Skip to content
އެސްފިޔަ

މަލަކާ

ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ބާރުވަމުން ދިޔައެވެ.ޖެހޭ ވަޔަށް ކެތްނުވެގެން ގަސްތައް ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެން ހިނގައިދާނެހެންނެވެ. ނަގާ ބޯމަތީގައި އޮތް ކަޅު ބޯ ވިލާގަނޑުން އިންޒާރުދެނީ ވަރަށް ބޯކޮށް ވާރޭވެހެން ތައްޔާރުވަމުން ދާކަމަށެވެ.ދޭތެރެއަކުން ވިދާލާ ވިދުވަރާއި އެކު ޖަހާލާ ބާރު ގުގުރީގެ އަޑު ކަންފަތާއި ހަމައަށް އަންނަނީ ނާމާންކޮށެވެ.

މިތޫފާނީ ރޭގައިވެސް އާސަހަރާ ތެރޭ މީހުންތައް ހޭލަމޭލާ ވާތަން ފެނެއެވެ.ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އަގުބޮޑު އެއްޗެއް ބީވެދިޔުމުން މޫނުމަތީގައި އެހުންނަ ހިތާމަޔާއި މާޔޫސްކަމެވެ.

ހިނަވާގޭ ކުރިމަތީ ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެލައިގެން އިން ނުސްރާގެ މޫނުމަތި ވަނީ މިލާ މޮޅިވެފައެވެ.ވަށައިގެންވާ މަހައުލުގައި އެއްވެސް ކަމެއް ހިނގާހެން ނުސްރާ އަށް ހީނުވާ ކަހަލައެވެ.ވާނީވެސް އެހެންތާއެވެ.ދަރިއަކު ދުނިޔެ ދޫކޮށް ދިޔުމުން އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ.

ނުސްރާ އާއި ޖެހިގެން އިން އަލީފްގެ މޫނުމަތީގައި ވެސް މިއަދު އެއްވެސް ދިރުމެއް، ތާޒާކަމެއް، އުފާވެރިކަމެއް ނެތެވެ. ނުސްރާގެ ލޮލުކޮޅުން ފޭދިގެން އަންނަ ކަރުން ތިކިތަކުން ބޯއަޅައިގެން އިން އަލީފްގެ ކޮނޑު ތެންމަމުން ދިޔައެވެ.މޫނުބަލަން އައިސް ތިބި އާއިލީ ތިމާގެ މީހުންނާއި ހެޔޮ އެދޭ ރަހުމަތްތެރިން މޫނުބަލާ ނިމުމުން އަލީފްގެ އެހީތެރި ކަމާއި އެކު، ނުސްރާ އެންމެ ފަހުގެ ވަދާޢީ ދެކިލުން ދެކިލުމަށްޓަކައި މައްޔިތާ ބާއްވާފައި އޮތް އަށިގަނޑާއި ގާތް ވެލިއެވެ.

އޭނާގެ ހިތުގައި ވަނީ ޝަކުވާތައް ފުނިޖެހިފައެވެ.އިއްޔެ އެ ދަރިފުޅަށް ރަނގަޅަށް އަޅާލުން ދީ ދޭންވާ ވަރަށް ވަގުތު ދެވުނު ނަމަ މިއަދު ހިތާމަ ކުރަން ނުޖެހޭނޭކަން ނުސްރާ ޤަބޫލު ކުރެއެވެ.މަލަކާގެ ކުރު ދިރިއުޅުމުގައި ދޭންވާ ވަރަށް އަޅާލުމާއި ސަމާލުކަން އޭނާއަކަށް ނުދެވުނެވެ.ނަމަވެސް ނުސްރާއަށް އެ ދުވަސްތައް އަލުން އަނބުރާ ލިބުމެއް ނެތެވެ.

މެންދުރުވެގެން އައި އިރުވެސް މަލަކާ ކޮޓަރިން ނުނިކުތުމުން،އަލީފް ގޮސް ނުބެލި ނަމަ މަލަކާ އޮތީ މަރުވެފައި ކަމެއް އަދިވެސް ނޭނގުނީސްކަން ޔަޤީނެވެ. މަލަކާއާއި މެދު ވިސްނާނުލާތާ މަލަކާ އުޅެނީ ބަލިވެތޯ ވެސް ނުސްރާ އަކަށް ބަލައެއް ނުލެވެއެވެ.

އިންސާނުންނަކީ ވެސް ހާދަ އަޖައިބެއް ކަހަލަ ބައެކެވެ.މާފުގެ ނަން ވެސް ހިތައް އަންނަނީ ވާނެ ކަމެއްވެ ނިމޭ ފަހުންނެވެ.ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތު ތަކާއިއެކު، ޝަކުވާގެ ކަރުނަތައް އޮހޮރަމުން ހިމޭން ނިންޖަކުން ނިދާފާ އޮތް މަލަކާގެ މޫނަށް ނުސްރާއަށް ބަލައިލެވުނެވެ.އެ މޫނުމަތީގައި ވަނީ އަބަދުވެސް ހުންނަ ތާޒާކަމާއި،ހިތްވަރާއި ޢަޒުމުގެ ކުލަވަރެވެ.

ކަށްވަޅުގެ އެ އަނދިރިކަމުގެ ތެރެއަށް މަލަކާގެ ހަށިގަނޑު ދުކޮށްލުމަށް ފަހު ނުސްރާ ގެއަށް އައިސް އޮށޯވެލިއެވެ.އޭރު ގަޑިން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ.ކިތަންމެ ދަންވެފައި ވީނަމަވެސް ނުސްރާގެ ނިދިވަނީ އޭނާއާއި އެތައް މޭލު ދުރަކަށް ގޮއްސައެވެ.އެގޮތުގައި ވަގުތުތައް ފާއިތުވަމުން ގޮސް ފަތިސް ނަމާދު ބަންގި ގޮވީވެސް ނުސްރާ އެހެން އޮއްވައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ މަލަކާ މަރުވިތާ ސާދަވަނައަށް ވީދުވަހެވެ.މަލަކާގެ މަރަށްފަހު ނުސްރާގެ ކަމަކީ އަބަދު ރޮއެ ހިތާމަ ކުރުމެވެ.އަބަދު އިންނަނީ ނެގި މަޑުވެފައެވެ.ގިނަދުވަސް ތަކެއްވަންދެން ނުކައި ހުރުމުގެ ސަބަބުން މީހާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަ ވާން ފަށާފައެވެ.މަލަކާ މަރުވީފަހުން ނުސްރާ ކޮޓަރިއަކުން ވެސް ނުނިކުމެއެވެ.މީހަކާއި އަނގަޔަކުން ނުބުނެއެވެ.އަލީފް ވެސް ހުންނަނީ މިކަމާ ވިސްނާ ވިސްނާ ބޯ ގޮވާވަރުވެފައެވެ.

ފަތިހުގެ ހަމަހިމޭން ކަން މުޅި މާހައުލަށް ވެރިވެފައިވާއިރު ހާލާއި ކޮވެލީގެ އަޑު ދޭތެރެއަކުން އިވިލައެވެ.އިރު ދުނިޔެ މައްޗަށް ފާޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާކަމުގެ ހެކިތައް އުޑުމަތިން ފެނި ބިންގަނޑު އަލިވަމުން ދެއެވެ.ވިސްނާ ފިކުރު ކުރެވޭ މީހަކަށް ގުދުރަތުގެ އަޖައިބުތަކާއި މެދު ފިކުރު ކުރެވޭނެއެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކާއި އަޒަލިއްޔަ ޤާނޫނުގެ ފުރިހަމަ ކަމެވެ.އާދުވަހަކަށް އިރުއަރާއި އިރުއޮއްސި އެދުވަސް މާޒީއާއި އެކުވަމުން ދެއެވެ.ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭއިރު،އަނެއް ބައެއްގެ ހިތްތަކުގައި މޮޅިވެރިކަމުގެ ސާލު ފަތުރާ ހިތާމަތަކުން ވަށާލައެވެ.

އެހެން ދުވަސްދުވަހާއި ހިލާފަށް ބޮޑުފަތިހާ ނުސްރާ ތެދުވެ ގޭގެ ބެރު ކުނިކަހާ ހެނދުނުގެ ސައިވެސް ހެދިއެވެ.ނޭނގޭ ފަދަ ބާރަކުން އޭނާލައްވާ މަސައްކަތްތައް ކުރުވާ ފަދައެވެ.ފަތިސް ނަމާދަށް މިސްކިތައް ގޮސް އައިސް ގެއަށްވަން އަލީފްއާއި އުމެއިރު ވެސް ނުސްރާ ކޮޓަރިން ނުކުމެ އުޅޭތަން ފެނުމުން ހައިރާން ވިއެވެ.މިއޮއް ހުރިހާ ދުވަހު ކިޔާ ކިޔާވެސް ބޭރަށް ނުކުންނަން ނުސްރާވަނީ އިންކާރު ކޮއްފައެވެ.

މަލަކާއަކީ ނުސްރާގެ ފުރަތަމަ ކައިވެންޏަށް ލިބިފައި ހުރި ހަމަ އެކަނިން ކުއްޖާއެވެ.މަލަކާ ލިބުންތަނާ އަހަރެއް ވެސް ނުވަނީސް މަލަކާގެ ބައްޕަ ބޯޓުދަތުރު ކުރަން ގޮސް އުޅުމުގެ ތެރޭގައި ދިމާވި ކުއްލި ހާދިސާއެއްގައި ނިޔާވިއެވެ.އޭގެ ދެއަހަރު ފަހުން ނުސްރާ އަލީފް އާއި ކައިވެނި ކުރިއެވެ.އެކައިވެންޏަށް އަހަރު ފުރެންވީއިރު ނުސްރާ އުމެއިރް އަށް ބަލިވެއިނެވެ.

އުމެއިރް ދުނިޔެއަށް ނޭވާލި ދުވަހުން ފެށިގެން ނުސްރާ މަލަކާއަށް ދޭންފެށި ވަގުތު މަދުވާން ފެށިއެވެ. ވަޒީފާއަށް ދަމުން ނުސްރާގެ ހުރިހާ ވަގުތެއް ހުސްކުރެވިފައިވީ އުމެއިރްއަށެވެ.މަލަކާއަކީ ވެސް ނުސްރާގެ ދަރިއެއްކަން ހަނދާނުގައި ނެތްފަދައެވެ. އެދުވަހުން ފެށިގެން މަލަކާގެ ހުރިހާ ޒިންމާއެއް ކަހަލަ ގޮތަކަށް އަދާކުރަމުން ދިޔައީ އަލީފްއެވެ.ބައްޕަ އެތް ކަމުގެ އިޙްސާސް ދުވަހަކުވެސް މަލަކާއަށް ވިޔަކަ ނުދެއެވެ. ވޭތުވެ ދިޔަ ފަނަރަ އަހަރު މަލަކާ ހޭދަކުރީ އެގޮތަށެވެ.

ހިޔާލުތަކުގައި ހުރި ނުސްރާއަށް ހޭވެރިކަން ވީ އުމެއިރް ސުކޫލްއަށް ދާން ނުކުންނަމުން ދޮރު ލައްޕާލި އަޑަށެވެ.އުމެއިރް ކައިރީގައި ބަސް އަހައިގެން އުޅެން ބުނުމަށް ފަހު ނުސްރާ އޭނާ ކުރަން ހުރި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ދެހަފްތާ ފާއިތުވެގެން ދިޔައިރު ގޭތެރެ ވަނީ ވަރަށް ބޮޑަށް ހިރަފުސް ވެފައެވެ.ގޭތެރެ ފޮޅާ ސާފު ކުރަމުން ގޮސް ނުސްރާ މަލަކާގެ ކޮޓަރިއަށް ވަނެވެ. އެ ކޮޓަރި ތެރޭގައި ވަނީ މަރުފަދަ ހިމޭން ކަމެވެ.ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މަލަކާގެ ހަނދާންތަކެވެ.ނުސްރާގެ ލޮލުން ކަރުނަތައް ނިރާލީ މަލަކާއާއި މެދު އޭނާއަށް ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުންނެވެ.

މަޑުފެހި ކުލަލެވިފައިވީ އެކޮޓަރި ތެރެއިން ފެންނަނީ ސާފު ޠާހިރުކަމެވެ.ހެޔޮވަރު ވަރުގެ އެނދެއް ފާރު ކައިރީގައި ހުރިއިރު އެނދުމަތީ ހުރި ބާލީސްތައް ހުރީ ތަރުތީބު ކަމާއި އެކު އަތުރާލެވިފައެވެ.ނުސްރާ މިއަދު އެކޮޓަރިއަށް ވަނީ ސާފު ކޮށްލަން ނަމަވެސް ކޮޓަރި ތެރެއިން ފެންނަން އޮތީ ތަރުތީބު ކަމާއިއެކު އެއްޗިހިތައް އަތުރާލެވިފައިވީ މަންޒަރެވެ.

ނުސްރާގެ ނަޒަރު ގޮސް ހުއްޓުނީ ސީލިނގުގައި ކުރަހާލާފައި އޮތް ފެހިކުލައިގެ ވެޔޮގަނޑަށެވެ.އެ ވެޔޮގަނޑަކީ މަލަކާ ކުރަހާފާ އޮތް އެއްޗެއް ކަމާމެދު ޝައްކެއް ވެސް ނެތެވެ.މަލަކާއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ތޫނުފިލި ވިސްނުމެއް ލިބިފައިވާ ކުރެހުމަށް މޮޅު ކުއްޖެކެވެ.ސުކޫލުގައި ބާއްވާ ކުރެހުމުގެ އެކިއެކި މުބާރާތްތަކުން ވެސް މަލަކާ ވަނީ ރަން ވަނަތަކެއް ހޯދާފައެވެ.ނަމަވެސް އެލިބޭ އުފަލުގައި ދުވަހަކު ވެސް ނުސްރާ ބައިވެރިއެއް ނުވެއެވެ.ދެން ނުސްރާގެ ނަޒަރު ގޮސް ހުއްޓުނީ މަލަކާގެ ފޮތް ހަރުގަނޑަށެވެ.އެހަރުގައިވާ ފޮތްތަށް ވަނީ ތަރުތީބު ކަމާއިއެކު އަތުރާލެވިފައެވެ.ކުރެހުމުގެ އިތުރުން މަލަކާއަކީ ފޮތްކިޔުމަށް ޝަޢުޤުވެރިވާ ކުއްޖެކެވެ.

ބަލާލި ކޮންމެ ދިމާއަކުން މަލަކާގެ ހަނދާންތައް އާވެއެވެ.އިތުރަށް ރޮވެން ފެށުމުން ނުސްރާ މިސްރާބު ޖެހީ އެކޮޓަރިން ނުކުންނާށެވެ.ކޮޓަރިން ނުކުންނަމުން އެންމެ ފަހުކަމަކަށް ނުސްރާ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ މަލަކާގެ ކިޔަވާ މޭޒުމަތީ އޮތް ހުދުކުލައިގެ ސިޓީ އުރައެކެވެ.މަޑު ހިނގުމެއްގައި ގޮސް ނުސްރާ އެސިޓީއުރަ ހުޅުވާލީ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔުމުގެ ޝަޢުޤުގައެވެ.

ނުސްރާ އެސިޓީ އުރަ ކަނޑާލުމަށް ފަހު މަޑުމަޑުން ގޮސް މަލަކާގެ އެނދުމަތީ އިށީނދެލިއެވެ.ސިޓީގައި ލިޔެފައި ހުރި އެއްޗެހި ކިޔަމުން ދިޔައިރު ނުސްރާގެ ދެލޮލަށް ދިޔައީ ކަރުނަތައް ޖަމާވަމުންނެވެ.އިސާހިތަކު ނުސްރާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލިއެވެ.

ލޯބިވާ މަންމައަށް

މަންމަ މިސިޓީ ކިޔާއިރު އަހަރެން ދުނިޔޭގައި ނެތަސް އަހަރެންނަށް ހެޔޮ ދުޢާ ކޮށްދޭނެ ކަމަށް އުންމީދު ކުރަމެވެ.މަންމާއެވެ.މަންމަގެ ބިޒީ ޝެޑިއުލް އިން އަހަރެންނަށް އެންމެ ވަގުތު ކޮޅެއްވެސް ހުސްކޮއް ނުދެމުނޫން ހެއްޔެވެ.ނަމަވެސް އަހަރެންގެ ހިތުގައި މަންމައާއި މެދު އެއްވެސް ޝަކުވާއެއް ނެތެވެ.

މަންމާއެވެ.އެއްދުވަހަކު ސުކޫލުގައި އިންދަ ގައިންވަރު ދެރަވެ ބޮލަށް އެނބުރުން އަރާވަރުން ކެތްނުވެގެން މުދައްރިސެއް ބުނީމެވެ.އަދި އެމުދައްރިސްގެ ހުއްދައާއި އެކު އަހަރެން އެދުވަހު ގެއައް އައީމެވެ.އޭގެފަހުން ހަފްތާއެއް ވެގެން ދިޔައިރު އެކަން މާގިނައިން ތަކުރާރުވާން ފެށުމުން ޑޮކްޓަރެއްގެ ލަފާ ހޯދީމެވެ.ޑޮކްޓަރު ބުނުއްވި ގޮތުގައި އަހަރެންނަށް ހުރީ ކެންސަރު ޖެހި ފަރުވާއެއް ނުދެވޭނޭ ވަރުވެފައެވެ.ދުނިޔޭގައި މާގިނަދުވަހު ދިރިހުރެވޭނެ ކަމުގެ އުންމީދުނެތް ކަމަށް ބުންޏެވެ.

މަންމާއެވެ.މަންމައާއި މެދު މިހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.އަހަރެންނަށް ހިތްހެޔޮ ކޮއްދެއްޗެވެ.ކޮންމެވެސް ދުވަހަކުން މަންމައާއި ޖަންނަތުން ބައްދަލުވާނެ ކަމަށް އުންމީދު ކުރަމެވެ.

-މަލަކާ-

ސިޓީ ކިޔާ ނިމުނުއިރު ނުސްރާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތިކިތަކުން އަޅާފައިހުރި ބުރުގާ ތެމެމުން ދިޔައެވެ.ކޮންފަދަ ރަނގަޅު ދަރިއެއް ހެއްޔެވެ.ގައިގަ އެޅިހާ ވޭނަކަށް ކެތްކޮއްގެން އުޅުނީ އެއްވެސް ޝަކުވާއެއް ނެތިއެވެ.ނުސްރާ މާފަށް އެދެން ކިތަންމެ ބޭނުން ވިއަސް މަލަކާއެއް ދެން ނާންނާނެކަން ގަބޫލުކުރަން ޖެހޭނެއެވެ.ކުރެވެން އޮތްހާވެސް ކަމަކީ އެދަރިފުޅަށް ހެޔޮ ދުޢާ ކޮއްދިނުމެވެ.

(ނިމުނީ)

Comments (8)

  1. Naksu ⚡

    Maashaallah, varah reethi hama ehaa asaru gadha vaahaka eh. Kiyaalaafa hama rovijje 😭😭😭
    Aysherr ge ithuru vaahaka eh kiyaalan libeyne kamah unmeedhu kuran.

    1. Aysherr
      Naksu ⚡

      Thank you Naksu ⚡
      Varah ufaa vehjje vaahaka kiyaalaafa comment eh kohllyma!!😊🤍
      Hehe sorry Naksu ⚡rovvaalevunyma
      Insha Allah very soon 🤗

  2. cutie girl

    mi vaahaka ves v reethi masha allah
    curiously waiting for new story
    keep it up
    mi vaahaka kiyaafa rovijje

    1. Aysherr
      cutie girl

      Thank you cutie girl
      Hama Varah ufaa vehjje vaahaka kiyaalaafa comment eh kohllyma!!😊🤍
      Hehe sorry cutie girl rovvaalevunyma..
      Insha allah very soon!!🤗

  3. Naii

    Varah reethi
    Wow soo much emotions😭😭😭
    Keep up!

    1. Aysherr
      Naii

      Thankyou for the lovely comment darling!!😊🤍

  4. shihaamaa ali

    Heyy Aysherr
    Ma sha allah mi vhk vrh reethi.. sifa kurun thakaa beynun koffa huri bass thah vess vrhh reethi vrh kamudheyy🫶🏻
    Hope to read more stories from you❤️

    1. Aysherr
      shihaamaa ali

      Thankyou sis!!😊🤍
      Varah Varah ufaa vehjje thihen bunelyma!!
      Rangalhu kohllan jehey kameh huriyya bunela dhehchey!
      Insha allah very soon I’ll submit
      Hope to see you there too!!♥️

Comments are closed.