Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ އެނބުރި އައުމަށް…. 1 ވަނަ ބައި

Aminath Rifqa Level 1
January 22, 2025 2 Mins Read
1 Comment

ފުސްގަނޑުގެ ތެރެއިން އެ ފެނިގެންދަނީ ހާދަހާ ވާ ރީތި އަންހެން ކުއްޖެކެވެ. އީތަން ހިތަށް އަރަމުން ދިޔައެވެ. އަތުުގައި އޮތް މާ ބޮނޑި އާއި އެކީ، ދުވަމުން ދުވަމުން ކައިވެނި ހެދުމެއް ލައިގެން އެ އަންނަނީ އޭނާ އީތަން އާއި ދިމާލަށެވެ. “ދަރިފުޅާ! މިއަދު މިއީ ކޮން ދުވަހެއްތަ؟ އަވަހަށް ތެދުވޭ! ވަރަށް ބައިވަރު ކަން ކަން ކުރަން އެބަހުއްޓެނު” އީތަން އަށް ހޭލެވުނީ މަންމަގެ އެ އަޑަށެވެ. ފެނުނީ ހުވަފެނެއްކަން އިނގުމުން ބޮލުގައި އަތް ކާއްތަމުން ލަދު ރަކި ގޮތަކަށް ހެމުން ހެމުން ރަޖާގަނޑާއި އެކީ އީތަން އޮޅެން ފެށިއެެވެ. އީތަން އަށް މިއަދު އެ ފެނުނު ހުވަފެނަކީ ޙަޤީޤަތުގައި ވެސް މިއަދު ފުރިހަމަ ވާން އުޅޭ ކަމެކެވެ. އީތަން އާއި ނާހީގެ ކައިވެނި ކުުރަން މިއަދު އޮތީ ހަމަޖެހިފައެވެ. އީތަން ކައިވެނި ކުރާ ހިތްވެފަ ހުރިލެއް ބޮޑުކަމުން ހުވަފެން ވެސް ފެންނަނީއެވެ.

އީތަން ފެންވަރާލައިގެން ނިކުމެގެން އަވަހަށް ނާހީ އަށް ފެނުނު ހުވަފެނުގެ ވާހަކަ ބުނަން ވެގެން ގުޅަން ފޯނު ނެގިއެވެ. އެކަމަކު ގުޅާކަށް ނުކެރުނެވެ. ނާހީ އާއި އީތަންގެ ކަިއވެންޏަކީ އެރޭންޖް މެރިއޭޖް އަކަށް ވުމުން އީތަން އަދިވެސް ކުޑަކޮށް ފަސްޖެހޭ ގޮތް ވެއެވެ. އީތަން މީހަކާ ނީނދެ ގިނަ ދުވަސް ވާތީ ޢާއިލާއިން ކަންބޮޑުވެގެން އީތަން އަށް ކުއްޖަކު ހޯދަން ކުރި މަސައްކަތުން އީތަން އެންމެ ގަޔާވާ ކުއްޖަކަށް ދިމާވީ ނާހީ އެވެ. ނާހީ އަކީ ކިޔަވައިގެން ހުރި، ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ނާހީ އަކީ މާލޭގައި ގެދޮރު ހުރި، މާލޭގެ މުއްސަނދި މީހެއްގެ ދަރިއެކެވެ. ނާހީގެ ޢާއިލާ އަކީ މުއްސަނދި ޢާއިލާ އަކަށް ވިޔަސް އެ ޢާއިލާ އަކީ ވަރަށް އަޚްލާޤީ މިންގަނޑު ހިފަހައްޓާ ބައެކެވެ.

އީތަން ކޮޓަރިން ބޭރަށް ނިކުމެ ސައިބޮއެގެން އަވަސް އަރުވާލާފަ ކައިވެނި ޕާޓީ ބާއްވާ ރޯޔަލް ހޮޓަލަށް ޕާޓީގެ އިންތިޒާމްތައް ދާ ގޮތް ބެލުމަށް ދިޔައެވެ. އީތަންގެ ހުރިހާ ރަޙްމަތްތެރިން ވެސް މަސައްކަތުގައި އަވަދި ނެތި އެއިރު އުޅެމުން ދިޔައެވެ. “އަހަ، މަށަށް ދޯ މި ލަހުން އާދެވުނީ؟” އީތަން ބުނެލިއެވެ. “އާނ! ނުހޭލެވުނީ ދޯ؟ އަހަރުންނަށް އިނގޭ އެހެން ވާނެކަން ދެން، އަދި ކުރިއަށް އޮތްތާ މާ ގިނަިއިން ވާނެ، ދެން އަންބަކު ލިބުނީމަ ފުލުން ނުވެސް ނެއްޓޭނެ” ލާނެއް ރާގެއްގައި މާހިން ބުންޏެވެ. މާހިން އަކީ އީތަންގެ އެންމެ ދުވަސްވީ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. އީތަން އަށް ކޮންމެ ކަމެއް ޖެހުނަސް އެންމެ ކައިރީގައި މާހިން އަބަދުވެސް ހުންނާނެއެވެ.

ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު އީތަން ދިޔައީ ސެލޫން އަށް ބޯ ކޮށާލާށެވެ. އަދި ގެއަށް ވަދެ ފެންވަރާލައިގެން ގަޑި ބަލާލި އިރު ގަޑިން 15.00 ޖަހައިފިއެވެ. އެހެންވެ އަވަސް ކޮށްލައިގެން އީތަން އަނެއްކާ ވެސް އެންމެ ފަހުގެ ތައްޔާރީ ވުމަށް ސެލޫން އަށް މިސްރާބު ޖެހިއެވެ. އީތަން އާއި އެކީ އީތަންގެ ރަޙްމަތްތެރިން މާޙިން އާއި މޯޑް ދިޔައެވެ. ގަޑީގެ ކަށި ފާސްޓް ފޯވަރޑަށް ޖައްސާފަ ހުރި ކަހަލައެވެ. ހިތުގެ ވިންދު މާދުރުގަ ހުރި ރަށެއްގައި ޖެހިފައި އެނބުރި އަންނަ ހެން އީތަން އަށް ހީވާ ކަހަލަ އެވެ. “އަވަހަށް ހިނގާ ދާން މިހާރު އެއޮތް ގަޑި ޖެހެނީ، ވަލީ ވެސް ކަޓާފާނެ،” ބޯ ރީތިކޮށް ނިމުމުން މޯޑް ބުންޏެވެ. ތެޅި ތެޅި އޮތް ހިތް އަތަށް ލައިގެން އީތަން ތެދުވެ ކާރަށް އެރިއެވެ. އަދި ފަހަތުން މޯޑް އާއި މާހީން ވެސް އެރިއެވެ.

ރޯޔަލް ހޮޓެލަށް އީތަން އަށް އާދެވުނީ ގަޑިޖެހެން ދެމިނެޓަށް ވެފައި ހުއްޓައެވެ. އެއިރު މައުޒޫނާއި، އަދި ކޯޓުގެ އެހެން މުވައްޒަފުންނާއި ދެ ޢާއިލާގެ އެންމެން އައިސް ތިއްބެވެ. އީތަން ގޮސް ގޮނޑީގައި އިށީނެވެ. އީތަންގެ ލޯ އެކި ދިމަ ދިމާލަށް ހިންގަން ފެށިއެވެ. އަދި ހޮޓަލުގެ ދޮރާއި ދިމާލަށް ވަރަށް ބަލައެވެ. އީތަން ދެލޯ އެންމެ ދެކެން ބޭނުންވާ މަންޒަރު އަދިވެސް ނުފެނެއެވެ. ހުވަފެނުގައި އެ ފެނުނު ގޮތަށް އެމަންޒަރު ޙަޤީޤަތުގައި ބަލަން ބޭނުންވެފައި ހުންނަނީ ކިތަންމެ އިރެކެވެ. އެކަމަކު އީތަން އަށް ފެނުނީ އީތަން އަށް ހުވަފެނުގައި ފެނުނު ކަހަލަ މަންޒަރެއް ނޫނެވެ. މުޅިން ތަފާތެވެ. އެހެން ވާނެ ކަމަށް އީތަން ޙަޤީޤަތުގައި ވެސް ހީ ނުކުރެއެވެ.

Share Article

Follow Me Written By

Aminath Rifqa

Level 1

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 50  

Next

މަޢާފް އެދެމުން

Next
January 22, 2025

މަޢާފް އެދެމުން

Previews
January 22, 2025

ޙަޤީޤަތް ހޯދުމޭ 50  

One Comment

  1. cutie girl says:
    January 22, 2025 at 1:45 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    anehkaa kon kahala manzareh
    eethan and naahy gulhuvachey
    they both are made for each Other

Comments are closed.



All Right Reserved!