Skip to content
އެސްފިޔަ

އަބަދުވެސް ލޯބިވާނަން 1

ހިތްގައިމު ދުވަހެކެވެ. އަހަރެން އިނީ ސިޓިންރޫމްގައި ހުރި ސޯފާގައި އިށީންދެގެންނެވެ. އަތުގައި އޮތް ފޯނާއި ކުޅެމުން ދިޔައިރު އަހަރެންނަށް އިރުއިރު ކޮޅާ މިޒްނާ އާއި ދިމާލަށް ބެލެމުން ދިޔައެވެ. މިޒްނާ އަކީ މަތީ ތަޢުލީމް ހާސިލް ކުރުމަށްޓަކައި އަހަރެމެންގެ ގޭގައި އުޅޭ ކުއްޖެކެވެ. “މަންމާ..މިޒޫ މިއަދު ނުވެސް ކާ ދުވަހެއްތަ؟” މަންމަ ބަދިގެއަށް ދިޔަތަން ފެނިގެން އަހަރެންވެސް މަންމަ ފަހަތުން ގޮސް މިޒްނާ އަށް އަޑު ނީވޭވަރަށް އަހާލީމެވެ. “މަންމަ އަހާލީމަ ބުނި ފަހުންނޯ ކާނީ…އެހެންވެ ދެން ޖޫސްތަޓެއް ދީފަ އެހުރީ” މަންމަ އަހަރެން ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ބެލްކަންޏާއި ދިމާލަށް މިސްރާބު ޖެހުމުން އަހަރެން ވެސް މިޒްނާ އަށް ބަލައިލުމަށް ފަހު ވަނީ އަހަރެންގެ ކޮޓަރިއަށެވެ.

2 ގަޑިއިރުފަސް

އަހަރެންނަށް ހޭލެވުނީ ފޯނަށް ނޮޓިފިކޭޝަންއެއް އައުމުންނެވެ. ކަންނެތް ގޮތަކަށް ފޯނުނަގައި މެސެޖް ކުރީ ކާކުތޯ ބަލާލީމެވެ. އޭރު މިޒްނާ އާހާފައިވަނީ ފަސްޓް އެއިޑް ބޮކްސް ކޮބާތޯއެވެ. ވަގުތުން ފުންމައިގެން އެނދުން ތެދުވެވުނުއިރު ވީ ކީތޯ އަހަރެންނަށް އަހާލެވުނެވެ. އެއާއެކު މިޒްނާ ފޮނުވީ ފޮޓޯގަނޑެކެވެ.ފޮޓޯ ފެނުމާއެކު ގަޔަށް ޓީޝާޓެއް މަހާލުމަށްފަހު ކަޓަރިން ނުކުތީމެވެ. އެރު ސިޓިންރޫމްގެ ޓައިލްސް ތަކުގެމަތީގައި މިޒްނާ އިށީންދެގެން އިންއިރު އަތަށްވަނީ ނުހަނު ބޮޑުކޮށް ބިއްލޫރި ގަނޑެއް ހެރިފައެވެ. ނަމަވެސް މިޒްނާ ހިނިތުންވެލައިގެން އިންއިރު ކަމެއްވީހެން ވެސް ހީނުވެއެވެ.” މިޒޫ އަތަށް ކީއްކޮށްގެން ތިއުޅެނީ؟”އަހަރެންނަށް އަހާލެވުނެވެ. “މީ ދެންމެ މިތާ މޭޒުމަތީ ހުރި ވާސް ތަޅައިގެން ދިޔައާމަ އެތަން ސާފު ކުރަން އުޅެނިކޮށް އަތަށް ބިއްލޫރި ކޮޅެއް ވަނީ” އަހަރެނަ ފުންނޭވާއެއް ލުމަށްފަހު މިޒްނާގެ އަތުގައި ބޭސް އަޅަން ފެށީމެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ގުގުމާލީ މިޒްނާގެ ރީތި އަޑުން ކިޔަމުން ދިޔަ ލަވައެވެ.

“ތީ މަގޭ ހިތުގެ ވިންދޭ

މީ ތެދޭ އިންތިހާ ލޯބިވޭ”

މިޒްނާ ކިޔަންފެށި ލަވައަކުން އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވުންވީ އުދަގޫ ކަމަކަށެވެ.”ވާން އަނެއް ބައި ކިޔާލަބަ”މިޒްނާ އެހެންބުނެލީ ލާނެއް ގޮތަކަސް ކަމުން އަހަރެންވެސް ދެރަނުވާންވެގެން އަނެއް ބައި ކިޔަންފެށީމެވެ

“ހީވަނީ ސަދުރަވި ހަނދު މިރޭ

އުދަރެހުން ހިއްސުތައް އުތުރިގެންދޭ

މީތެދޭ އިންތިހާ ލޯބިވޭ

ތީ މަގޭ ހިތުގެ ވިންދޭ މީތެދޭ

އިންތިހާ ލޯބިވޭ”

އަހަރެން ލަވަ ކިޔާ ނިމިގެން މިޒްނާ އަށް ބަލާލިއިރު މިޒްނާ ވެސް ހުރީ އަހަރެންނަށް ބަލާށެވެ.އެވަގުތު ތިބެވުނީ ކިހާ ކައިރިޔަކު ކަން އިހްސާސްވީ އެކަކު އަނެކަކުގެ ނޭވާ އިހްސާސް ކުރެވެން ފެށުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Cutie girl

    Mi part ves v reethi masha
    Curiously waiting for next part
    Keep it up
    Mizoo and vaan v gulhey
    They both are made for each other
    I appreciate your hard work
    Love you sav❤️😍

    1. Konmeves kuhje
      Cutie girl

      Thank you cutie girl🫶

  2. gurrrrl

    So cute
    When next parrt
    Alhugandhuge faraathun sav ah vrh bodah saaabas dhn
    Thigothuga kuriyah dhaan masaihkai kuraathi
    Lots of love ❤️
    Keep it up
    Vrh curious cant wait

    1. Konmeves kuhje
      gurrrrl

      Thank you gurrrrl 🫶

Comments are closed.