Skip to content
އެސްފިޔަ

ބަދަލުވީ މަގޭ ހަޔަތޭ 2 (ފަހުބައި)

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ.ނަމަވެސް ރީޝާގެ ފަރާތުން ޒަކްވާން ކުރި އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބެއެވެ. ޒަކްވާން އާއި ރީޝާގެ ގުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޒަކްވާން އާއި ޒިކާން އާއި ދެމެދު އޮތީ ބައްޕަ އަކާއި ދަރިޔެއްގެ ދެމެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ. ޒިކާން ވެސް ޒަކްވާން އާއި ހެދި ވަރެއް ހުރެ އެވެ. ޒަކްވާނަ ވެސް ޒިކާން  ބަލަމުން އައީ ޒަކްވާންގެ އަމިއްލަ ދަރިޔެއްގެ ގޮތަށެވެ. މިހާރު ޒަކްވާންގެ ހުރިހާވެސް ވިސްނުމެއް ގުޅުފައިވަނީ ރީޝާމެންނާއެވެ.

“ޒެކް ވާހަކަ އެއް ބުނަން ބޭނުން..” ރީޝާ ވަރަށް ހިތްވަރު ކޮއްލުމަށްފަހު ޒަކްވާން ކައިރީގާ ބުނެލިއެވެ. “ޓެލްމީ.. ރީ ދައްކާ ކޮންމެ ވާހަކައެއްވެސް އަޑު އަހަން މިހުރީ” ޒަކްވާން ހިނިތުންވެލަމުން ބުނެލިއެވެ. އޭރު ކުޑަ ކުޑަ ޒިކާން ވެއްޔާ ކުޅެން އިނެވެ. “ކުރިން ދުވަހު ޒެކް ބުނީމެއްނު ޒިކާން އަށް ބައްޕަ އެއްގެ ލޯބި ދޭން ބޭނުމޭ…ރީ ޤަބޫލު ކުރަން އެދުވަހު ޒެކް ދެއްކި ހުރިހާ ވާހަކަތަކަކީވެސް ރަނގަޅު ވާހަކަ ކަން..ރީ ބުނަން މިއުޅެނީ ޒެކް ބުނިފަދައިން ރީ ވެސް އޯކޭ އެ އެކަމާ..” އަޅައަޅައިގަންނަމުން ރީޝާ އަށް ބުނެވުނީ އެހާހިސާބަށެވެ.. ރީޝާގެ ވާހަކަ އިން ޒަކްވާން އަށް އިށީދެގެން އިންތަނުންވެސް ތެދުވެވުނެވެ “ރީ..ޒެކް ރީ އާ އިންނަން ބޭނުންވަނީ އެކަނި ޒިކާން އަށް ބައްޕައެއްގެ ލޯބި ދޭކަށް ނޫނެ…ޒެކް ރީ ވެސް ބޭނުން..ރީ އަށް ނޭގުނަސް ސްކޫލްގަ އުޅުން އިރުވެސް ޒެކް ލޯބިވި ކުއްޖަކީ ތީ…ސޯ ޢައިޝަތު ރީޝާ..ވިލް ޔޫ މެރީ މީ؟” ޒަކްވާން އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު  ޖީބުގައި އޮތް ކަޅުކުލައިގެ މަހުމާ ފޮށި ނަގާ ރީޝާ އާއި ދިމާލަށް ދިއްކޮއްލިއެވެ. ޒަކްވާންގެ ވާހަކައިންނާއި އަމަލުން ރީޝާ ހުރީ ބުނާނެ އެއްޗެއް ނޭގި ގަނޑުވެފައެވެ..އިރު ކޮޅަކު އެހެން ހުރުމަށް ފަހު ރީޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއިރު އެރީތި ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އާދެއެވެ. އެވަގުތު ޒިކާން އައިސް ގެއަށް ދާންބޭނުންވާ ވާހަކަ ބުނުމުން ޒަކްވާން ޒިކާން އުރާލިއެވެ. އަދި މިއަދުން ފެށިގެން ޒެކް ބޭބެ ނުކިޔުމަށާއި މިއަދުން ފެށިގެން އެއީ ޒިކާންގެ ބައްޕި ކަމުގައި ބުނެލިއެވެ.

2އަހަރުފަސް

“އަހަ.. ދަރިފުޅު ހޭލީތަ؟” ރީޝާ ކޮޓަރިޔަށް ވަންނަމުން 9 މަހަށް ދާ ޒީޝަން އަށް ބުނެލިއެވެ. އޭރު ޒަކްވާން އޮތީ ޒީޝަން އާއި ސަކަރާތް ޖަހާށެވެ. ކައިރީގައި 5 އަހަރުގެ ޒިކާން ލޯބި ގޮތަކަށް ނިދާލާފައި އޮތެވެ.”ޒެކް ދޭބަލަ ދެން ފެންވަރަން..މިހާރު ޑިއުޓީއަށް ދާ ގަޑި ޖެހެނީއޭ”ރީޝާ ގޮސް އަލަމާރި ކައިރިޔަށް ހުއްޓެމުން ބުނެލިއެވެ.”ރީ ދެން މަޑުކޮށްބަ.. ޒީޝް އާ ސަކަރާތް ޖަހާފަވެސް ދެވިދާނެނު”ޒަކްވާން ރީޝާ އަށް ޖެއްސުމަށް އެހެން ބުނެލީ ހެމުންނެވެ. “ހޫމްމްމްމމ..ދެން އަވަސް ކޮއްގެންދޭ ފެންވަރަން..މިދަނޫ ސައި ހަދަން” ރީޝާ އެހެން ބުނެލުމުން ޒަކްވާން ވެސް ތުވާލި ހިފައިގެން ފެންވަރަން ދިޔައެވެ

15 ވަރަކަށް މިނެޓް ފަސް

“ހާދަ މީރުވަހެކޭ ދޯ މިދިވަނީ..ރީ އިނގޭތަ ވަރަށް ހެޕީވޭ ތިކަހަލަ ރަނގަޅު ވައިފް އެއް ލިބުނީމަ..އުންމީދަކީ ދުވަހަކުވެސް މި ގުޅުމަށް ބަދަލެއް ނައުން..” “އިންޝާﷲ ދުވަހަކުވެސް ބަދަލެއް ނާންނާނެ” ރީޝާވެސް ޒަކްވާންގެ މޭގެތެރޭގައި އިތުރަށް ބޮނޑިވެލަމުން ބުނެލިއެވެ.

ނިމުނީ

Insha allah alhugandhuge ehn vhk eh majuboorun vevunu loabi kiyaalan libeyne

 

Comments (4)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    finally zek and ree gulhunee
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    your my fav author
    love you sav

    1. Sav
      cutie girl

      Thank you cutie girl🫶
      Mi vhk mi nimunee insha allah aneh vhk vrh avavahah up kohladheynan

  2. Your fav bab

    Very nice ingey!!
    Good luck on your next story

  3. gurrrrl

    Vrh nice hama perfect

Comments are closed.