Skip to content
އެސްފިޔަ

ލޯބި މަންމާ’

ލޯބި މަންމާ’

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މި ލިޔުމުގައި މައިންގެ މުހިންމުކަމާއި، އެބޭކަނބަލުންގެ ލޯބި، ހިތްވަރު އަދި ޤުރުބާން ހިމަނާފައިވާނެއެވެ.

އަހަރެންގެ މަންމައަކީ އަހަރެން ދުށް އެންމެ ރަނގަޅު އެންމެ ޤާބިލު އަންހެނާއެވެ. މަންމަގެ ކެތްތެރިކަން ދެކެފައި އަހަރެން އަޝޯޚް ވެއެވެ. މަންމަގެ މުރާލި ކަމާއި،ހީވާގިކަން ބަޔާންކުރާނެގޮތެއް އަހަންނަކަށް ނުވިސްނުނެވެ. މަންމަގެ ސާފުތާހިރު ކަމާއި ގޭތެރޭގެ އުސޫލުތައް ދެމެހެއްޓުމަށް ކުރި ބުރަމަސައްކަތްތަކަށް ސާބާސްދީ ކޮޅުން ނުލާނެއެވެ.

މައިންނަކީ އަހަރެމެންގެ ދިރިއުޅުމެވެ. އަހަރެމެން ދުނިޔެއަށް ގެނައުމަށްޓަކައި މަންމައިން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލައެވެ. ވިހެއުމުގެ ވޭނަކީ ހުރިހާ މައިން ވެސް އަހަރެމެން ދުނިޔެއަށް ގެނައުމަށްޓަކައި ތަޙައްމަލުކުރަންޖެހޭ އެއްޗެކެވެ. ބައެއް ފަހަރު ވިހެއުމުގެ ތެރޭގައި މައިން ނިޔާވެސްވެއެވެ. އެހެންވެ ބުނެއުޅެނީ ވިހެއުމަކީ މަރުފަދަކަމެކެވެ.މައިން ދަރިންގެ ޙައްޤުގައި ރޭގަޑުގެ އަރާމު ނިދިން މަޙްރުމްވެއެވެ.ދަރިންގެ ޙައްޤުގައި މީރު ފެންފޮދެއް އަނގައަށް ނުލައި އެތަކެއްއިރު ހޭދަކުރެއެވެ.ބަލިވެ ތެދުވާނެހާ ވަރުނެތަސް ކުކުރާވެސް ނުލައި ތެދުވެއެވެ.

އަހަރެމެން ބޮޑެތިވަމުން އަންނައިރު، އަހަރެމެންގެ މައިން އަހަރެމެން ތަމްރީނުކޮށް، ދުނިޔެ ފަޚުރުވެރިވާނެ ފަދަ ބައެއްގެ ގޮތުގައި އަހަރެމެން އުފެއްދުމަށް މަސައްކަތްކުރެއެވެ. މައިންނަކީ އަހަރެމެންގެ ބަޠަލުންނެވެ. މައިންނަކަށް ދަރިންގެ ކިބައިން ސަލާމަތެއް ނުވެއެވެ.ދަރިން ދުވަހަކުވެސް ބޮޑެއްނުވެއެވެ. ދަރިންނަކީ މައިންގެ ގައިގެ ބައެކެވެ.އެހެންވީމާ އެބައި އުނިކޮށްލައިގެން އުޅެން ކިހާ ދަތިވާނެހެއްޔެވެ؟މައިން ފަހުނޭވާ ދޫކޮށްލަން ބޭނުންވާނީވެސް ދަރިންނާމެދުވިސްނާ ހާލުގައެވެ.އެކުދިންނަށް ހެޔޮދުޢާ ކުރުމުގައެވެ.

މައިން ދަރިންގެ ޙައްޤުގައި ތަފާތު ރޯލުތައް އަދާކުރެއެވެ. ބައެއްފަހަރު އެއީ މޮޅު އެދުރު ދައިތައެކެވެ.ބުނާތީ އިވެއެވެ.ދަރިފުޅުގެ އެންމެފުރަތަމަ މަދަރުސާއަކީ މަންމަގެ އުނގެވެ.ބައެއް ފަހަރު މަންމައަކީ ޢަދުލުވެރި ޤާޟީއެކެވެ.ހުރިހާ ކުދިންނަށް ހަމަހަމަ ކަމާއިއެކު، ޖެހޭ މައްސަލަތައް ޙައްލު ކޮށްދެއެވެ.