work

    1. areenadam
      Cutie girl

      lets see what is going on raaniya & zain married life
      and thank you supporting with me

Comments are closed.